ޖަލްސާތައް

ކޮމިޝަނުގެ 821 ވަނަ ޢާންމު ޖަލްސާ

 

ތަޢާރަފް

މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤް އެވެ. މިޖަލްސާގައި ކޮމިޝަނުގެ 3 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤް، ނައިބު ރައީސް ޢަލީ ނަޝާޠު، އަދި ކޮމިޝަނުގެ މެންބަރު މުޙައްމަދު ޢާޞިފް އެވެ. 

ކޮމިޝަނުގެ މެންބަރު ޑރ.މުޙައްމަދު ޒާހިރު ހުންނެވީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރުގައެވެ. 

މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.

 

1. އޮފިސަރ ޖީ.އެސް 3 ގެ ރޭންކް، މި ކޮމިޝަނުގެ މަޤާމުތަކުގެ އޮނިގަނޑުން އުވާލައި، މިހާރު ކޮމިޝަނުގައި މަސައްކަތްކުރާ އެ ރޭންކުގެ 19 މަޤާމު އޮފިސަރ ޖީ.އެސް 4 ގެ މަޤާމަށް ބަދަލުކުރުމާ ގުޅޭ.

އޮފިސަރ GS3 ގެ ރޭންކް، މި ކޮމިޝަނގެ މަޤާމުތަކުގެ އޮނިގަނޑުން އުވާލައި، މިހާރު ކޮމިޝަނުގައި މަސައްކަތްކުރާ އެ ރޭންކުގެ 19 މަޤާމު އޮފިސަރ GS4 ގެ މަޤާމަށް ބަދަލު ކުރުމަށް މާލީ ވުޒާރާގެ ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ހުއްދައަށް އެދުމުން ރިޖެކްޓް ކޮށްފައިވާތީ، މިކަމަށް އަދި ގޮތެއް ނުނިންމުމަށާއި، މާލީ ވަޒީރާއެކު މިއަދު ކޮމިޝަނުން ބައްދަލުކުރައްވާތީވެ، އެ  ބައްދަލުވުމުގައި މިކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހު، މިކަމާމެދު ފަހުން ގޮތެއް ނިންމެވުމަށް، ކޮމިޝަނުގެ 821 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

2. ސީނިއަރ އޮފިސަރ - ފޮޓޯގްރަފަރ (އެމް.އެސް 1) ގެ މަޤާމުގެ ހުއްދައާ ގުޅޭ.

އިންފޮރމޭޝަން ސިސްޓަމްސް ސެކްޝަނުގެ ޑިވެލޮޕަރ ގެ މަޤާމު ސްޕްލިޓްކޮށް ސިސްޓަމްސް އެޑްމިނިސްޓްރޭޝަން ސެކްޝަނުގެ ސީނިއަރ އޮފިސަރ އަދި ޕްބަލިކް ރިލޭޝަންސް ސެކްޝަނުގެ ސީނިއަރ އޮފިސަރ (ފޮޓޯގްރަފަރ)ގެ މަޤާމަށް ބަދަލުކުރެއްވުމަށް ކޮމިޝަނުން ނިންމަވާފައިވާތީ އެ ނިންމެވުމާ އެއްގޮތަށް، މަލީ ވުޒާރާއިން ކަނޑައަޅުއްވާފައިވާ އުޞޫލުގެ ދަށުން ބަނޑޭރި ޕޯޓަލް މެދުވެރިކޮށް މި ދެ މަޤާމަށް ހުއްދައަށް އެދުމުން ޕަބްލިކް ރިލޭޝަންސް ސެކްޝަނުގެ ސީނިއަރ އޮފިސަރ (ފޮޓޯގްރަފަރ) ގެ މަޤާމު ރިޖެކްޓް ކޮށްފައިވާތީ، މާލީ ވަޒީރާއެކު މިއަދު ކޮމިޝަނުން ބައްދަލުކުރައްވާތީވެ، އެ  ބައްދަލުވުމުގައި މިކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހު، މިކަމާމެދު ގޮތެއް ފަހުން ގޮތެއް ނިންމެވުމަށް، ކޮމިޝަނުގެ 821 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

3. ރަޖިސްޓްރޭޝަން ސެކްޝަނުގެ 6 މުވައްޒަފުންގެ ކޮންޓްރެކްޓް އިތުރުކުރުމާ ގުޅޭ.

