ޖަލްސާތައް

ކޮމިޝަނުގެ 865 ވަނަ ޢާންމު ޖަލްސާ

 

ތަޢާރަފް

މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދެވެ. ޖަލްސާގައި ކޮމިޝަނުގެ 5 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު، ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، މެންބަރު ޑޮކްޓަރު މުޙައްމަދު ޒާހިރު، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް އެވެ.

މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.

   1. އިންޓަރނަލް އޮޑިޓަރާއި އިންޓަރނަލް އޮޑިޓް ސަބް ކޮމިޓީގެ މަސައްކަތްތަކާގުޅޭ.

އިންޓަރނަލް އޮޑިޓަރގެ މެންޑޭޓާއި މަސައްކަތްތަކާއި، އިންޓަރަލް އޮޑިޓް ސަބް ކޮމިޓީގެ މެންޑޭޓާއި މަސައްކަތްތައް ދައުލަތުގެ މާލިއްޔަތު ޤާނޫނާއި މާލިއްޔަތު ގަވާއިދުގެ ދަށުން ދައުލަތުގެ އޮފީސްތަކުގައި އެކުލަވާލަންޖެހޭ އޮޑިޓް ކޮމިޓީތައް އެކުލަވާލާނެ ގޮތާއި ހިންގާނެގޮތުގެ އުޞޫލުގައި ދައުލަތުގެ އޮފީސްތަކުގެ އިންޓަރނަލް އޮޑިޓަރުގެ މަސްއޫލިއްޔަތުތައް ވަކިން ބަޔާންކޮށްފައި ނެތުމާއި، ނަމަވެސް ކޮމިޓީގެ މަސްއޫލިއްޔަތުގެ ތެރޭގައި އިންޓަރނަލް އޮޑިޓަރާ ޙަވާލުކުރެވޭ މަސައްކަތްތައް މޮނިޓަރ ކުރުމާއި  އިންޓަރނަލް އޮޑިޓް ފަންކްޝަން ހިންގައި ބެހެލެހެއްޓުން އަދި އިންޓަރނަލް ކޮންޓްރޯލްތައް ބަލައި ދިރާސާކުރުން ހިމާނާފައިވާތީ، އިންޓަރނަލް އޮޑިޓަރުގެ މަސައްކަތްތަކާއި ކޮމިޓީގެ މަސައްކަތްތައް އެއްކޮށްލުމަކީ އެންމެ އެކަށީގެންވާ އަދި އެދެވިގެންވާ ގޮތް ކަމުގައި ނުވާކަމަށް ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުން ލަފާދެއްވާފައިވުމާއެކު ޤާނޫނީ ލަފައާ އެއްގޮތްވާ ގޮތުގެމަތީން އިންޓަރނަލް އޮޑިޓަރގެ މަސައްކަތްތަކާއި އިންޓަރަލް އޮޑިޓް ސަބް ކޮމިޓީގެ މަސައްކަތްތައް އެއްނުކުރޭވޭނެ ކަމަށް، ކޮމިޝަނުގެ 865 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

މި ނިންމެވުމާ ގުޅިގެން، އިންޓަރނަލް އޮޑިޓް ސަބް ކޮމިޓީން، މީގެ ފަހުން ކުރާނީ ހަމައެކަނި މާލީ ކަންކަމާ ގުޅޭ އޮޑިޓްތަކުގެ މަސައްކަތްތައް އެކަނި ކަމަށާއި، އެގޮތުން އިންޓަރނަލް އޮޑިޓަރގެ މަސައްކަތުގެ ތެރޭގައި ހިމެނޭ މާލީ ކަންކަމުގެ އޮޑިޓްގެ ރިޕޯޓިންގ، އިންޓަރނަލް އޮޑިޓް ސަބް ކޮމިޓީއަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށާއި، ޕަރފޯމަންސް އޮޑިޓްގެ އެންމެހާ މަސައްކަތްތައް އިންޓަރނަލް އޮޑިޓަރ ކުރުމަށްފަހު، އެ މަސައްކަތްތަކުގެ ރިޕޯޓިންގ ސީދާ ކޮމިޝަނަށް ހުށަހަޅައިގެން ކުރިއަށްދިއުމަށާއި، ދަޢުލަތުގެ އެއްވެސް މުއައްސަސާއަކަށް ނުވަތަ ސަރުކާރުގެ ވުޒާރާއަކަށް ކޮމިޝަނުގެ އޮޑިޓަރ ގުޅޭކަމެއް ހުށަހަޅަންޖެހޭ ޙާލަތެއްގައި، އިންޓަރނަލް އޮޑިޓުގެ މަސައްކަތްތަކާއި އިންޓަރނަލް އޮޑިޓް ސަބް ކޮމިޓީގެ މަސައްކަތްތަށް އެއްކޮށްލުމަށްފަހު އެ ތަފްޞީލްތައް ކޮމިޝަނާ ޙިއްޞާކުރެވިގެން އެ މުއައްސަސާތަކާއި ވުޒާރާތަކަށް ދިނުމަށްވެސް، ކޮމިޝަނުގެ 865 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

