ޖަލްސާތައް

ކޮމިޝަނުގެ 869 ވަނަ ޢާންމު ޖަލްސާ

ތަޢާރަފް

މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދެވެ. ޖަލްސާގައި ކޮމިޝަނުގެ 5 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު، ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، މެންބަރު ޑޮކްޓަރު މުޙައްމަދު ޒާހިރު، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ އަދި ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް އެވެ.

 

މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.

1. 2022، 2023 އަދި 2024 ވަނަ އަހަރުގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމަށްފަހު މުސާރައިގެ ކުރިއެރުން ދިނުމާއި ގުޅޭ.

އިލެކްޝަންސް ކޮމިޝަނުގެ ގަވާއިދުގެ ޖަދުވަލު 5 (މުވައްޒަފުންނަށް ކުރިއެރުން ދިނުމުގެ އުޞޫލު) ގައިވާ ގޮތުގެމަތީން، މި ކޮމިޝަނުގެ މުވައްޒަފުންގެ 2022، 2023 އަދި 2024 ވަނަ އަހަރުގެ މަސައްކަތުގެ ފެންވަރުބެލުމަށްފަހު، ތިރީގައި މިދަންނަވާ ކަންކަން ތަންފީޛުކުރެއްްވުމަށް، ކޮމިޝަނުގެ 869 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

1. އިލެކްޝަންސް ކޮމިޝަނުގެ ގަވާއިދުގެ ޖަދުވަލު 5 (މުވައްޒަފުންނަށް ކުރިއެރުން ދިނުމުގެ އުޞޫލު) ގައިވާ ގޮތުގެމަތީން، މި ކޮމިޝަނުގެ މުވައްޒަފުންގެ 2022، 2023 އަދި 2024 ވަނަ އަހަރުގެ މަސައްކަތުގެ ފެންވަރުބެލުމަށްފަހު، މަޤާމު ނުވަތަ މުސާރައިގެ ކުރިއެރުން ނުލިބޭތާ 2 އަހަރު ވެފައިވާ މުވައްޒަފުންނާއި، ކޮމިޝަނުގެ ވަޒީފާގައި 2 އަހަރުވެފައިވާ މުވައްޒަފުންގެ ތެރެއިން، އެޕްރައިސަލްގެ އެވްރެޖް %75 އަށްވުރެމަތީން މާރކްސް ލިބި، ކުރިއެރުން ދިނުމަށް ޝަރުޠުހަމަވާ ތިރީގައި މި ދަންނަވާ 13 މުވައްޒަފުންނަށް، ކޮމިޝަނުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ކުރިއެރުން ދިނުމަށް ނިންމުން.

ކުރިއެރުން ދިނުމަށް ޝަރުޠުހަމަވާ މުވައްޒަފުން

1) ޕްލޭނިންގ، ޕޮލިސީ އެންޑް ރިސަރޗް ސެކްޝަން ގެ އެސިސްޓެންޓް ޑިރެކްޓަރ ފާޠިމަތު ޝައުސަން މޫސާ

2) ސިވިކް އެޑިއުކޭޝަން އެންޑް ޓްރެއިނިންގ ސެކްޝަންގެ ޓްރެއިނަރ ފާޠިމަތު ޒުހުދާ

3) ޕަބްލިކް ރިލޭޝަންސް ސެކްޝަންގެ ސީނިއަރ އޮފިސަރ ޢަބްދުﷲ ސަޢީދު

4) އެޑްމިނިސްޓްރޭޝަން އެންޑް ސަޕޯޓް ސަރވިސް ސެކްޝަންގެ ސީނިއަރ އޮފިސަރ ޙުސައިން ޖިނާދު

