ޖަލްސާތައް

ކޮމިޝަނުގެ 877 ވަނަ ޢާންމު ޖަލްސާ

ތަޢާރަފް

މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދެވެ. ޖަލްސާގައި ކޮމިޝަނުގެ 4 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު، ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ އަދި ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް އެވެ.

މެންބަރު ޑޮކްޓަރު މުޙައްމަދު ޒާހިރު ހުންނެވީ ޗުއްޓީގައެވެ.

 

މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.

   1. ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުގެ ޑިރެކްޓަރގެ މަޤާމަށް މުވައްޒަފަކު ނެގުމާގުޅޭ.

ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ޑިރެކްޓަރ (ދާއިމީ، އީ.އެކްސް 1) ގެ މަޤާމަށް މުވައްޒަފަކު ހޯދުމަށް އިޢުލާނުކޮށް އެ މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަރވިއު ކުރުމަށްފަހު، އެންމެ މަތިން މަރކްސް ލިބިފައިވާ ފަރާތްތަކުގެ މަރކްސް ތަރުތީބުން، ވަޒީފާއަށް ނެގުމުގެ ކުރިން ބަލަންޖެހޭ ކަންކަމަށް ބެލުމަށްފަހު، އެންމެމަތިން މާރކްސް ލިބިފައިވާ ޢާލިޔާ ޙަނީފް، ފިނިރޯޅިވާގެ، ސ.ފޭދޫ، A113074، ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުގެ ޑިރެކްޓަރ (އީ.އެކްސް 1) ގެ މަޤާމަށް ހަމަޖެއްސުމަށް، ކޮމިޝަނުގެ 877 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

   2. ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ޢަދަދު ކަށަވަރުކޮށް ޙިއްޞާ ކުރުން.

2025 ޖޫން މަހުގެ ނިޔަލަށް ސިޔާސީ ޕާޓީތަކުގެ ދަފްތަރުކުރެވިފައިވާ މެންބަރުންގެ ޢަދަދުތައް ކޮމިޝަނުގެ 877 ވަނަ ޢާންމު ޖަލްސާގައި ވަނީ ޙިއްޞާ ކުރައްވާފައެވެ.

 

ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ޢަދަދު ޢާންމުކުރުން

· ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ: 43,765

· ޢަދާލަތު ޕާޓީ: 8,844

· ޖުމްހޫރީ ޕާޓީ: 13,456 

· މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް: 9,011

· މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް: 2,272

· ޕީޕަލްސް ނެޝަނަލް ކޮންގްރެސް: 68,665

· މޯލްޑިވްސް ނެޝަނަލް ޕާޓީ: 5,836

· ދަ ޑިމޮކްރެޓްސް: 3,547

· ޕީޕަލްސް ނޭޝަނަލް ފްރަންޓް: 3,046

 

   3. ރައްޔިތުންގެ މަޖިލީހުގެ ޤަރާރަށް ކޮމެންޓް ކުރުމާގުޅޭ.

"ޤާނޫނު ނަންބަރު 7/2010 (ދވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް 15 އަހަރު ފުރުނުއިރު އެ ޤާނޫނަށް ގެނެވިފައިވާ އިޞްލާޙުތަކާއި، އެ ނިޒާމު ހިންގުމުގައި ދިމާވެފައިވާ ދަތިތަކާއި ގޮންޖެހުންތަކުގެ މައްޗަށް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި ހުށަހަޅާ ޤަރާރު" އަށް ކޮމެންޓުކުރުމާ ގުޅޭގޮތުން، ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުން ހުށަހަޅުއްވާފައިވާ ތިރީގައި ދަންނަވާފައިއެވާ ޚިޔާލުތައް ރައްޔިތުންގެ މަޖިލީހަށް ސިޓީއަކާއެކު ފޮނުއްވުމަށް ކޮމިޝަނުގެ 877 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

1. ކައުންސިލްތަކުގެ މެންބަރުންގެ ޢަދަދު މަދުކުރާކަމުގައިވާނަމަ، ކޯރަމް ގެއްލުމުގެ ސަބަބުން ބައި-އިލެކްޝަންތައް އިތުރުވެގެން ދިއުން އެކަށީގެންވާކަން.

2. ކައުންސިލްގެ ރައީސް، ނައިބު ރައީސް، މޭޔަރު އަދި ޑެޕިއުޓީ މޭޔަރު ފިޔަވައި، ދެން ތިއްބަވާ ކައުންސިލަރުންނަކީ ސިޓިން އެލަވަންސެއް ދޭ ބަޔަކަށް ބަދަލުކޮށްލެވިއްޖެނަމަ، ޢިލްމީ ޤާބިލު އެތަކެއް ފަރާތްތަކެއްގެ ވިސްނުމާއި، ހުނަރުން، ރަށްރަށާއި އަތޮޅުތަކުގެ ތަރައްޤީއަށް އިތުރު ބަދަލެއް ގެނެވިގެންދާނޭ ކަމަށް ދެކޭކަމަށް.

Date
Location
އިލެކްޝަންސް ކޮމިޝަނުގެ ތިންވަނަ ފަންގިފިލާގެ މެންބަރުންގެ މީޓިންގ ރޫމް
Time
Number
877

ޖަލްސާއާއި ގުޅުންހުރި ލިޔުންތައް

ޖަލްސާގެ ނިންމުންތައްޖަލްސާގެ ހާޟިރީ

ޖަލްސާގެ ހާޟިރީ

ކޮމިޝަންގެ މެންބަރުން

  • މުޙައްމަދު ޒާހިދު
  • ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު
  • ޙަސަން ޒަކަރިއްޔާ
  • ޢަބްދުލްޙަސީބު އިސްމާޢީލް

އިސް މުވައްޒަފުން

  • ޢަބްދުﷲ އުނައިސް
  • ޝަހުލާ އިސްމާޢިލް
  • މުޙައްމަދު އަނީލް
  • އާއިޝަތު ޝައްފާފް
  • އާމިނަތު އަޒީފާ
  • އަލްއުސްތާޛާ ސިނާޔާ ޒަކަރިއްޔާ
  • ފާޠިމަތު ޝަބާ ބާޤިރު

އެންމެ ފަހުގެ އިތުރު ޖަލްސާތައް

ޖަލްސާތައް

ކޮމިޝަނުގެ 876 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 875 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 874 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 873 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 872 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 871 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 870 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 869 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 484 ވަނަ ޚާއްޞަ ޖަލްސާ