ޖަލްސާތައް

ކޮމިޝަނުގެ 936 ވަނަ ޢާންމު ޖަލްސާ

 

ތަޢާރަފް

މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދެވެ. ޖަލްސާގައި ކޮމިޝަނުގެ 4 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ، ކޮމިޝަނުގެ ރައީސް މުޙައްމަދު ޝަކީލް، ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް އަދި ކޮމިޝަނުގެ މެންބަރު އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲ އެވެ.

ކޮމިޝަނުގެ ރައީސް މުޙައްމަދު ޝަކީލް، އަދި ކޮމިޝަނުގެ މެންބަރު އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރުގައި ތިއްބެވުމާއި ގުޅިގެން، މި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވީ ފޯނު މެދުވެރި ކުރައްވައި އޮންލައިންކޮށެވެ.

ކޮމިޝަނުގެ ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ ހުންނެވީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރުގައެވެ.

މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.

  1. ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ އަސާސީ ގަވާއިދަށް ގެނެސްފައިވާ އިޞްލާޙުތައް ޙިއްޞާ ކުރުމާއި، ޕީ.އެން.ސީގެ އަސާސީ ގަވާއިދުގެ އިޞްލާޙުތައް ފާސް ކުރުން.

2026 ސެޕްޓެންބަރު 15 ވީ އަންގާރަ ދުވަހު ބޭއްވި ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ މަތީ މަޖިލީހުގެ 5 ވަނަ ބައްދަލުވުމުގައި އެ ޕާޓީގެ އަސާސީ ގަވާއިދަށް އިޞްލާޙު ގެނައުމަށްފަހު، އެ އިޞްލާޙުތައް އެ ޕާޓީން މި ކޮމިޝަނަށް ހުށަހަޅާފައިވާތީ، ހުށަހަޅާފައިވާ އިޞްލާޙުތަކަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ސިޔާސީ ޕަޓީގެ ޤާނޫނާއި ގަވާއިދުތަކާއި، ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ އަސާސީ ގަވައިދުގެ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން ގެނެވިފައިވާ އިޞްލާޙުތަކެއް ކަމުގައި ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުން ބެލި ބެލުމުން އެނގެން އޮތުމާއި، އެ ޕާޓީގެ ތަރުތީބު ކުރެވިފައިވާ ލިޔެކިޔުންތަކާއި ޔައުމިއްޔާއާއެކު އެ ޕާޓީގެ ނަންބަރު: PNC/LTR/2026/00189 (16 ސެޕްޓެންބަރު 2026) ސިޓީއިން މި ކޮމިޝަނަށް ހުށަހަޅާފައިވާތީ، އެގޮތުގެމަތިން އެ ޕާޓީގެ އަސާސީ ގަވާއިދު އިޞްލާޙުކޮށް، ކޮމިޝަނުގެ 936 ވަނަ ޢާންމު ޖަލްސާގައި ވަނީ ފާސް ކުރައްވައިފައިއެވެ.

އިސްވެ ދެންނެވުނު ނިންމެވުމާ ގުޅިގެން، ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ މަތީ މަޖިލީހުގެ 5 ވަނަ ބައްދަލުވުމުގައި އެ ޕާޓީގެ އަސާސީ ގަވާއިދަށް އިޞްލާޙުތައް ކޮމިޝަނުގެ ވެބްސައިޓުގައި އަދާހަމަކުރުމަށްވެސް، ކޮމިޝަނުގެ 936 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވައިފައިއެވެ.

Date
Location
ތިންވަނަ ފަންގިފިލާގެ، މެންބަރުންގެ މީޓިންގ ރޫމް
Time
Number
936

ޖަލްސާއާއި ގުޅުންހުރި ލިޔުންތައް

ޖަލްސާގެ ނިންމުންތައްޖަލްސާގެ ހާޟިރީ

ޖަލްސާގެ ހާޟިރީ

ކޮމިޝަންގެ މެންބަރުން

  • މުޙައްމަދު ޝަކީލު
  • ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު
  • ޙަސަން ޒަކަރިއްޔާ
  • ޢަބްދުލްޙަސީބު އިސްމާޢީލް
  • އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲ

އިސް މުވައްޒަފުން

  • އާއިޝަތު ޝައްފާފް
  • އަލްއުސްތާޛާ ޢާލިޔާ ޙަނީފް
  • ފާޠިމަތު ޝަބާ ބާޤިރު

އެންމެ ފަހުގެ އިތުރު ޖަލްސާތައް

ޖަލްސާތައް

ކޮމިޝަނުގެ 935 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 934 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 933 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 932 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 931 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 930 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 929 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 928 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 927 ވަނަ ޢާންމު ޖަލްސާ