ޖަލްސާތައް

ކޮމިޝަނުގެ 885 ވަނަ ޢާންމު ޖަލްސާ

 

ތަޢާރަފް

މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދެވެ. ޖަލްސާގައި ކޮމިޝަނުގެ 5 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު، ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، މެންބަރު ޑޮކްޓަރު މުޙައްމަދު ޒާހިރު، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ، އަދި ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް އެވެ.

 

މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.

  1. ސިވިކް އެޑިއުކޭޝަން ޕްރޮގްރާމް ކުރިއަށް ގެންދިއުމަށްޓަކައި ކ.އަތޮޅަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރުތަކުގެ ޕްލޭނާ ގުޅޭ.

ސިވިކް އެޑިއުކޭޝަން އެންޑް ޓްރެއިނިންގ ސެކްޝަނުން ކޮމިޝަނަށް ހުށަހަޅުއްވާފައިވާ ކ.އަތޮޅުގެ 4 ރަށެއްގައި ސިވިކް އެޑިއުކޭޝަން ޕްރޮގަރާމް ކުރިއަށް ގެންދާނޭ ގޮތުގެ ޕްލޭނާއި ލަފާކުރާ ބަޖެޓަށް ތިރީގައި މި ދަންނަވާ ކަންކަން އިތުރުކުރެއްވުމަށްފަހު، އެގޮތުގެމަތީން، ޕްލޭނާއި ބަޖެޓު ފާސްކޮށް، ކ.އަތޮޅުގެ 4 ރަށެއްގައި ސިވިކް އެޑިއުކޭޝަން ޕްރޮގަރާމް ކުރިއަށް ގެންދެވުމަށް، ކޮމިޝަނުގެ 885 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

އިތުކުރެއްވުމަށް ކޮމިޝަނުން ހުށަހަޅުއްވާ ކަންކަން

- ކ. ކާށިދޫއަށް ކުރެއްވުމަށް ތާވަލު ކުރައްވާފައިވާ ދަތުރު، ކ. ގާފަރަށް ބަދަލު ކުރެއްވުން.

- ކ.އަތޮޅުގެ 4 ރަށެއްގައި މި ޕްރޮގްރާމް ހިންގޭނެކަން ކަށަވަރުވާގޮތަށް ދަތުރުގެ އިންތިޒާމްތައް ހަމަޖެއްސެވުން. މިގޮތުން، ފެރީގަޑިތައް މިހާރު ތާވަލުކުރެވިފައިވާ ގޮތުން، ކަނޑުދަތުރުތަކަށް ވަކި އުނދަޅުތަކެއް ހިފަންޖެހޭ ޙާލަތްތަކުގައި އެކަން އެގޮތުގެމަތީން ކުރެއްވުމަށާއި، ޕްރޮގްރާމުގެ ތާވަލުކުރާ ގޮތުން ރަށެއްގައި މަޑުކުރަންޖެހިއްޖެ ޙާލަތެއްގައި، ޕްރޮގަރާމް ބައިތަކަށް އިސްކަންދީގެން އެ ރަށެއްގައި މަޑުކުރެއްވުން އެންމެ ރަނގަޅުކަމަށާއި، އެހެންނަމަވެސް، ދަތުރުގެ ޚަރަދަށް ރިޔާޢަތްކުރެއްވުމާއެކު، ދައުލަތު މާލިއްޔަތަށް ބުރަނުވާނޭ ފަދައިން، ދަތުރުތައް އިންތިޒާމުކުރެއްވުން.

- ޚަރަދު ކުޑަކުރުމުގެ ގޮތުން ދައުލަތުގެ އެހެން ދާއިރާތަކާ މުޢާމަލާތްކޮށް އިލެކްޝަންސް ކޮމިޝަނުން ޕެޓްރޯލް ދިނުމުން ދަތުރުތައް ކުރެއްވޭނެނަމަ، އެފަދައިންވެސް އިންތިޒާމުކުރެއްވުން. 

- ސިވިކް އެޑިއުކޭޝަން ޕްރޮގަރާމްތައް ކުރިއަށް ގެންދެވުމަށްޓަކައި، ޕްލޭންތައް ކޮމިޝަނަށް ހުށަހަޅުއްވާއިރު، މުޅި ޕްރޮގްރާމުން ޙާޞިލުކުރެއްވުމަށް ބޭނުންވާ ކަންކަން ޕްލޭންތަކުގައި ހިމެނެއްވުން. 