5) ކޮމިޝަނަރސް ބިއުރޯގެ ސީނިއަރ އޮފިސަރ ރަމްޒިއްޔާ އަޙްމަދު

6) އެޑްމިނިސްޓްރޭޝަން އެންޑް ސަޕޯޓް ސަރވިސް ސެކްޝަންގެ އޮފިސަރ ޢާއިޝަތު ޝިފްޒާ

7) ޕަބްލިކް ރިލޭޝަންސް ސެކްޝަންގެ އޮފިސަރ ޔޫސީ އިނާޔާ

8) އިލެކްޓޯރަލް މެނޭޖްމަންޓް ސެކްޝަންގެ އޮފިސަރ އާއިޝަތު މައިޝާ ވަހީދު

9) އިލެކްޓޯރަލް މެނޭޖްމަންޓް ސެކްޝަންގެ އޮފިސަރ މުޙައްމަދު މާއިޒް

10) އެޑްމިނިސްޓްރޭޝަން އެންޑް ސަޕޯޓް ސަރވިސް ސެކްޝަންގެ އޮފިސަރ މުޙައްމަދު ރާއިފް އިބްރާޙީމް އީސާ

11) އެޑްމިނިސްޓްރޭޝަން އެންޑް ސަޕޯޓް ސަރވިސް ސެކްޝަންގެ މެއިންޓަނަންސް އޮފިސަރ އަޙްމަދު ޝާޙިދު

12) އެޑްމިނިސްޓްރޭޝަން އެންޑް ސަޕޯޓް ސަރވިސް ސެކްޝަންގެ މަސައްކަތު އާސިމާ އިބްރާޙީމް މަނިކު

13) އެޑްމިނިސްޓްރޭޝަން އެންޑް ސަޕޯޓް ސަރވިސް ސެކްޝަންގެ މަސައްކަތު ޢާއިޝަތު ނަޛީރާ

2. ކޮމިޝަނުގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމަކީ، ހަމައެކަނި މުސާރައިގެ ނުވަތަ މަޤާމުގެ ކުރިއެރުން ދިނުމަށް ހިންގާ ކަމެއްގެ ބަދަލުގައި، ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ޢަމަލުކުރުމަށާއި މިގޮތުން، މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުން %75 ނުލިބޭ މުވައްޒަފުންނަށް، އެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ރަނގަޅުކުރުމަށް ބޭނުންވާ ތަމްރީނުތައް ދިނުމާއި، އެ މުވައްޒަފުންނާ ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަނުން ވާހަކަދެއްކުމާއި، މުވައްޒަފުންނަށް ބޭނުންވާކަމަށް ސުޕަވައިޒަރުން ފާހަގަކޮށްފައިވާ ތަމްރީނުތައް ދެވޭނެ ގޮތްތައް ބަލައި އެ ތަމްރީންތައް ދިނުމަށް ނިންމުން.

3. މަސައްކަތުގެ ފެންވަރު ބެލުމުން %75 ނުލިބޭ މުވައްޒަފުންގެ ތެރެއިންވެސް، ދެއަހަރު ނުވަތަ ތިންއަހަރު ތަކުރާރުކޮށް ނުވަތަ ޖެހިޖެހިގެން މަސައްކަތު ފެންވަރު ދަށްކަމަށްވާނަމަ، އެ މުވައްޒަފުންނާ ގުޅިގެން، ހިއުމަން ރިސޯސް ޕެނަލްގައި މަޝްވަރާކުރުމަށްފަހު، އެ މުވައްޒަފުންނާ ގުޅިގެން ގޮތްތަކެއް ނިންމުމަށް ކޮމިޝަނަށް ހުށަހެޅުމަށް ނިންމުން.

4. އެޑްމިނިސްޓްރޭޝަން އެންޑް ސަޕޯޓް ސަރވިސް ސެކްޝަންގެ މަސައްކަތު މަޤާމުގައި ހުރި ޢާއިޝަތު ނަޛީރާއަކީ، މަޤާމުގެ މުސާރައިގެ ރޭންކިންގ )ސަޕޯޓް ސަރވިސް އޮފިސަރ ގެ އެސް.އެސް 4( ގެ 9 ވަނަ ހަރުފަތުގައި ހުރި މުވައްޒަފެއް ކަމަށްވާތީއާއި، އަދި 2022، 2023، އަދި 2024 ގެ މި މުވައްޒަފުގެ މަސައްކަތުގެ ފެންވަރުބެލުމަށްފަހު ކުރިއެރުން ޙައްޤުވާ މުވައްޒަފެއް ކަމުގައިވެސްވާތީ، މި މުވައްޒަފުގެ މަޤާމުގެ މުސާރައިގެ ރޭންކިންގ ބަދަލުކުރަންޖެހޭ ޙާލަތެއްގައި ބަދަލުކުރުމަށް ނިންމުން.

5. ކޮމިޝަނުގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުން އެއް މިންގަނޑަކުން ކުރިއަށްދެވޭނެހެން، ހިއުމަން ރިސޯސް ޕެނަލުން ވަކި ގޮތްތަކެއް ކަނޑައަޅައި، އެ ގޮތްތަކުގެ މަޢުލޫމާތު މުވައްޒަފުންގެ ސުޕަވައިޒަރުންނާ ޙިއްޞާކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުން.

 

2. ޕްލޭނިންގ، ޕޮލިސީ އެންޑް ރިސަރޗް ސެކްޝަނުން ހުސްވާ އެސިސްޓެންޓް ޑިރެކްޓަރ މަޤާމާގުޅޭ.

ޕްލޭނިންގ، ޕޮލިސީ އެންޑް ރިސަރޗް ސެކްޝަނުގެ އެސިސްޓެންޓް ޑިރެކްޓަރ ޢާއިޝަތު ޔުމްނާ ރަޝީދު 2025 މޭ 1 ވަނަ ދުވަހުން ފެށިގެން ރަޖިސްޓްރޭޝަން ސެކްޝަނަށް ބަދަލުކުރުމަށް ކޮމިޝަނުގެ 867 ވަނަ ޢާންމު ޖަލްސާގައި ނިންމަވާފައިވާތީ، ޕްލޭނިންގ، ޕޮލިސީ އެންޑް ރިސަރޗް ސެކްޝަނުން ހުސްވެފައިވާ އެސިސްޓެންޓް ޑިރެކްޓަރ މަޤާމު، ސޮފްޓްވެއަރ ޑިވެލޮޕަރގެ ނަމުގައި (ޓެކްނިކަލް މަޤާމެއްގެ ގޮތުގައި) އިންފޮމޭޝަން ސިސްޓަމް ސެކްޝަނަށް ބަދަލުކޮށް، އެ މަޤާމަށް މުވައްޒަފަކު ހޯދުމަށްޓަކައި ޢާންމުކޮށް އިޢުލާންކުރުމަށާއި، އަދި އިންފޮމޭޝަން ސިސްޓަމް ސެކްޝަނުގެ ސީނިއަރ އޮފިސަރގެ މަޤާމު، ޕްލޭނިންގ، ޕޮލިސީ އެންޑް ރިސަރޗް ސެކްޝަނުގެ ސީނިއަރ އޮފިސަރގެ މަޤާމު، 2025 މޭ 01 ވަނަ ދުވަހުން ފެށިގެން ބަދަލުކުރުމަށް، ކޮމިޝަނުގެ 869 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

އިސްވެ ދެންނެވުނު ނިންމެވުމާ ގުޅިގެން، ޕްލޭނިންގ، ޕޮލިސީ އެންޑް ރިސަރޗް ސެކްޝަނަށް ބަދަލުކުރި ސީނިއަރ އޮފިސަރ (އެމް.އެސް 1) ގެ މަޤާމަށް މުވައްޒަފަކު ހޯދުމަށްޓަކައި، ގަވާއިދު ނަންބަރު 2019/R-2 (އިލެކްޝަންސް ކޮމިޝަނުގެ ގަވާއިދު) ގެ ޖަދުވަލް 5 "މުވައްޒަފުންނަށް ކުރިއެރުން ދިނުމުގެ އުސޫލު"ގެ 4.2 ން ކޮމިޝަނަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، ކޮމިޝަނުގެ އިދާރާގެ އެތެރޭގެ މުވައްޒަފުންނަށް ޢާންމުކޮށް ހުޅުވާލުމަށް، ކޮމިޝަނުގެ 869 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

3. އިންޓަރނަލް އޮޑިޓަރ ގެ 2025 ވަނަ އަހަރުގެ ޓާގެޓްތައް ކޮމިޝަނުން އެންޑޯޒްކުރެއްވުމާގުޅޭ.

