ޖަލްސާތައް

ކޮމިޝަނުގެ 864 ވަނަ ޢާންމު ޖަލްސާ

 

ތަޢާރަފް

މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދެވެ. ޖަލްސާގައި ކޮމިޝަނުގެ 5 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު، ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، މެންބަރު ޑޮކްޓަރު މުޙައްމަދު ޒާހިރު، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް އެވެ.

މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.

 

  1. ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 6 ވަނަ މާއްދާގެ (ކ) ގައިވާ ގޮތުގެމަތިން ސިޔާސީޕާޓީތަކުން ފޮނުވަންޖެހޭ އަހަރީ ރިޕޯޓާ ގުޅޭ.

ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 6 ވަނަ މާއްދާގެ (ކ) ގައިވާ ގޮތުގެމަތިން ފޮނުވަންޖެހޭ އަހަރީ ރިޕޯޓު، (ޖަދުވަލު 3 ގައިވާ ފޯމެޓަށް) ކޮންމެ އަހަރަކު އެއްފަހަރު ކޮމިޝަނަށް ފޮނުވަންވާނެކަމާއި، ފާއިތުވި އަހަރުގެ ރިޕޯޓު ފޮނުވާނީ ޖެހިގެންއަންނަ އަހަރުގެ މާރިޗު މަހުގެ 1 ގެ ކުރިންކަމަށް ގަވާއިދު ނަންބަރު 2019/R-110 (ސިޔާސީ ޕާޓީގެ ގަވާއިދު)ގެ 4 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާތީ، އެގޮތުގެމަތީން، ކޮމިޝަނުގެ 864 ވަނަ ޢާންމު ޖަލްސާގައި ނިންމާވާފައިވާ ކަންކަން ތިރީގައި ބަޔާންކޮށްފައިވާނެއެވެ.

 

1. ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 6 ވަނަ މާއްދާގެ (ކ) ގައިވާ ގޮތުގެމަތިން ފޮނުވަންޖެހޭ އަހަރީ ރިޕޯޓު، (ޖަދުވަލު 3 ގައިވާ ފޯމެޓަށް) ކޮންމެ އަހަރަކު އެއްފަހަރު ކޮމިޝަނަށް ފޮނުވަންވާނެކަމާއި، ފާއިތުވި އަހަރުގެ ރިޕޯޓު ފޮނުވާނީ ޖެހިގެންއަންނަ އަހަރުގެ މާރިޗު މަހުގެ 1 ގެ ކުރިންކަމަށް ގަވާއިދު ނަންބަރު 2019/R-110 (ސިޔާސީ ޕާޓީގެ ގަވާއިދު)ގެ 4 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާތީ، އެގޮތުގެމަތީން، ސިޔާސީ ޕާޓީތަކުން ފާއިތުވި އަހަރުގެ އަހަރީ ރިޕޯޓު ކޮމިޝަނަށް ފޮނުވާފައިވާ ގޮތުގެ ތަފްޞީލްތައް، ކޮމިޝަނުގެ 864 ވަނަ ޢާންމު ޖަލްސާގައި ކޮމިޝަނާ ވަނީ ޙިއްޞާކުރައްވާފައެވެ. އަދި، އަހަރީ ރިޕޯޓު ހުށަހަޅާފައިނުވާ ޕާޓީތަކަށް 2025 މާރިޗު މަހުގެ 18 ވަނަ ދުވަހުގެ ކުރިން އަހަރީ ރިޕޯޓު ހުށަހެޅުމަށް ލިޔުމުން ދެންނެވުމަށާއި، އެ ތާރީޚުގެ ފަހުން، 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ސިޔާސީ ޕާޓީތަކުން ހުށަހެޅިގޮތުގެ ތަފްޞީލުތައް ޢާންމުކުރެއްވުމަށް، ކޮމިޝަނުގެ 864 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

2. ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 6 ވަނަ މާއްދާގެ (ކ) ގައިވާ ގޮތުގެމަތިން ސިޔާސީ ޕާޓީޓަކުން ކޮމިޝަނަށް ފޮނުވަންޖެހޭ އެ ޕާޓީއެއްގެ ފާއިތުވި އަހަރެއްގެ އަހަރީ ރިޕޯޓު ކޮމިޝަނަށް ލިބުމުން، ސިޔާސީ ޕާޓީގެ ޤަނޫނާއި ސިޔާސީ ޕާޓީގެ ގަވާއިދާއި ޕާޓީތަކުގެ އަސާސީ ގަވާއިދުތަކާއި އަދި ޕާޓީތަކުން ހުށަހަޅާފައިވާ އަހަރީ ރިޕޯޓާއި އަޅާކިއުމަށްފަހު، ފާއިތުވެދިޔަ އަހަރު ޕާޓީތަކުން ކޮށްފައިވާ މަސައްކަތްތަކާއި، ކޮމިޝަނަށް ހުށަހަޅާފައިވާ އަހަރީ ރިޕޯޓުގައި ހުރި ފުށުއެރުންތައް ފާހަގަކޮށް، އެކަންކަމުގެ ޤާނޫނީ ލަފާއާއެކު ކޮމިޝަނަށް ރިޕޯޓެއް ހުށަހެޅުން؛ ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަންގެ މެންޑޭޓުގައި މިހާރު ނެތަތީވެ، އެ މެންޑޭޓަށް އިސްވެ ދެންނެވުނު މަސައްކަތް އިތުރުކުރެއްވުމަށް، ކޮމިޝަނުގެ 864 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

3. ސިޔާސީ ޕާޓީތަކާއި އިލެކްޝަންސް ކޮމިޝަނާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމަށްޓަކައި، ސިލްސިލާގޮތެއްގައި ސިޔާސީ ޕާޓީތަކާއި ކޮމިޝަނާއެކު ބައްދަލުވުންތައް ތާވަލުކޮށް، ޕާޓީތަކާގުޅިގެން މިހާރުވެސް ކުރައްވަމުން ގެންދަވާ ގޮތުގެމަތިން މަސައްކަތްތައް ކުރިއަށް ގެންދެވުމަށްވެސް، ކޮމިޝަނުގެ 864 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

4. ސިޔާސީ ޕާޓީގެ ޤަނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އަހަރުގެ ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައި ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޭންޖެހޭ ފައިސާގެ ކަންކަން ނިންމަންޖެހޭނެކަމަށް އޮތުމާއެކު، ސިޔާސީ ޕާޓީތަކަށް ފައިސާ ދޭންޖެހޭގޮތުގެ ތަފްޞީލު ދެންއެންމެ އަވަހަށް ބާއްވާ ކޮމިޝަނުގެ ޖަލްސާއަކަށް ހުށަހެޅުއްވުމަށާއި، ފައިސާ ދޭންޖެހޭ ޕާޓީތަކަށް ފައިސާ ދިނުމުގެ ކަންކަން ކުރިއަށް ގެންދެވުމަށާއި، ކޮމިޝަނުގެ 864 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

  2. ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިސްތިޢުފާތަކާ ގުޅިގެން ބައި-އިލެކްޝަން ބޭއްވުމާމެދު ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުން ދެއްވާފައިވާ ޤާނޫނީ ލަފައާގުޅޭ.

2025 ފެބުރުވަރީ 08 ވަނަ ދުވަހު ބޭއްވި ބައި-އިލެކްޝަނަށް އިޢުލާނު ކުރުމަށްފަހު، ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މަޤާމުތައް ހުސްވުމާއި ގުޅިގެން، ހުސްވެފައިވާ ދާއިރާތަކުގެ ބައި-އިލެކްޝަން ބޭއްވުމާއި ގުޅޭގޮތުން ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުން ކޮމިޝަނަށް ދެއްވާފައިވާ ޤާނޫނީ ލަފައަށް ރިޢާއަތްކުރައްވައި، ޤާނޫނަށް ގެނެސްފައިވާ އިޞްލާޙުގައި އަހަރަކު 2 ފަހަރު ބައި-އިލެކްޝަން ބާއްވަން އޮތްނަމަވެސް، އެ އިޞްލާޙު ޢިބާރާތް ކުރެވިފައިވާގޮތުން ޤާނޫނަށް އިޞްލާޙު ގެންނަން ބޭނުންވާ މަޤްޞަދު ފުރިހަމަނުވާތީ ޤާނޫނުގައި ފުށުއެރުންތަކެއް ހުރުމުގެ ސަބަބުން އަހަރަކު 2 ފަހަރަށްވުރެ އިތުރަށް އިންތިޚާބު ގިނަވާ ޙާލަތު އަންނާތީ، 2025 މޭ 17 ވަނަ ދުވަހާ ހަމައަށް ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން ހުސްވާ ހުރިހާ ގޮނޑިތަކަށް 2025 މޭ 19 ގައި ބައި-އިލެކްޝަނަށް އިޢުލާނުކޮށް 2025 ޖުލައި 05 ވާ ހޮނިހިރު ދުވަހު ބައި-އިލެކްޝަންތައް ބޭއްވުމަށް، ކޮމިޝަނުގެ 864 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

