މަސައްކަތު މީހުން އަދި އުފުލުމުގެ ޚިދުމަތް 1 (އެއް) އަހަރު ދުވަހުގެ މުއްދަތަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

Date
ޕަބްލިޝްކުރި ތާރީޚު
Location
ޕަބްލިޝްކުރި ގަޑި
Time
ސުންގަޑި
Number
ނަންބަރު
(IUL)38-AB/38/2026/753

މި ކޮމިޝަނުން ދީފައިވާ މަޢުލޫމާތާ އެއްގޮތަށް، މަސައްކަތު މީހުން އަދި އުފުލުމުގެ ޚިދުމަތް 1 (އެއް) އަހަރު ދުވަހުގެ މުއްދަތަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ ނަންބަރު (IUL)38-AB/38/2026/747 އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ ބީލަންތައް، ބީލަން ކަރުދާހުގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާއި އެއްގޮތަށް ފުރިހަމަވެފައި ނުވުމާއި އަދި ބީލަންތަކުގެ އަގުތައް ބޮޑުކަމަށް ފެންނާތީ، އެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް 3 (ތިނެއް) ފަހަރަށް އިޢުލާނުކުރަމެވެ. ވީމާ، ޝަރުޠުފުރިހަމަވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.                                               

ބީލަން ހުޅުވުން އޮންނާނީ 9 ނޮވެންބަރު 2026 ވާ ހޯމަ ދުވަހުގެ  13:00ގައި އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް 5 ވަނަ ފަންގިފިލާ، ހިލާލީމަގު) ގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރ، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

 

ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީމެއިލް ކުރައްވާނީ 8 ނޮވެންބަރު 2026 ވާ އާދީއްތަ ދުވަހުގެ 13:00ގެ ކުރިން، [email protected] އީމެއިލް އެޑްރެހަށެވެ. މި އިޢުލާނު ކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އަދި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާޢިއުކުރެވިފައިވާނެއެވެ.

އެވޯޑްކުރެވުނު ފަރާތް

ހަވާލުކުރެވިފައިވާ ފަރާތް
ހަވާލުކުރެވިފައިވާ ކޮންޓްރެކްޓް ވެލިއު
ކޮންޓްރެކްޓް ކުރެވިފައިވާ މުއްދަތު