އިންޓަރނަލް އޮޑިޓަރގެ 2025 ވަނަ އަހަރުގެ ޓާގެޓްތަކުގެ ޓައިމްލައިންގައި ބަޔާންކޮށްފައިވާ މަސައްކަތްތަކުގެ ޢިބާރާތް ރަނގަޅު ކުރުމަށްފަހު ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަނުން ހުށަހަޅުއްވާފައިވާ ގޮތަށް، އިންޓަރނަލް އޮޑިޓަރގެ 2025 ވަނަ އަހަރުގެ ޓާގެޓްތައް، ކޮމިޝަނުގެ 869 ވަނަ ޢާންމު ޖަލްސާގައިވަނީ ފާސް ކުރައްވާފައެވެ.

 

4. ވަރކް ޕްލޭން 2025 ރިވައިސް ކުރުމަށްފަހު އަލުން ކޮމިޝަނުން ފާސްކުރެއްވުމާގުޅޭ.

2025 ވަނަ އަހަރުގެ ކޮމިޝަނުގެ ވަރކް ޕްލޭންގައި މިހާރު ހުރި ހުރިހާ ކަންތައްތައް ކުރާނެ ވަގުތުނެތުމާއެކު، ރިއަލިސްޓިކް އެއްޗަކަށް މި ވަރކް ޕްލޭން ހެދުމަށްޓަކައި، ކޮމިޝަނުގެ ބަޖެޓުގެ ތެރެއިން ލިބެންހުރި އެއްޗަކުން މި އަހަރު ތެރޭގައި ކުރެވެންހުރި މިންވަރަކަށް ކަންކަން ޕްރިއޮރަޓައިޒްކޮށް ޕްލޭންގައި ހިމަނައި، ޕްލޭނިންގ، ޕޮލިސީ އެންޑް ރިސަރޗް ސެކްޝަނުން ހުށަހަޅުއްވާފައިވާ ގޮތަށް، 2025 ވަނަ އަހަރުގެ ކޮމިޝަނުގެ ވާރކް ޕްލޭން އަދި ސްޓްރެޓީޖިކް ޕްލޭންގެ ރިވިއު ކޮމިޝަނުގެ 869 ވަނަ ޢާންމު ޖަލްސާގައިވަނީ ފާސް ކުރައްވާފައެވެ.

އިސްވެ ދެންނެވުނު ނިންމެވުމާ ގުޅިގެން، ސްޓެރެޓެޖިކް ޕްލޭންގައި ކުރިން ކުރުމަށް ރޭވިފައިވާ ހުރިކަންތަކުގެ ތެރެއިން، ވަޞީލްތައްތަކާއި ވަގުތުތަކުގެ ދަތިކަމާހުރެ، 2025 ވަނަ އަހަރު އިތުރަށް ކުރިޔަށް ނުގެންދެވޭނެކަމަށް ޕްލޭނިންގ، ޕޮލިސީ އެންޑް ރިސަރޗް ސެކްޝަނުން ހުށަހަޅުއްވާފައިވާ ތިރީގައި މި ދަންނަވާ ކަންކަން،  2025އިތުރަށް ކުރިޔަށް ނުގެންދެވުމަށާއި، އަދި، 2025 ވަނަ އަހަރުގެ ވަރކް ޕްލޭނުން އެބައިތައް އުނިކުރުމަށްފަހު، އެ ބައިތައް އުނިކުރި ސަބަބުތައް ފެންނާނެހެން ލިޔެކިޔުންތައް އަދާހަމަކުރުމަށްވެސް، ކޮމިޝަނުގެ 869 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

