ޖަލްސާތައް

ކޮމިޝަނުގެ 889 ވަނަ ޢާންމު ޖަލްސާ

 

ތަޢާރަފް

މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދެވެ. ޖަލްސާގައި ކޮމިޝަނުގެ 4 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު، ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ، އަދި ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް އެވެ.

މެންބަރު ޑޮކްޓަރު މުޙައްމަދު ޒާހިރު ހުންނެވީ ޢުމުރާ ޗުއްޓީގައެވެ.

 

މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.

   1.      އަހަރީ އޮޑިޓް ޕްލޭން 2025 އާ ގުޅޭ.

އިންޓަރނަލް އޮޑިޓް އަހަރީ އޮޑިޓް ޕްލޭން ތައްޔާރު ކުރުމުގައި އަންނަނިވި ކަންތައްތަކަށް ސަމާލުކަން ދެއްވައިގެން ރިޕޯޓު އެކުލަވާލުމަށް ކޮމިޝަނުގެ 889 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ. 

· ވަކި ސްކޯޕެއްގެ ތެރޭގައި އެއް ކޮންސިސްޓެންސީއެއް ހިފަހައްޓައިގެން ރިއަލިސްޓިކް މަސައްކަތެއް ކުރުމަށް ފޯކަސް ކުރުމާއި، ކޮމިޝަނަށް ދެއްވާ ހުރިހާ ރެކަމެންޑޭޝަންތަކަކީ އޭގެ ޒާތުގައި ކުރެވޭވަރުގެ މަސައްކަތްތަކެއްގެ ގޮތުގައި ހެދުމާއި، ވީވަރަކުން ޙަޤީޤަތާއި އެއްގޮތަށް ރިޕޯޓު ތައްޔާރު ކުރުމުގެ އިތުރުން ކޮންމެ އޮޑިޓެއް ހަދާއިރުވެސް ޕާރފޯމަންސް އޮޑިޓަކަށްވާތީ ލިމިޓް ކުރެވޭގޮތަކަށް ސްކޯޕް ގެންގުޅުން.

· 2025 ވަނަ އަހަރުގެ އޮޑިޓް ޕްލޭންގައި މިހާރު ހުށަހަޅާފައިވާ ކަންތައްތަކަކީ ކުރެވޭވަރުގެ ކަމެއްތޯއާއި، މި މަސައްކަތްތައް ކަނޑައަޅުއްވާފައިވާ ޓާގެޓްތަކަށް ނިންމާލެވޭނެކަން ކަށަވަރުކުރުން.

· ޕަރފޯމަންސް އޮޑިޓްގެ މަސައްކަތްތައް މިހާރަށްވުރެ ރަނގަޅަށް ކުރުމަށްޓަކައި އިންޓަރނަލް އޮޑިޓް ސެކްޝަނުގައި ހުރި ގޮންޖެހުންތަކާއި، މަސައްކަތްތައް މިހާރަށްވުރެ ރަނގަޅުކުރުމަށް ކުރެވިދާނެ ކަންތައްތަކާގުޅޭގޮތުން ސެކްރެޓަރީ ޖެނެރަލްއާ މަޝްވަރާ ކުރެއްވުމަށްފަހު 2025 ޑިސެންބަރުގެ ނިޔަލަށް ކޮމިޝަނަށް ހުށަހެޅުން.

· އިސްވެ ދެންނެވުނު ކަންކަމާއެކު މިހާރު އިންޓަރނަލް އޮޑިޓުން ހުށަހަޅުއްވާފައިވާގޮތަށް 2025 ވަނަ އަހަރުގެ އެންމެފަހު ކްއާރޓަރގައި އިންޓަރނަލް އޮޑިޓްގެ މަސައްކަތް ކުރިއަށް ގެންދިއުން.

