ކޮމިޝަނުގެ 935 ވަނަ ޢާންމު ޖަލްސާ
ތަޢާރަފް
މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޝަކީލެވެ. ޖަލްސާގައި ކޮމިޝަނުގެ 5 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ، ކޮމިޝަނުގެ ރައީސް މުޙައްމަދު ޝަކީލް، ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، ކޮމިޝަނުގެ ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ، ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް އަދި ކޮމިޝަނުގެ މެންބަރު އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲ އެވެ.
މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.
1. ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަންގެ އޮފިސަރ މުޙައްމަދު ނަފްޙާން އިލްޔާސްގެ ޕްރޮބޭޝަން ރިޕޯޓާގުޅޭ.
ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުގެ އޮފިސަރ މުޙައްމަދު ނަފްޙާން އިލްޔާސް، ޕްރޮބޭޝަން މުއްދަތުގައި މަސައްކަތް ކޮށްފައިވާގޮތުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ޕްރޮބޭޝަން ރިޕޯޓަށް ރިޔާޢަތްކޮށް، މި މުވައްޒަފުގެ ސުޕަވައިޒަރު (ސެކްޝަން ހެޑް)، އަދި ސެކްރެޓަރީ ޖެނެރަލް، މި މުވައްޒަފު ދާއިމީ ކުރުމަށް ފެންނަކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވާތީ، އެގޮތުގެމަތިން މިމުވައްޒަފު ދާއިމީ ކުރުމަށް، ކޮމިޝަނުގެ 935 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވައިފައެވެ.
2. ރެޖިސްޓްރޭޝަން ސެކްޝަނުގެ ސީނިއަރ އޮފިސަރގެ މަޤާމަށް މުވައްޒަފަކު ހޯދުމަށް މި ކޮމިޝަނުން ކޮށްފައިވާ ނަންބަރު(IUL)38-BB/38/2026/733 އިޢުލާނާއި، ސިވިކް އެޑިއުކޭޝަން އެންޑް ޓްރެއިނިންގ ސެކްޝަނުގެ އޮފިސަރ (ޖީ.އެސް 3 – ދާއިމީ) ގެ މަޤާމަށް މުވައްޒަފަކު ހޯދުމަށް މި ކޮމިޝަނުން ކޮށްފައިވާ ނަންބަރު(IUL)38-BB/38/2026/737 އިޢުލާނާ ގުޅިގެން، ރަޖިސްޓްރޭޝަން ސެކްޝަންގެ ސީނިއަރ އޮފިސަރ އަދި ސިވިކް އެޑިޔުކޭޝަން އެންޑް ޓްރެއިނިންގ ސެކްޝަންގެ އޮފިސަރ މަޤާމަށް މުވައްޒަފުން ނެގުމާގުޅޭ.
ރެޖިސްޓްރޭޝަން ސެކްޝަނުގެ ސީނިއަރ އޮފިސަރގެ މަޤާމަށް މުވައްޒަފަކު ހޯދުމަށް މި ކޮމިޝަނުން ކޮށްފައިވާ ނަންބަރު(IUL)38-BB/38/2026/733 އިޢުލާނާއި، ސިވިކް އެޑިއުކޭޝަން އެންޑް ޓްރެއިނިންގ ސެކްޝަނުގެ އޮފިސަރ (ޖީ.އެސް 3 – ދާއިމީ) ގެ މަޤާމަށް މުވައްޒަފަކު ހޯދުމަށް މި ކޮމިޝަނުން ކޮށްފައިވާ ނަންބަރު(IUL)38-BB/38/2026/737 އިޢުލާނާ ގުޅިގެން، މި ދެ މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބެލުމަށްފަހު، ކުރެވުނު އިންޓަރވިއު އަދި އިމްތިޙާނުގެ ނަތީޖާއާށް ބިނާކޮށް އެންމެ މަތިން މާރކްސް ލިބިފައިވާ އިބްރާހިމީހިޔާ، ހއ.ތަކަންދޫ، ނަދީމާ ޢަބްދުއްރަޙީމް، (A296099) ރެޖިސްޓްރޭޝަން ސެކްޝަނުގެ ސީނިއަރ އޮފިސަރ (އެމް.އެސް 1 – ދާއިމީ) މަޤާމަށް ނެގުމަށާއި، އަދި މއ.ހިންނަވަރު ހުޅަނގުބައި މާލެ، ފާޠިމަތު ޔޫޙާ ޔޫސުފް (A328309) ސިވިކް އެޑިއުކޭޝަން އެންޑް ޓްރެއިނިންގ ސެކްޝަނުގެ އޮފިސަރ (ޖީ.އެސް 3 – ދާއިމީ) ގެ މަޤާމަށް ހަމަޖެއްސުމަށް، ކޮމިޝަނުގެ 935 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވައިފައެވެ.
