ޖަލްސާތައް

ކޮމިޝަނުގެ 863 ވަނަ ޢާންމު ޖަލްސާ

 

ތަޢާރަފް

މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދެވެ. ޖަލްސާގައި ކޮމިޝަނުގެ 5 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު، ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، މެންބަރު ޑޮކްޓަރު މުޙައްމަދު ޒާހިރު، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް އެވެ.

މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.

 

  1. ގަވާއިދު ނަންބަރު: 2019/R-2 (އިލެކްޝަންސް ކޮމިޝަނުގެ ގަވާއިދު) ގެ 12 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން، ކޮމިޝަނުގެ ފަރާތުން މީޑިއާ މަޢުލޫމާތުދެއްވާނެ ފަރާތެއް ކަނޑައެޅުމާ ގުޅޭ.

އިލެކްޝަންސް ކޮމިޝަނުގެ ގަވާއިދު ނަންބަރު: 2019/R-2 (އިލެކްޝަންސް ކޮމިޝަނުގެ ގަވާއިދު) ގެ 12 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން، ކޮމިޝަނުގެ ފަރާތުން މީޑިއާއަށް މަޢުލޫމާތު ދެއްވާނެ ފަރާތަކީ ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު ކަމުގައި، ކޮމިޝަނުގެ 863 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

   2. ކޮމިޝަނުގެ ވާރކްޕްލޭން 2025 އާ ގުޅޭ.

އިލެކްޝަންސް ކޮމިޝަނުގެ 2025 ވަނަ އަހަރުގެ ވަރކް ޕްލޭންގައި އަންނަނިވި ކަންކަން އިޞްލާޙު ކުރެއްވުމަށްފަހު، މާރިޗު މަހުގެ ފުރަތަމަ ހަފްތާގައި ކޮމިޝަނަށް އަލުން ހުށަހެޅުއްވުމަށް، ކޮމިޝަނުގެ 863 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

- 2025 ވަނަ އަހަރުގެ ކޮމިޝަނުގެ ވާރކް ޕްލޭންގައި މިހާރު ހުރި ހުރިހާ ކަންކަން ކުރާނެ ވަގުތުނެތުމާއެކު، ރިއަލިސްޓިކް އެއްޗަކަށް މި ރިޕޯޓު ހެދުމަށްޓަކައި، ކޮމިޝަނުގެ ބަޖެޓުގެ ތެރެއިން ލިބެންހުރި އެއްޗަކުން މިއަހަރު ތެރޭގައި ކުރެވެންހުރި މިންވަރަކަށް ކަންކަން ޕްރިއޮރަޓައިޒް ކުރެއްވައިގެން ޕްލޭންގައި ހިމެނުއްވުން.

 

-  ސްޓްރެޓީޖިކް ޕްލޭން ރިފްލެކްޓްވާ ގޮތަށް ކެރީ ފޯވަރޑްވާ ކަންކަން އެނގޭގޮތަށް ވަރކްޕްލޭންގައި ފާހަގަ ކުރެއްވުން.

-  ވަރކް ޕްލޭނަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމަށްފަހު މާރިޗު މަހުގެ ފުރަތަމަ ހަފްތާގައި އަލުން ކޮމިޝަނަށް ހުށަހެޅުން.

-  ކޮންމެ ޙަރަކާތަކަށް ޚަރަދުވާނެ މިންވަރު ކަނޑައަޅައި ޕްލޭންގައި ހިމެނުން.

 

   3. 2024 ވަނަ އަހަރުގެ މާލީ ބަޔާނާ ގުޅޭ.

 2024ވަނަ އަހަރުގެ މާލީ ބަޔާން ފައިނޭންސް ސެކްޝަނުން ހުށަހަޅުއްވާފައިވާގޮތަށް، ކޮމިޝަނުގެ 863 ވަނަ ޢާންމު ޖަލްސާގައިވަނީ ފާސް ކުރައްވާފައެވެ.  އަދި، ތިރީގައި މިދަންނަވާ ކަންކަން މިދެންނެވުނު ގޮތުގެމަތީން ތަންފީޛުކުރެއްވުމަށްވެސް، ކޮމިޝަނުގެ 863 ވަނަ ޢާންމު ޖަލްސާގައިވަނީ ފާސް ކުރައްވާފައެވެ. 