   3. ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަންގެ މެންޑޭޓާ ގުޅޭ.

ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 6 ވަނަ މާއްދާގެ (ކ) ގައިވާ ގޮތުގެމަތިން ސިޔާސީ ޕާޓީޓަކުން ކޮމިޝަނަށް ފޮނުވަންޖެހޭ އެ ޕާޓީއެއްގެ ފާއިތުވި އަހަރެއްގެ އަހަރީ ރިޕޯޓު ކޮމިޝަނަށް ލިބުމުން، ސިޔާސީ ޕާޓީގެ ޤަނޫނާއި ސިޔާސީ ޕާޓީގެ ގަވާއިދާއި ޕާޓީތަކުގެ އަސާސީ ގަވާއިދުތަކާއި އަދި ޕާޓީތަކުން ހުށަހަޅާފައިވާ އަހަރީ ރިޕޯޓާއި އަޅާކިއުމަށްފަހު، ފާއިތުވެދިޔަ އަހަރު ޕާޓީތަކުން ކޮށްފައިވާ މަސައްކަތްތަކާއި، ކޮމިޝަނަށް ހުށަހަޅާފައިވާ އަހަރީ ރިޕޯޓުގައި ހުރި ފުށުއެރުންތައް ފާހަގަކޮށް، އެކަންކަމުގެ ޤާނޫނީ ލަފާއާއެކު ކޮމިޝަނަށް ރިޕޯޓެއް ހުށަހެޅުން؛ ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަންގެ މެންޑޭޓުގައި މިހާރު ނެތަތީވެ، އެ މެންޑޭޓަށް އިސްވެ ދެންނެވުނު މަސައްކަތް އިތުރުކުރެއްވުމަށް، ކޮމިޝަނުގެ 864 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

Date
Location
އިލެކްޝަންސް ކޮމިޝަނުގެ ތިންވަނަ ފަންގިފިލާގެ މެންބަރުންގެ މީޓިންގ ރޫމް
Time
Number
864

ޖަލްސާއާއި ގުޅުންހުރި ލިޔުންތައް

ޖަލްސާގެ ނިންމުންތައްޖަލްސާގެ ހާޟިރީ

ޖަލްސާގެ ހާޟިރީ

ކޮމިޝަންގެ މެންބަރުން

  • މުޙައްމަދު ޒާހިދު
  • ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު
  • ޑޮކްޓަރ މުޙައްމަދު ޒާހިރު
  • ޙަސަން ޒަކަރިއްޔާ
  • ޢަބްދުލްޙަސީބު އިސްމާޢީލް

އިސް މުވައްޒަފުން

  • ޢަބްދުﷲ އުނައިސް
  • ޝަހުލާ އިސްމާޢިލް
  • މުޙައްމަދު އަނީލް
  • އާއިޝަތު ޝައްފާފް
  • އާމިނަތު އަޒީފާ
  • އަލްއުސްތާޛާ ސިނާޔާ ޒަކަރިއްޔާ
  • ފާޠިމަތު ޝަބާ ބާޤިރު

އެންމެ ފަހުގެ އިތުރު ޖަލްސާތައް

ޖަލްސާތައް

ކޮމިޝަނުގެ 863 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 862 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 483 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 861 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 860 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 859 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 858 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 857 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 44 ވަނަ ކުއްލި ޖަލްސާ