ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 488 ވަނަ ޚާއްޞަ ޖަލްސާ

   ތަޢާރަފް

މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދެވެ. ޖަލްސާގައި ކޮމިޝަނުގެ 4 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު، ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ އަދި ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް އެވެ.

މެންބަރު ޑޮކްޓަރު މުޙައްމަދު ޒާހިރު ހުންނެވީ ޢުމުރާ ޗުއްޓީގައެވެ.

 

މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.

   1. ބްރޯޑްކާސްޓިންގ އެންޑް މީޑިއާ ކައުންސިލް އިންތިޚާބުގެ ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓަށް ހުށަހެޅުނު ޝަކުވާތަކާގުޅޭ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ އިންތިޚާބު 2025 ގެ ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ ބްރޯޑްކާސްޓަރުންނާއި، މީޑިއާގެ ލިސްޓުގައި މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑްގެ ނަން ނެތިގެން ހުށަހަޅާފައިވާ ޝަކުވާއާ ގުޅިގެން ކޮމްޕްލެއިންޓްސް ބިއުރޯއިން އެކަން ދިރާސާ ކުރުމަށްފަހު ދީފައިވާ ޤާނޫނީ ލަފައަށް ރިޢާޔަތްކޮށް، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނު  ނަންބަރު 16/2010 (ބްރޯޑްކާސްޓް ކުރުމުގެ ޤާނޫނު) ގެ 84 ވަނަ މާއްދާގެ (ފ) ގައިބުނާ އެއްވެސް ކެޓެގެރީގައިބުނާ އެއްވެސް ލިސްޓެއްގައި މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑް ހިމެނިފައިނެތްކަން، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ސަމާލުކަމަށް ގެނައުމަށް އިންތިޚާބާ ގުޅިގެން ބޭއްވި 488 ވަނަ ޚާއްޞަ ޖަލްސާގައިވަނީ ނިންމަވާފައެވެ.

އަދި ހަމައެހެންމެ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގައި ބްރޯޑްކާސްޓްކުރާ މީހުންގެ ލިސްޓަކާއި އެހެނިހެން މީޑިއާތަކުގެ ލިސްޓެއް އިލެކްޝަންސް ކޮމިޝަނަށް ފޮނުއްވައި ދެއްވުންއެދި ސިޓީއަކުން އެ ކޮމިޝަނުގައި ދެންނެވުމުން، ފޮނުއްވާފައިވާ އެކްސެލް ފައިލްގައި ގިނަޢަދަދެއްގެ ޝީޓްތަކެއް ހިމެނޭތީ އޭގެތެރެއިން ޞައްޙަ ލިސްޓަކީ ކޮބައިކަން ސާފުނުވާކަމާއި، އެ ލިސްޓުގެ މައްޗަށް ބިނާކޮށް އިލެކްޝަންސް ކޮމިޝަނުން ޢާންމުކުރި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ޢާންމުކުރި އިޢުލާނާއި ގުޅިގެން މި ކޮމިޝަނަށް ހުށަހެޅި ޝަކުވާތަކަށް ރިޢާޔަތްކޮށް ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓު ޞައްޙަ ކުރުމަށްޓަކައި، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނަށް އަލުން ސިޓީއެއް ފޮނުވައި ޞައްޙަ ލިސްޓު އެ ކޮމިޝަނުން ހޯދުމަށް، އިންތިޚާބާ ގުޅިގެން ބޭއްވި 488 ވަނަ ޚާއްޞަ ޖަލްސާގައިވަނީ ނިންމަވާފައެވެ.

Date
Location
ތިންވަނަ ފަންގިފިލާގެ، މެންބަރުންގެ މީޓިންގ ރޫމް
Time
Number
488

ޖަލްސާއާއި ގުޅުންހުރި ލިޔުންތައް

ޖަލްސާގެ ނިންމުންތައްޖަލްސާގެ ހާޟިރީ

ޖަލްސާގެ ހާޟިރީ

ކޮމިޝަންގެ މެންބަރުން

  • މުޙައްމަދު ޒާހިދު
  • ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު
  • ޙަސަން ޒަކަރިއްޔާ
  • ޢަބްދުލްޙަސީބު އިސްމާޢީލް

އިސް މުވައްޒަފުން

  • ޢަބްދުﷲ އުނައިސް
  • ޝަހުލާ އިސްމާޢީލް
  • މުޙައްމަދު އަނީލް
  • އާމިނަތު އަޒީފާ
  • އަލްއުސްތާޛާ ޢާލިޔާ ޙަނީފް
  • އަލްއުސްތާޛާ ސިނާޔާ ޒަކަރިއްޔާ

އެންމެ ފަހުގެ އިތުރު ޖަލްސާތައް

ޖަލްސާތައް

ކޮމިޝަނުގެ 891 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމާ ގުޅިގެން ބާއްވާ 01 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 489 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 890 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 487 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 486 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 889 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 485 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 888 ވަނަ ޢާންމު ޖަލްސާ