ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި ތާއީދު ހޯދުމަށް މަސައްކަތްކުރުމާ ގުޅޭ

 

ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 29 ވަނަ މާއްދާގެ (ށ) ގައި، އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް ކުރާ މަސައްކަތުގައި، އެހެން ކެންޑިޑޭޓެއްގެ އިންތިޚާބީ ޙައްޤަކަށް އުނިކަން އަތުވެދާނެފަދަ އެއްވެސްކަމެއް ކޮށްގެންނުވާނެކަމަށާއި އެހެން ކެންޑިޑޭޓަކާ ބެހޭގޮތުން އެއްވެސް ދޮގު މައުލޫމާތެއް ބޭނުންކޮށްގެންވެސް ނުވާނެކަމަށް ބަޔާންކޮށްފައިވެއެވެ. އެހެންނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ކުރާ މަސައްކަތުގައި އެންޓިކެމްޕެއިންގެ ޢަމަލުތައް ފެންނަމުންދާކަން މި ކޮމިޝަނަށް ވަނީ ފާހަގަކުރެވިފައެވެ. އެގޮތުން ތާއިދު ހޯދުމަށް ބޭނުންކުރާ ޕޯސްޓަރުތަކާއި ބެނާތަކުގައި ކެންޑިޑޭޓެއްގެ އިންތިޚާބީ ޙައްޤަށް އުނިކަން ލިބޭގޮތަށް މެސެޖްތައް ދައުރުކުރަމުންދާކަން ފާހަގަކުރެވެއެވެ.

 

ވީމާ، ތާއީދު ހޯދުމަށް ކުރާ މަސައްކަތުގައި، އެހެން ކެންޑިޑޭޓެއްގެ އިންތިޚާބީ ޙައްޤަކަށް އުނިކަން އަތުވެދާނެފަދަ އެއްވެސްކަމެއް ނުކުރުމަށާއި ގަވައިދު ނަންބަރު 2020/R-48 (އިންތިޚާބުތަކާބެހޭ ޢާންމު ގަވައިދު) ގެ 19 ވަނަ މާއްދާގައި ބަޔާންކުރާ ސުލޫކީ މިންގަނޑަށް ތަބާވުމަށް ހުރިހާ ކެންޑިޑޭޓުންނަށް އިލްތިމާސްކުރަމެވެ. އަދި މިފަދަ ޢަމަލުތައް ކުރާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަމެވެ.

އެންމެ ފަހުގެ އިތުރު ނޫސްބަޔާން

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024

2024 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވާ ތާރީޚާގުޅޭ

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ބާއްވާ ތާރީޚު ޢާންމުކުރުން