ކޮމިޝަނުގެ 871 ވަނަ ޢާންމު ޖަލްސާ
ތަޢާރަފް
މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދެވެ. ޖަލްސާގައި ކޮމިޝަނުގެ 4 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު، ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، މެންބަރު ޑޮކްޓަރު މުޙައްމަދު ޒާހިރު، އަދި ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް އެވެ.
ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ ހުންނެވީ ޗުއްޓީގައެވެ.
މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.
1. އިޢުލާނުކޮށްފައިވާ ތިރީގައިއެވާ މަޤާމުތަކުގެ އިންޓަރވިއު ޕެނަލްތަކާގުޅޭ.
· ސީނިއަރ އޮފިސަރ (ދާއިމީ) (އިންޓަރނަލް) – އިލެކްޓޯރަލް މެނޭޖްމަންޓް ސެކްޝަން
· އެސިސްޓެންޓް ޑިރެކްޓަރ (ދާއިމީ) - ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަން
ތިރީގައި ދަންނަވާފައިއެވާ މަޤާމުތަކަށް މުވައްޒަފުން ހޯދުމަށް ކޮށްފައިވާ އިޢުލާނުތަކާ ގުޅިގެން، އެ މަޤާމުތަކަށް ކުރިމަތިލާފަިވަ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވަ ފަރާތްތަކާ އިންޓަރވިއު ކުރުމަށްޓަކައި، ކޮމިޝަނުގެ 745 ވަނަ ޢާންމު ޖަލްސާގެ ނިންމެވުމާ އެއްގޮތަށް ސެކްރެޓަރީ ޖެނެރަލް ކަނޑައަޅުއްވާފައިވާ އިންޓަރވިއު ޕެނަލްތައް އެކުލަވާލައްވާފައިވާގޮތަށް، ކޮމިޝަނުގެ 871 ވަނަ ޢާންމު ޖަލްސާގައި ވަނީ ފާސް ކުރައްވާފައެވެ.
އިލެކްޓޯރަލް މެނޭޖްމަންޓް ސެކްޝަން - ސީނިއަރ އޮފިސަރ (އިންޓަރނަލް، ދާއިމީ)
· ޑިރެކްޓަރ، ޝަހުލާ އިސްމާޢީލް
· ޑިރެކްޓަރ، އާމިނަތު އަޒީފާ
· އެސިސްޓެންޓް ޑިރެކްޓަރ، ފާޠިމަތު ޝައުޝަން މޫސާ
ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަން - އެސިސްޓެންޓް ޑިރެކްޓަރ (ދާއިމީ)
· ޑިރެކްޓަރ، ޝަހުލާ އިސްމާޢީލް
· ޑިރެކްޓަރ، އާމިނަތު އަޒީފާ
· ޑެޕިއުޓީ ޑިރެކްޓަރ، ސިނާޔާ ޒަކަރިއްޔާ
2. ކޮމިޝަނަރސް ބިއުރޯގެ ފޮރިން ރިލޭޝަންސް އޮފިސަރގެ މަޤާމަށް މުވައްޒަފަކު ނެގުމާއި ގުޅޭ.
