
ޑިރެކްޓަރ
ޝަހުލާ އިސްމާޢިލް
އިލެކްޓޯރަލް މެނޭޖްމަންޓް ޑިވިޜަން ހިންގުމާ ޙަވާލުވެ ހުރި
މަސްޢޫލިއްޔަތުތައް
·އިންތިޚާބުތަކާއި ރައްޔިތުންގެ ޚިޔާލު ހޯދުމަށް ޢާންމު ވޯޓުނެގުމުގެ ކަންކަން ޤާނޫނުގައިވާ ގޮތުގެ މަތިން ރާވައި ހިންގައި ކޮމިޝަނުން އަންގާ ގޮތެއްގެ މަތިން އިންތިޚާބުތަކުގެ މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުން.
· ކޮމިޝަނުގެ އިންސާނީ ވަސީލަތް ތަރައްޤީކުރުމަށް މުވައްޒަފުންނަށް ބޭނުންވާ ތައުލީމާއި ތަމްރީނުތައް ރާވައި ހިންގުން.
· އިންތިޚާބުތަކާ ގުޅިގެން ކޮމިޝަންގެ މުވައްޒަފުންނާއި އިންތިޚާބުގެ މަސައްކަތްތައް ކުރުމަށްނަގާ ޓާސްކްފޯސް ތަމްރީނުކުރުން.
· އިންތިޚާބުތަކާ ގުޅިގެން ޓްރޭނިންގ ދޭންޖެހޭ ފަރާތްތަކަށް ޓްރެއިނިންގ ދިނުމުގެ އިންތިޒާމްތައް ހަމަޖެއްސުމާއި ތަމްރީނު ދިނުމަށް ބޭނުންވާ ޓްރެއިނިންގ ޕެކްތަކާއި މެޓީރިއަލްސް ތައްޔާރުކުރުމާއި، އެ ފަރާތްތަކަށް ޓްރެއިނިންގ ދިނުމުގެ މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުން.
· އިންތިޚާބުތަކާ ބެހޭގޮތުންނާއި ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ވެށި ހަރުދަނާކުރުމަށް ޢާންމުން ހޭލުންތެރިކުރުވުމަށް ޕްރޮގްރާމްތައް ރާވައި ހިންގައި ބެލެހެއްޓުން.