ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026ގެ އެކިއެކި މަސައްކަތުގައި ޙަރަކާތްތެރިވާ މީހުންނަށް ބޭނުންވާ ކެއުމާއި ސައިގެ ޚިދުމަތްދޭނެ ފަރާތެއް ހޯދުން
- ޕަބްލިޝްކުރި ތާރީޚު
- ޕަބްލިޝްކުރި ގަޑި
- ސުންގަޑި
- ނަންބަރު
- (IUL)38-AB/38/2025/263
މި ކޮމިޝަނުން ދީފައިވާ މަޢުލޫމާތާއި އެއްގޮތަށް، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026ގެ އެކިއެކި މަސައްކަތުގައި ޙަރަކާތްތެރިވާ މީހުންނަށް ބޭނުންވާ ކެއުމާއި ސައިގެ ޚިދުމަތްދޭނެ ހޯދުމަށް ކޮށްފައިވާ ނަންބަރު 238 (IUL)38-AB/38/2025/އިޢުލާނާއި ގުޅިގެން ހުށަހެޅި ބީލަންތައް ފުރިހަމަނުވާތީ، މި ބީލަންތައް ބާޠިލުކޮށް މި ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް 2 ވަނަ ފަހަރަށް އިޢުލާނުކުރަމެވެ. ވީމާ، ޝަރުޠުފުރިހަމަވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ބީލަން ހުޅުވުން އޮންނާނީ 05 ޖަނަވަރީ 2025 ވާ ހޯމަ ދުވަހުގެ 14:45 ގައި އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް 5 ވަނަ ފަންގިފިލާ، ހިލާލީމަގު) ގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރ، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީމެއިލް ކުރައްވާނީ 04 ޖަނަވަރީ 2025 ވާ އާދީއްތަ ދުވަހުގެ 14:45ގެ ކުރިން، [email protected] އީމެއިލް އެޑްރެހަށެވެ. މި އިޢުލާނު ކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އަދި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާޢިއުކުރެވިފައިވާނެއެވެ.