ކޮމިޝަނަރސް ބިއުރޯގެ ފޮރިން ރިލޭޝަންސް އޮފިސަރ (ޖީ.އެސް 3) ގެ މަޤާމަށް މުވައްޒަފަކު ހޯދުމަށް ކޮށްފައިވާ އިޢުލާނާ ގުޅިގެން އެ މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ފުރިހަމަވާ ފަރާތްތަކާ އިންޓަރވިއުކޮށް، އެންމެ މަތީން މާރކްސް ލިބިފައިވާ ފަރާތްތަކުގެ މާރކްސް ތަރުތީބުން، ވަޒީފާއަށް ނެގުމުގެ ކުރިން ބަލަންޖެހޭ ކަންކަމަށް ބެލުމަށްފަހު، ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަނުން ހުށަހަޅުއްވާފައިވާ ގޮތުގެމަތީން، ކޮމިޝަނަރސް ބިއުރޯގެ ފޮރިން ރިލޭޝަންސް އޮފިސަރ (ޖީ.އެސް 3) ގެ މަޤާމަށް، މ.ޒޭވަރު، މާލެ، ޢާއިޝަތު ޢިނާން މުޢާވިޔަތު ހަމަޖެއްސެވުމަށް، ކޮމިޝަނުގެ 871 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
މީގެ އިތުރުން ކޮމިޝަނުގެ ވަޒީފާތަކަށް ހަމަޖައްސަވާ މުވައްޒަފުންގެ އަންނަނިވި ކަންކަން ބެއްލެވުމަށްވެސް، ކޮމިޝަނުގެ 871 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
· ކޮމިޝަނުގެ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ސޯޝަލް މީޑިއާ އަދި އެ ފަރާތްތަކުގެ ބެކްގްރައުންޑް ޗެކްކުރެއްވުމަށްފަހު، އެ ފަރާތްތަކާ އިންޓަރވިއުކުރުމުގެ ކުރީން، އެ މަޢުލޫމާތު ކޮމިޝަން ހިންގެވުމާ ޙަވާލުވެ ވަޑައިގެންހުންނެވި މެންބަރަކާ ޙިއްޞާކުރެއްވުން.
· ކޮމިޝަނުގެ ވަޒީފާތަކާ ގުޅިގެން، ރިކްރޫޓްމަންޓް ޕްރޮސެސްގެ ކަންކަން ހިނގާފައިވާ ގޮތާއި، މާރކްސްދީފައިވާ ގޮތާއި، ހޮވޭ ފަރާތްތަކުގެ މަޢުލޫމާތު ޢާންމުކޮށް އިޢުލާންކޮށް، ޝަކުވާއަށް ފުރުޞަތު ހުޅުވާލުން.
3. ސިސްޓަމް އެޑްމިނިސްޓްރޭޝަން ސެކްޝަނުގެ ސީނިއަރ އޮފިސަރ އަޙްމަދު ރަޝީދުގެ ޕްރޮބޭޝަން ރިޕޯޓާ ގުޅޭ.
ސިސްޓަމް އެޑްމިނިސްޓްރޭޝަން ސެކްޝަނުގެ ސީނިއަރ އޮފިސަރ އަޙްމަދު ރަޝީދު ޕްރޮބޭޝަން މުއްދަތުގައި މަސައްކަތް ކޮށްފައިވާގޮތުގެ ރިޕޯޓަށް ބައްލަވައި ސުޕަވައިޒަރ (ސެކްޝަން ހެޑް)، ޑިވިޜަން ހެޑް އަދި ސެކްރެޓަރީ ޖެނެރަލް، މި މުވައްޒަފު ދާއިމީ ކުރުމަށް ފެނިވަޑައިގަންނަވާކަމަށް ބަޔާންކުރައްވާފައިވާތީ، ކަނޑައެޅިފައިވާ އުޞޫލާ އެއްގޮތަށް ސިސްޓަމް އެޑްމިނިސްޓްރޭޝަން ސެކްޝަނުގެ ސީނިއަރ އޮފިސަރ އަޙްމަދު ރަޝީދު ދާއިމީ ކުރެއްވުމަށް، ކޮމިޝަނުގެ 871 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
4. 2025 އެޕްރީލް މަހުގެ ޚަރަދު ރިޕޯޓާގުޅޭ.
