ކޮމިޝަނުގެ 893 ވަނަ ޢާންމު ޖަލްސާ
ތަޢާރަފް
މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދެވެ. ޖަލްސާގައި ކޮމިޝަނުގެ 5 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު، ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، މެންބަރު ޑޮކްޓަރު މުޙައްމަދު ޒާހިރު، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ، އަދި ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް އެވެ.
މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.
1.ކިރިގިސްތާންގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ ޤައުމުގެ Jogorku Kenesh (Parliament) އިންތިޚާބު، އޮބްޒަރވްކުރުމަށް އެދި ދަ ސެންޓްރަލް ކޮމިޝަން ފޯ އިލެކްޝަންސް އެންޑް ރިފަރެންޑާ އޮފް ދަ ކްރިގީޒް ރިޕަބްލިކް އިން ފޮނުއްވާފައިވާ “International observation of the early elections for deputies of the Jogorku Kenesh (Parliament) of the Kyrgyz Republic” ގެ ދަޢުވަތާ ގުޅޭ.
2025 ނޮވެންބަރު 30 ވާ އާދީއްތަ ދުވަހު، ކިރިގިސްތާންގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ ޤައުމުގެ Jogorku Kenesh (Parliament) އިންތިޚާބު، އޮބްޒަރވްކުރުމަށް އެދި ދަ ސެންޓްރަލް ކޮމިޝަން ފޯ އިލެކްޝަންސް އެންޑް ރިފަރެންޑާ އޮފް ދަ ކްރިގީޒް ރިޕަބްލިކް އިން ފޮނުއްވާފައިވާ “International observation of the early elections for deputies of the Jogorku Kenesh (Parliament) of the Kyrgyz Republic” ގެ ދަޢުވަތާ ގުޅިގެން، ކޮމިޝަނުގެ ފަރާތުން ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު އަދި ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް، އިސްވެ ދެންނެވުނު އިންތިޚާބު އޮބްޒަރވްކުރެއްވުމަށް، ކިރިގިސްތާނަށް ވަޑައިގެންނެވުމަށް، ކޮމިޝަނުގެ 893 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
2. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު 2026 ގެ މަސައްކަތަށް ބޭނުންވާ މުވައްޒަފުންގެ ތެރެއިން، އޮފިސަރ، ސީނިއަރ އޮފިސަރ، ގްރެފިކްސް ޑިޒައިނަރ ނެގުމާ ގުޅޭ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު 2026 ގެ މަސައްކަތަށް ބޭނުންވާ މުވައްޒަފުންގެ ތެރެއިން، އޮފިސަރ، ސީނިއަރ އޮފިސަރ، ގްރެފިކްސް ޑިޒައިނަރ ނެގުމާ ގުޅޭގޮތުން، ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަނުން ކޮމިޝަނަށް ހުށަހަޅާފައިވާ އެ ސެކްޝަނުގެ ނަންބަރު(MEMO)BB/2025/105: މެމޯގައިވާ ގޮތުގެމަތީން، މަޤާމުތަކަށް މުވައްޒަފުން ނެގުމަށާއި، އަދި ހުށަހަޅާފައިވާ ލިސްޓު، އެގޮތުގެމަތީން އެންޑޯޒްކުރުމަށް، ކޮމިޝަނުގެ 893 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
3. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު 2026 ގެ މަސައްކަތަށް ބޭނުންވާ މުވައްޒަފުންގެ ތެރެއިން، ސީނިއަރ އޮފިސަރ (ފޮޓޯގްރަފަރ) އަދި އެސިސްޓެންޓް މާސްޓަރ ޓްރައިނަރ ނެގުމާ ގުޅޭ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު 2026 ގެ މަސައްކަތަށް ބޭނުންވާ މުވައްޒަފުންގެ ތެރެއިން، ސީނިއަރ އޮފިސަރ (ފޮޓޯގްރަފަރ) ގެ މަޤާމަށް ހ.ކްރިސްޓަލްލޭންޑް މާލެ، ޝަހުލާ ރަޝީދު، އަދި އެސިސްޓެންޓް މާސްޓަރ ޓްރައިނަރގެ މަޤާމަށް މއ.ހަނީ، މާލެ، އަޙްމަދު މުންޞިފް ޢާދިލް ހަމަޖެއްސުމަށް، ކޮމިޝަނުގެ 893 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
4. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު 2026 ގެ މަސައްކަތަށް ބޭނުންވާ މުވައްޒަފުންގެ ތެރެއިން، ކޮންޓެންޓް ކްރިއޭޓަރ ނެގުމާ ގުޅޭ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު 2026 ގެ މަސައްކަތަށް ބޭނުންވާ މުވައްޒަފުންގެ ތެރެއިން، ކޮންޓެންޓް ކްރިއޭޓަރ ގެ މަޤާމަށް މއ.ވައްތިޔަރަގެ، މާލެ، އިބްރާހީމް ރަމީޒު ހަމަޖެއްސުމަށް، ކޮމިޝަނުގެ 893 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
5.ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަންގެ އެސިސްޓެންޓް ޑިރެކްޓަރ އާމިނަތު މިލްނާ މުޖުތަބާ ވަޒީފާއިން ވަކިވުމަށް އެދި ހުށަހަޅާފައިވާ ފޯމާ ގުޅޭ.
ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަންގެ އެސިސްޓެންޓް ޑިރެކްޓަރ އާމިނަތު މިލްނާ މުޖުތަބާ ވަޒީފާއިން ވަކިވުމަށް އެދި ހުށަހަޅާފައިވާތީ، ޤާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން މިމުވައްޒަފު ކޮމިޝަނުގެ ވަޒީފާއިން ވަކިކޮށް، ހުސްވި ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަންގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަޤާމަށް މުވައްޒަފަކު ހޯދުމަށްޓަކައި، ޢާންމުކޮށް އިޢުލާންކުރުމަށާއި، މި މަޤާމުގެ އިންޓަރވިއު ޕެނަލްގެ ގޮތުގައި، ހިއުމަން ރިސޯސް އެންޑް ފައިނޭންސް ޑިވިޜަންގެ ޑިރެކްޓަރ، ޢާއިޝަތު ޝައްފާފް، އިލެކްޓޯރަލް މެނޭޖްމަންޓް ޑިވިޜަންގެ ޑިރެކްޓަރ، ޝަހުލާ އިސްމާޢީލް އަދި، ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަންގެ ޑިރެކްޓަރ، އާލިޔާ ޙަނީފް ހަމަޖެއްސުމަށާއި، އަދި، ބަދަލު ޕެނަލިސްޓުންގެ ގޮތުގައި، ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަންގެ ނަންބަރު(MEMO)BB/2025/109: މެމޯގައި ބަޔާންކޮށްފައިވާ ފަރާތްތައް ހަމަޖެއްސުމަށްވެސް، ކޮމިޝަނުގެ 893 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
6. އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ ޢާންމު ވޯޓު 2025 ގެ ވޯޓުލާ މަރުކަޒުތަކުގެ އޮފިޝަލުންނާ ގުޅޭ.
އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ ޢާންމު ވޯޓު 2025 ގެ ވޯޓުލާ މަރުކަޒުތަކުގެ އޮފިޝަލުންގެ ގޮތުގައި، ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަނުން ހުށަހަޅާފައިވާ އެ ސެކްޝަނުގެ ނަންބަރު(MEMO)BB/2025/110: މެމޯގައިވާ ލިސްޓު، އެގޮތުގެމަތީން ފާސްކުރުމަށާއި، ލިސްޓަށް އަންނަ ބަދަލުތައް އިދާރީގޮތުން ބަދަލުކުރުމަށްފަހު، ފައިނަލް ލިސްޓުގައި ކޮމިޝަނުގެ މެންބަރުން ސޮއިކުރެއްވުމާއެކު އެންޑޯޒްވީކަމަށް، ކޮމިޝަނުގެ 893 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
7. 2025 ސެޕްޓެންބަރު މަހުގެ ޚަރަދު ރިޕޯޓާ ގުޅޭ.
