08 ފެބުރުވަރީ 2025 ޢާންމު މަޢުލޫމާތު

ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަން 2025 އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަން 2025 ގެ ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވާނެ އޮފިޝަލުން ހޯދުން

  ސުންގަޑި   ނަންބަރު (IUL)38-BB/38/2025/4

 

2025 ފެބުރުވަރީ 08 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަން 2025 އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަން 2025 ގެ ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމަށް އިޢުލާން ކުރަމެވެ. އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ.

 

https://my.elections.gov.mv

 

ބައި އިލެކްޝަންއާ ގުޅިގެން ވޯޓުލާ މަރުކަޒު ގާއިމްކުރުމަށް ހަމަޖެހިފައިވާ ސިޓީ/ރަށްތައް:

 

·         ހދ. ހިރިމަރަދޫ

·         އދ. ހަންޏާމީދޫ

·         ނ. ލަންދޫ

·         ދ. ހުޅުދެލި

·         ނ. މިލަދޫ

·         ލ. ގަން

·         ނ. ފޮއްދޫ

·         ތ. ބުރުނި

·         ރ. އިންނަމާދޫ

·         ގއ. ކަނޑުހުޅުދޫ

·         ބ. ގޮއިދޫ

·         މާލެ ސިޓީ

 

ޝަރުތު:

1. ޢުމުރުން 18 އަހަރު ފުރިފައިވާ މީހެއްކަމުގައިވުން.

2. އެއްވެސް ސިޔާސީ ޕާޓީއެއްގެ އިސް މަޤާމެއް އަދާކުރަމުންދާ ފަރާތެއް ކަމުގައި ނުވުން.

3. އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕޭން ޙަރަކާތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވާ މީހަކު ކަމުގައި ނުވުން.

4. އޮފިޝަލަކަށްވުމަށް އެދި ފޯމު ހުށަހެޅި ދާއިރާ / ރަށަށް ކުރިމަތިލާ ކެންޑިޑޭޓެއްގެ މަންމައެއް، ބައްޕައެއް، ދަރިއެއް، އަންބެއް، ފިރިއެއް، އެއްބަނޑުއެއްބަފާ، އެއްބަނޑު ނުވަތަ އެއްބަފާ މީހަކަށް ނުވުން.

5. އޮފިޝަލެއްގެ މަސައްކަތް ކުރެވޭނެ ތަޢުލީމާއި ތަޖުރިބާ ހުރުން.

6. މިފަދަ މަސައްކަތަކަށް ޞިއްޙީ ގޮތުން ޤާބިލު މީހަކު ކަމުގައިވުން.

7. ޖިނާއީ ކުށެއްގެ ޙުކުމް ތަންފީޒު ކުރަމުންދާ މީހަކު ކަމުގައި ނުވުން.

 

އުޖޫރަ:

މަޤާމު

ދެވޭ އުޖޫރަ

 ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް ހަމަޖައްސައިފިނަމަ

-/1800ރ (އަށާރަސަތޭކަ ރުފިޔާ) ހަމައެކަނި ވޯޓުލާދުވަހު.

ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔަކަށް ހަމަޖައްސައިފިނަމަ

-/1600ރ (ސޯޅަސަތޭކަ ރުފިޔާ) ހަމައެކަނި ވޯޓުލާދުވަހު.

ވޯޓުލާ މަރުކަޒެއްގެ އޮފިޝަލެއްގެ ގޮތުގައި ހަމަޖައްސައިފިނަމަ

-/1500ރ  (ފަނަރަސަތޭކަ ރުފިޔާ) ހަމައެކަނި ވޯޓުލާދުވަހު.

ރިޒާވް އޮފިޝަލަކަށް ހަމަޖައްސައިފިނަމަ

-/700ރ  (ހަތްސަތޭކަ ރުފިޔާ) ހަމައެކަނި ވޯޓުލާދުވަހު.

