ސިޔާސީ ޕާޓީ
ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ދަފްތަރަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

ފޮޓޯ- އިލެކްޝަންސް ކޮމިޝަން
މި ކޮމިޝަނުން ބަލަހައްޓަމުން ގެންދާ ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ދަފްތަރަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލައިފައެވެ. އެގޮތުން 2024 ޑިސެމްބަރު 31 އާ ހަމައަށް ކޮމިޝަނަށް ލިބިފައިވާ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގެ ޞައްޙަކަން ކަށަވަރުކުރުމަށްޓަކައި މެންބަރުންގެ މަޢުލޫމާތު ހިމެނޭ ލިސްޓެއް 2025 ޖަނަވަރީ 23 ވަނަ ދުވަހު ވެބްސައިޓްގައި ޢާންމުކޮށްފައިވާނެއެވެ
މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ 2025 ޖަނަވަރީ 23 ވަނަ ދުވަހުން ފެށިގެން 2025 ފެބުރުވަރީ 10 ވަނަ ދުވަހުގެ މެންދުރުފަހު 3:00 އާ ހަމައަށެވެ. ޝަކުވާ ހުށަހެޅޭނީ 'މައި ޕޯޓަލް' (my.elections.gov.mv) ނުވަތަ ޝަކުވާ ޕޯޓަލް (ppr.elections.gov.mv) މެދުވެރިކޮށް އޮންލައިންކޮށެވެ. އަދި އިލެކްޝަންސް ކޮމިޝަނުގެ މައި އިދާރާއަށް ވަޑައިގެންވެސް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ވަނީ ހަމަޖެހިފައެވެ.
ޝަކުވާ ހުށަހަޅާއިރު، ހުށަހަޅާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ރަސްމީ ލިޔުމެއްގެ ކޮޕީއެއް އަދި ޝަކުވާ ޕޯޓަލްގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކޮށް ސާފު ފޮޓޯއެއް ހުށަހަޅަންޖެހޭނެއެވެ. މިއީ ސިޔާސީ ޕާޓީގެ ޤާނޫނުގެ 28 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކުރެވޭ ކަމެކެވެ.