  2. ކޮމިޝަނުން ބާއްވާ ބައްދަލުވުންތަކުގައި ބޭނުންކުރާ ފޮތިތައް އިސްތިރި ކުރުމަށް ބޭނުންކުރާ ސްޓީމަރ ހަލާކުވެފައިވާތީ އައު ސްޓީމަރއެއް ގަތުމުގެ ހުއްދައާގުޅޭ.

ކޮމިޝަނުން ބާއްވާ ބައްދަލުވުންތަކުގައި ބޭނުންކުރުމަށް 2017 ވަނަ އަހަރު ކޮމިޝަނަށް ހޯދާފައިވާ އިސްތިރި އަދި ސްޓީމަރ ހަލާކުވެފައިވާތީ، ބަޖެޓުކުރެވިފައިނުވާ ރިކަރަންޓު ޚަރަދުތަކުގެ ތެރެއިން 5,000/- ރުފިޔާއަށްވުރެ ބޮޑެތި ޚަރަދުތަކާއި ބަޖެޓުކުރެވިފައިނުވާ ހަރުމުދާ ގަތުމަށް ކޮމިޝަނުގެ ހުއްދައަށް އެދޭ ފޯމުން، ކޮމިޝަނުން ބާއްވާ ބައްދަލުވުންތަކުގައި ބޭނުންކުރާ ފޮތިތައް އިސްތިރި ކުރުމަށްޓަކައި އައު ސްޓީމަރއެއް ގަތުމުގެ ހުއްދައަށް އެޑްމިނިސްޓްރޭޝަން އެންޑް ސަޕޯޓް ސަރވިސް ސެކްޝަނުން އެދިފައިވާތީ، 2,000/- ރުފިޔާ އަށް، އައު ސްޓީމަރއެއް ގަތުމުގެ ކަންކަން އޮންނަ އުޞޫލުގެ ދަށުން ކުރިއަށް ގެންދެވުމަށް، ކޮމިޝަނުގެ 865 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

    3. ނޭނގި ޕާޓީތަކަށް މީހުން ވެއްދުމާ ގުޅޭ.

(ހ.) ދިވެހި ފުލުހުންގެ ޚިދުމަތުން މި ކޮމިޝަނަށް ފޮނުއްވާފައިވާ، ތިރީގައި ދަންނަވާފައިއެވާ ސިޓީތަކާ ގުޅިގެން، ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށް ގެންގޮސްފައިވާ މި މައްސަލަތަކަކީ ތަޙްޤީޤަށް ސާބިތުވާ ކަމެއްކަމަށް އެ ޚިދުމަތުން މި ކޮމިޝަނަށް އަންގަވާފައިވާތީ، ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުން ފާހަގަ ކޮށްފައިވާ ކަންކަމަށް ބަލައި، އަދި މީގެކުރީންވެސް ޢަމަލުކުރާ ގޮތުގެމަތީން، މިއިން ކޮންމެ ޕާޓީއެއް 5,000/-ރ. (ފަސްހާސްރުފިޔާ) އިން ޖޫރިމަނާ ކޮށް، އަދި އެ ޕާޓީތަކުގެ ރަޖިސްޓްރަރ ވެސް 5,000/ރ. (ފަސްހާސްރުފިޔާ) އިން ޖޫރިމަނާ ކުރުމަށް، ކޮމިޝަނުގެ 865 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

