ޖަލްސާތައް

ކޮމިޝަނުގެ 881 ވަނަ ޢާންމު ޖަލްސާ

  ތަޢާރަފް

މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދެވެ. ޖަލްސާގައި ކޮމިޝަނުގެ 5 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު، ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، މެންބަރު ޑޮކްޓަރު މުޙައްމަދު ޒާހިރު، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ، އަދި ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް އެވެ.

  މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.

 

   1. ކޮމިޝަނުގެ ޓިކްޓޮކް ތަޢާރަފް ކުރުމާގުޅޭ.

އިލެކްޝަންސް ކޮމިޝަނަށް، Elections.mv ގެ ނަމުގައި، ކޮމިޝަނުގެ ޓިކްޓޮކް އެކައުންޓެއް ތަޢާރަފްކުރުމަށާއި، އަދި ދާއިމީގޮތެއްގައި މިއެކައުންޓު ބޭނުން ކުރުމަށް، ކޮމިޝަނުގެ 881 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

އަދި، ކޮމިޝަނަށް ހުށަހަޅާ މިފަދަ ޕްލޭންތަކުގައި، އެކަމެއްގެ މަޤްޞަދާއި، ޙާސިލުވާނެކަންކަމާއި، ދެމެހެއްޓެނިވި ގޮތެއްގައި ހުށަހަޅާ ކަމެއް ކުރެވޭނެ ގޮތްތަކާއި، ކުރިމަތިވާނެ/ވެދާނެ ގޮންޖެހުންފަދަ ކަންކަން ކަރުދާހުގައި ބަޔާންކުރުމަށްވެސް، ކޮމިޝަނުގެ 881 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

   2. އިލެކްޝަންސް ކޮމިޝަނުގައި ބޭނުންކުރާ ބްރޭންޑް ކިޓާގުޅޭ.

ކޮމިޝަނުގެ ރަސްމީ ކަންކަމުގައި ބޭނުންކުރާ ހުރިހާ އެއްޗެއް އެއްގޮތްކުރުމާއި، އިލެކްޝަންސް ކޮމިޝަން ބްރޭންޑެއްގެ ގޮތުގައި ޢާންމުންނަށް ފެންނާނެ ގޮތެއްގެމަތީން ޕްރޮމޯޓް ކުރުމަށްޓަކައި، ޕަބްލިކް ރިލޭޝަންސް ސެކްޝަނުން 2025 އޮގަސްޓު 06 ގައި ކޮމިޝަނަށް ހުށަހަޅާފައިވާ އެ ސެކްޝަނުގެ ނަންބަރު(MEMO)BA/2025/06: މެމޯގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން، ސްޓާފް ކާޑު، ލެންޔާޑް، ބިޒްނަސް ކާޑު، ލަގެޖް ޓެގް، ފޮށިގަނޑު ލޭބަލް، އީމެއިލް ބެނަރ އަދި އެކްޓިވިޓީ ޔުނިފޯމު ޑިޒައިން ފާސްކޮށް، އެގޮތުގެމަތީން ބޭނުންކުރަން ފެށުމަށް، ކޮމިޝަނުގެ 881 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

މިގޮތުން، އެކްޓިވިޓީ ޔުނިފޯމުގެ ޑިޒައިންގެ ކުރެހުން ކޮމިޝަނުން ފާސްކޮށްފައިވާތީ އެގޮތުގެމަތީން އެކްޓިވިޓީ ޔުނިފޯމު ހޯދުމަށާއި، އެހެންނަމަވެސް، ޑިޒައިންގެ ސަބަބުން އެކްޓިވިޓީ ޔުނިފޯމު ނުލިބި ދިގުލައިގެން ހިނގައިދާނެ ޙާލަތެއް މެދުވެރިވެރިވާނަމަ، އެކަމެއް އިދާރީގޮތުން ޙައްލު ކުރުމަށްވެސް، ކޮމިޝަނުގެ 881 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