 

  2. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގައި ބޭނުންކުރާނެ ޝިޢާރު އަދި ލޯގޯ ކަނޑައެޅުމާގުޅޭ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގައި ބޭނުންކުރާނެ ޝިޢާރު އަދި ލޯގޯ ގެ ގޮތުގައި ޕަބްލިކް ރިލޭޝަންސް ސެކްޝަނުން ހުށަހަޅުއްވާފައިވާ ލޯގޯތަކުގެ ތެރެއިން ސާމްޕަލް 19 ވަނައިގައިވާ ލޯގޯ އަދި ޝިޢާރުގެ ގޮތުގައި "މަގޭވޯޓު ރަށުގެ ކުރިމަގު" ކޮމިޝަނުގެ 889 ވަނަ ޢާންމު ޖަލްސާގައިވަނީ ފާސް ކުރައްވާފައެވެ.

 

   3 އިންތިޚާބުގެ މަސައްކަތްތަކަށް ނެގޭ މުވައްޒަފުންގެ މުސާރަދިނުމާ ގުޅޭ.

އިންތިޚާބުގެ މަސައްކަތްތަކަށް ނެގޭ މުވައްޒަފުންގެ މުސާރަ ފާއިތުވި މަހުގެ 16 އިން ހިނގާމަހުގެ 15 އަށް ދިނުމަށް ކޮމިޝަނުގެ 882 ވަނަ ޢާންމު ޖަލްސާގައި ނިންމަވާފައިވީނަމަވެސް ސިސްޓަމްގެ ތެރެއިން ދެ ޕޭ ރޯލް ސައިކަލް ރަން  ކުރުމަކީ ނުކުރެވޭނެ ކަމެއްކަން މެޓްރިކް ސިސްޓަމްގެ ވެންޑަރ ޔަޤީންކޮށް ދެއްވާފައިވުމާއެކު، މި މަސައްކަތް މެނުއަލްކޮށްނޫން ގޮތަކަށް ކުރިއަށް ގެންދެވެން ނެތަތީ މުސާރައިގެ މަސައްކަތްތައް މެނުއަލްކޮށް ކުރައްވާއިރު ވީހާވެސް ބޮޑަކަށް ކުށް މަދުކުރެވޭނެ ގޮތްތަކަށް ބަލައިގެން ކުރުމަށް ކޮމިޝަނުގެ 889 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

   4. ޕްރޮކިއުމަންޓް ސެކްޝަނުގެ އޮފިސަރ، ނަޝާ ނަސީމްގެ ޕްރޮބޭޝަން ރިޕޯޓާ ގުޅޭ.

ޕްރޮކިއުމަންޓް ސެކްޝަނުގެ އޮފިސަރ، ނަޝާ ނަސީމްގެ ޕްރޮބޭޝަން މުއްދަތުގައި މަސައްކަތް ކޮށްފައިވާގޮތުގެ ރިޕޯޓަށް ރިޔާޢަތްކޮށް މިމުވައްޒަފުގެ ސުޕަވައިޒަރ (ސެކްޝަން ހެޑް)، ޑިވިޜަން ހެޑް އަދި ސެކްރެޓަރީ ޖެނެރަލް، މި މުވައްޒަފު ދާއިމީ ކުރުމަށް ފެންނަކަމަށް ބަޔާންކޮށްފައިވާތީ، ކަނޑައެޅިފައިވާ އުޞޫލާ އެއްގޮތަށް ޕްރޮކިއުމަންޓް ސެކްޝަނުގެ އޮފިސަރ، ނަޝާ ނަސީމް ދާއިމީ ކުރުމަށް، ކޮމިޝަނުގެ 889 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

   5. ވޯޓުލާން އަންނަ ފަރާތްތަކުގެ ތެރެއިން ކިއުގައި މަޑުނުކޮށް ވޯޓުލެވޭނެ ފަރާތްތަކާގުޅޭ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު 2026 ގައި ވޯޓުލާން އަންނަ ފަރާތްތަކުގެ ތެރެއިން ކިއުގައި މަޑުނުކޮށް ވޯޓުލެވޭނެ ފަރާތްތަކުގެ ތެރެއަށް ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުގެ ފަނޑިޔާރުން އިތުރުކުރުމަށްފަހު، ތިރީގައި ދަންނަވާފައިއެވާ ގޮތުގެމަތިން ލިސްޓު ތަރުތީބު ކުރުމަށް، ކޮމިޝަނުގެ 889 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

1. ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން.

