08 ފެބުރުވަރީ 2025 ޢާންމު މަޢުލޫމާތު
ލޯކަލް ކައުންސިލް ބައި-އިލެކްޝަން 2025 - ހދ. އަތޮޅު
ނަންބަރު (IUL)38-AC/38/2025/26
މި ކޮމިޝަނުގެ ނަންބަރު :(IUL)38-CA/38/2024/498 އިޢުލާނާ ހަވާލާދީ ދަންނަވަމެވެ.
2025 ފެބުރުވަރީ 08 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ހދ. އަތޮޅު ކައުންސިލްގެ ރައީސް އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމަށް ދީފައިވާ މުއްދަތު ހަމަވިއިރު، ކުރިމަތިލާފައިވަނީ އިންތިޚާބު ކުރަންޖެހޭ ޢަދަދަށެވެ.
ފުރިހަމަ ނަން |
ދާއިމީ އެޑްރެސް |
ކުރިމަތިލާފައިވާ ޙައިޘިއްޔަތު |
މުޙައްމަދު ވަޙީދު |
ގުރަހަލި / ހދ. ހިރިމަރަދޫ |
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް |
ވީމާ، ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 24 ވަނަ މާއްދާގައިވާ ގޮތުގެމަތިން، މަތީގައި ދެންނެވިފައިވާ ފަރާތް އިންތިޚާބުވެއްޖެކަން ޢާންމުކޮށް އަންގައި އިޢުލާންކުރަމެވެ.