ކޮމިޝަނުގެ 934 ވަނަ ޢާންމު ޖަލްސާ
ތަޢާރަފް
މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދެވެ. ޖަލްސާގައި ކޮމިޝަނުގެ 4 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު ކޮމިޝަނުގެ ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ، ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް އަދި ކޮމިޝަނުގެ މެންބަރު އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲ އެވެ.
ކޮމިޝަނުގެ ރައީސް މުޙައްމަދު ޝަކީލު ހުންނެވީ ޗުއްޓީގައެވެ.
މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.
1. ބިޑް ކޮމިޓީގެ ހުސްވެފައިވާ މަޤާމަށް މެންބަރަކު ހަމަޖައްސައި، މުޤައްރިރަކު ކަނޑައެޅުން.
ބިޑް ކޮމިޓީގެ މުޤައްރިރުގެ މަޤާމު އަދާކުރަމުންދިޔަ ޑެޕިއުޓީ ޑިރެކްޓަރ ސީނާ ރަޝީދުގެ ދައުރު 2026 އޮގަސްޓު 23 ގެ ނިޔަލަށް ހަވެފައިވާތީ، ބިޑް ކޮމިޓީގެ ހުސްވެފައިވާ މެންބަރުކަމުގެ މަޤާމަށް ސިސްޓަމް އެޑްމިނިސްޓްރޭޝަން ސެކްޝަނުގެ ސީނިއަރ އޮފިސަރ އަޙްމަދު ރަޝީދު ހަމަޖައްސައި، އަދި ހުސްވެފައިވާ މުޤައްރިރުގެ މަޤާމަށް ޑެޕިއުޓީ ޑިރެކްޓަރ އަޙްމަދު މުޢާޒް ހަމަޖެއްސުމަށް ކޮމިޝަނުގެ 934 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވައިފައެވެ.
އިސްވެ ދެންނެވުނު ނިންމެވުމާއެކު، ބިޑް ކޮމިޓީގެ މެންބަރުން:
1. ޑެޕިއުޓީ ޑިރެކްޓަރ އަޙްމަދު މުޢާޒް – މުޤައްރިރު
2. ޑިރެކްޓަރ އާމިނަތު އަޒީފާ – ޢާންމު މެންބަރު
3. ޑެޕިއުޓީ ޑިރެކްޓަރ އޒ.ސިނާޔާ ޒަކަރިއްޔާ – ޢާންމު މެންބަރު
4. ކޮމިއުނިކޭޝަން އެގްޒެކެޓިވް މަރްޔަމް ޝާހިޔާ – ޢާންމު މެންބަރު
5. އެސިސްޓެންޓް ޑިރެކްޓަރ މަރްޔަމް ސުޙައިލާ – ޢާންމު މެންބަރު
6. އެސިސްޓެންޓް ޑިރެކްޓަރ ވިޝާހު ސައީދު – ޢާންމު މެންބަރު
7. ސީނިއަރ އޮފިސަރ އަޙްމަދު ރަޝީދު– ޢާންމު މެންބަރު
2. އިންޓަރނަލް އޮޑިޓްގެ ސީނިއަރ އޮފިސަރ ގެ މަޤާމުގެ ޝަރުޠު އިޞްލާޙު ކުރުން.
އިންޓަރނަލް އޮޑިޓްގެ ސީނިއަރ އޮފިސަރ ގެ މަޤާމުގެ ޝަރުޠުތަކާއި މަޤާމުގެ ތަޢުލީމީ ރޮނގު އަދި މަސައްކަތުގެ ދާއިރާ ތިރީގައި މިދަންނަވާ ގޮތުގެމަތީން އިޞްލާޙުކުރުމަށް، ކޮމިޝަނުގެ 934 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވައިފައެވެ.
ޝަރުޠުތައް
1. މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާސިލުކޮށްފައިވުން.
ނުވަތަ،
2. މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާސިލުކޮށްފައިވުމާއެކު، މަޤާގުގެ މަސައްކަތުގެ ދާއިރާގައި 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ،
3. ސަރޓިފައިޑް އެކައުންޑިންގ ޓެކްނީޝަލް (ކެޓް) ޙާސިލުކޮށްފައިވުން.
މަޤާމުގެ ތަޢުލީމީ ރޮނގު އަދި މަސައްކަތުގެ ދާއިރާ
1. އޮޑިޓިންގ ދާއިރާ
2. ފައިނޭންސް ދާއިރާ
3. އެކައުންޓިންގ ދާއިރާ
4. ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާ
އަދި، ކުރިއަށްއޮތްތަނުގައި ޕޭ ކޮމިޝަނާއެކު މަސައްކަތްކުރާއިރު، މަޤާމުތަކުގެ ޝަރުޠުތަކުގައި ވަކި ލެވެލްގެ ސެޓްފިކެޓެއްގެ ވާހަކަ ބަޔާންކޮށްފައިވާ ޙާލަތްތަކުގައި، އެ ސެޓްފިކެޓާ އެއް ލެވެލްއެއްގެ ނުވަތަ އެއް ފެންވަރެއްގެ އެހެން ޕްރޮގްރާމެއްގެ ސެޓްފިކެޓެއް އެ މަޤާމުތަކުގެ ޝަރުޠުތައް ވަޒަންކުރާއިރު ބޭނުންހިފިދާނޭތޯ ޕޭ ކޮމިޝަނުން ސާފުކުރުމަށްވެސް، ކޮމިޝަނުގެ 934 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވައިފައެވެ.