2.  ދިވެހިރާއްޖޭގެ ރައީސުޖުމްހޫރިއްޔާގެ ނައިބާއި އެ ބޭފުޅާގެ އަނބިކަނބަލުން.

3. ދިވެހިރާއްޖޭގައި ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުންނާއި އެބޭފުޅުންގެ އަނބިއަނބިކަނބަލުން.

4. ދިވެހިރާއްޖޭގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ކުރައްވާފައިވާ ބޭފުޅުންނާއި އެ ބޭފުޅުންގެ އަނބިއަނބިކަނބަލުން.

5. ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަނބިކަނބަލުން.

6. ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައިސާއި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ އަނބިކަނބަލުން.

7. ދައުލަތުގެ ވަޒީރުންނާއި އެބޭފުޅުންގެ އަނބިއަނބިކަނބަލުންނާއި ފިރިކަލުން.

8. އުއްތަމަ ފަނޑިޔާރާއި އުއްތަމަ ފަނޑިޔާރުގެ އަނބިކަނބަލުން.

9. ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުން، ދިވެހިރާއްޖެގެ ހައިކޯޓުގެ ހުރިހާ ފަނޑިޔާރުން، ސުޕީރިއާ ކޯޓުތަކުގެ އިސް ޤާޟީން (ސިވިލް ކޯޓު، ފެމިލީ ކޯޓު، ޑްރަގް ކޯޓު، ޖުވެނައިލް ކޯޓު، ކްރިމިނަލް ކޯޓު)

10. ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުގެ ފަނޑިޔާރުން.

11. އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންނާއި މެންބަރުންގެ އަނބިކަނބަލުން.

12. އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅުންނާއި އެބޭފުޅުންގެ އަނބިއަނބިކަނބަލުން.

13. މިނިވަން މުއައްސަސާތަކުގެ މެންބަރުން.

14. އިލެކްޝަންސް ކޮމިޝަނުގެ މުވައްޒަފުން.

15. އިލެކްޝަންސް ކޮމިޝަނުގެ ދައިމީ މުވައްޒަފުންގެ ތެރެއިން، އެކަމަށްއެދޭ މުވައްޒަފުންގެ ޢާއިލީގޮތުން ތިމާގެ (އިމީޑިއެޓް ފެމިލީ) 1 ބޭފުޅެއް.

16. އިންތިޚާބު މަސައްކަތާ ގުޅިގެން ކޮމިޝަނުން ފާސް ދޫކޮށްފައިވާ ފަރާތްތައް. (އިންތިޚާބާބެހޭ ޤައުމީ ލަފާދޭ ކޮމިޓީގެ މެންބަރުން، އޮބްޒާވަރުން، މޮނިޓަރުން، ކެންޑިޑޭޓުންގެ މަންދޫބުން، އޮފިޝަލުން، ފޯކަލް ޕޮއިންޓުން، ފޯކަލް ޕޮއިންޓުންގެ އެހީތެރިން، ކޯޑިނޭޓަރުން، ގްރައުންޑް މެނޭޖަރުން އަސދި ގްރައުންޑް މެނޭޖަރުންގެ އެހީތެރިން)

17. ސިޔާސީ ޕާޓީތަކުގެ ރައީސުން.

18. ރަށު، އަތޮޅު ކައުންސިލްތަކުގެ ރައީސުން.

19. ސިޓީ ކައުންސިލްތަކުގެ މޭޔަރުން.