އަދި، ކޮމިޝަނުގެ އެކްޓިވިޓީ ޔުނިފޯމު، ކޮމިޝަނަށް ޚާއްޞަކޮށްފައިވާ ދަނބުކުލައިންނާއި، އަޅިކުލައިން ބޭނުންކުރަން ފެށުމަށާއި، މިހާރުވެސް ބޭނުންކުރަމުންދާ ގޮތުގެމަތީން އަތްދިގު ޔުނިފޯމު އަންހެން މުވައްޒަފުންނަށް އަދި އަތްކުރު ޔުނިފޯމު ފިރިހެން މުވައްޒަފުންނަށް ޚާއްޞަކޮށް، އަދި މިހާރުވެސް ދޫކޮށްފައިވާ ހުދުކުލައިގެ ޔުނިފޯމު އެގޮތުގެމަތީން ބޭނުންކުރުން އެންމެ ރަނގަޅުކަމަށް، ކޮމިޝަނުގެ 881 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

  3. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު 2026 ގައި ބޭނުންކުރާ ޓެމްޕްލޭޓްތައް އަދި ޝިޢާރާ ގުޅޭ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު 2026 ގައި ބޭނުންކުރާ ޓެމްޕްލޭޓްތަކާއި ޝިޢާރު، ތިރީގައި މިދަންނަވާ އިޞްލާޙުތަކާއެކު ފާސްކުރުމަށް، ކޮމިޝަނުގެ 881 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

1. މީސްމީޑިއާ ޓެމްޕްލޭޓްތައް

· ޕަބްލިކް ރިލޭޝަންސް ސެކްޝަންގެ ނަންބަރު(MEMO)BA/2025/7: މެމޯއިން ހުށަހަށާފައިވާ ޑިޒައިންތައް ފާސްކޮށް، އެގޮތުގެމަތީން ބޭނުންކުރަން ނިންމުން.

2. ބެނަރ ޓެމްޕްލޭޓް

· ޕަބްލިކް ރިލޭޝަންސް ސެކްޝަންގެ ނަންބަރު(MEMO)BA/2025/7: މެމޯއިން ހުށަހަށާފައިވާ ޑިޒައިންތައް ފާސްކޮށް، އެގޮތުގެމަތީން ބޭނުންކުރަން ނިންމުން.

· ބެނަރތައް ވީހާވެސް ސާދާކޮށް ފަރުމާކުރުމަށާއި، އަދި ބެނަރތަކުގެ ޑިޒައިންތަކުން ދިވެހިރާއްޖޭގެ ޗާޓު ސާފުނުވާތީއާއި، ޗާޓުގެ ކުރެހުން އުނިކުރަން ނިންމުން.

3. ކާޑު ޓެމްޕްލޭޓް

· ޕަބްލިކް ރިލޭޝަންސް ސެކްޝަންގެ ނަންބަރު(MEMO)BA/2025/7: މެމޯއިން ހުށަހަޅާފައިވާ ޑިޒައިން ފާސްކޮށް، އެގޮތުގެމަތީން ބޭނުންކުރަން ނިންމުން.   

4. ސެޓްފިކެޓް/ ހަނދާނީ ލިޔުން

· ޕަބްލިކް ރިލޭޝަންސް ސެކްޝަންގެ ނަންބަރު(MEMO)BA/2025/7: މެމޯއިން ހުށަހަޅާފައިވާ ޑިޒައިން ފާސްކޮށް، އެގޮތުގެމަތީން ބޭނުންކުރަން ނިންމުން.  

5. ދަޢުވަތު ކާޑު

· ޕަބްލިކް ރިލޭޝަންސް ސެކްޝަންގެ ނަންބަރު(MEMO)BA/2025/7: މެމޯއިން ހުށަހަޅާފައިވާ ޑިޒައިން ފާސްކޮށް، އެގޮތުގެމަތީން ބޭނުންކުރަން ނިންމުން.  

