ޖަލްސާތައް

ކޮމިޝަނުގެ 891 ވަނަ ޢާންމު ޖަލްސާ

 

ތަޢާރަފް

މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދެވެ. ޖަލްސާގައި ކޮމިޝަނުގެ 5 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު، ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، މެންބަރު ޑޮކްޓަރު މުޙައްމަދު ޒާހިރު، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ، އަދި ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް އެވެ.

 

މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.

1. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު 2026 ގައި ރިސޯޓުތަކަކާއީ ސިނާއީ މަސައްކަތްކުރާ ތަންތަނާއި، ރާއްޖެއިން ބޭރުގައި ވޯޓުފޮށި ބެހެއްޓުމަށް މަދުވެގެން ވޯޓުލުމަށް ރަޖިސްޓަރީ ކުރާނެ ޢަދަދާއި އެހެންނިހެން އިންތިޒާމުތަކާ ގުޅޭ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު 2026 ގައި ރިސޯޓުތަކާއި، ސިނާޢީ މަސައްކަތްކުރާ ތަންތަނާއި، ރާއްޖެއިން ބޭރުގައި ވޯޓުފޮށި ބެހެއްޓުމަށްޓަކައި، ވޯޓުލަށް މަދުވެގެން ރަޖިސްޓަރީ ކުރާނެ ޢަދަދާއި އެހެނިހެން އިންތިޒާމުތައް، ތިރީގައި މިދަންނަވާ ގޮތުގެމަތީން ފާސްކުރައްވަން، ކޮމިޝަނުގެ 891 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

(ހ.) ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު 2026 ގައި ރިސޯޓުތަކާއި، ސިނާޢީ މަސައްކަތްކުރާ ތަންތަނާއި، ރާއްޖެއިން ބޭރާއި، ޖަލުތަކުގައި ވޯޓުފޮށިތައް ބެހެއްޓުމަށްޓަކައި، ވޯޓުލަށް މަދުވެގެން ރަޖިސްޓަރީ ކުރާނެ ޢަދަދުތައް ތިރީގައި މިދަންނަވާ ގޮތުގެމަތީން ކަނޑައެޅުމަށް، ކޮމިޝަނުގެ 891 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

#

ވޯޓުފޮށި ބަހައްޓާ ތަންތަން

ވޯޓުލަށް މަދުވެގެން ރަޖިސްޓަރީ ކުރާނެ ޢަދަދު

1

ރިސޯޓުތަކާއި، ސިނާޢީ މަސައްކަތްކުރާ ތަންތަން

30

2

ރާއްޖެއިން ބޭރު

150

3

ޖަލުތައް

ޖަލުތަކުގައި ތިބި މީހުންގެ ތެރެއިން، ވޯޓުލުމަށް ރަޖިސްޓަރީވާ މީހުންގެ ޢަދަދާއި ވޯޓުލުމުގެ އިންތިޒާމުތައް އެ ތަންތަނުގައި ހަމަޖެހޭނަމަ، އެކަންތައްތައް ބެލުމަށްފަހު ގޮތެއް ނިންމުން.

 

(ށ.) ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު 2026 ގައި ރިސޯޓުތަކާއި، ސިނާޢީ މަސައްކަތްކުރާ ތަންތަނާއި، ރާއްޖެއިން ބޭރުގައި ވޯޓުފޮށިތައް ބަހައްޓާއިރު، ތިރީގައި މިދަންނަވާ އިންތިޒާމުތައް ހަމަޖެއްސުމަށް، ކޮމިޝަނުގެ 891 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ. 

· އިންތިޚާބުގެ މަސައްކަތްތަކަށް ފޯކަލްޕޮއިންޓެއް ހަމަޖެއްސުން.

· ވޯޓުލާ މަރުކަޒު ޤާއިމުކުރާނެ ތަނެއް ކަނޑައަޅައި ކޮމިޝަނަށް އެންގުން.