 

   2. ފައިނޭންސް ސެކްޝަނުގެ އޮފިސަރ (ދާއިމީ / ޖީ.އެސް 3) ގެ މަޤާމަށް މުވައްޒަފަކު ނެގުމާ ގުޅޭ.

ފައިނޭންސް ސެކްޝަނުގެ އޮފިސަރ (ޖީއެސް 3 – ދާއިމީ) ގެ މަޤާމަށް މުވައްޒަފަކު ހޯދުމަށް ކޮށްފައިވާ މި ކޮމިޝަނުގެ ނަންބަރު:(IU)38-BB/38/2025/114 އިޢުލާނާ ގުޅިގެން އެ މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެ މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން، ތަޢުލީމާއި މަސައްކަތު ތަޖުރިބާއަށް ބެލުމަށްފަހު ކުރެވުނު އިންޓަރވިއު އަދި ޓެސްޓަށް ބަލައި އެންމެ މަތިން މާރކްސް ލިބިފައިވާ ހއ.ފިއްލަދ، މަންޒިލް، މުޙައްމަދު ނާހިލް (A166439) ފައިނޭންސް ސެކްޝަނުގެ އޮފިސަރ (ޖީއެސް 3 – ދާއިމީ) މަޤާމަށް އުޞޫލުތަކާއި ގަވާއިދުތަކާއި އެއްގޮތްވާ ގޮތުގެމަތިން ހަމަޖެއްސުމަށް، ކޮމިޝަނުގެ 885 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.   

 

  3. 2025 ނޮވެންބަރު 3 އިން 7 އަށް ރިޕަބްލިކް އޮފް ކޮރެއާގެ އިންޗިއޯން މެޓްރޮޕޮލިޓަން ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ މީޑިއާ ކެޕޭސިޓީ ޑިވެލޮޕްމަންޓް ޕްރޮގްރާމްގައި ބައިވެރިވުމަށްއެދި އޭ-ވެބްއިން މި ކޮމިޝަނަށް ފޮނުއްވާފައިވާ ދަޢުވަތާ ގުޅޭ.

2025 ނޮވެންބަރު 3 އިން 7 އަށް ރިޕަބްލިކް އޮފް ކޮރެއާގެ އިންޗިއޯން މެޓްރޮޕޮލިޓަން ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ މީޑިއާ ކެޕޭސިޓީ ޑިވެލޮޕްމަންޓް ޕްރޮގްރާމްގައި، ޕަބްލިކް ރިލޭޝަން ސެކްޝަނުގެ ހެޑް، ކޮމިއުނިކޭޝަން އެގްޒެކެޓިވް މަރްޔަމް ޝާހިޔާ އަދި ސިވިކް އެޑިއުކޭޝަން އެންޑް ޓްރެއިނިންގ ސެކްޝަނުގެ ހެޑް، ޓްރެއިނަރ ފާޠިމަތު ޒުހުދާ ބައިވެރިވެ ވަޑައިގެންނެވުމަށް، ކޮމިޝަނުގެ 885 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.    

 

  4. 2025 އޮކްޓޫބަރު 4 ގައި ޖޯޖިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ މުނިސިޕަލް ކައުންސިލް އޮބްޒާވް ކުރެއްވުމަށް ދަޢުވަތު ދެއްވައި، ދަ ސެންޓްރަލް އިލެކްޝަން ކޮމިޝަން އޮފް ޖޯޖިއާ އިން ފޮނުއްވާފައިވާ ސިޓީއާ ގުޅޭ.

2025 އޮކްޓޫބަރު 4 ގައި ޖޯޖިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ މުނިސިޕަލް ކައުންސިލް އޮބްޒާވް ކުރެއްވުމަށް އެދިވަޑައިގެން، ސެންޓްރަލް އިލެކްޝަން ކޮމިޝަން އޮފް ޖޯޖިއާ އިން ފޮނުއްވާފައިވާ ދަޢުވަތާ ގުޅިގެންނާއި، 2025 އޮކްޓޫބަރު 2 ވަނަ ދުވަހު ތާވަލުކޮށްފައިވާ މިސްއިންފޮރމޭޝަން އަދި ޑިސްއިންފޮރމޭޝަން ސެޝަންގައި ބައިވެރިވެ ވަޑައިގެންނެވުމަށްޓަކައި، ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު އަދި ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް، 2025 އޮކްޓޫބަރ 1 އިން 5 ގެ ނިޔަލަށް ޖޯޖިއާއަށް ވަޑައިގެންނެވުމަށް، ކޮމިޝަނުގެ 885 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