6. އިންތިޚާބު ޓީޝާޓު

· ޕަބްލިކް ރިލޭޝަންސް ސެކްޝަންގެ ނަންބަރު(MEMO)BA/2025/7: މެމޯއިން ހުށަހަޅާފައިވާ ޓީޝާޓުތަކުގެ ތެރެއިން، ކަޅުކުލައިގެ ޓީޝާޓު، ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު 2026 ގެ އިވެންޓު ޓީޝާޓުގެ ގޮތުގައި ބޭނުންކުރަން ފާސްކުރުން.

· މި ޓީޝާޓު ދާއިމީ އަދި ވަގުތީ މުވައްޒަފުންވެސް، ބޭނުންކުރުމަށް ނިންމުން.

· އަދި، އިންތިޚާބުގެ ނަން ވީހާވެސް ބޮޑަށް ފެންނާނެހެން ޓީޝާޓުގައި ބަޔާންކުރުމަށާއި، އަދި މި ނަން ޓީޝާޓުގެ ފަހަތުން އަތުކުރިއާ ހަމައިން ފުރަގަހުން ހޮރިޒޯންޓަލްކޮށް ލިޔެ، އެގޮތުގެމަތީން ޑިޒައިން ބަދަލުކުރަން ނިންމުން.

7. އިންތިޚާބުގެ ޝިޢާރު

· ޕަބްލިކް ރިލޭޝަންސް ސެކްޝަންގެ ނަންބަރު(MEMO)BA/2025/7: މެމޯއިން ހުށަހަޅާފައިވާ ގޮތުގެމަތީން، ކޮމިޝަނުގެ މުވައްޒަފުންނަށް ހުޅުވާލައިގެން ލޯގޯ އަދި ޝިޢާރު ފަރުމާކުރަން ނިންމުން.

· ލޯގޯ އަދި ޝިޢާރާ ގުޅިގެން ލިބޭ ހުށަހެޅުންތައް ވިހާވެސް އަވަހަށް ކޮމިޝަނަށް ހުށަހަޅައިގެން ފާސްކޮށް ނިންމުން.  

4. އިންތިޚާބުތަކުގެ މަސައްކަތްތަކަށް ނަގާ ފަރާތްތައް ހަމަޖެއްސުމާއި، ދެވޭ އުޖޫރައާއި ޢިނާޔަތްތަކާއި، އެފަރާތްތައް އައްޔަނު ކުރުމުގެ އުޞޫލުތަކާގުޅޭ.

އިންތިޚާބުތަކުގެ މަސައްކަތްތަކަށް ނަގާ ފަރާތްތައް ހަމަޖެއްސުމާއި، ދެވޭ އުޖޫރައާއި ޢިނާޔަތްތަކާއި، އެފަރާތްތައް އައްޔަނުކުރުމުގެ އުޞޫލުތަކަށް، ތިރީގައި މިދަންނަވާ ގޮތުގެމަތީން އިޞްލާޙުކޮށް ފާސްކުރުމަށް، ކޮމިޝަނުގެ 881 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

· ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަނުގެ ނަންބަރު(MEMO)BB/2025/79: މެމޯއިން ހުށަހަޅާފައިވާ އެންމެހާ އިޞްލާޙުތައް އެގޮތުގެމަތީން ފާސްކުރުން.

· އިންތިޚާބުގެ ބޭނުމަށް ނަގާ ހުރިހާ ފަރާތްތަކަކީ ކޮމިޝަނުން ނިންމައިގެން ނަގާ/ހަމަޖައްސާ ފަރާތްތަކެއްގެ ގޮތުގައި ކަނޑައެޅުން.

· ޤައުމީ ސަލާމަތަށް ނުރައްކާވާނެ ފަރާތްތައް އިންތިޚާބުގެ މަޤާމަކަށް ނުނެގޭނެކަން، އިންތިޚާބުގެ ބޭނުމަށް ނަގާ ހުރިހާ ފަރާތްތަކެއް ނެގުމުގައި ޢަމަލުކުރާ އުޞޫލުތަކުގައި ބަޔާންކުރުން.