 

- މާލީ ބަޔާން ހުށަހަޅުއްވާއިރު، މާލީ ވުޒާރާއިން މާލީ ހިސާބު ޢާންމު ކުރެއްވުމުގައި ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާއަކީ އިލެކްޝަންސް ކޮމިޝަނުގެ އިދާރީ ބަޖެޓަށް ދޫކުރާ ފައިސާ ނޫންކަމާއި، އެ ފައިސާއަކީ ދައުލަތުން އެހެން ނިޒާމަކަށް ކަނޑައަޅަންޖެހޭ ފައިސާއެއްކަން އެނގޭނެގޮތަށް މާލީ ބަޔާނުގައި ފުޓް ނޯޓެއްގެ ގޮތުގައި ހިމެނުއްވުމަށްފަހު ރިޕޯޓު ފޮނުއްވުމަށާއި ނުވަތަ މާލީ ބަޔާނާއެކު ފޮނުއްވާ ސިޓީގައި މިކަން ބަޔާން ކުރެއްވުމަށް، ކޮމިޝަނުގެ 863 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.- ސެކްރެޓަރީ ޖެނެރަލްގެ ސޮއިގެ ތިރީގައި މާލީ ޛިންމާދާރު ވެރިކަން އެނގޭގޮތަށް ބަޔާން ކުރެއްވުމަށް، ކޮމިޝަނުގެ 863 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

- 2022 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި އިޞްލާޙު ކުރުމަށް ލަފާދެއްވާފައިހުރި ކަންތައްތަކަށް މިހާތަނަށް ކޮމިޝަނުގެ މި  ރިޕޯޓު ހުށަހެޅޭއިރު ގޮސްފައިވާ ހިސާބެއް ސާފުކޮށް ދެއްވުމަށްވެސް އޮޑިޓް އޮފީހަށް ފޮނުވާ ސިޓީގައި ބަޔާން ކުރެއްވުމަށް ކޮމިޝަނުގެ 863 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

- މާލީ ބަޔާނުގައި ޞަފްޙާ ނަންބަރު ޖެއްސެވުމާއި، އަދި މާލީ ބަޔާނުގައި އަދި އެކީގައި ވާ އެޑިޝަނަލް ނޯޓްސްގެ ތެރޭގައި ހިމެނޭ މިލްކިއްޔާތުގެ ބަޔާނުގައި މާލީ ޒިންމާތަކުގެ ބަޔާނުގެ ނޯޓްސްގައި ހަރުމުދަލުގެ 3 ވަނަ ކޮލަމަށް ނީލަން ކިއުނުބައި ހިމެނުމަށްވެސް، ކޮމިޝަނުގެ 863 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

  4. ކޮމިޝަނުގެ 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓާ ގުޅޭ.

2025 ފެބުރުވަރީ 24 ވަނަ ދުވަހު ކޮމިޝަނުގެ ނުރަސްމީ ޖަލްސާގައި މަޝްވަރާ ކުރެއްވި ގޮތުގެމަތިން، އަހަރީ ރިޕޯޓާ ގުޅޭގޮތުން މެންބަރު ޑރ. މުޙައްމަދު ޒާހިރު އަދި މެންބަރު ޙަސަން ޒަކަރިއްޔާ އާއިއެކު މަޝްވަރާ ކުރެއްވުމަށްފަހު ރިޕޯޓު އިޞްލާޙު ކުރައްވައި ހުށަހަޅުއްވާފައިވާތީ، ރިޕޯޓު ފާސްކުރެއްވުމަށް، ކޮމިޝަނުގެ 863 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ. އެހެންނަމަވެސް ރިޕޯޓުގައި ގޮންޖެހުންތަކުގެ ދަށުން އަންނަ 8 ވަނަ ޕޮއިންޓުގައި ވަކިޤައުމެއްގެ ނަން ނުގެނެސް، މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް އިން މި ކޮމިޝަނަށް ފޮނުއްވާފައިވާ ސިޓީތަކަށް ރިފަރ ކުރައްވައި ރިޕޯޓުގެ އެ ބައި އިޞްލާޙު ކުރެއްވުމަށްފަހު ޕަބްލިޝް ކުރެއްވުމަށްވެސް،  ކޮމިޝަނުގެ 863 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