  5. ޗައިނާ ސަރުކާރުގެ ދަޢުވަތަކަށް، 2025 ސެޕްޓެންބަރު 15 އިން 20 ގެ ނިޔަލަށް، ޗައިނާއަށް ކުރެއްވުމަށް ހަމަޖެހިފައިވާ ހައި-ލެވެލް ޑެލިގޭޝަންއާ ގުޅޭ.

ޗައިނާ ސަރުކާރުގެ ދަޢުވަތަކަށް، 2025 ސެޕްޓެންބަރު 15 އިން 20 ގެ ނިޔަލަށް، ޗައިނާއަށް ކުރެއްވުމަށް ހަމަޖެހިފައިވާ ހައި-ލެވެލް ޑެލިގޭޝަންގައި ތިރީގައި ދަންނަވާފައިއެވާ ބޭފުޅުން ބައިވެރިވެވަޑައިގެންނެވުމަށް، ކޮމިޝަނުގެ 885 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

- ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު (ހެޑް އޮފް ޑެލިގޭޝަން)

- ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ

- ސެކްރެޓަރީ ޖެނެރަލް ޢަބްދުﷲ އުނައިސް

- އެސިސްޓެންޓް ޑިރެކްޓަރ ފާޠިމަތު ޝަބާ ބާޤިރު

- ޑިރެކްޓަރ ޝަހުލާ އިސްމާޢީލް

- ޑިރެކްޓަރ އާމިނަތު އަޒީފާ

- ޑިރެކްޓަރ ޢާއިޝަތު ޝައްފާފް

- ޕަބްލިކް ރިލޭޝަންސް ސެކްޝަނުގެ އޮފިސަރ މުޙައްމަދު ޢާއިޝް

 

  6. އެސޯސިއޭޝަން އޮފް ވޯލޑް އިލެކްޝަން ބޮޑީސް (އޭ-ވެބް) ގެ “2024 to 2025’s Best Practices or Initiatives Award” ، އަށް މިކޮމިޝަނުން ހުށަހަޅުއްވާ ހުށަހެޅުއްވުމާ ގުޅޭ.

އެސޯސިއޭޝަން އޮފް ވޯލްޑް އިލެކްޝަން ބޮޑީސް (އޭ-ވެބް) ގެ “2024 to 2025’s Best Practices or Initiatives Award” އަށް، މިކޮމިޝަނުން ހުށަހެޅުއްވުމަށް ކޮމިޝަނަރސް ބިއުރޯއިން ތައްޔާރު ކުރައްވާފައިވާ ހުށަހެޅުން، “Digital Voter Re-Registration: Modernizing Electoral Management in the Maldives” އޭ-ވެބަށް ހުށަހެޅުއްވުމަށް ކޮމިޝަނުގެ 885 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

  7. އިލެކްޝަންސް ކޮމިޝަނުގެ މަސައްކަތްތައް ރަނގަޅުކުރުމަށްޓަކައި އަދި، މިހާތަނަށްކޮށްފައިވާ މަސައްކަތްތައް އެނގޭނެގޮތަށް ލިޔެކިޔުމުން ރައްކާކުރެއްވުމުގެ ބޭނުމުގައި އިލެކްޝަންސް ކޮމިޝަނަށް ލިބިފައިވާ ކުރިއެރުންތަކާއި، މި ކޮމިޝަނުގެ މަސައްކަތްތައް ޕްރޮފެޝަނަލްކޮށް އެހެން ފަރާތްތަކަށް ދެއްކުމުގެވެސް ބޭނުމުގައި، ރޯލް އައުޓް ޕްލޭނެއް އެކުލަވާލުމާގުޅޭ.