· އުޞޫލުގައި ފާހަގަކޮށްފައިވާ މައްސަލަ: މައްސަލައަކީ އިންތިޚާބުގެ މަސައްކަތްތަކަށް ނަގާ ފަރާތަކާ ގުޅިގެން ކޮމިޝަނުގެ އިދާރާއަށް މައްސަލައެއް ހުށަހެޅި، އެ މައްސަލަ ބެލުމަށްފަހު، ސާބިތުވާ ކަންކަމާ ގުޅިގެން ކޮމިޝަނުން ފިޔަވަޅު އަޅާފައިވާ ފަރާތްތައްކަން އެނގޭނެ ފަދައިން އުޞޫލުތަކުގެ ޢިބާރާތް ބަދަލުކުރުން.

· ކޮމިޝަނުގެ މުވައްޒަފުންނަށް އިންތިޚާބު އެލަވަންސް ދިނުމުގައި ބަލާނީ، އެ އިންތިޚާބެއްގައި މަސައްކަތްކޮށްފައިވާ މުވައްޒަފުން ކަމުގައި ކަނޑައަޅައި، އެލަވަންސް ހިސާބުކުރުމުގައި ބަލާނީ އިންތިޚާބު އޮންނަ ދުވަސް ހިމެނޭހެން، ފާއިތުވެދިޔަ 30 ދުވަހުގެ ހާޟިރީއަށް ކަމަށާއި، މިގޮތުން، އެލަވަންސް ދިނުމުގައި މަތީގައި ބަޔާންކޮށްފައިވާ 30 ދުވަހުގެ ޙާޟިރީން ބަލާނީ އެ މުވައްޒަފަކު މަސައްކަތަށް ޙާޟިރުވާ ދުވަސްތަކަށް އެކަނިކަމަށް ކަނޑައެޅުން. (މި 30 ދުވަހުގެ މުއްދަތުގައި މުވައްޒަފު ނަގާ ސަލާމާއި، ޗުއްޓީދުވަސްތައް މި އެލަވަންސް ދިނުމުގައި ނުގުނޭނެކަމަށް ކަނޑައެޅުން).

· އިންތިޚާބުގެ މަސައްކަތްތަކަށް ނަގާ ފަރާތްތަކުގެ ތެރެއިން، އެއްވެސް ސަބަބަކާ ހުރެ ކޮމިޝަނަށް ޚިދުމަތް ފޯރުކޮށް ނުދެވޭ ފަރާތްތަކާއި، ޚިދުމަތުގެ މުއްދަތު މެދުކެނޑޭ ފަރާތްތަކަށް، އެ ފަރާތެއްގެ ކޮންޓްރެކްޓް ބާޠިލްކޮށްލެވޭނެ ކަމަށް ކަނޑައެޅުން. އަދި، ވަޒީފާ އެއްބަސްވުމުގައި މިކަން ތަފްޞީލްކުރުން.

· ފޯކަލް ޕޮއިންޓުންނާއި އިންތިޚާބުގެ އެހެނިހެން މަސައްކަތްތަކަށް ނަގާ ހުރިހާ ފަރާތްތައް، އެ ފަރާތްތަކުގެ އިޤުރާރުގައި ދީފައިވާ މަޢުލޫމާތަކީ ޞައްޙަ މަޢުލޫމާތު ނޫންކަން ސާބިތުވާ ހިސާބުން ޤާނޫނާއި ގަވައިދާ އެއްގޮތްވާ ގޮތުގެމަތީން އެ ފަރާތްތަކަށް ފިޔަވަޅު އެޅޭނެކަމަށް ކަނޑައެޅުން.

· އިންތިޚާބުގެ މަސައްކަތަށް ނަގާ ފަރާތްތައް ބްލެކްލިސްޓު ކުރެވޭނީ، ބްލެކްލިސްޓުކުރުމާބެހޭ އުޞޫލާ އެއްގޮތްވާ ގޮތުގެމަތީންކަން، އުޞޫލުތަކުގައި ބަޔާންކުރުން.