2025 ވަނަ އަހަރުގެ މާރިޗު މަހުގެ ޚަރަދު ރިޕޯޓު ކޮމިޝަނާ ޙިއްޞާ ކުރެވިއްޖެކަމަށާއި، އަދި ރިޕޯޓު ހުށަހަޅުއްވާއިރު ކޮމިޝަނުން ދައްކަންޖެހޭ ފައިސާ (އައުޓްސްޓޭންޓިންގ ޚަރަދުތަކުގެ) މަޢުލޫމާތު، އާމްދަނީގެ މަޢުލޫމާތު، ޙިއްޞާ ކުރެއްވުމަށްވެސް، ކޮމިޝަނުގެ 871 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
އަދިހަމައެހެންމެ، ދައުލަތަށް ދައްކަންޖެހޭ ނުވަތަ ލިބެންޖެހޭ ފައިސާތަކާ ގުޅިގެން، މައިގަނޑުގޮތެއްގައި ހުރީ އުވާލެވިފައިވާ ސިޔާސީ ޕާޓީތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާކަމުން، ޤާނޫނީގޮތުން މިކަމާ ގުޅިގެން ޢަމަލުކުރެވިދާނޭ ގޮތްތަކެއް، ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަންއާ މަޝްވަރާކުރެއްވުމަށްފަހު، ކޮމިޝަނަށް ހުށަހެޅުއްވުމަށްވެސް، ކޮމިޝަނުގެ 871 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
5. NAPVAC ގެ ސްޓިއަރިންގ ކޮމިޓީގައި މި ކޮމިޝަން ތަމްޞީލުކުރާނެ ފަރާތެއް ހަމަޖައްސަވައި ދެއްވުމަށްއެދި MSFD އިން ފޮނުވާފައިވާ ސިޓީއާ ގުޅޭ.
ނޭޝަނަލް އެކްޝަން ޕްލޭން ފޯރ ޕްރިވެންޝަން އެންޑް ރިސްޕޮންޑިންގ ޓު ވައިލެންސް އެގެއިންސްޓް ޗިލްޑްރެންގެ އެކްޝަން ޕްލޭންގެ ސްޓިއަރިންގ ކޮމިޓީގައި މި ކޮމިޝަން ތަމްޞީލު ކުރައްވާނެ މުވައްޒަފެއްގެ ގޮތުގައި، ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަންގެ ޑެޕިއުޓީ ޑިރެކްޓަރ އަލްއުސްތާޛާ ސިނާޔާ ޒަކަރިއްޔާ ހަމަޖެއްސެވުމަށާއި، މި އެކްޝަން ޕްލޭނުން މި ކޮމިޝަނަށް ކަނޑައަޅުއްވާފައިވާ ކަންކަން ޙާޞިލު ކުރެއްވުމަށް ކޮމިޝަނުން ކުރައްވާނެ މަސައްކަތްތަކާއި، ސްޓިއަރިންގ ކޮމިޓީގެ މަސައްކަތްތަކުގެ އަދާހަމަ ކޮމިޝަނަށް ޙިއްޞާކުރައްވަމުން ގެންދެވުމަށާއި، އަދި މިކަމާ ގުޅިގެން އެއްވެސް ޚަރަދެއް ކުރަންޖެހޭފަދަ ކަމެއްވާނަމަ އެކަމެއް ކޮމިޝަނަށް ހުށަހަޅައި ކޮމިޝަނުން ނިންމަވާ ގޮތެއްގެމަތީން ޢަމަލު ކުރެއްވުމަށްވެސް، ކޮމިޝަނުގެ 871 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
6. ސިވިލް ކޯޓުގެ ޤަޟިއްޔާ ނަންބަރު:1352-CVC-2025 ސިވިލް ކޯޓުގެ ނަންބަރު 153/VTR/2021 ޤަޟިއްޔާގެ ޙުކުމް ތަންފީޛު ކުރުމަށް، އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ލ.ކަލައިދޫ، ޝޭޑީވިލާ، ޙަފީޡާ އިބްރާހީމް ދަޢުވާކުރާ މައްސަލައިގެ އަޑުއެހުމަށް އެ ކޯޓަށް ޙާޟިރުވުމަށް އަންގާ މި ކޮމިޝަނަށް ފޮނުވާފައިވާ ސިވިލް ކޯޓުގެ ނަންބަރު:144-B13/A/2025/1251 އާއި ނަންބަރު:144-B13/A/2025/1252 ޢަމުރާގުޅޭ.