#

ސްޓްރެޓަޖިކް ހަރަކާތް

ނަތީޖާ ދައްކުވައިދޭ މިންގަންޑުތައް

1.1.2.1

އެއިރެއްގައި އޮތް މަޝްރަހެއްގެ ސަބަބުން އިލެކްޝަންސް ކޮމިޝަންގެ މަސްޢޫލިއްޔަތުތައް އަދާކުރުމަށް ހުރަސްއެޅިދާނެ ނުވަތަ ހީނަރުކަމެއް އަތުވެދާނެ ހިރާސްތައް ދެނެގަނެ ވަޒަންކުރުން.

I. އިންތިޚާބީ ހިރާސްތައް ދިރާސާކޮށްފައިވާ ގޮތުގެ ރިޕޯޓެއް އޮތުން.

1.1.2.2

ދިމާވެދާނެކަމަށް ފާހަގަކުރެވިފައިވާ ކުއްލި ހާލަތްތަކުގައި މަސައްކަތްތައް މެދުނުކެނޑި ކުރިއަށް ގެންދާނެގޮތާއި، ހިރާސްތަކަށް ރިޢާޔަތްކޮށް އެއްފިޔަވަޅުން އަނެއް ފިޔަވަޅަށް  ހިންގާނެގޮތުގެ ޕްލޭނެއް އެކުލަވާލުން.

I. މަސައްކަތްތައް މެދުނުކެނޑި ކުރިއަށް ގެންދާނެގޮތާއި، ހިރާސްތަކަށް ރިޢާޔަތްކޮށް ކޮމިޝަނުން ފާސްކޮށްފައިވާ ހިންގާނެ ގޮތުގެ ޕްލޭނެއް އޮތުން.

2.1.1.1

އިންސާނީ ވަޞީލަތްތަކުގެ އޯޑިޓެއް (އެޗް.އާރު. އޯޑިޓެއް) ހެދުން. 

I. އެޗް.އާރު، އޯޑިޓް ރިޕޯޓެއް އޮތުން.

4.1.2.4

ހޭލުންތެރިކުރުވުމުގެ ކެމްޕެއިންތަކާއި ޕްރޮގްރާމްތައް ރާވައި ހިންގުމަށްޓަކައި ބްރޯޑްކާސްޓް އަދި އޮންލައިން  މީޑިއާތަކާއެކުގައި މަސައްކަތްކުރެވޭ ފަދަ ގުޅުމެއް އުފެއްދުން.

I. ހޭލުންތެރިކުރުވުމުގެ ކެމްޕެއިންތަކާއި ޕްރޮގްރާމްތައް ހިންގުމަށް މީޑިއާތަކާއެކު ފަހުމްނާމާ ތަކެއް ހެދިފައިވުން.

4.3.1.1

މިހާރު ހުރި ޤާނޫނުތައް މުރާޖާކޮށް ކެމްޕެއިނަށް ހޯދާ ފައިސާގެ ކަންކަން ވަކި އުޞޫލުތަކެއްގެ ތެރޭގައި ހިފަހައްޓާ، މޮނިޓަރކުރެވޭނެ ބިލެއްގެ ދެލިކަރުދާސް ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާއާ އެކު އެކުލަވައިލުން.

I. ޑްރާފްޓް ބިލެއް އެކުލަވާފައިވުން

II. ކެމްޕޭނަށް ފައިސާ ހޯދުމުގެ ޤާނޫނެއް ވުޖޫދުވުން.

4.3.1.2

ކެމްޕެއިނަށް ފައިސާހޯދުމާއި ހޭދަކުރުމުގެ ގަވާއިދުތަކާ ޚިލާފުވާ މައްސަލަތައް ރިޕޯޓުކޮށް. މޮނިޓަރކޮށް ބަލަހައްޓާނެ ނިޒާމެއް ޤާއިމްކުރުން.