· އިންތިޚާބުގެ މަސައްކަތަށް ނަގާ ފަރާތްތަކުގެ މުސާރައާއި ޢިނާޔަތްތަކަށް ކަނޑައަޅާ ފައިސާ ވަކިވަކީން ބަޔާންކުރުމުގެ ބަދަލުގައި، ކޮމިޝަނުން ފާސްކުރާގޮތެއްގެ މަތީންކަން ބަޔާންކޮށް، އުޞޫލުތަކުގެ ޢިބާރާތްތައް އެއްހަމަކުރުން.

· އިންތިޚާބުގެ މަސައްކަތަށް ނަގާ ފަރާތްތަކުގެ ޕްރޮބޭޝަން މުއްދަތެއް ނޯންނާނެކަމުގައި ކަނޑައެޅުން.

· އިންތިޚާބުގެ މަސައްކަތަށް ހެޑް ކޯޑިނޭޓަރުން ނަގާނީ، ކޮމިޝަނުގެ މުވައްޒަފުންގެ ތެރެއިން ކޮމިޝަނުން ކަނޑައަޅާ ފަރާތްތަކެއް ކަމަށާއި، އެ މާއްދާ 2 ގެ 2.2 ގެ ތިރިއަށް އަކުރެއް އިތުރުކޮށް، މުވައްޒަފުންގެ ތެރެއިން ހެޑް ކޯޑިނޭޓަރުން ނުލިބޭ/މަދުވާ ޙާލަތްތަކުގައި ކޮމިޝަނުން ކަނޑައަޅާ ގޮތެއްގެމަތީން އިންތިޚާބުގެ މަސައްކަތަށް ހެޑް ކޯޑިނޭޓަރުން ހަމަޖައްސާނެކަން ބަޔާންކުރުން.

· އިންތިޚާބުގެ މަސައްކަތްތަކަށް ނަގާ ހުރިހާ ފަރާތްތަކެއް ނެގުމުގައި ބަލާނީ "އިންތިޚާބުތަކުގެ މަސައްކަތްތަކަށް ނަގާ ފަރާތްތައް ހަމަޖެއްސުމާއި، ދެވޭ އުޖޫރައާއި ޢިނާޔަތްތަކާއި، އެފަރާތްތައް އައްޔަނުކުރުމުގެ އުޞޫލު" – ވާރޝަން V01,06.08.2025 އާ އެއްގޮތްވާ ގޮތުގެމަތީންކަމަށް ކަނޑައެޅުން.

· ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު 2026 ނިމިގެން، ދެން އަންނަ ރިޔާސީ އިންތިޚާބަކަށް ކޮމިޝަނުގެ ގަވާއިދާއި، އިންތިޚާބަށް މީހުން ނަގާ އުޞޫލުތައް އެއްގޮތްކޮށް، އެފަދައިން މަސައްކަތްތައް ތަރުތީބުކުރުމަށް ވިސްނުން ގެންގުޅުން.

Date
Location
ތިންވަނަ ފަންގިފިލާގެ، މެންބަރުންގެ މީޓިންގ ރޫމް
Time
Number
881

ޖަލްސާއާއި ގުޅުންހުރި ލިޔުންތައް

ޖަލްސާގެ ހާޟިރީޖަލްސާގެ ހާޟިރީ

ޖަލްސާގެ ހާޟިރީ

ކޮމިޝަންގެ މެންބަރުން

  • މުޙައްމަދު ޒާހިދު
  • ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު
  • ޑޮކްޓަރ މުޙައްމަދު ޒާހިރު
  • ޙަސަން ޒަކަރިއްޔާ
  • ޢަބްދުލްޙަސީބު އިސްމާޢީލް

އިސް މުވައްޒަފުން

  • ޢަބްދުﷲ އުނައިސް
  • އާއިޝަތު ޝައްފާފް
  • އަލްއުސްތާޛާ ޢާލިޔާ ޙަނީފް
  • ފާޠިމަތު ޝަބާ ބާޤިރު

އެންމެ ފަހުގެ އިތުރު ޖަލްސާތައް

ޖަލްސާތައް

ކޮމިޝަނުގެ 880 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 879 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 878 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 877 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 876 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 875 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 874 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 873 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 872 ވަނަ ޢާންމު ޖަލްސާ