ރަޖިސްޓްރޭޝަން ސެކްޝަނުގެ މަސައްކަތްތަކުގެ ތެރެއިން ސިޔާސީ ޕާޓީތަކުގެ ފޯމު ޕްރޮސެސް ކުރުމާއި އާކައިވް ކުރުމާއި އަދި ބައި-އިލެކްޝަންތަކުގެ މަސައްކަތް ކުރުމަށް، އެ ސެކްޝަނުގައި މިހާރު މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން 6 މުވައްޒަފުންގެ (އޮފިސަރ – ޖީ.އެސް 3) ކޮންޓްރެކްޓް 2025 ވަނަ އަހަރުގެ ނިޔަލަށް އިތުރު ކުރުމަށް ހުށަހަޅުއްވާފައިވާތީ އެގޮތުގެމަތީން، 6 މުވައްޒަފުންގެ (އޮފިސަރ – ޖީ.އެސް 3) ކޮންޓްރެކްޓް 2025 ވަނަ އަހަރުގެ ނިޔަލަށް އިތުރު ކުރުމަށް، ކޮމިޝަނުގެ 821 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

4. ރަޖިސްޓްރޭޝަން ސެކްޝަނުގެ ސީނިއަރ އޮފިސަރ (ދާއިމީ | އެމް.އެސް 1) ގެ މަޤާމާ ގުޅޭ.

ކޮމިޝަނުގެ ގަވައިދުގެ ޖަދުވަލު 5 ގެ 4.2 ވަނަ މާއްދާއިން ކޮމިޝަނަށް ލިބިދޭ އިޚްތިޔާރުގެ ދަށުން ރަޖިސްޓްރޭޝަން ސެކްޝަނުގެ ސީނިއަރ އޮފިސަރ (އެމް.އެސް 1) ގެ މަޤާމަށް މީހަކު ހޯދުމަށް ކޮމިޝަނުގެ އެތެރެއަށް ކުރި އިޢުލާނަށް ކުރިމަތިލައި ޝަރުޠު ހަމަވި މުވައްޒަފުންނާ އިންޓަރވިއުކޮށް އެންމެ މަތިން މާރކްސް ލިބިފައިވާ ފަރާތްތައް ވަޒީފާއަށް ނެގުމުގެ ކުރިން ބަލަންޖެހޭ ކަންކަމަށް ބެލުމަށްފަހު އެންމެ މަތިން މާރކްސް ލިބިފައިވާ އިބްރާހީމް ޝާހީން، ފްލޭޝް، ބ.ފެހެންދޫ A107359، ރަޖިސްޓްރޭޝަން ސެކްޝަނުގެ ސީނިއަރ އޮފިސަރ (އެމް.އެސް 1) ގެ މަޤާމަށް ހަމަޖެއްސުމަށް، ކޮމިޝަނުގެ 821 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

މި ނިންމެވުމާ ގުޅިގެން، 2024 އެޕްރީލް 21 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ މަސައްކަތްތައް ނިމެންދެން މި މުވައްޒަފު މިހާރުވެސް މަސައްކަތްކުރާ ޕްލޭނިންގ، ޕޮލިސީ އެންޑް ރިސަރޗް ސެކްޝަނުގައި އިދާރީ ބަދަލެއްގެ ގޮތުގައި މަޑުކުރުމަށް އެންގުމަށާއި، އިންތިޚާބުގެ މަސައްކަތްތައް ނިމުމުން ރަޖިސްޓްރޭޝަން ސެކްޝަނަށް ބަދަލުކުރުމަށާއި، ޕްލޭނިންގ، ޕޮލިސީ އެންޑް ރިސަރޗް ސެކްޝަނުގައި މި މުވައްޒަފު މީގެ ކުރީން އަދާކުރެއްވި މަޤާމު ހުސްވެފައިވާތީ، އެ މަޤާމަށް މުވައްޒަފަކު ހޯދުމަށްވެސް، ކޮމިޝަނުގެ 821 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

5. ފައިނޭންސް ސެކްޝަނުގެ ދާއިމީ އޮފިސަރުންގެ ދެ މަޤާމަށް މުވައްޒަފުން ނެގުމާގުޅޭ.

