08 ފެބުރުވަރީ 2025 ޢާންމު މަޢުލޫމާތު
ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަން 2025 އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަން 2025 - ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ ޢާންމުކުރުން
ސުންގަޑި ނަންބަރު (IUL)38-DC/38/2024/504
2025 ފެބުރުވަރީ 08 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ހދ. އަތޮޅު ކައުންސިލް ރައީސް، ރ. ފައިނު ކައުންސިލް ރައީސް، ނ. ލަންދޫ ކައުންސިލްގެ އަންހެން މެންބަރު، ހދ. މަކުނުދޫ، ފ. ބިލެތްދޫ ކައުންސިލް މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި- އިލެކްޝަން އަދި ހދ.ނައިވާދޫ، ހދ.ހިރިމަރަދޫ، ށ.ގޮއިދޫ ، ށ.ނޫމަރާ ، ށ.ނަރުދޫ ، ނ.މިލަދޫ ، ނ.ފޮއްދޫ، ނ.ކުޑަފަރި، ރ.ހުޅުދުއްފާރު، ރ.އިންނަމާދޫ، ރ.އުނގޫފާރު، ބ.ހިތާދޫ، ބ.ގޮއިދޫ، ބ.ފެހެންދޫ، ބ.ދަރަވަންދޫ، ކ.ހުރާ، އދ.ހަންޏާމީދޫ، ވ.ފެލިދޫ، މ.މުލި، މ.މަޑުއްވަރީ، ފ.ބިލެތްދޫ، ދ.ހުޅުދެލި، ތ.ބުރުނި، ލ.ގަން، ލ.އިސްދޫ، ގއ.ގެމަނަފުށި، ގއ.ކަނޑުހުޅުދޫ، އަދި ގދ.ރަތަފަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަނުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީތައް 2024 ޑިސެންބަރު 24 ވާ އަންގާރަ ދުވަހު ޢާންމުކޮށްފީމެވެ. މި ރަޖިސްޓަރީތައް ދިވެހިސަރުކާރުގެ ގެޒެޓު (www.gazette.gov.mv) އާއި، ކޮމިޝަނުގެ ވެބްސައިޓުގައި (www.elections.gov.mv) ވަނީ ޢާންމު ކުރެވިފައެވެ
މި ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅާނީ 2024 ޑިސެންބަރު 24 ވާ އަންގާރަ ދުވަހުން ފެށިގެން 2025 ޖަނަވަރީ 04 ވާ ހޮނިހިރު ދުވަހުގެ މެންދުރުފަހު 03:00 ގެ ނިޔަލަށެވެ.
ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޝަކުވާ ފޯމުންނެވެ. ޝަކުވާ ފޯމު އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުންނާއި ކޮމިޝަނުގެ އިދާރާއިން ލިބެން ހުންނާނެއެވެ. ޝަކުވާ ހުށަހަޅާނީ ކޮމިޝަނުގެ އީމެއިލް އެޑްރެސް ކަމަށްވާ، [email protected] އަށް ފޮނުވައިގެންނެވެ.