ސިޔާސީ ޕާޓީ
ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ޢަދަދު އާންމުކުރުން

ފޮޓޯ- އިލެކްޝަންސް ކޮމިޝަން
ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 28 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން، ކޮންމެ 6 މަހަކުން ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ޢަދަދު ކަށުވަރުކޮށް އާންމުކޮށްފީމެވެ. މި ކޮމިޝަނުން ބަލަހައްޓަމުންގެންދާ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅަނީ އީ-ފާސް މެދުވެރިކޮށް މި ކޮމިޝަނުގެ ޕޯޓަލް "my.elections.gov.mv" އަށެވެ. އަލަށް ގެނެވުނު ބަދަލުތަކާއެކު ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ދަފުތަރާގުޅޭގޮތުން ހުށަހަޅަމުންދާ މައްސަލަތައް މިހާރު ވަނީ ހުއްޓިފައެވެ. އަދި މި ކޮމިޝަނުގެ މައި ޕޯޓަލްގެ ގިނަ ޚިދުމަތްތައް މިހާރު އާންމު ރައްޔިތުން ދަނީ ބޭނުންކުރަމުންނެވެ. އެގޮތުން ޕާޓީއަށް ވަނުމާއި ވަކިވުމުގެ އިތުރުން ސިޔާސީ ޕާޓީއެއްގައި ނޫޅޭކަމުގެ ލިޔުންވެސް މިހާރު އާންމު ރައްޔިތުންނަށް ދޫކުރަނީ މައި ޕޯޓަލް މެދުވެރިކޮށެވެ.
ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ޢަދަދު އާންމުކުރުން
1. ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ: 43,765
2. ޢަދާލަތު ޕާޓީ: 8,844
3. ޖުމްހޫރީ ޕާޓީ: 13,456
4. މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް: 9,011
5. މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް: 2,272
6. ޕީޕަލްސް ނެޝަނަލް ކޮންގްރެސް: 68,665
7. މޯލްޑިވްސް ނެޝަނަލް ޕާޓީ: 5,836
8. ދަ ޑިމޮކްރެޓްސް: 3,547
9. ޕީޕަލްސް ނޭޝަނަލް ފްރަންޓް: 3,046