އިލެކްޝަންސް ކޮމިޝަނުގެ ހުރި ބައުވެ ހަލާކުވެފައިވާ މުދާ ދެވަނަފަހަރަށް ނީލަންކިޔުން
ސުންގަޑި ނަންބަރު (IUL)38-AA/38/2025/227
މި ކޮމިޝަނުގެ ނަންބަރު (IUL)38-AA/38/2025/221 އިޢުލާނާއި އެއްގޮތަށް، ކޮމިޝަނުގައި ހުރި ގިނަ ދުވަސްވެ، ބައުވެ ހަލާކުވެފައިވާ މުދާ، 2025 ނޮވެންބަރު 13 ވީ ބުރާސްފަތި ދުވަހު ނީލަން ކިޔުމަށްފަހު، މި މުދަލުގެ ތެރެއިން ނީލަމުގައި ނުވިކި ހުރި މުދާ، ދެވަނަ ފަހަރަށް ނީލަން ކިޔުން 2025 ނޮވެންބަރު 24 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، ހިލާލީމަގު) ގެ 05 ވަނަ ފަންގިފިލާގައި އޮންނާނެއެވެ. މި ނީލަމުގައި ނީލަން ކިޔުމަށް ހަމަޖެހިފައިވާ މުދަލުގެ މަޢުލޫމާތާއި، މުދަލުގެ އަގު ނީލަމުގައި ފަށާނެގޮތުގެ ލިސްޓެއް، މި އިޢުލާނާއެކު އެއްކަރުދާސް ކޮށްފައިވާނެއެވެ. އަދި، ނީލަމުގައި ބައިވެރިވެ، ނީލަމުން މުދާ ނަންގަވާ ފަރާތްތަކުން، ސަރުކާރު ބަންދު ނޫން ތިން ދުވަހުގެ ތެރޭގައި، މާލީވުޒާރާގެ ބަނޑޭރި ޕޯޓަލް މެދުވެރިކޮށް މި ކޮމިޝަނަށް ފައިސާ ދެއްކުމަށްފަހު، މުދާ ގެންދަވަންވާނެއެވެ.
މި ނީލަމުގައި ބައިވެރިވެލެއްވުމަށް، ބޭނުންފުޅުވާ ފަރާތްތަކުން، 2025 ނޮވެންބަރު 24 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، ހިލާލީމަގު) ގެ 05 ވަނަ ފަންގިފިލާއަށް ވަޑައިގެންދެއްވުން އެދެމެވެ. އަދި ނީލަމަށް ވަޑައިގަންނަވާއިރު އެފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.