އިސްވެ ދެންނެވުނު މި ނިންމެވުމާ ގުޅިގެން، ޕާޓީތަކުން ޖުރިމަނާކުރި ރަޖިސްޓްރަރތަކުގެ މަޢުލޫމާތު، ކޮމިޝަނުގެ ދެން އަންނަ ކޮމިޝަނުގެ ޖަލްސާއަކަށް ހުށަހަޅައިގެން އެންޑޯސްކުރެއްވުމަށްވެސް، ކޮމިޝަނުގެ 865 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

ދިވެހި ފުލުހުން ތަޙްޤީޤުކޮށް ނިންމާ ކޮމިޝަނަށް ފޮނުވާފައިވާ ސިޓީއާ ގުޅިގެން ޖޫރިމަނާ ކުރެވޭ ޕާޓީތައް.

#

ސިޓީ ނަންބަރު

ޕާޓީ

ޖޫރިމަނާ ކުރެވޭ ޢަދަދު

ސަބަބު

1

171/G(M2)/38/2023/8

ޢަދާލަތު ޕާޓީ

5,000/-

އަޙްމަދު ރަޝީދު، ހ.ދަރާރު / ކ.މާލެ (A038616) އަށް ނޭނގީ "ޢަދާލަތު ޕާޓީ" ގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓަރީކުރުން.

ފޯމުގައި އަޙްމަދު ރަޝީދުގެ ނަމުގައިވާ ސޮޔާއި ފިންގަރޕްރިންޓް ދިމާނުވާކަން ފުލުހުންގެ ޚިދުމަތުން އަންގާފައިވުން.

2

171/G(M2)/38/2023/49

ޢަދާލަތު ޕާޓީ

5,000/-

އާމިނަތު ލަޔާލް ޢަލީ، ދަފްތަރު ނަންބަރު ރސ 11907 / ކ.މާލެ (A297286) އަށް ނޭނގީ "ޢަދާލަތު ޕާޓީ" ގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓަރީކުރުން.

ފޯމުގައި އާމިނަތު ލަޔާލް ޢަލީގެ ނަމުގައިވާ ސޮޔާއި ފިންގަރޕްރިންޓް ދިމާނުވާކަން ފުލުހުންގެ ޚިދުމަތުން އަންގާފައިވުން.

3

171/G(M2)/38/2023/24

ޖުމްހޫރީ ޕާޓީ

5,000/-

ޢައްބާސް ދާއޫދު، ރިހިވެލި / އަދ.ހަންޏާމީދޫ (A011597) އަށް ނޭނގީ "ޖުމްހޫރީ ޕާޓީ" ގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓަރީކުރުން.

ފޯމުގައި ޢައްބާސް ދާއޫދުގެ ނަމުގައިވާ ސޮޔާއި ފިންގަރޕްރިންޓް ދިމާނުވާކަން ފުލުހުންގެ ޚިދުމަތުން އަންގާފައިވުން.

4

171/G(M2)/38/2023/30

ޖުމްހޫރީ ޕާޓީ

5,000/-

މުޙައްމަދު ޝަފީޤު، ވިލާޑީސޯސަން / ލ.އިސްދޫ (A120953) އަށް ނޭނގީ "ޖުމްހޫރީ ޕާޓީ" ގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓަރީކުރުން.

ފޯމުގައި މުޙައްމަދު ޝަފީޤުގެ ނަމުގައިވާ ސޮޔާއި ފިންގަރޕްރިންޓް ދިމާނުވާކަން ފުލުހުންގެ ޚިދުމަތުން އަންގާފައިވުން.

5

171/G(M2)/38/2023/56

ޖުމްހޫރީ ޕާޓީ

5,000/-

ނައުފަލް ޢައްބާސް، ކުރަހާގެ / އދ.މަހިބަދޫ (A323406) އަށް ނޭނގީ "ޖުމްހޫރީ ޕާޓީ" ގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓަރީކުރުން.

ފޯމުގައި ނައުފަލް ޢައްބާސްގެ ނަމުގައިވާ ސޮޔާއި ފިންގަރޕްރިންޓް ދިމާނުވާކަން ފުލުހުންގެ ޚިދުމަތުން އަންގާފައިވުން.