ސިވިލް ކޯޓުގެ ޤަޟިއްޔާ ނަންބަރު:1352-CVC-2025 އަދި ނަންބަރު:153/VTR/2021 ޤަޟިއްޔާގެ ޙުކުމް ތަންފީޛު ކުރުމަށް، އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ލ.ކަލައިދޫ، ޝޭޑީވިލާ، ޙަފީޡާ އިބްރާހީމް ދަޢުވާކުރާ މައްސަލައިގެ އަޑުއެހުމަށް އެ ކޯޓަށް ޙާޟިރުވުމަށް އަންގާ މި ކޮމިޝަނަށް ފޮނުވާފައިވާ ސިވިލް ކޯޓުގެ ނަންބަރު:144-B13/A/2025/1251 އާއި ނަންބަރު:144-B13/A/2025/1252 ޢަމުރުގެ މަޢުލޫމާތު ކޮމިޝަނުގެ 871 ވަނަ ޢާންމު ޖަލްސާގައިވަނީ ޙިއްޞާ ކުރައްވާފައިވާ ކަމަށާއި، އަދި ސިވިލް ކޯޓުގައި އިލެކްޝަންސް ކޮމިޝަން ތަމްޘީލު ކުރައްވާނެ ފަރާތަކީ ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުގެ ޑެޕިއުޓީ ޑިރެކްޓަރ އަލްއުސްތާޛާ ސިނާޔާ ޒަކަރިއްޔާ ކަމުގައިވެސް، ކޮމިޝަނުގެ 871 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
ދަންނަވަމެވެ. ކޮމިޝަނުގެ މުވައްޒަފުން ޝަރުޢީ އަދި އެހެނިހެން ކޯޓުތަކަށް ކޮމިޝަންގެ މަސައްކަތްތަކާ ގުޅިގެން ހުށަހަޅުއްވާ މައްސަލަތަކުގައި، އެ މައްސަލަތައް ހިނގާ މުއްދަތުގައި ކޮމިޝަނުގެ މުވައްޒަފުން އޮފީހަށް ޙާޟިރުވުމާ ގުޅޭގޮތުން އުޞޫލެއް ތައްޔާރުކޮށް، ކޮމިޝަނަށް ހުށަހެޅެއްވުމަށްވެސް، ކޮމިޝަނުގެ 871 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
7. އަލަށް ތަޞްދީޤުކުރެވޭ ޤާނޫނު، ޤާނޫނު ނަންބަރު:2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް 15 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނާ ގުޅޭ.
ޤާނޫނު ނަންބަރު:2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް 15 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު ކޮމިޝަނުގެ 871 ވަނަ ޢާންމު ޖަލްސާގައި ކޮމިޝަނާ ޙިއްޞާކުރެއްވުމަށްފަހު، އަތޮޅު ކައުންސިލްގެ ރައީސް، ރަށު ކައުންސިލްގެ މެންބަރު އަދި ސިޓީ ކައުންސިލްގެ މެންބަރެއްގެ މަޤާމު ހުސްވިއިރު އެ ކައުންސިލްގެ ޢުމުރުގެ ބާކީ އޮތީ، 548 (ފައްސަތޭކަ ސާޅީސްއަށެއް) ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްނަމަ، އަދި ކައުންސިލްގެ ބައްދަލުވުމެއް ބޭއްވުމަށް ބޭނުންވާ ޤާނޫނީ ޢަދަދު ހަމަވާ މިންވަރަށް އެ ކައުންސިލެއްގައި މެންބަރުން ތިބިނަމަ، އެ ހުސްވި މަޤާމަށް މެންބަރަކު އިންތިޚާބު ކޮށްގެންނުވާނޭ ކަމަށާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއެއްގެ މެންބަރެއްގެ މެންބަރުކަމުގެ މަޤާމު ހުސްވިއިރު އެ ކޮމިޓީގެ ޢުމުގެ ބާކީ އޮތީ 548 (ފައްސަތޭކަ ސާޅީސްއަށެއް) ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްނަމަ، އަދި ކޮމިޓީގެ ބައްދަލުވުމެއް ބޭއްވުމަށް ބޭނުންވާ ޤާނޫނީ ޢަދަދު ހަމަވާ މިންވަރަށް އެ ކޮމިޓީއެއްގައި މެންބަރުން ތިބިނަމަ، އެ ހުސްވި މަޤާމަށް މެންބަރަކު އިންތިޚާބު ކޮށްގެންނުވާނޭ ކަމަށް، އިސްވެ ދެންނެވި ޤާނޫނުނަށް ގެނެސްފައިވާ އިޞްލާޙުގައި ބަޔާންކޮށްފައިއޮތަތީވެ، 2025 މޭ 17 ވަނަ ދުވަހާ ހަމައަށް، ކޮމިޝަނަށް ލިބިފައިވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ހުސް މަޤާމުތަކަށް މެންބަރުން އިންތިޚާބު ކުރުމަށް ބައި-އިލެކްޝަން ބޭއްވުމާގުޅޭގޮތުން، ކޮމިޝަނުގެ 864 ވަނަ ޢާންމު ޖަލްސާގައި ނިންމަވާފައިވާ ނިންމެވުން، ކޮމިޝަނުގެ 871 ވަނަ ޢާންމު ޖަލްސާގައިވަނީ ބާޠިލު ކުރައްވާފައެވެ.