އިލެކްޝަންސް ކޮމިޝަނުގެ މަސައްކަތްތައް ރަނގަޅުކުރުމަށްޓަކައި އަދި، މިހާތަނަށްކޮށްފައިވާ މަސައްކަތްތައް އެނގޭނެގޮތަށް ލިޔެކިޔުމުން ރައްކާކުރެއްވުމުގެ ބޭނުމުގައި އިލެކްޝަންސް ކޮމިޝަނަށް ލިބިފައިވާ ކުރިއެރުންތަކާއި، މި ކޮމިޝަނުގެ މަސައްކަތްތައް ޕްރޮފެޝަނަލްކޮށް އެހެން ފަރާތްތަކަށް ދެއްކުމުގެވެސް ބޭނުމުގައި، ރޯލް އައުޓް ޕްލޭނެއް އެކުލަވާލުމަށް، ކޮމިޝަނުގެ 885 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

މިގޮތުން، މި މަސައްކަތްތަކުގެ ޓާގެޓްތަކެއް ކަނޑައަޅުއްވައި، 2026 ވަނަ އަހަރުގެ މަސައްކަތު ތާވަލުގެ ތެރެއަށް ސްޓްރެޓެޖިކް މަސައްކަތެއްގެ ގޮތުގައި ބަލައިގެން އެ މަސައްކަތް ކުރާނޭގޮތުގެ ޕްލޭނެއް ތައްޔާރުކުރައްވައި، 2025 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް ސެކްރެޓަރީ ޖެނެރަލް އެ ޕްލޭން، ކޮމިޝަނަށް ހުށަހެޅުއްވުމަށް، ކޮމިޝަނުގެ 885 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

   8. ކޮމިޝަނުގެ ރަސްމީ ޖަލްސާތަކުގެ ޔައުމިއްޔާތައް ލިޔެ ނިންމުމާގުޅޭ.

ކޮމިޝަނުގެ ރަސްމީ ޖަލްސާތަކުގެ ނުނިމިހުރި ޔައުމިއްޔާތަކުގެ ތެރެއިން 10 ޔައުމިއްޔާ ކުރިއަށްއޮތް ދެ ހަފްތާ ތެރޭގައި ނިންމުމަށާއި، އަދި އިދާރީގޮތުން މިފަދަ ކަންކަން މިގޮތަށް ދިމާނުވޭނޭ ގޮތެއްގެ މަތީން ސެކްރެޓަރީ ޖެނެރަލް ކޮމިޝަނުގެ އިދާރާގެ މަސައްކަތްތައް ތަރުތީބުކުރެއްވުމަށާއި، އިދާރީގޮތުން ދިމަވާ މިފަދަ ކަންކަމަކީ ކޮމިޝަނަށް ހުށަހަޅައިގެން ގޮތެއް ނިންމެވުމުގެ ކުރީން، ސެކްރެޓަރީ ޖެނެރަލް އެކަންކަމަށް ގޮތެއް ނިންމަވާ ޙައްލުކުރަންޖެހޭނެ ކަންކަން ކަމަށްވެސް، ކޮމިޝަނުގެ 885 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

Date
Location
ތިންވަނަ ފަންގިފިލާގެ، މެންބަރުންގެ މީޓިންގ ރޫމް
Time
Number
885

ޖަލްސާއާއި ގުޅުންހުރި ލިޔުންތައް

ޖަލްސާގެ ނިންމުންތައްޖަލްސާގެ ހާޟިރީ

ޖަލްސާގެ ހާޟިރީ

ކޮމިޝަންގެ މެންބަރުން

  • މުޙައްމަދު ޒާހިދު
  • ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު
  • ޑޮކްޓަރ މުޙައްމަދު ޒާހިރު
  • ޙަސަން ޒަކަރިއްޔާ
  • ޢަބްދުލްޙަސީބު އިސްމާޢީލް

އިސް މުވައްޒަފުން

  • ޢަބްދުﷲ އުނައިސް
  • ޝަހުލާ އިސްމާޢީލް
  • މުޙައްމަދު އަނީލް
  • އާއިޝަތު ޝައްފާފް
  • އާމިނަތު އަޒީފާ
  • އަލްއުސްތާޛާ ޢާލިޔާ ޙަނީފް
  • ފާޠިމަތު ޝަބާ ބާޤިރު

އެންމެ ފަހުގެ އިތުރު ޖަލްސާތައް

ޖަލްސާތައް

ކޮމިޝަނުގެ 891 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމާ ގުޅިގެން ބާއްވާ 01 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 489 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 488 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 890 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 487 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 486 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 889 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 485 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 888 ވަނަ ޢާންމު ޖަލްސާ