6

171/G(M2)/38/2023/29

މޯލްޑިވްސް ނެޝަނަލް ޕާޓީ

5,000/-

ޔޫސުފް ޠަލާލް ޙުސައިން، ބާރަނާ / ޅ.ނައިފަރު (A056558) އަށް ނޭނގީ "މޯލްޑިވްސް ނެޝަނަލް ޕާޓީ" ގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓަރީކުރުން.

ފޯމުގައި ޔޫސުފް ޠަލާލް ޙުސައިންގެ ނަމުގައިވާ ސޮޔާއި ފިންގަރޕްރިންޓް ދިމާނުވާކަން ފުލުހުންގެ ޚިދުމަތުން އަންގާފައިވުން.

7

171/G(M2)/38/2023/31

މޯލްޑިވްސް ނެޝަނަލް ޕާޓީ

5,000/-

އަޙްމަދު ޢިޔާޞް، މ.އެމެތިސްޓް / ކ.މާލެ (A060843) އަށް ނޭނގީ "މޯލްޑިވްސް ނެޝަނަލް ޕާޓީ" ގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓަރީކުރުން.

ފޯމުގައި އަޙްމަދު ޢިޔާޞްގެ ނަމުގައިވާ ސޮޔާއި ފިންގަރޕްރިންޓް ދިމާނުވާކަން ފުލުހުންގެ ޚިދުމަތުން އަންގާފައިވުން.

8

171/G(M2)/38/2024/1

މޯލްޑިވްސް ނެޝަނަލް ޕާޓީ

5,000/-

ފަޔާޟް މުޙައްމަދު، މިލާނޯ / ބ.އޭދަފުށި (A047981) އަށް ނޭނގީ "މޯލްޑިވްސް ނެޝަނަލް ޕާޓީ" ގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓަރީކުރުން.

ފޯމުގައި ފަޔާޟް މުޙައްމަދުގެ ނަމުގައިވާ ސޮޔާއި ފިންގަރޕްރިންޓް ދިމާނުވާކަން ފުލުހުންގެ ޚިދުމަތުން އަންގާފައިވުން.

9

171/G(M2)/38/2024/2

މޯލްޑިވްސް ނެޝަނަލް ޕާޓީ

5,000/-

މުޙައްމަދު ޒާހިރު، މއ.އާފިޔާ / ކ.މާލެ (A151146) އަށް ނޭނގީ "މޯލްޑިވްސް ނެޝަނަލް ޕާޓީ" ގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓަރީކުރުން.

ފޯމުގައި މުޙައްމަދު ޒާހިރުގެ ނަމުގައިވާ ސޮޔާއި ފިންގަރޕްރިންޓް ދިމާނުވާކަން ފުލުހުންގެ ޚިދުމަތުން އަންގާފައިވުން.

10

171/G(M2)/38/2024/17

މޯލްޑިވްސް ނެޝަނަލް ޕާޓީ

5,000/-

އިބްރާހީމް ޒަޢީމް، ވިޝަން / ލ.ފޮނަދޫ (A152137) އަށް ނޭނގީ "މޯލްޑިވްސް ނެޝަނަލް ޕާޓީ" ގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓަރީކުރުން.

ފޯމުގައި އިބްރާހީމް ޒަޢީމްގެ ނަމުގައިވާ ސޮޔާއި ފިންގަރޕްރިންޓް ދިމާނުވާކަން ފުލުހުންގެ ޚިދުމަތުން އަންގާފައިވުން.

11

171/G(M2)/38/2024/22

މޯލްޑިވްސް ނެޝަނަލް ޕާޓީ

5,000/-

އަޙްމަދު ޞަބާޙް، ވައިޓްވިލާ / ތ.ހިރިލަންދޫ (A140688) އަށް ނޭނގީ "މޯލްޑިވްސް ނެޝަނަލް ޕާޓީ" ގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓަރީކުރުން.

ފޯމުގައި އަޙްމަދު ޞަބާޙްގެ ނަމުގައިވާ ސޮޔާއި ފިންގަރޕްރިންޓް ދިމާނުވާކަން ފުލުހުންގެ ޚިދުމަތުން އަންގާފައިވުން.

