Local Council Election 2026 ޢާންމު މަޢުލޫމާތު

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއަށް ގެނެވުނު ބަދަލުތައް ގެޒެޓުކުރުމާއި މިލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

  ނަންބަރު (IUL)38-DC/38/2026/56

2026 ޖަނަވަރީ 7 ވީ ބުދަ ދުވަހު ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރެވުނު، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އަށް ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއަށް ހުށަހެޅުނު ޝަކުވާތަކާ ގުޅިގެން ގެނެވުނު ބަދަލުތައް ޢާންމު ކޮށްފީމެވެ. މި ރަޖިސްޓަރީ ދިވެހިސަރުކާރުގެ ގެޒެޓު (www.gazette.gov.mv) އާއި، އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓު (www.elections.gov.mv) ގައި އަދި، މާލެ ފިޔަވައި މީހުން ދިރިއުޅޭ ކޮންމެ ރަށެއް/ސިޓީއެއްގެ ކައުންސިލް އިދާރާގައި ޢާންމުކޮށް ފެންނަން ހުންނާނެއެވެ.  މީގެ އިތުރުން (VR space IDNO Send to 1414) އެސް.އެމް.އެސް ކޮށްގެން ޗެކްކުރެވޭނެއެވެ.

 

މި ލިސްޓަށް ޝަކުވާ ހުށަހަޅާނީ  2026 ޖަނަވަރީ 28 ވާ ބުދަ ދުވަހުން ފެށިގެން 2026 ފެބުރުވަރީ 8 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 03:00 ގެ ނިޔަލަށެވެ.

 

ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، ޝަކުވާ ހުށަހަޅާނީ އޮންލައިންކޮށް އިލެކްޝަންސް ކޮމިޝަނުގެ މައިޕޯޓަލް (https://my.elections.gov.mv) މެދުވެރިކޮށެވެ. އެގޮތުން ރަޖިސްޓަރީގައި ހިމެނިފައިވާ މައުލޫމާތަކަށް ބަދަލުގެނައުމަށް ހުށަހަޅާއިރު، ޝަކުވާގެ ޞައްޙަކަން ސާބިތުވާނެ ރަސްމީ ލިޔުމެއްގެ ކޮޕީ ހުށަހަޅަންވާނެއެވެ.

 

މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

އެންމެ ފަހުގެ އިތުރު އިޢުލާނުތައް

ރަސްމީ ނަތީޖާ

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026 - ދ. މީދޫ ކައުންސިލް ރައީސް މަޤާމުގެ އިތުރުބުރުގެ ރަސްމީ ނަތީޖާ

ޢާންމު މަޢުލޫމާތު

ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ނަންބަރު 2026/SC-A/19 ޤަޟިއްޔާގެ ޙުކުމާ ގުޅިގެން، އިސްލާޙުކުރެވިފައިވާ މ. ވޭވަށް ކައުންސިލްގެ ރަސްމީ ނަތީޖާ

ޢާންމު މަޢުލޫމާތު

ވޯޓު ކަރުދާސް ޗާޕުކުރެވުނު ގޮތުގެ މަޢުލޫމާތު - ދ. މީދޫ ކައުންސިލް ރައީސް މަޤާމުގެ އިތުރުބުރުގެ ވޯޓުނެގުން

ޢާންމު މަޢުލޫމާތު

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން 2026 ގެ ރަސްމީ ނަތީޖާ

ޢާންމު މަޢުލޫމާތު

ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު ޢާންމު ކުރުން - ދ. މީދޫ ކައުންސިލް ރައީސް މަޤާމުގެ އިތުރުބުރުގެ ވޯޓުނެގުން

ޢާންމު މަޢުލޫމާތު

ވޯޓުދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައި ކެންޑިޑޭޓުން ސޮއި ކުރުން - ދ. މީދޫ ކައުންސިލް ރައީސް މަޤާމުގެ އިތުރުބުރުގެ ވޯޓުނެގުން

ޢާންމު މަޢުލޫމާތު

ވޯޓުލާ ނިންމާ ގަޑި ބަދަލުވުން - ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން 2026

ޢާންމު މަޢުލޫމާތު

ދަ ޑިމޮކްރެޓްސް އުވާލުމާ ގުޅޭ

ޢާންމު މަޢުލޫމާތު

ކޮމިޝަނުން އެވޯޑުކޮށްފައިވާ ޕްރޮކިޔުމަންޓާބެހޭ މަޢުލޫމާތު ޢާންމުކުރުން

ޢާންމު މަޢުލޫމާތު

މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ އުވާލުމާ ގުޅޭ