ފައިނޭންސް ސެކްޝަނުގެ އޮފިސަރ (ޖީ.އެސް 3) ގެ މަޤާމަށް 2 މުވައްޒަފުން ހޯދުމަށް އިޢުލާނުކޮށް އެ މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކަށް އިންޓަރވިއު ކުރުމަށްފަހު، އެންމެ މަތިން މަރކްސް ލިބިފައިވާ ފަރާތްތަކުގެ މަރކްސް ތަރުތީބުން، ވަޒީފާއަށް ނެގުމުގެ ކުރިން ބަލަންޖެހޭ ކަންކަމަށް ބެލުމަށްފަހު، އެންމެމަތިން މާރކްސް ލިބިފައިވާ ފާޠިމަތު ޛީޝާން، ކަސްތޫރިގެ، ހދ.ވައިކަރަދޫ، A229818، އާދަމް ޚުފާފް، ޖަނަވަރީމާގެ، އއ.ތޮއްޑޫ، A328556، ފައިނޭންސް ސެކްޝަނުގެ އޮފިސަރ (ޖީ.އެސް 3) ގެ މަޤާމަށް ހަމަޖެއްސުމަށް، ކޮމިޝަނުގެ 821 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

6. ތިރީގައި މިދަންނަވާ ޓާސްކްފޯސް މުވައްޒަފުން ވަޒީފާއިން ވަކިވުމަށްއެދި ކޮމިޝަނަށް ވަޒީފާއިން ވަކިވުމަށްއެދިފޯމު ހުށަހަޅުއްވާފައިވާތީ، އެކަމާގުޅޭ.

ޙުސައިން ރަފީޢު، މެނޭޖަރ – ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯ

މަރްޔަމް ސަނާ، ގްރެފިކް ޑިޒައިނަރ – ސިވިކް އެޑިއުކޭޝަން އެންޑް ރިސަރޗް ސެކްޝަން

ޝަރުފާ ޢަބްދުލްޢަޒީޒު، އޮފިސަރ – ޕްރޮކިއުމަންޓް ސެކްޝަން

ޒުލްފާ ޢަބްދުއްރަޙީމް، ސީނިއަރ އޮފިސަރ - ސިވިކް އެޑިއުކޭޝަން އެންޑް ރިސަރޗް ސެކްޝަން

މި ކޮމިޝަނުގެ ވަޒީފާއިން ވަކިވުމަށްއެދި ތިރީގައި ދަންނަވާފައިއެވާ މުވައްޒަފުން ވަޒީފާއިން ވަކިވުމަށްއެދޭ ފޯމުހުށަހަޅާފައިވާތީ، އުޞޫލާ އެއްގޮތަށް އެ މުވައްޒަފުން ވަޒީފާއިން ވަކިކުރުމަށް، ކޮމިޝަނުގެ 821 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

ނަން

މަޤާމު

ސެކްޝަން

ވަޒީފާއިން ވަކިވާން އެދިފައިވާ ތާރީޚް

ޙުސައިން ރަފީޢު

މެނޭޖަރ

ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯ

2024 މާރިޗު 31

މަރްޔަމް ސަނާ

ގްރެފިކް ޑިޒައިނަރ

ސިވިކް އެޑިއުކޭޝަން އެންޑް ރިސަރޗް ސެކްޝަން

2024 މާރިޗު 20

ޝަރުފާ ޢަބްދުލްޢަޒީޒު

އޮފިސަރ

ޕްރޮކިއުމަންޓް ސެކްޝަން

2024 މާރިޗު 26

ޒުލްފާ ޢަބްދުއްރަޙީމް

ސީނިއަރ އޮފިސަރ

ސިވިކް އެޑިއުކޭޝަން އެންޑް ރިސަރޗް ސެކްޝަން

2024 މާރިޗު 25

 

7. ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) ގެ ނޮލެޖް ކޯ-ކްރިއޭޝަން ޕްރޮގްރާމާ ގުޅޭ.

ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީގެ (ޖައިކާ) ނޮލެޖް ކޯ-ކްރިއޭޝަން ޕްރޮަގްރާމް (ކޭ.ސީ.ސީ.ޕީ) ގއި ބައިވެރިވުމަށް މި ކޮމިޝަނަށް ލިބިފައިވާ 2 ފުރުޞަތާ ގުޅިގެން، މި ކޮމިޝަނުގެ ދާއިމީ މުވައްޒަފުންނަށް ހުޅުވާލުމުން އެ ޕްރޮގްރާމުގައި ބައިވެރިވުމަށްއެދި ޝައުޤުވެެރިކަން ފާޅުކޮށްފައިވާ މުވައްޒަފުންގެ ފޯމުތައް އެޗް.އާރު ޕެނަލަށް ހުށަހަޅައި، އެ ޕެނަލުން ނިންމާފައިވާގޮތުގެމަތީން، އިލެކްޓޯރަލް މެނޭޖްމަންޓް ސެކްޝަން ގެ ޑެޕިއުޓީ ޑިރެކްޓަރ އާމިނަތު އަޒީފާ އަދި ސިވިކް އެޑިއުކޭޝަން އެންޑް ޓްރޭނިންގ ސެކްޝަންގެ ޓްރެއިނަރ ފާޠިމަތު ޒުހުދާ ޕްރޮގްރާމުގައި ބައިވެރި ކުރުމަށް، ކޮމިޝަނުގެ 821 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

މި ނިންމެވުމާ ގުޅިގެން، ކޮމިޝަނަށް ލިބޭ މިފަދަ ފުރުޞަތުގައި ކޮމިޝަނުގެ ދާއިމީ މުވައްޒަފުން ބައިވެރިކުރުވުމުގައި ކޮމިޝަނުން ފާސްކޮށްދެއްވާފައިވާ ޓްރެއިނިންގ ރިކުއަރމަންޓާ އެއްގޮތަށް ހަމަހަމަ އުޞޫލުން މުވައްޒަފުންނަށް ފުރުޞަތު ފަހިވާނޭ ފަދައިން ކުރިއަށްދިއުމަށްވެސް، ކޮމިޝަނުގެ 821 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

8. 1445 ވަނަ އަހަރުގެ ރަމަޟާން މަހުން ފެށިގެން، ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށް ހިނގާ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ކަނޑައެޅުމާ ގުޅޭ.

1445 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށް ހިނގާ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ކަނޑައެޅުއްވުމަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ޑިވިޜަންތަކާއި ސެކްޝަންތަކުން ކުރަންޖެހޭ މަސައްކަތްތަކާއި، އެ މަސައްކަތްތައް މިހާރު ގޮސްފައިވާ ހިސާބާއި، ކުރިއަށް ތަރުތީބުކޮށްފައިވާ ގޮތުގެ އެސެސްމަންޓަށް ބަލައި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ މުހިއްމު ބައެއް މަސައްކަތްތައް ރަމަޟާން މަހުގެ ފަހު 10 އަށާއި ޢީދު ބަންދު ތެރެއަށް ދިމާވާތީ، ރަމަޟާން މަހުގެ ފަހު 10 އަކީ މިކޮމިޝަނަށް ރަސްމީ ދުވަސްތަކެއްގެ ކަމަށް، ކޮމިޝަނުގެ 821 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ މަސައްކަތްތައް ނިމުމުން، ރަމަޟާން މަހުގެ ފަހު 10 ގެ ދުވަސްތަކާއި، ޢީދު ބަންދު ދުވަސްތައް ހިމެނޭނެހެން، މުވައްޒަފުންނަށް ބަންދު ދުވަސްތަކުގެ ގޮތުގައި ދިނުމަށްވެސް ކޮމިޝަނުގެ 821 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

9. ރ.އިންނަމާދޫ ކައުންސިލްގެ އަންހެން މެންބަރު، ވ.ފެލިދޫ ކައުންސިލްގެ ނާއިބު ރައީސް، ހއ.އުތީމު ކައުންސިލްގެ މެންބަރު އަދި ނ.ލަންދޫ ކައުންސިލްގެ މެންބަރު އިސްތިއުފާ ދެއްވުމާގުޅޭ.

ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލް މެންބަރު ހއ.އުތީމު، ޔާގޫތުގެ، ޙުސައިން ނަޞީރު (A059722) އިސްތިއުފާ ދެއްވާފައިވާކަން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ނަންބަރު:221-LMI/38/2024/23 ސިޓީން، އަދި މިލަދުންމަޑުލު ދެކުނުބުރީ ލަންދޫ ކައުންސިލްގެ މެންބަރު ނ.ލަންދޫ، ރިޔާލު، އިބްރާހީމް ރައްޒާނު (A207763) އިސްތިއުފާ ދެއްވާފައިވާކަން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ނަންބަރު:221-LMI/38/2024/22 ސިޓީން، އަދި  މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އަންހެން މެންބަރު ރ.އިންނަމާދޫ، ޑްރީމްލައިފް، އާމިނަތު ނުހާ (A241765) އެ މަޤާމުން އިސްތިއުފާ ދެއްވާފައިވާކަން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ނަންބަރު:221-LMI/38/2024/18 ސިޓީން، އަދި ފެލިދެ އަތޮޅު ފެލިދޫ ކައުންސިލްގެ ނައިބު ރައީސްގެ މަޤާމުގައި ހުންނެވި ވ.ފުލިދޫ، ލަކީސްޓަރ، ޙުސައިން ވިސާމް (A256404) ކައުންސިލްގެ ރައީސްގެ މަޤާމަށް އިންތިޚާބު ވެފައިވާތީ  ކައުންސިލްގެ  މެންބަރުކަމުގެ  މަޤާމުން  އިސްތިއުފާ  ދެއްވާފައިވާކަން  ލޯކަލް ގަވަރމަންޓް  އޮތޯރިޓީގެ ނަންބަރު:221-LMI/38/2024/21 ސިޓީން މި ކޮމިޝަނަށް އަންގަވާފައިވާތީ، ހުސްވެފައިވާ މަޤާމުތަކަށް މެންބަރުން އިންތިޚާބު ކުރުމަށް 2024 މޭ 4 ވާ ހޮނިހިރު ދުވަހު އިންތިޚާބު ބޭއްވުމަށް، ކޮމިޝަނުގެ 821 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

10. ޖުމްހޫރީ ޕާޓީގެ މާލީ ބަޔާން ޙިއްޞާކުރުމާ ގުޅޭ.

ޖުމްހޫރީ ޕާޓީގެ 2023 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު މަޢުލޫމާތަށްޓަކައި، ކޮމިޝަނުގެ 821 ވަނަ ޢާންމު ޖަލްސާގައި ވަނީ ޙިއްޞާ ކޮށްފައެވެ.

 

11. ޔޫ.އެން.ޑީ.ޕީ ގެ މާލީ އަދި ފަންނީ އެހީތެރިކަމާއެކު ތައްޔާރު ކުރަމުންދާ ކޮމިއުނިކޭޝަން ސްޓްރެޓެޖީގެދަށުން އެކުލަވާލާފައިވާ އެސް.އޯ.ޕީތައް އަދި ގައިޑްލައިންތައް ފާސްކުރުމާ ގުޅޭ.

ޔޫ.އެން.ޑީ.ޕީގެ މާލީ އަދި ފަންނީ އެހީތެރިކަމާއެކު ތައްޔާރު ކުރަމުންދާ ކޮމިއުނިކޭޝަން ސްޓެރެޓެޖީގެ ދަށުން އެކުލަވާލާފައިވާ ތިރީގައި ދަންނަވާފައިވާ ދެ އެސް.އޯ.ޕީތައް ކޮމިޝަނުގެ 821 ވަނަ ޢާންމު ޖަލްސާގައި ވަނީ ފާސް ކުރައްވާފައެވެ.