12

171/G(ECI)/38/2024/26

މޯލްޑިވްސް ނެޝަނަލް ޕާޓީ

5,000/-

މުޙައްމަދު އަނީސް، ދަފްތަރު ނަންބަރު ރސ 4800 (A042049) އަށް ނޭނގީ "މޯލްޑިވްސް ނެޝަނަލް ޕާޓީ" ގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓަރީކުރުން.

ފޯމުގައި މުޙައްމަދު އަނީސްގެ ނަމުގައިވާ ސޮޔާއި ފިންގަރޕްރިންޓް ދިމާނުވާކަން ފުލުހުންގެ ޚިދުމަތުން އަންގާފައިވުން.

13

171/G(ECI)/38/2024/34

މޯލްޑިވްސް ނެޝަނަލް ޕާޓީ

5,000/-

ޝައިފުﷲ އިބްރާހީމް، ފަރުދާބަގީޗާގެ / އއ.ތޮއްޑޫ (A272590) އަށް ނޭނގީ "މޯލްޑިވްސް ނެޝަނަލް ޕާޓީ" ގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓަރީކުރުން.

ފޯމުގައި ޝައިފުﷲ އިބްރާހީމްގެ ނަމުގައިވާ ސޮޔާއި ފިންގަރޕްރިންޓް ދިމާނުވާކަން ފުލުހުންގެ ޚިދުމަތުން އަންގާފައިވުން.

14

171/G(ECI)/38/2024/35

މޯލްޑިވްސް ނެޝަނަލް ޕާޓީ

5,000/-

އަޙްމަދު ޝާހިދު، ގުލްތަރުޖަމާގެ / އއ.ތޮއްޑޫ (A153608) އަށް ނޭނގީ "މޯލްޑިވްސް ނެޝަނަލް ޕާޓީ" ގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓަރީކުރުން.

ފޯމުގައި އަޙްމަދު ޝާހިދުގެ ނަމުގައިވާ ސޮޔާއި ފިންގަރޕްރިންޓް ދިމާނުވާކަން ފުލުހުންގެ ޚިދުމަތުން އަންގާފައިވުން.

15

171-G(ECI)/38/2025/29

ޕީޕަލްސް ނެޝަނަލް ކޮންގްރެސް

5,000/-

މުޙައްމަދު އައިޝް، ހ.ހަތިހާ / ކ.މާލެ (A011788) އަށް ނޭނގީ "ޕީޕަލްސް ނެޝަނަލް ކޮންގްރެސް" ގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓަރީކުރުން.

ފޯމުގައި މުޙައްމަދު އައިޝްގެ ނަމުގައިވާ ސޮޔާއި ފިންގަރޕްރިންޓް ދިމާނުވާކަން ފުލުހުންގެ ޚިދުމަތުން އަންގާފައިވުން.

16

171-G(ECI)/38/2025/26

ޕީޕަލްސް ނެޝަނަލް ކޮންގްރެސް

5,000/-

މުޙައްމަދު ޠާރިޤް، ދަފްތަރު ނަންބަރު 1800 / ކ.މާލެ (A010402) އަށް ނޭނގީ "ޕީޕަލްސް ނެޝަނަލް ކޮންގްރެސް" ގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓަރީކުރުން.

ފޯމުގައި މުޙައްމަދު ޠާރިޤްގެ ނަމުގައިވާ ސޮޔާއި ފިންގަރޕްރިންޓް ދިމާނުވާކަން ފުލުހުންގެ ޚިދުމަތުން އަންގާފައިވުން.

17

171-G(ECI)/38/2025/22

މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް

5,000/-

އަޙްމަދުދީދީ، ގާވިޔާ / ގއ.ދެއްވަދޫ (A012309) އަށް ނޭނގީ "މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް" ގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓަރީކުރުން.

ފޯމުގައި އަޙްމަދުދީދީގެ ނަމުގައިވާ ސޮޔާއި ފިންގަރޕްރިންޓް ދިމާނުވާކަން ފުލުހުންގެ ޚިދުމަތުން އަންގާފައިވުން.

18

171-G(ECI)/38/2025/27

މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް

5,000/-

މުޙައްމަދު ނޫރު އަޙްމަދު، މާލެގަން.ލަކީ / ޏ.ފުވައްމުލަކު (A276377) އަށް ނޭނގީ "މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް" ގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓަރީކުރުން.