20. މާބަނޑު އަންހެނުން / ކުޑަކުދިން އުރައިގެން އަންނަ މީހުން.

21.  ދިވެހި ފުލުހުންގެ ޚިދުމަތުގެ ބޭފުޅުންގެ ތެރެއިން ޑިއުޓީގައި ތިއްބަވާ ބޭފުޅުން.

22.  ދިވެހި ޤައުމީ ދިފާޢީބާރުގެ ބޭފުޅުންގެ ތެރެއިން ޑިއުޓީގައި ތިއްބަވާ ބޭފުޅުން.

23.  މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބޭފުޅުންގެ ތެރެއިން ޑިއުޓީގައި ތިއްބަވާ ބޭފުޅުން.

24.  ބަލި ޙާލަތު ހުރިގޮތުން ކޮޅަށް ނުހުރެވޭ، ކިއުގައި ނުތިބެވޭފަދަ މީހުން (ވޯޓުލާ މަރުކަޒުގެ ވެރިޔާގެ ބެލުމުގެދަށުން މިފަދަ މީހުން ކިޔުގައި ނުޖެހި ވޯޓުލުމަށް ފުރުޞަތު ދިނުން)

25.  ޔުނިފޯމުގައި އަންނަ ނަރުހުންނާއި އޮންކޯލްގައި ތިބޭ ޑޮކްޓަރުން.

26. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ ކެންޑިޑޭޓުން.

27.  ވޯޓުލުމުގެ ވަގުތުގައި ދަތުރަކަށް ފުރަން ތައްޔާރުވެފައިވާ ދަތުރުވެރިން.

28.  މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުން ގޭ ބަންދުގައި ތިބޭ ހައި ސެކިއުރިޓީ ކުށްވެރިން.

 

   6. އަލަށް ތަސްދީޤުކުރެވޭ ޤާނޫނު ކޮމިޝަނާ ޙިއްޞާ ކުރުމާއި ގުޅޭ.

ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުން ހުށަހަޅުއްވާފައިވާ އެ ސެކްޝަންގެ ނަންބަރު(MEMO)EA/2025/90: މެމޯގައި، ބަޔާންކުރައްވާފައިވާ އަލަށް ތަސްދީޤު ކުރައްވާފައިވާ ޤާނޫނުތައް ކޮމިޝަނާ ޙިއްޞާ ކުރައްވާފައިވާކަމަށް، ކޮމިޝަނުގެ 889 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

· ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖެގެ އިދާރީ ދައިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤަނޫނު) އަށް 16 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު.

· ޤާނޫނު ނަންބަރު 2025/8 (ބަންޑާރަނައިބުގެ އޮފީހުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު.

· ޤާނޫނު ނަންބަރު 2020/8 (ފެނާއި ނަރުދަމާގެ ޤާނޫނު) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު.

· މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީހުގެ ޤާނޫނު.

· އިންޝުއަރެންސްއާބެހޭ ޤާނޫނު.

   7. ސްރީލަންކާގެ އިލެކްޝަންސް ކޮމިޝަނުގެ ޓޮޕް ލެވެލްގެ ބޭފުޅުންނާއެކު ބޭއްވުމަށް ހަމަޖެހިފައިވާ އޮންލައިން މީޓިންގއާގުޅޭ.

ކުރިމަގުގައި ސްރީލަންކާގެ އިލެކްޝަންސް ކޮމިޝަނާއި، މި ކޮމިޝަނާ ދެމެދު ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން، ސްރީލަންކާގެ އިލެކްޝަންސް ކޮމިޝަނުގެ ޓޮޕް ލެވެލްގެ ބޭފުޅުންނާއެކު ބޭއްވުމަށް ހަމަޖެހިފައިވާ އޮންލައިން މީޓިންގ 2025 ސެޕްޓެންބަރު 30 ވާ އަންގާރަ ދުވަހުގެ ރާއްޖެގަޑިން 10:00 ގައި މި ބައްދަލުވުން ބޭއްވުމަށާއި، އެ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަނުން ބޭނުންވާ ކަންކަން އެނގޭނެ ކަރުދާހެއް ތައްޔާރުކޮށް މި ބައްދަލުވުމުގެ ކުރިން ކޮމިޝަނަރސް ބިއުރޯއިން ކޮމިޝަނުގެ މެންބަރުންނާ ޙިއްޞާކޮށް ދެއްވުމަށް ކޮމިޝަނުގެ 889 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