2025 ސެޕްޓެންބަރު މަހުގެ ޚަރަދު ރިޕޯޓު، ފައިނޭންސް ސެކްޝަނުން ހުށަހަޅާފައިވާ ގޮތުގެމަތީން އެންޑޯޒްކުރުމަށް، ކޮމިޝަނުގެ 893 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
އަދި ކުރިއަށްއޮތް ތަނުގައި ބަޖެޓު ބޭނުންކުރެވޭ ގޮތާއި، ބާކީއާއި، ކޮމިޓްމަންޓްތައް އެނގޭފަދައިން ރިޕޯޓުގައި ހިމަނައިގެން ކޮމިޝަނަށް ހުށަހެޅުމަށްވެސް، ކޮމިޝަނުގެ 893 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
8. މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީއަށް ޤާނޫނު ލާޒިމުކުރާ ޢަދަދަށް މެންބަރުން ހަމަކުރުމަށް ދިން މުއްދަތުގައި މެންބަރުން ހަމަވެފައިނުވާތީ، ކޮމިޝަނުން އެ ޕާޓީ އުވާލުމަށް ނިންމަވާފައިވާ ނިންމެވުމާ ގުޅިގެން، މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ސިވިލް ކޯޓުގައި ކުރިއަށް ގެންދިޔަ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓާ ގުޅޭ.
މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީއިން އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ރައްދުކޮށް ހުށަހެޅި ދަޢުވާއާ ގުޅިގެން، އިލެކްޝަންސް ކޮމިޝަނުގެ 38-DB/MLSDP/2022/3 (17 މާރިޗް 2022) ނޯޓިހުގެ މުއްދަތުގައި މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ އިން ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 28 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ޢަދަދަށް މެންބަރުން ހަމަކޮށްފައި ނުވާކަމަށް ކޮމިޝަނުން ނިންމި ނިންނުން ރިވިއުކޮށް، އެ ނިންމުމަކީ ޤާނޫނީ އިމުގެ ތެރެއިން ކޮށްފައިވާ ކަމެއްނޫންކަމަށް ސިވިލް ކޯޓުގެ ނަންބަރު:2202-CVC-2023 ޤަޟިއްޔާއިން ނިންމާފައިވާތީ، މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ، ސިޔާސީ ޕާޓީއެއްގެ ގޮތުގައި އިއާދަކޮށް، ޕާޓީ އުވާލުމަށް ނިންމި ތާރީޚްގައި ޕާޓީގައި އޭރު ތިބި މެންބަރުންގެ ތެރެއިން، އެހެން ޕާޓީތަކަށް ބަދަލުވެފައިވާ މެންބަރުން، އެގޮތުގެމަތީން އުނިކޮށް، އެހެން ޕާޓީތަކަށް ބަދަލުވެފައިނުވާ މެންބަރުންނާއެކު، އެގޮތުގެމަތީން މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީގެ ލިސްޓު އަދާހަމަކޮށް، ސިވިލް ކޯޓުގެ ނަންބަރު:2202-CVC-2023 ޤަޟިއްޔާއިން ނިންމާފައިވާ ގޮތުގެމަތީން، މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ އިއާދަކުރެވިފައިވާކަން ޢާންމުކޮށް އަންގާ އިޢުލާންކޮށް، އެކަމުގެ މަޢުލޫމާތު ލިޔުމުން އެޕާޓީއަށް އެންގުމަށް، ކޮމިޝަނުގެ 893 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
9. ތާއިދުހޯދުމަށް ބޭނުންކުރާ ނިޝާން/ލޯގޯ އުޞޫލާ ގުޅޭ.
ކެންޑިޑޭޓުން ތާއީދު ހޯދުމަށް ބޭނުންކުރާ ނިޝާން ފާސްކުރުމާއި، ވޯޓު ކަރުދާހުގައި ފޮޓޯ، ނިޝާން ނުވަތަ ލޯގޯ އަދި ޢާންމު ނަން ޖެހުމުގައި ޢަމަލުކުރާނެގޮތުގެ އުޞޫލުގެ ނަމާއި، އިޢުލާންގައި ހިމެނުމަށް ބަޔާންކޮށްފައިވާ މާއްދާތައް ގުޅުންހުރި ސެކްޝަންގެ SOP އެއްގައި ބަޔާންކުރުމާއެކު، އެގޮތުގެމަތީން ކެންޑިޑޭޓުން ތާއީދު ހޯދުމަށް ބޭނުންކުރާ ނިޝާން ފާސްކުރުމާއި، ވޯޓު ކަރުދާހުގައި ފޮޓޯ، ނިޝާން ނުވަތަ ލޯގޯ އަދި ޢާންމު ނަން ޖެހުމުގައި ޢަމަލުކުރާނެގޮތުގެ އުޞޫލު ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަންގެ ނަންބަރު(MEMO)EA/2025/111: މެމޯގައިވާ ގޮތުގެމަތީން ފާސްކުރުމަށް، ކޮމިޝަނުގެ 893 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.