ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 487 ވަނަ ޚާއްޞަ ޖަލްސާ

   ތަޢާރަފް

މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދެވެ. ޖަލްސާގައި ކޮމިޝަނުގެ 4 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު، ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ އަދި ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް އެވެ.

މެންބަރު ޑޮކްޓަރު މުޙައްމަދު ޒާހިރު ހުންނެވީ ޢުމުރާ ޗުއްޓީގައެވެ.

 

މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.

   1. ޤާނޫނު ނަންބަރު 2025/15 ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނު ގެޒެޓު ކުރެއްވުމާ ގުޅިގެން، އެ ޤާނޫނުގެ ދަށުން އިލެކްޝަންސް ކޮމިޝަނުން އެކުލަވާލާފައިވާ ގަވާއިދު ފާސްކުރެއްވުމާގުޅޭ.

ޤާނޫނު ނަންބަރު 2025/15 ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނު ގެޒެޓު ކުރެއްވުމާ ގުޅިގެން، އެ ޤާނޫނުގެ ދަށުން އިލެކްޝަންސް ކޮމިޝަނުން އެކުލަވާލާފައިވާ، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ގަވާއިދަށް، ކޮމިޝަނުގެ މެންބަރުންނާއި ޑިވިޜަންތަކުގެ ވެރިންނާއެކު 2025 ސެޕްޓެންބަރު 28 ގައި ބޭއްވުނު މަޝްވަރާ ބައްދަލުވުމުގައި، މަޝްވަރާ ކުރައްވައި ގެންނެވި އިޞްލާޙުތަކާއެކު، އެގޮތުގެމަތީން، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ގަވާއިދު، އިންތިޚާބާ ގުޅިގެން ބޭއްވި 487 ވަނަ ޚާއްޞަ ޖަލްސާގައިވަނީ ފާސް ކުރައްވާފައެވެ.

މީގެއިތުރުން، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގައި ޞައްޙަ އަދި ބާޠިލު ވޯޓު ކަނޑައެޅުމާ ގުޅޭގޮތުންނާއި، ސެކިއުރިޓީ އުރަ ކެނޑުމާ ގުޅޭގޮތުން ވަކިގޮތްތަކެއް ބަޔާންކޮށްފައިވާތީ، އެގޮތުގެމަތީން ޢަމަލުކުރުމަށާއި، އަދި އިސްވެ ދެންނެވުނު ޤާނޫނުގައި ވާ ފަދައިން، މިދެންނެވުނު މާއްދާތައް އިންތިޚާބުތަކާބެހޭ ޢާންމު ގަވާއިދުގައި އެއްހަމަކޮށް، އެގޮތުގެމަތީން ގަވާއިދު އިޞްލާޙުކުރުމަށް، އިންތިޚާބާ ގުޅިގެން ބޭއްވި 487 ވަނަ ޚާއްޞަ ޖަލްސާގައިވަނީ ނިންމަވާފައެވެ.

Date
Location
ތިންވަނަ ފަންގިފިލާގެ، މެންބަރުންގެ މީޓިންގ ރޫމް
Time
Number
487

ޖަލްސާއާއި ގުޅުންހުރި ލިޔުންތައް

ޖަލްސާގެ ނިންމުންތައްޖަލްސާގެ ހާޟިރީ

ޖަލްސާގެ ހާޟިރީ

ކޮމިޝަންގެ މެންބަރުން

  • މުޙައްމަދު ޒާހިދު
  • ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު
  • ޙަސަން ޒަކަރިއްޔާ
  • ޢަބްދުލްޙަސީބު އިސްމާޢީލް

އިސް މުވައްޒަފުން

  • ޢަބްދުﷲ އުނައިސް
  • ޝަހުލާ އިސްމާޢީލް
  • މުޙައްމަދު އަނީލް
  • އާއިޝަތު ޝައްފާފް
  • އާމިނަތު އަޒީފާ
  • އަލްއުސްތާޛާ ޢާލިޔާ ޙަނީފް

އެންމެ ފަހުގެ އިތުރު ޖަލްސާތައް

ޖަލްސާތައް

ކޮމިޝަނުގެ 891 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމާ ގުޅިގެން ބާއްވާ 01 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 489 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 488 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 890 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 486 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 889 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 485 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 888 ވަނަ ޢާންމު ޖަލްސާ