· ވޯޓުލާ މަރުކަޒު ތައްޔާރުކުރުމަށް އެއްވެސް ޚަރަދެއް ހިނގާނަމަ، އެ ޚަރަދެއްގެ ތަފްޞީލް ކުރިޔާލާ ކޮމިޝަނަށް އަންގައި އެކަމުގެ ހުއްދަ ހޯދުން.

· ވޯޓުކަރުދާހާ ބެހޭ ލިޔެކިޔުންތައް ބަންދުކޮށްފައިވާ ފޮށިގަނޑު ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުން.

· ރާއްޖެއިން ބޭރުގައިނަމަ، އެ ތަނެއްގައި ދިވެހިރާއްޖޭގެ އެންބަސީއެއް ނުވަތަ ކޮންސިއުލޭޓް އޮފީހެއް ގާއިމުވެފައިވުން.

· ރާއްޖެއިން ބޭރުގައިނަމަ، ވޯޓުލުމުގެ މަސައްކަތަށް އިލެކްޝަންސް ކޮމިޝަނުން ފޮނުވާ އޮފިޝަލުން ދަތުރާއި، ހުރުމާއި ކެއުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގައި އެޤައުމެއްގެ ކަމާބެހޭ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުން.

· ވޯޓުލާ ކޮންމެ މަރުކަޒަކަށް ކޮމިޝަނުން ފޮނުވާ އޮފިޝަލުންގެ އިތުރުން ވޯޓުނެގުމުގެ މަސައްކަތް ކުރުމަށް ކޮމިޝަނުން ކަނޑައަޅާ ޢަދަދަކަށް އޮފިޝަލުން އެ ތަންތަނުން ހަމަޖެއްސުން. އަދި ކޮމިޝަނުން ކަނޑައަޅާ ޢަދަދަކަށް އޮފިޝަލުން ހަމަޖެއްސުން ނެތްނަމަ އެކަން ކޮމިޝަނަށް އަންގައ، އިތުރަށް ހަމަޖައްސަންޖެހޭ އިންތިޒާމުތައް ހަމަޖެއްސުން.

· ރިސޯޓު، ސިނާއީ މަސައްކަތްކުރާ ތަންތަން އަދި ޖަލުތަކުގައިނަމަ، އިލެކްޝަންސް ކޮމިޝަނުން ފޮނުވާ އޮފިޝަލުން އަދި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ފޮނުވާ އޮފިސަރުގެ ކެއުމާއި ހުރުމާއި ވޯޓުގެ ކަންކަން ނިމުމުން އަނބުރާ ދިޔުމުގެ ދަތުރުގެ އިންތިޒާމުތައް ކޮމިޝަނުން އަންގާ ގޮތެއްގެ މަތިން ހަމަޖެއްސުން.

· ވޯޓުލުމަށް ދާ ފަރާތްތަކާއި ވޯޓުލާ މަސައްކަތްތަކުގައި ޙަރަކާތްތެރިވާ ފަރާތަކަށް ސިއްޙީ އަވަސް ފަރުވާއެއް ދޭންޖެހޭފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ، އެކަމެއްގެ އިންތިޒާމު ހަމަޖެއްސުން.

· އޮބްޒާވަރުން، މޮނިޓަރުން އަދި މަންދޫބުން ބޭނުންވެއްޖެނަމަ، އެރިސޯޓަކުން ކަނޑައަޅާފައިވާ އުޞޫލުގެ ތެރެއިން އެފަރާތްތައް އަރާ ފޭބުމާއި، ވޯޓުލާ މަރުކަޒަށް ދިއުމާއި އައުމުގެ އިންތިޒާމު ހަމަޖެއްސުމުގައި އެހީތެރިވެދިނުން.