 

 

· އުޖޫރައިގެ އިތުރުން، މަސައްކަތްކުރާ ވަގުތަށް ބަލައި ވޯޓުލާދުވަހުގެ ކެއުމާއި ސައި ކޮމިޝަނުން ހަމަޖައްސައިދޭނެއެވެ. ނުވަތަ ކެއުމާއި ސަޔަށްވާ ފައިސާ މާލިއްޔަތު ޤަވާޢިދުގައިވާ ރޭޓުން އޮފިޝަލް އެލަވަންސްއާއެކު ޖަމާކުރެވޭނެއެވެ.

· ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް ހަމަޖައްސައިފިނަމަ ފޯނު އެލަވަންސްގެ ގޮތުގައި -/100ރ (ސަތޭކަ ރުފިޔާ) ލިބޭނެއެވެ.

· މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން މިމަސައްކަތަށް ޚާއްސަކޮށްގެން ހިންގޭ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރަން ޖެހޭނެއެވެ. ތަމްރީން ޕްރޮގްރާމް ފުރިހަމަކޮށް އޮފިޝަލެއްގެ ގޮތުގައި މަސައްކަތް ފުރިހަމަ ކުރުމުން ޓްރޭނިންގ އެލަވަންސްގެ ގޮތުގައި -/300ރ (ތިންސަތޭކަ ރުފިޔާ) ލިބޭނެއެވެ.

· މި ތަމްރީނު ފުރިހަމަނުކުރާ ފަރާތްތަކުން އޮފިޝަލަކަށް ވުމަށް އެދި ފޯމު ހުށަހެޅި ނަމަވެސް ފުރުޞަތު ނުދެވޭނެއެވެ.

· މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންދެވޭނީ 2025 ފެބުރުވަރީ 1 އާ 4 އާ ދެމެދުގައެވެ.

· އޮފިޝަލަކަށް ވުމަށް އެދި ފޯމު ހުށަހަޅާ ފަރާތަކީ 2025 ފެބުރުވަރީ 1 އިން 8 އަށް ވޯޓުލާ މަރުކަޒު ގާއިމްކުރާ ސިޓީ/ރަށުގައި ހުންނަ ފަރާތަކަށް ވާންވާނެއެވެ.

 

ނޯޓް:

1. ވޯޓުލާ މަރުކަޒުގެ އޮފިޝަލަކަށް ވުމަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތަކުން ، އޮބްޒާވަރ، މޮނިޓަރ، އަދި ކެންޑިޑޭޓްގެ މަންދޫބަކަށް ވުމަށް އެދި ފޯމު ހުށަހަޅާ ފާސް ދޫކުރެވިއްޖެނަމަ، އެ ފަރާތަކުން އޮފިޝަލުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާފައިވާ ފޯމު ބާތިލުވާނެއެވެ.

2. އޮފިޝަލުން ނެގުމަށް ހަމަޖެހިފައިވަނީ އިންތިޚާބަށް ބޭނުންވާ އަދަދަށެވެ. މި އަދަދު ހަމަވުމުން އިތުރަށް އޮފިޝަލުން ނުނަގާނެއެވެ.

3. އޮފިޝަލަކަށްވުމަށް އެދި ފޯމު ހުށަހަޅާ ފަރާތަކީ ވޯޓުލާ މަރުކަޒު ގާއިމުކުރާ ސިޓީ/ރަށުގައި ދިރިއުޅޭ ފަރާތަކަށް ވާންވާނެއެވެ.

 

ހުށަހަޅަންޖެހޭ ތަކެތި:

·  ހާސިލްކޮށްފައިވާ އެންމެ މަތީ ތަޢުލީމީ ސެޓްފިކެޓުގެ ކޮޕީ

·  ވަނަވަރު

·  ވަޒީފާގައި އުޅޭނަމަ އެކަން އަންގައިދޭ ލިޔުން

 

ސުންގަޑި:

· އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވާން ޝައުޤުވެރިވާ ފަރާތްތަކުން 2025 ޖަނަވަރީ 19 ވާ އާދީއްތަ ދުވަހުގެ 15:00 ކުރިން އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.

