މެންބަރުން
އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ދެ ބޭފުޅަކު ޢައްޔަންކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ޤާނޫނުއަސާސީގެ 168 ވަނަ މާއްދާގެ (ށ) އާއި، ޤާނޫނު ނަންބަރު 2008/8 (އިލެކްޝަންސް ކޮމިޝަންގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މި ކޮމިޝަނުގެ މެންބަރުކަމަށް ދަފުތަރު ނަންބަރު ރސ ،1548 މުޙައްމަދު ޒާހިދު އަދި ކ.ހުރާ، ރޯޒް، ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު މިއަދު ޢައްޔަނު ކުރައްވައިފިއެވެ.
މެންބަރުކަމަށް ޢައްޔަން ކުރެއްވިކަމުގެ ލިޔުން މި ދެބޭފުޅުންނާ ހަވާލުކުރެއްވީ، އެކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ލިޔުން ޙަވާލު ކުރެއްވުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި، މުޙައްމަދު ޒާހިދާއި ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު ވަނީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވައި ކުރައްވާ، ހުވައިގެ އިޤުރާރުގައި ސޮއި ކުރައްވައިފައެވެ.
މި މަޤާމަށް އައްޔަނު ކުރުމުގެ ކުރިން، މުޙައްމަދު ޒާހިދު ވަނީ ހިއުމަން ރައިޓްސް ކޮމިޝަނުގެ ނައިބު ރައީސްގެ މަޤާމު ފުރުއްވާފައެވެ. އަދި ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު ވަނީ މިކޮމިޝަނުގެ ޑިރެކްޓަރގެ މަޤާމު ފުުރުއްވާފައެވެ. އަދި މި މުއްދަތުގައި ކޮމިޝަނުގެ އެކްޓިންގ ސެކްރެޓަރީ ޖެނެރަލްގެ ޒިންމާވެސް ވަނީ އަދާކުރައްވާފައެވެ.