 

  2. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު 2026 އަށް ޢާންމުން ހޭލުންތެރިކުރުމަށް 12 އަތޮޅުގައި ކުރިއަށް ގެންދިއުމުގެ ޕްލޭނާ ގުޅޭ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު 2026 އަށް ޢާންމުން ހޭލުންތެރިކުރުން 12 އަތޮޅުގައި ކުރިއަށް ގެންދިއުމުގެ ޕްލޭން، ސިވިކް އެޑިއުކޭޝަން އެންޑް ޓްރެއިނިންގ ސެކްޝަނުން ކޮމިޝަނަށް ހުށަހަޅާފައިވާ ގޮތުގެމަތީން ފާސްކޮށް، 2025 ނޮވެންބަރު 28 އިން ޑިސެންބަރު 2 ގެ ނިޔަލަށް އެ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް، ކޮމިޝަނުގެ 891 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

   3. އިލެކްޝަންސް ކޮމިޝަނުގައި މިހާރު ބޭނުންކުރަމުންދާ ހުރިހާ ޚިދުމަތްތަކާ ގުޅޭ.

އިލެކްޝަންސް ކޮމިޝަނުގައި މިހާރު ބޭނުންކުރަމުންދާ ހުރިހާ ޚިދުމަތްތަކުގެ ދަފްތަރުގެ މަޢުލޫމާތު، ކޮމިޝަނާ ޙިއްޞާކުރެވިފައިވާ ކަމަށާއި، އަދި މި ދަފްތަރު ގަވާއިދުން އަދާހަމަކޮށް ޚިދުމަތްތަކަށް އަގުއަދާކުރާކަމާއި ނޫންކަން، މޮނިޓަރިކޮށް ބެލެހެއްޓޭނެ ނިޒާމެއް ގާއިމުކޮށް، އެގޮތުގެމަތީން ގަވާއިދުން މި ޚިދުމަތްތަކާއި ޚިދުމަތްތަކުގެ އަގުއަދާކުރަމުން ގެންދިއުމަށް، ކޮމިޝަނުގެ 891 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

   4. އިލެކްޝަންސް ކޮމިޝަނުގައި ކުރިން ބޭނުންކުރި ޔޫވީ ލައިޓްތަކާގުޅޭ.

ނިމިދިޔަ ރިޔާސީ އިންތިޚާބު 2023 ގެ ވޯޓު ކަރުދާހުގެ ސައިޒު ބަދަލުވެގެންނާއި، ކަރަންޓުގެ ބަދަލުގައި ޕޯޓަބަލްކޮށް ބޭނުންކުރެވޭނެ ޔޫވީ ލައިޓު ބޭނުންކުރުމުގެ މަޤްޞަދުގައި އަދި އިދާރީގޮތުން ފަސޭހައިން ގެންގުޅެ، ވޯޓުލާ މަރުކަޒަށް ގެންދާ ސްޓޭޝަނަރީ ޕެކްގެ ތެރެއަށް ފަސޭހައިން ލެވޭނެ ސައިޒެއްގެ ޕޯޓަބަލް ޔޫވީ ލައިޓު ބޭނުންކުރުމަށްޓަކައި، އައު ޔޫވީ ލައިޓުތަކެއް ގަނެފައިވާތީވެ، މީގެ ކުރީގެ އިންތިޚާބުގައި ބޭނުންކޮށްފައިވާ  759 (ހަތްސަތޭކަ ފަންސާސް ނުވައެއް) ޔޫވީ ލައިޓް، ޤާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިވާ އިޖުރާޢަތުތަކާ އެއްގޮތްވާ ގޮތުގެމަތީން ނައްތާލުމަށްޓަކައި، އެކަމުގެ މަޢުލޫމާތު ކޮމިޝަނަށް ލިބިފައިވާ ކަމަށް، ކޮމިޝަނުގެ 891 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

   5. ބައުވެ ހަލާކުވެފައިވާ ހަރުމުދާ ނީލަން ކިއުމާއި ގުޅޭ.

ބައުވެ ހަލާކުވެފައިވާ ހަރުމުދާކަމުގައި ބަޔާންކޮށް، ކޮމިޝަނަށް ހުށަހަޅާފައިވާ 293 (ދުވިސައްތަ ނުވަހިދަ ތިނެއް) ތަކެތި، ޤާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިވާ އިޖުރާޢަތުތައް ފުރިހަމަކުރުމަށްފަހު، އެ ގޮތުގެމަތީން، ނީލަންކިޔުން އެންމެ ރަނގަޅުކަމުގައި، ކޮމިޝަނުގެ 891 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

  6. “PROTECTION AND PROMOTION OF MULTIPARTY DEMOCRACY IN MALDIVES” ޕްރޮޖެކްޓްގެ ކޮންސެޕްޓް ނޯޓާ ގުޅޭ.