އިސްވެ ދެންނެވުނު ނިންމެވުމާ ގުޅިގެން، ރެޖިސްޓްރޭޝަން ސެކްޝަނުގެ ސީނިއަރ އޮފިސަރގެ މަޤާމަށް ނަދީމާ ޢަބްދުއްރަޙީމް ނެގުމާ ގުޅިގެން، އެ ސެކްޝަނުގައި ނަދީމާ ޢަބްދުއްރަޙީމް ހުރި އޮފިސަރ (ޖީ.އެސް 3 – ދާއިމީ) ގެ މަޤާމު މިހާރު ހުސްވެފައިވާތީ، އެ މަޤާމަށް މުވައްޒަފަކު ނެގުމުގެ ކަންކަން ޢާންމުކޮށް އިޢުލާނުކޮށްގެން ކޮމިޝަނުގެ ގަވާއިދުތަކާއި އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެމަތިން ކުރިއަށް ގެންދިއުމަށާއި، އަދި، ސެކްރެޓަރީ ޖެނެރަލްގެ ބެއްލެވުމުގެ ދަށުން ކަނޑައަޅުއްވާ ޕެނަލްއަކުން އިންޓަރވިއުގެ ކަންކަން ކުރިއަށް ގެންދިއުމަށްވެސް، ކޮމިޝަނުގެ 935 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވައިފައެވެ.
3. 22ވަނަ އިންޓަރނޭޝަނަލް އިލެކްޓޯރަލް އެވޯޑާގުޅޭ.
ފިލިޕީންސްގެ އިލެކްޝަން ކޮމިޝަނާއި އިންޓަރނޭޝަނަލް ސެންޓަރ ފޯ ޕާރލިމެންޓަރީ ސްޑަޓީސް ގުޅިގެން، މި އަހަރުގެ ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ އެ ޖަމްޢިއްޔާގެ 22 ވަނަ "އިންޓަރނޭޝަނަލް އިލެކްޓޯރަލް އެވޯޑްސް" އަށް ކުރިމަތިލުމުގެ ފުރުޞަތު މި ކޮމިޝަނަށް ލިބިފައިވާތީ، އެވާރޑް ކެޓަގަރީތަކުގެ ތެރެއިން "އިލެކްޝަން މެނޭޖްމަންޓް އެވާރޑް" އަދި "އެކްސެސިބިލިޓީ ފޮރ އޯލް އެވާރޑް" އަށް ކުރިމަތިލުމަށާއި، މިގޮތުން މި ދެ އެވާރޑަށް ކުރިމަތިލުމަށްޓަކައި ކޮމިޝަނަރސް ބިއުރޯއިން ތައްޔާރުކޮށްފައިވާ ކަރުދާސް އެގޮތުގެމަތިން ފާސްކޮށް، އެ ޖަމްޢިއްޔާއަށް ހުށަހެޅުމަށް، ކޮމިޝަނުގެ 935 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވައިފައިއެވެ.