ފޯމުގައި މުޙައްމަދު ނޫރު އަޙްމަދުގެ ނަމުގައިވާ ސޮޔާއި ފިންގަރޕްރިންޓް ދިމާނުވާކަން ފުލުހުންގެ ޚިދުމަތުން އަންގާފައިވުން.

(ށ.) ނޭނގި ސިޔާސީ ޕާޓީތަކަށް ވައްދާފައިވާކަމަށްބުނެ އެ މައްސަލަތައް ބަލައިދިނުމަށްއެދި ކޮމިޝަނަށް އެކިފަރާތްތަކުން، އީ-މެއިލްގެ ޒަރީއާއިންނާއި ޢާންމުކޮށް ޝަކުވާ ހުށަހެޅުމަށް ކޮމިޝަނުން ހުޅުވާލި މުއްދަތުގައި މިކޮމިޝަނަށް ހުށަހަޅާފައިވާ ޝަކުވާތަކާ ގުޅިގެން، މީގެ ކުރީންވެސް ކޮމިޝަނުން ޢަމަލުކޮށްފައިވާ ގޮތަށް، ތިރީގައި މި ދަންނަވާ ގޮތުގެމަތީން ޢަމަލުކުރެއްވުމަށް، ކޮމިޝަނުގެ 865 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

1. އީމެއިލް: ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީ.އެން.ސީ) އަށް ވެއްދިކަމަށްބުނާ 14 މައްސަލަ، ޢަދާލަތު ޕާޓީއަށް ވެދްދިކަމަށްބުނާ 2  މައްސަލަ، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމް.އެން.ޕީ)އަށް ވެއްދިކަމަށްބުނާ 1 މައްސަލަ، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައަންސް (އެމް.ޑީ.އޭ) އަށް ވެއްދިކަމަށްބުނާ 1 މައްސަލަ އަދި މީހަކަސް ނޭނގި އޭނާގެ ފޯނު ނަންބަރު ބޭނުންކޮށްގެން ޕާޓީއަކަށް މީހަކު ވެއްދުމަށް ހުށަހަޅާފައިވާ 1 މައްސަލަތަކާ ގުޅިގެން، މި މައްސަލަތައް ހުށަހަޅާފައިވާ ފަރާތްތަށް އެ ފަރާތްތަކުން އެދިފައިވާ ގޮތުގެމަތީން ޕާޓީތަކުން ވަކިކޮށް ނުވަތަ އެ ފަރާތްތައް އެދިފައިވާ ގޮތުގެމަތީން ކުރިން އޮތް ޕާޓީތަކަށް ރުޖޫޢަ ކޮށްދީފައިވާތީ، މި މައްސަލަތައް ނިމިފައިވާ ކަމަށް، ކޮމިޝަނުގެ 865 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ. އިސްވެ މި ދެންނެވުނު ނިންމެވުމާ ގުޅިގެން، މަތީގައި ބަޔާންކޮށްފައިވާ 19 މައްސަލައާ ގުޅިގެން، އެއްވެސް ފަރާތަކުން އިތުރަށް ޖިނާޢީ ތަޙްޤީޤް ކުރިއަށް ގެންދަން ބޭނުންވާކަމަށްވާނަމަ، އެކަމުގައި ކޮމިޝަނުން އެހީތެރިކަން ފޯރުކޮށްދޭނެކަން ބަޔާންކޮށް އެފަރާތްތަކަށް އިދާރީ އެހީތެރިކަން ފޯރުކޮށްދޭނެކަން ލިޔުމުން އެ ފަރާތްތަކަށް ދެންނެވުމަށް، ކޮމިޝަނުގެ 865 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