I. ޤާނޫނާ އެއްގޮތްވާގޮތުގެ މަތިން ކަމާގުޅޭފަރާތްތަކަށް އެއްބަސްވެވޭ، ކެމްޕެއިން ފައިނޭންސިންގް މޮނިޓަރކުރެވޭނެ ނިޒާމެއް ޤާއިމުވެފައި އޮތުން.

4.3.1.3

މިހާރު އޮތް އެންޓި ކޮރަޕްޝަން ޤާނޫނާއި އިންތިޚާބުތަކާބެހޭ ޤާނޫނުތައް މުރާޖަޢާކޮށް ކެމްޕެއިންގެ ބޭނުމަށް ދައުލަތުގެ ފައިސާއާއި ވަޞީލަތްތައް ބޭނުންކުރުން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅޭނެގޮތްތަކެއް ހޯދުން.

I. ކެމްޕެއިނޙަރަކާތްތަކަށް ދައުލަތުގެ ތަކެއްޗާއި ފައިސާ ޚަރަދުކުރުން ހުއްޓުވުމަށް ޤާނޫނަށް ގެންނަންވާ އިޞްލާޙުތައް ގެނެވިފައިވުން.

 

  5. ކޮމިޝަނުގެ ޕްލޭނިންގ، ޕޮލިސީ އެންޑް ރިސަރޗް ސެކްޝަން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، ސެކްރެޓަރީ ޖެނެރަލް ކޮމިޝަނަށް ކަރުދާހެއް ހުށަހެޅުމާ ގުޅޭ.

ކޮމިޝަނުގެ ޕްލޭނިންގ، ޕޮލިސީ އެންޑް ރިސަރޗް ސެކްޝަން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، އެ ސެކްޝަންގެ މެންޑޭޓުގައި މަސައްކަތްތަކާއި އެ މަސައްކަތްތައް ކުރުމަށް ބޭނުންވާ ވަޞީލަތްތައް ހިމެނޭހެން، ސެކްރެޓަރީ ޖެނެރަލް ކޮމިޝަނަށް ކަރުދާހެއް، 2025 މޭ މަހުގެ ނިޔަލަށް ހުށަހެޅުމަށް، ކޮމިޝަނުގެ 869 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

6. އަލަށް ތަޞްދީޤު ކުރެވޭ ޤާނޫނު ކޮމިޝަނާ ޙިއްޞާކުރުމާގުޅޭ.

ޤާނޫނު ނަންބަރު:1/2007 (ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނު) އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު ކޮމިޝަނުގެ 869 ވަނަ ޢާންމު ޖަލްސާގައިވަނީ ޙިއްޞާ ކުރައްވާފައެވެ.

Date
Location
އިލެކްޝަންސް ކޮމިޝަނުގެ ތިންވަނަ ފަންގިފިލާގެ މެންބަރުންގެ މީޓިންގ ރޫމް
Time
Number
869

ޖަލްސާއާއި ގުޅުންހުރި ލިޔުންތައް

ޖަލްސާގެ ހާޟިރީޖަލްސާގެ ނިންމުންތައް

ޖަލްސާގެ ހާޟިރީ

ކޮމިޝަންގެ މެންބަރުން

  • މުޙައްމަދު ޒާހިދު
  • ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު
  • ޑޮކްޓަރ މުޙައްމަދު ޒާހިރު
  • ޙަސަން ޒަކަރިއްޔާ
  • ޢަބްދުލްޙަސީބު އިސްމާޢީލް

އިސް މުވައްޒަފުން

  • ޢަބްދުﷲ އުނައިސް
  • ޝަހުލާ އިސްމާޢިލް
  • އާއިޝަތު ޝައްފާފް
  • އާމިނަތު އަޒީފާ
  • އަލްއުސްތާޛާ ސިނާޔާ ޒަކަރިއްޔާ
  • ފާޠިމަތު ޝަބާ ބާޤިރު

އެންމެ ފަހުގެ އިތުރު ޖަލްސާތައް

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 484 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 868 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 867 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 866 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 865 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 864 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 863 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 862 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 483 ވަނަ ޚާއްޞަ ޖަލްސާ