  5. އިލެކްޓޯރަލް މެނޭޖްމަންޓް ސެކްޝަނުގެ ސީނިއަރ އޮފިސަރ، ޔަޢީޝް ޢަމްޖަދު ވަޒީފާއިން ވަކިކޮށްދިނުމަށްއެދި ހުށަހަޅާފައިވާ މައްސަލައާ ގުޅޭ.

އިލެކްޓޯރަލް މެނޭޖްމަންޓް ސެކްޝަނުގެ ސީނިއަރ އޮފިސަރ އެމް.އެސް 1 މަޤާމުގައި ހުންނެވި ޔަޢީޝް އަމްޖަދު އިލެކްޝަންސް ކޮމިޝަނުގެ ގަވާއިދާއި އެއްގޮތްވާ ގޮތުގެމަތިން 2025 މާރިޗު 13 ވަނަ ދުވަހުން ފެށިގެން ކޮމިޝަނުގެ ވަޒީފާއިން ވަކިކުރުމަށާއި، އަދި އިލެކްޓޯރަލް މެނޭޖްމަންޓް ސެކްޝަނުގެ ސީނިއަރ އޮފިސަރ އެމް.އެސް 1 މަޤާމަށް މުވައްޒަފަކު ހޯދުމަށް މަޝްވަރާ ކުރުމަށްޓަކައި ކޮމިޝަނުގެ ނުރަސްމީ ޖަލްސާއަކަށް ހުށަހެޅުއްވުމަށް، ކޮމިޝަނުގެ 863 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ. އަދި ޔަޢީޝް އަމްޖަދު ވަޒީފާއިން ވަކިވުމަށްއެދި ހުށަހަޅުއްވާފައިވާ ސިޓީގައި ބަޔާންކޮށްފައިވާ ކަންކަން ހިއުމަން ރިސޯސް ޕެނަލުން ބެއްލެވުމަށްފަހު، ކޮމިޝަނަށް ރިޕޯޓެއް ހުށަހެޅުއްވުމަށްވެސް ކޮމިޝަނުގެ 863 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

Date
Location
ތިންވަނަ ފަންގިފިލާގެ، މެންބަރުންގެ މީޓިންގ ރޫމް
Time
Number
863

ޖަލްސާއާއި ގުޅުންހުރި ލިޔުންތައް

ޖަލްސާގެ ނިންމުންތައްޖަލްސާގެ ހާޟިރީ

ޖަލްސާގެ ހާޟިރީ

ކޮމިޝަންގެ މެންބަރުން

  • މުޙައްމަދު ޒާހިދު
  • ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު
  • ޑޮކްޓަރ މުޙައްމަދު ޒާހިރު
  • ޙަސަން ޒަކަރިއްޔާ
  • ޢަބްދުލްޙަސީބު އިސްމާޢީލް

އިސް މުވައްޒަފުން

  • ޢަބްދުﷲ އުނައިސް
  • ޝަހުލާ އިސްމާޢިލް
  • މުޙައްމަދު އަނީލް
  • އާމިނަތު އަޒީފާ
  • ފާޠިމަތު ޝަބާ ބާޤިރު
  • އަލްއުސްތާޛާ ސިނާޔާ ޒަކަރިއްޔާ

އެންމެ ފަހުގެ އިތުރު ޖަލްސާތައް

ޖަލްސާތައް

ކޮމިޝަނުގެ 862 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 483 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 861 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 860 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 859 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 858 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 857 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 44 ވަނަ ކުއްލި ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 482 ވަނަ ޚާއްޞަ ޖަލްސާ