“PROTECTION AND PROMOTION OF MULTIPARTY DEMOCRACY IN MALDIVES” ނަމުގައި، ޕްލޭނިންގ، ޕޮލިސީ އެންޑް ރިސަރޗް ސެކްޝަނުން ކޮމިޝަނަށް ހުށަހަޅާފައިވާ ޕްރޮޖެކްޓްގެ ކޮންސެޕްޓް ނޯޓުގައި ބަޔާންކޮށްފައިވާ ބަޖެޓު އިޞްލާޙުކޮށް، އަދި އެ ކޮންސެޕްޓް ނޯޓަށް މި މަސައްކަތާ ގުޅުންހުރި ސްޓޭކްހޯލްޑަރސްގެ މަޢުލޫމާތު އިތުރުކޮށް، އެގޮތުގެމަތީން، “PROTECTION AND PROMOTION OF MULTIPARTY DEMOCRACY IN MALDIVES” ޕްރޮޖެކްޓްގެ ކޮންސެޕްޓް ނޯޓު ފާސްކޮށް، ޚާރިޖީ ވުޒާރާއަށާއި، ދިވެހިރާއްޖޭގެ ޑިވަލޮޕްމަންޓް ޕާރޓްނަރސްއާއި، ދިވެހިރާއްޖޭގައި ގާއިމުކޮށްފައިވާ އެމްބަސީތަކާއި ހައިކޮމިޝަނާ ޙިއްޞާކޮށް، ކޮންސެޕްޓް ނޯޓުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން މި ޕްރޮޖެކްޓުގެ ޢަމަލީ މަސައްކަތްތައް ކުރުމަށް، ކޮމިޝަނުގެ 891 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

 7. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން މިކޮމިޝަނަށް ފޮނުއްވާފައިވާ އެ ކޯޕަރޭޝަންގެ ނަންބަރު:HDC(161)-BDS/38/2025/4 ސިޓީއާގުޅޭ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން މިކޮމިޝަނަށް ފޮނުއްވާފައިވާ އެ ކޯޕަރޭޝަންގެ ނަންބަރު:HDC(161)-BDS/38/2025/4 ސިޓީ، އެހެން ދުވަހެއްގެ ކޮމިޝަނުގެ ޖަލްސާއަށް އެޖެންޑާކޮށް ކުރިއަށް ގެންދިއުމަށް، ކޮމިޝަނުގެ 891 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

Date
Location
ތިންވަނަ ފަންގިފިލާގެ، މެންބަރުންގެ މީޓިންގ ރޫމް
Time
Number
891

ޖަލްސާއާއި ގުޅުންހުރި ލިޔުންތައް

ޖަލްސާގެ ހާޟިރީ

ޖަލްސާގެ ހާޟިރީ

ކޮމިޝަންގެ މެންބަރުން

  • މުޙައްމަދު ޒާހިދު
  • ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު
  • ޑޮކްޓަރ މުޙައްމަދު ޒާހިރު
  • ޙަސަން ޒަކަރިއްޔާ
  • ޢަބްދުލްޙަސީބު އިސްމާޢީލް

އިސް މުވައްޒަފުން

  • ޢަބްދުﷲ އުނައިސް
  • ޝަހުލާ އިސްމާޢީލް
  • މުޙައްމަދު އަނީލް
  • އާމިނަތު އަޒީފާ
  • އަލްއުސްތާޛާ ޢާލިޔާ ޙަނީފް
  • Fathimath Shaba Bagir

އެންމެ ފަހުގެ އިތުރު ޖަލްސާތައް

ޖަލްސާތައް

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމާ ގުޅިގެން ބާއްވާ 01 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 489 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 488 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 890 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 487 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 486 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 889 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 485 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 888 ވަނަ ޢާންމު ޖަލްސާ