ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމާ ގުޅިގެން ބާއްވާ 02 ވަނަ ޚާއްޞަ ޖަލްސާ
ތަޢާރަފް
މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދެވެ. ޖަލްސާގައި ކޮމިޝަނުގެ 5 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު، ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، މެންބަރު ޑޮކްޓަރު މުޙައްމަދު ޒާހިރު، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ އަދި ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް އެވެ.
މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.
1. އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލުގެނައުމަށްޓަކައި، އައްޑުއަތޮޅު ހުޅުދޫއާއި އައްޑުއަތޮޅު މީދޫއާއި އައްޑުއަތޮޅު ފޭދޫގެ ގިނަ ޢަދަދެއްގެ ރައްޔިތުންގެ ފަރާތުން، އެ ރަށްރަށުގައި ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ރަށު ކައުންސިލް އުފެއްދުމަށްއެކި ހުއްޖަތްތަކާއެކު ސަރުކާރަށް ހުށަހަޅުއްވައިފައިވާތީ، އެކަމުގައި އައްޑުއަތޮޅު ހުޅުދޫއާއި އައްޑުއަތޮޅު މީދޫއާއި އައްޑުއަތޮޅު ފޭދޫގެ ރައްޔިތުންގެ ޚިޔާލު ހުރި ގޮތެއް ހޯދުމަކީ މުހިއްމު ކަމެއްކަމަށް ސަރުކާރަށް ފެންނާތީވެ، އެގޮތުގެމަތީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ އިޚުތިޔާރުގެ ދަށުން، 2025 އޮކްޓޫބަރ 06 ގައި އެކަށައެޅުއްވި ނަންބަރު:27/2025 ޤަރާރު އިޞްލާޙުކުރައްވައި، 2025 އޮކްޓޫބަރ 12 ގައި އެކަށައަޅުއްވާފައިވާ ރައީސުލްޖުމްހޫރިއްޔާގެ ނަންބަރު31/2025: ޤަރާރު، މި ކޮމިޝަނަށް ހުށަހަޅުއްވާފައިވާތީ، އެކަމާ ގުޅޭ.
އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލުގެނައުމަށްޓަކައި، އައްޑުއަތޮޅު ހުޅުދޫއާއި އައްޑުއަތޮޅު މީދޫއާއި އައްޑުއަތޮޅު ފޭދޫގެ ގިނަ ޢަދަދެއްގެ ރައްޔިތުންގެ ފަރާތުން، އެ ރަށްރަށުގައި ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ރަށު ކައުންސިލް އުފެއްދުމަށްއެކި ހުއްޖަތްތަކާއެކު ސަރުކާރަށް ހުށަހަޅުއްވައިފައިވާތީ، އެކަމުގައި އައްޑުއަތޮޅު ހުޅުދޫއާއި އައްޑުއަތޮޅު މީދޫއާއި އައްޑުއަތޮޅު ފޭދޫގެ ރައްޔިތުންގެ ޚިޔާލު ހުރި ގޮތެއް ހޯދުމަކީ މުހިއްމު ކަމެއްކަމަށް ސަރުކާރަށް ފެންނާތީވެ، އެގޮތުގެމަތީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ އިޚުތިޔާރުގެ ދަށުން، 2025 އޮކްޓޫބަރ 06 ގައި އެކަށައެޅުއްވި ނަންބަރު:27/2025 ޤަރާރު އިޞްލާޙުކުރައްވައި، 2025 އޮކްޓޫބަރ 12 އެކަށައަޅުއްވާފައިވާ ރައީސުލްޖުމްހޫރިއްޔާގެ ނަންބަރު:31/2025 ޤަރާރު މި ކޮމިޝަނަށް ލިބިފައިވާތީ، އެގޮތުގެމަތީން ޢަމަލުކުރުމަށްޓަކައި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމާ ގުޅިގެން ބޭއްވި 01 ވަނަ ޚާއްޞަ ޖަލްސާއިން، ނިންމަވައިގެން 2025 އޮކްޓޫބަރ 08 ގައި ޢާންމުކޮށްފައިވާ މިކޮމިޝަނުގެ ނަންބަރު:(IUL)38-AC/38/2025/187 އިޢުލާންގައިވާ މަޢުލޫމާތު ކަރުދާހާއި އޭގެ ސުވާލުތައް، 2025 އޮކްޓޫބަރ 12 ގައި އެކަށައަޅުއްވާފައިވާ ރައީސުލްޖުމްހޫރިއްޔާގެ ނަންބަރު:2025/31 ޤަރާރުގައިވާ ގޮތުގެމަތީން ބަދަލުކޮށް، އެކަން ވީހާވެސް އަވަހަކަށް ޢިއުލާންކުރުމަށް، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމާ ގުޅިގެން ބޭއްވި 02 ވަނަ ޚާއްޞަ ޖަލްސާގައި ވަނީ ނިންމަވާފައެވެ.
2. އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ ޢާންމު ވޯޓު 2025 ގެ ފޯކަލް ޕޮއިންޓުންނާއި، ފޯކަލް ޕޮއިންޓުންގެ އެހީތެރިންނާ ގުޅޭ.
އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ ޢާންމު ވޯޓު 2025 ގެ ފޯކަލް ޕޮއިންޓުންނާއި، ފޯކަލް ޕޮއިންޓުންގެ އެހީތެރިންގެ ގޮތުގައި ތިރީގައި މި ދަންނަވާ ފަރާތްތައް ހަމަޖެއްސުމަށް، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމާ ގުޅިގެން ބޭއްވި 02 ވަނަ ޚާއްޞަ ޖަލްސާގައި ވަނީ ނިންމަވާފައެވެ.
މަސައްކަތް ކުރައްވާ އޮފީހުގެ މަޤާމު |
މާޤާމް |
ނަން |
ކައުންސިލް އިދާރާ |
# |
އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް |
ފޯކަލް ޕޮއިންޓު |
ފާޠިމަތު އަލްމާ ޢަލީ |
އައްޑޫ ސިޓީ ފޭދޫ |
1 |
އެސިސްޓެންޓް ކައުންސިލް އޮފިސަރ |
ފޯކަލް ޕޮއިންޓުގެ އެހީތެރިޔާ |
އަޙްމަދު މުސްޢަދު |
2 |
|
އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް |
ފޯކަލް ޕޮއިންޓު |
ޢަބްދުﷲ ރަޝީދު |
އައްޑޫ ސިޓީ މީދޫ |
3 |
އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް |
ފޯކަލް ޕޮއިންޓުގެ އެހީތެރިޔާ |
ޝަރުފިއްޔާ އަޙްމަދު |
4 |
|
އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް |
ފޯކަލް ޕޮއިންޓު |
ޝިހުނާ އިސްމާޢިލް |
އައްޑޫ ސިޓީ ހުޅުދޫ |
5 |
އެސިސްޓެންޓް ކައުންސިލް އޮފިސަރ |
ފޯކަލް ޕޮއިންޓުގެ އެހީތެރިޔާ |
ސަޢާދާ ޙަސަން |
6 |
އަދިހަމައެހެންމެ، ފޯކަލް ޕޮއިންޓުންނާއި، ފޯކަލް ޕޮއިންޓުންގެ އެހީތެރިންގެ ގޮތުގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން ފަރާތެއް ބަދަލުވާ ޙާލަތުގައި، މީގެ ކުރީންވެސް ޢަމަލުކުރާ އުޞޫލާ އެއްގޮތްވާ ގޮތުގެމަތީން، އެކަމެއް އިރާދީގޮތުން ކަނޑައެޅުމަށާއި، އަދިއެއަށްފަހު އެ މަޢުލޫމާތު، ކޮމިޝަނަށް ހުށަހެޅުމަށް، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމާ ގުޅިގެން ބޭއްވި 02 ވަނަ ޚާއްޞަ ޖަލްސާގައި ވަނީ ނިންމަވާފައެވެ.