  8. 2025 އޮކްޓޫބަރު 4 ގައި ޖޯޖިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ މުނިސިޕަލް ކައުންސިލް އޮބްޒާވް ކުރެއްވުމާއި ގުޅޭގޮތުން ކޮމިޝަނުގެ 885 ވަނަ ޢާންމު ޖަލްސާއިން ނިންމަވާފައިވާ ނިންމެވުން މުރާޖަޢާ ކުރެއްވުން.

2025 އޮކްޓޫބަރު 4 ގައި ޖޯޖިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ މުނިސިޕަލް ކައުންސިލް އޮބްޒާވް ކުރެއްވުމާއި ގުޅޭގޮތުން ކޮމިޝަނުގެ 885 ވަނަ ޢާންމު ޖަލްސާއިން ނިންމަވާފައިވާ ނިންމެވުން ކޮމިޝަނުގެ 889 ވަނަ ޢާންމު ޖަލްސާގައިވަނީ މުރާޖަޢާ ކުރައްވާފައެވެ. އެގޮތުން މި ދަތުރުގައި ވަޑައިގެންނެވުމަށް ނިންމަވާފައިވާ ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު އަދި ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް ވަޑައިގެންނެވުމަށް ހަމަޖެހިފައިވީނަމަވެސް، އިންތިޚާބުތަކެއް ކުރިއަށް އޮތުމާއި ގުޅިގެން، ޖޯޖިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ މުނިސިޕަލް ކައުންސިލް އޮބްޒާވް ކުރެއްވުމަށް މި ކޮމިޝަނުން ބައިވެރިވެވަޑައިނުގަންނަވާގޮތަށް، ކޮމިޝަނުގެ 889 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

އަދި މިކަން ދަ ސެންޓްރަލް އިލެކްޝަން ކޮމިޝަން އޮފް ޖޯޖިއާއަށް ރަސްމީކޮށް އެންގުމަށްވެސް ކޮމިޝަނުގެ 889 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

Date
Location
ތިންވަނަ ފަންގިފިލާގެ، މެންބަރުންގެ މީޓިންގ ރޫމް
Time
Number
889

ޖަލްސާއާއި ގުޅުންހުރި ލިޔުންތައް

ޖަލްސާގެ ނިންމުންތައްޖަލްސާގެ ހާޟިރީ

ޖަލްސާގެ ހާޟިރީ

ކޮމިޝަންގެ މެންބަރުން

  • މުޙައްމަދު ޒާހިދު
  • ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު
  • ޙަސަން ޒަކަރިއްޔާ
  • ޢަބްދުލްޙަސީބު އިސްމާޢީލް

އިސް މުވައްޒަފުން

  • ޝަހުލާ އިސްމާޢީލް
  • މުޙައްމަދު އަނީލް
  • އާއިޝަތު ޝައްފާފް
  • އާމިނަތު އަޒީފާ
  • އަލްއުސްތާޛާ ސިނާޔާ ޒަކަރިއްޔާ
  • ޝަހުލާ ރުޝްދީ

އެންމެ ފަހުގެ އިތުރު ޖަލްސާތައް

ޖަލްސާތައް

ކޮމިޝަނުގެ 891 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމާ ގުޅިގެން ބާއްވާ 01 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 489 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 488 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 890 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 487 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 486 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 485 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 888 ވަނަ ޢާންމު ޖަލްސާ