Local Council and Women’s Development Committee Elections

Non-Election Period Engagement

 

12. Third Virtual Seminar – Canberra Series: Securing Elections in the Digital Age އާ ގުޅޭގޮތުން އޮސްޓްރޭލިއަން އިލެކްޓޯރަލް ކޮމިޝަނުން ފޮނުއްވާފައިވާ ދަޢުވަތާ ގުޅޭ.

މިދުވަސްވަރަކީ ރަމަޟާން މަސް ކަމަށްވާތީ، އޮސްޓްރޭލިއަން އިލެކްޓޯރަލް ކޮމިޝަނުން ދަޢުވަތު ދެއްވާފައިވާ ޕްރޮގްރާމް އޮންނަ ވަގުތުގެގޮތުން އެ ގަޑީގައި ބައިވެރިވާން ދަތިވާނެތީ،Third Virtual Seminar – Canberra Series: Securing Elections in the Digital Age ގައި ބައިވެރިނުވާގޮތަށް ކޮމިޝަނުގެ 821 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

13. ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް މިއަހަރު ނަން ހުށަހެޅުމުގެ ފުރުޞަތު، ޤައުމީ އިނާމާބެހޭ ކޮމިޓީއިން މިހާރު އިޢުލާންކުރައްވާފައިވާތީ، އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސްކަން ކުރައްވާފައިވާ އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމްގެ ނަންފުޅު ހުށަހެޅުއްވުމާ ގުޅޭ.

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް މިއަހަރު ނަން ހުށަހެޅުމުގެ ފުރުޞަތު، ޤައުމީ އިނާމާބެހޭ ކޮމިޓީން ހުޅުއްވައިލައްވައި، އިނާމު ދިނުމުގެ އުޞޫލު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައިވާތީ، މިކޮމިޝަނަށް ތަފާތު އެކި ގޮތްގޮތުން ޚިދުމަތް ކޮށްދެއްވާފައިވާ، ކުރީގެ ނައިބު ރައީސް އަލްއުސްތާޛް އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމްގެ ނަންފުޅު، އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން، ޤައުމީ އިނާމާބެހޭ ކޮމިޓީއަށް ހުށަހެޅުއްވުމަށް، ކޮމިޝަނުގެ 821 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

މި ނިންމެވުމާ ގުޅިގެން، އިނާމަށް ހުށަހެޅުއްވުމުގެ މުއްދަތު 2024 މާރިޗު 28 ވާ ބުރާސްފަތި ދުވަހަށް ހަމަވާތީ، މިއީ މުހިއްމު މަސައްކަތެއްގެ ގޮތުގައި ދެކިވަޑައިގެން މި މަސައްކަތް ވީހާވެސް އަވަހަށް ފުރިހަމަކުރެއްވުމަށްވެސް، ކޮމިޝަނުގެ 821 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

Date
Location
ތިންވަނަ ފަންގިފިލާގެ، މެންބަރުންގެ މީޓިންގ ރޫމް
Time
Number
821

ޖަލްސާއާއި ގުޅުންހުރި ލިޔުންތައް

ޖަލްސާގެ ހާޟިރީ

ޖަލްސާގެ ހާޟިރީ

ކޮމިޝަންގެ މެންބަރުން

  • ފުއާދު ތައުފީޤް
  • ޢަލީ ނަޝާޠު
  • މުޙައްމަދު ޢާޞިފް

އިސް މުވައްޒަފުން

  • ޙަސަން ޒަކަރިއްޔާ
  • ޝަހުލާ އިސްމާޢިލް
  • މުޙައްމަދު އަނީލް
  • އާއިޝަތު ޝައްފާފް
  • ޢަބްދުﷲ އުނައިސް
  • އަލްއުސްތާޛާ ޢާއިޝަތު ސުމައިނާ
  • ފާޠިމަތު ޝަބާ ބާޤިރު

އެންމެ ފަހުގެ އިތުރު ޖަލްސާތައް

ޖަލްސާތައް

ކޮމިޝަނުގެ 854 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 853 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 852 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 851 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 850 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 849 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 848 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 847 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 846 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 845 ވަނަ ޢާންމު ޖަލްސާ