· ބޭނުންވާ ޢަދަދަށް މަސައްކަތަށް އެކަށޭނަ މީހުން ނުލިބޭނަމަ، އޮފިޝަލުން ހަމަވަންދެން ފޯމް ބަލައިގަންނާނެކަމުގައި ދެންނެވީމެވެ.

އިޢުލާނާ ގުޅުންހުރި ލިޔެކިޔުންތައް

އެންމެ ފަހުގެ އިތުރު އިޢުލާނުތައް

ޢާންމު މަޢުލޫމާތު

1446 ވަނަ އަހަރުގެ ރަމަޟާން މަހާއި ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު އިލެކްޝަންސް ކޮމިޝަނުގެ ރަސްމީ ގަޑި

ޢާންމު މަޢުލޫމާތު

މިކޮމިޝަނުގެ ނަންބަރު (IUL)38-BB/38/2025/502 އިޢުލާނު ބާޠިލް ކުރުމާ ގުޅޭ

ޢާންމު މަޢުލޫމާތު

2025 ފެބުރުވަރީ 08 ވީ ހޮނިހިރު ދުވަހު ގއ. ކަނޑުހުޅުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ މެންބަރު އިންތިޚާބު ކުރުމަށް ބޭއްވި ބައި-އިލެކްޝަނުގެ ރަސްމީ ނަތީޖާ

ޢާންމު މަޢުލޫމާތު

2025 ފެބުރުވަރީ 08 ވީ ހޮނިހިރު ދުވަހު އދ. ހަންޏާމީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ މެންބަރު އިންތިޚާބު ކުރުމަށް ބޭއްވި ބައި-އިލެކްޝަނުގެ ރަސްމީ ނަތީޖާ

ޢާންމު މަޢުލޫމާތު

2025 ފެބުރުވަރީ 08 ވީ ހޮނިހިރު ދުވަހު ލ. ގަން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ މެންބަރު އިންތިޚާބު ކުރުމަށް ބޭއްވި ބައި-އިލެކްޝަނުގެ ރަސްމީ ނަތީޖާ

ޢާންމު މަޢުލޫމާތު

2025 ފެބުރުވަރީ 08 ވީ ހޮނިހިރު ދުވަހު ހދ. މަކުނުދޫ ކައުންސިލްގެ މެންބަރު އިންތިޚާބު ކުރުމަށް ބޭއްވި ބައި-އިލެކްޝަނުގެ ރަސްމީ ނަތީޖާ

ޢާންމު މަޢުލޫމާތު

2025 ފެބުރުވަރީ 08 ވީ ހޮނިހިރު ދުވަހު ދ. ހުޅުދެލި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ މެންބަރު އިންތިޚާބު ކުރުމަށް ބޭއްވި ބައި-އިލެކްޝަނުގެ ރަސްމީ ނަތީޖާ

ޢާންމު މަޢުލޫމާތު

2025 ފެބުރުވަރީ 08 ވީ ހޮނިހިރު ދުވަހު ތ. ބުރުނި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ މެންބަރު އިންތިޚާބު ކުރުމަށް ބޭއްވި ބައި-އިލެކްޝަނުގެ ރަސްމީ ނަތީޖާ

ޢާންމު މަޢުލޫމާތު

2025 ފެބުރުވަރީ 08 ވީ ހޮނިހިރު ދުވަހު ނ. ފޮއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ މެންބަރު އިންތިޚާބު ކުރުމަށް ބޭއްވި ބައި-އިލެކްޝަނުގެ ރަސްމީ ނަތީޖާ

ޢާންމު މަޢުލޫމާތު

2025 ފެބުރުވަރީ 08 ވީ ހޮނިހިރު ދުވަހު ނ. މިލަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ މެންބަރު އިންތިޚާބު ކުރުމަށް ބޭއްވި ބައި-އިލެކްޝަނުގެ ރަސްމީ ނަތީޖާ