އިސްވެ ދެންނެވުނު އިޞްލާޙާ ގުޅިގެން، ރ.އަނގޮޅިތީމުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއެއްގެ މެންބަރެއްގެ މެންބަރުކަމުގެ މަޤާމު ހުސްވެފައިވާތީި، މި މަޤާމަށް މެންބަރަކު އިންތިޚާބުކުރެއްވުމަށްޓަކައި، ބައި-އިލެކްޝަނެއް ބޭއްވުމާމެދު ޤާނޫނީގޮތުން ހުރި ކަންކަން އަލުން ރިވިއު ކުރައްވައި ކޮމިޝަނަށް ހުށަހެޅުއްވުމަށްވެސް، ކޮމިޝަނުގެ 871 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
8. ކޮމިޝަނާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކުރެއްވުމާގުޅޭ
ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންގެ އިސްތިޢުފާތަކުގެ މަޢުލޫމާތު، ލޯކަލް ގަވަރމަންޓް އޮތޯރިޓީން މިކޮމިޝަނަށް އަންގަވާއިރު ކޮންމެވެސް ވަރެެއްގެ ލަސްތަކެއް އުޅޭތީވެ، ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ބައި-އިލެކްޝަންތައް ބޭއްވުމަށް މިކޮމިޝަނަށް ހުރަސްތަކެއް ކުރިމަތިވަމުންދާތީވެ، މިފަދަ ކަންކަން ތަކުރާރުނުވާނޭ ފަދައިން ކޮމިޝަނާއި އެ އޮތޯރިޓީއާ ދެމެދު ގުޅުންގާއިމުކޮށް، މި މަސައްކަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި، މި ކޮމިޝަނާއި އެ އޮތޯރިޓީއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކުރެއްވުމުގެ މަސައްކަތްތައް ކުރެއްވުމަށް، ކޮމިޝަނުގެ 871 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
9. ދެކުނު އޭޝިއާ ސަރަޙައްދުގެ އިންތިޚާބާގުޅޭ ކޮމިޝަންތަކާއި އިދާރާތަކުގެ ޖަމްޢިއްޔާ (ފެމްބޯސާ) ގެ 13 ވަނަ އަހަރީ ބައްދަލުވުން މިހިނގާ 2025 ވަނަ އަހަރު ދިވެހިރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާތީ އެކަމާ ގުޅޭ.
ބަޖެޓުގެ ދަތިކަމާއި ހުރެ، ދެކުނު އޭޝިއާ ސަރަޙައްދުގެ އިންތިޚާބާގުޅޭ ކޮމިޝަންތަކާއި އިދާރާތަކުގެ ޖަމްޢިއްޔާ (ފެމްބޯސާ) ގެ 13 ވަނަ އަހަރީ ބައްދަލުވުން މިހިނގާ 2025 ވަނަ އަހަރު ދިވެހިރާއްޖޭގައި ބޭއްވެން ނެތްކަމަށް، ކޮމިޝަނުގެ 871 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.