2. ސްޓެޓް ޕޯޓަލް: 2025 ޖަނަވަރީ 23 އިން އިން ފެބުރުވަރީ 10 ގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަންގައި ދަފްތަރުކުރެވިފައިވާ ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ދަފްތަރަށް ހުށަހެޅުނު؛ ޢަދާލަތު ޕާޓީ ގެ 41 މައްސަލަ، ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ 438 މައްސަލަ، ދަ ޑިމޮކްރެޓްސްގެ 4 މައްސަލަ، ޖުމްހޫރީ ޕާޓީގެ 81 މައްސަލަ، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސްގެ 41 މައްސަލަ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ 17 މައްސަލަ، މޯލްޑިވްސް ނޭޝަނަލް ޕާޓީގެ 25 މައްސަލަ، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އުވާލުމާ ހަމައަށް) 8 މައްސަލަ، މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް 26 މައްސަލަ، ޕީޕަލްސް ނެޝަނަލް ފްރަންޓްގެ 7 މައްސަލަ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (އުވާލުމާ ހަމައަށް) 6 މައްސަލަ، ޖުމްލަ 694 މައްސަލައާ ގުޅިގެން، މައްސަލަ ހުށަހަޅާފައިވާ ފަރާތްތަށް އެދިފައިވާ ގޮތުގެ މަތީން، 521 ޕާޓީތަކުން ވަކިކޮށް، އަދި އަނެއް 173 ފަރާތް، އެ ފަރާތްތަކުން އެދިފައިވާ ގޮތުގެމަތީން ކުރިން އޮތް ޕާޓީތަކަށް ރުޖޫޢަ ކޮށްދީފައިވާތީ، މި މައްސަލަތައް ނިމިފައިވާ ކަމަށް، ކޮމިޝަނުގެ 865 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

ނޭނގި ސިޔާސީ ޕާޓީތަކަށް ވައްދާފައިވާކަމަށްބުނެ އެ މައްސަލަތައް ބަލައިދިނުމަށްއެދި ކޮމިޝަނަށް އެކިފަރާތްތަކުން އީ-މެއިލްގެ ޒަރީއާއިންނާއި ޢާންމުކޮށް ޝަކުވާ ހުށަހެޅުމަށް ކޮމިޝަނުން ހުޅުވާލި މުއްދަތުގައި މިކޮމިޝަނަށް ހުށަހަޅާފައިވާ ޝަކުވާތަކާ ގުޅިގެން، މިއީ ޤާނޫނާ ޚިލާފު ކަމެއްކަމުގައިވާތީ، މީގެ ކުރީންވެސް ކޮމިޝަނުން ޢަމަލުކޮށްފައިވާ ގޮތުގެމަތީން، މި މައްސަލަތައް ރައްދުވާ ސިޔާސީ ޕާޓީތައް ކޮމިޝަނަށް ޙާޟިރުކޮށް ޤާނޫނީގޮތުން އެ ފަރާތްތަކަށް ނަޞޭޙަތްދީ، ޤާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާޢަތުތައް ފުރިހަމަކުރުމަށްފަހު، ފިޔަވަޅު އެޅުމަށްޓަކައި އަލުން ކޮމިޝަނަށް ހުށަހެޅެއްވުމަށް، ކޮމިޝަނުގެ 865 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

   4. 2025 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގެ އާމްދަނީއިން ސިޔާސީ ޕާޓީތަކަށް ކަނޑައަޅާފައިވާ ފައިސާއާ ގުޅޭ.

2025 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގެ އާމްދަނީ އިން ސިޔާސީ ޕާޓީތަކަށް ކަނޑައަޅާފައިވާ ފައިސާ، ތިރީގައި މި ދަންނަވާ ގޮތުގެމަތީން، ސިޔާސީ ޕާޓީތަކަށް ދޫކުރުމަށް، ކޮމިޝަނުގެ 865 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

ނޯޓް: 2025 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގެ އާމްދަނީއިން ސިޔާސީ ޕާޓީތަކަށް ކަނޑައަޅާފައިވާ ފައިސާއާ ގުޅޭ ޓޭބަލް އެއްކަރުދާސް ކުރެވިފައި

 

  5. ރަޖިސްޓްރޭޝަން ސެކްޝަނުގެ އެސިސްޓެންޓް ޑިރެކްޓަރ އެމް.އެސް 3 މަޤާމުގައި ހުންނެވި ޢަލީ ޢަބްދުއްރަޙްމާން ވަޒީފާއިން ވަކިކޮށްދިނުމަށްއެދި ހުށަހަޅާފައިވާ މައްސަލައާގުޅޭ.

ރަޖިސްޓްރޭޝަން ސެކްޝަނުގެ އެސިސްޓެންޓް ޑިރެކްޓަރ އެމް.އެސް 3 މަޤާމުގައި ހުންނެވި ޢަލީ ޢަބްދުއްރަޙްމާން ވަޒީފާއިން ވަކިކޮށްދިނުމަށްއެދި ހުށަހަޅާފައިވާތީ، މި މުވައްޒަފު އެދިފައިވާ ގޮތުގެމަތީން ވަޒީފާއިން ވަކިކުރުމަށާއި، ހުސްވެފައިވާ މަޤާމުތަކަށް ގޮތެއް ނިންމޭނީ، ކޮމިޝަނުގެ ރިކްރޫޓްމަންޓް އުޞޫލުތައް އިޞްލާޙުކޮށްގެން ކަމަށް މީގެ ކުރިން ކޮމިޝަނުން ނިންމަވާފައިވާތީ، އެ އުޞޫލުތައް ވީ އެންމެ އަވަހަކަށް ކޮމިޝަނުގެ ނުރަސްމީއަކަށް ހުށަހެޅުމަށް، ކޮމިޝަނުގެ 865 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

   6. ޕޭމަންޓް ވައުޗަރ އަދި ޕާރޗޭސް އޯޑަރ އޮތޮރައިޒިންގ އޮފިސަރުންގެ ގޮތުގައި ތިއްބަވާނެ އޮފިސަރުންނާގުޅޭ.

ފައިނޭންސް ސެކްޝަނުން ހުށަހަޅާފައިވާ ގޮތުގެމަތީން، ޕޭމަންޓް ވައުޗަރ އަދި ޕާރޗޭސް އޯޑަރ އޮތޮރައިޒިންގ އޮފިސަރުންގެ ގޮތުގައި ތިއްބަވާނެ އޮފިސަރުން ހަމަޖައްސަވަން، ކޮމިޝަނުގެ 865 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

ޕޭމަންޓް ވައުޗަރ އޮތޮރައިޒިންގެ އޮފިސަރުން (ތަރުތީބުން)

ނޯޓް: ޕޭމަންޓް ވައުޗަރ އޮތޮރައިޒިންގެ އޮފިސަރުންނާ ގުޅޭ ޓޭބަލް އެއްކަރުދާސް ކުރެވިފައި

 

 

ޕާރޗޭސް އޯޑަރ އޮތޮރައިޒިންގ އޮފިސަރުން (ތަރުތީބުން)

ނޯޓް: ޕާރޗޭސް އޯޑަރ އޮތޮރައިޒިންގ އޮފިސަރުންނާ ގުޅޭ ޓޭބަލް އެއްކަރުދާސް ކުރެވިފައި
Date
Location
އިލެކްޝަންސް ކޮމިޝަނުގެ ތިންވަނަ ފަންގިފިލާގެ މެންބަރުންގެ މީޓިންގ ރޫމް
Time
Number
865

ޖަލްސާއާއި ގުޅުންހުރި ލިޔުންތައް

ޖަލްސާގެ ނިންމުންތައް

ޖަލްސާގެ ހާޟިރީ

ކޮމިޝަންގެ މެންބަރުން

  • މުޙައްމަދު ޒާހިދު
  • ޑޮކްޓަރ މުޙައްމަދު ޒާހިރު
  • Hassan Zakariyya
  • ޢަބްދުލްޙަސީބު އިސްމާޢީލް

އިސް މުވައްޒަފުން

  • ޢަބްދުﷲ އުނައިސް
  • ޝަހުލާ އިސްމާޢިލް
  • މުޙައްމަދު އަނީލް
  • އާއިޝަތު ޝައްފާފް
  • އާމިނަތު އަޒީފާ
  • އަލްއުސްތާޛާ ސިނާޔާ ޒަކަރިއްޔާ
  • ފާޠިމަތު ޝަބާ ބާޤިރު
  • ޝަހުލާ ރުޝްދީ

އެންމެ ފަހުގެ އިތުރު ޖަލްސާތައް

ޖަލްސާތައް

ކޮމިޝަނުގެ 866 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 864 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 863 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 862 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 483 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 861 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 860 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 859 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 858 ވަނަ ޢާންމު ޖަލްސާ