ކޮމިޝަނުގެ 897 ވަނަ ޢާންމު ޖަލްސާ
ތަޢާރަފް
މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދެވެ. ޖަލްސާގައި ކޮމިޝަނުގެ 5 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު، ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، މެންބަރު ޑޮކްޓަރު މުޙައްމަދު ޒާހިރު، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ، އަދި ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް އެވެ.
މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.
1. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގައި ޙަރަކާތްތެރިވާނެ ޓްރެއިނަރުން ހޯދުމާގުޅޭ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގައި ޙަރަކާތްތެރިވާނެ ޓްރެއިނަރުން ހޯދުމަށް، މި ކޮމިޝަނުން ކޮށްފައިވާ ނަންބަރު:(IUL)38-BB/38/2025/139 އިޢުލާނާ ގުޅިގެން ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ފުރިހަމަވާ ފަރާތްތަކާ އިންޓަރވިއު ކުރުމަށްފަހު، އެންމެމަތިން މާރކްސް ލިބިފައިވާ ފަރާތްތަކުގެ މާރކްސް ތަރުތީބުން، ވަޒީފާއަށް ނެގުމުގެ ކުރިން ބަލަންޖެހޭ ކަންކަމަށް ބެލުމަށްފަހު، އަންނަނިވި ފަރާތްތައް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ ޓްރެއިނަރުންގެ މަޤާމަށް ހަމަޖެއްސުމަށް، ކޮމިޝަނުގެ 897 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
ޓްރެއިނަރުންގެ ލިސްޓު: އެއްކަރުދާސް ކުރެވިފައި
މީގެ އިތުރުން، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ މަސައްކަތްތަކަށް ބޭނުންވާ ވަރަށް އަދިވެސް ޓްރެއިނަރުން ލިބިފައިނުވާތީވެ، މަދުވާ ޓްރެއިނަރުން ހޯދުމަށް އެ ޕްރޮސެސްކުރިއަށް ގެންދިއުމަށާއި، އަދި ބައެއް ޓްރެއިނަރުންގެ ފަރާތުން އިދާރީ އިންތިޒާމުތަކާއި އެހެނިހެން ކަންކަމުގައި އަމިއްލް ގޮތްތައް ކުރިއަށް ނެރޭކަން ކޮމިޝަނަށް ފާހަގަކުރެވިފައިވާތީ، މިކަންކަން ތަކުރާރުނުވާނެ ފަދައިން، އިޤުރާރުކުރުމުގެ މަރުޙަލާގައި ކޮމިޝަނުން އަންގާގޮތެއްގެ މަތީން މަސައްކަތްތައް ކުރުމަށް ހުރިހާ ޓްރެއިނަރުންނަށް ދެންނެވުމަށްވެސް، ކޮމިޝަނުގެ 897 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
2. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގައި ޙަރަކާތްތެރިވާނެ ފޯކަލް ޕޮއިންޓުންނާއި ފޯކަލް ޕޮއިންޓުންގެ އެހީތެރިންނާގުޅޭ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގައި ޙަރަކާތްތެރިވާނެ ފޯކަލް ޕޮއިންޓުންނާއި ފޯކަލް ޕޮއިންޓުންގެ އެހީތެރިންގެ ގޮތުގައި، ތިރީގައި މިދަންނަވާ ފަރާތްތައް ޢައްޔަންކުރުމަށް، ކޮމިޝަނުގެ 897 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
ޓޭބަލް އެއްކަރުދާސް ކުރެވިފައި
މީގެއިތުރުން، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގައި ޙަރަކާތްތެރިވާނެ ފޯކަލް ޕޮއިންޓުންނާއި ފޯކަލް ޕޮއިންޓުންގެ އެހީތެރިން ނުލިބޭ ރަށްރަށަށް ގުޅައިގެން ނުވަތަ ކައުންސިލްތަކަށް ސިޓީތައް ފޮނުވައިގެންނަމަވެސް، މަދުވާ ފަރާތްތައް ހޯދުމަށާއި، އަދި އެހެން އިންތިޚާބުތަކުގައިވެސް ޢަމަލުކުރާ އުޞޫލުން، ފޯކަލް ޕޮއިންޓުންނާއި ފޯކަލް ޕޮއިންޓުންގެ އެހީތެރިން ބަދަލުވާ ނުވަތަ ވަކިވާ ޙާލަތުގައި، އިދާރީގޮތުން އެ ބަދަލެއް ގެނެސް، ކޮމިޝަނުގެ މެންބަރުން ސޮއިކުރެއްވުމާއެކު، އެ ތަނަކަށް ފޯކަލް ޕޮއިންޓު/ފޯކަލް ޕޮއިންޓުގެ އެހީތެރިޔާ ޢައްޔަންކުރެވުނީ ކަމަށް ބެލުމަށް، ކޮމިޝަނުގެ 897 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
3. އޮކްޓޫބަރު 2025 ގެ ޚަރަދު ރިޕޯޓާގުޅޭ.
އޮކްޓޫބަރު 2025 ގެ ޚަރަދު ރިޕޯޓު ފާސްކުރުމަށް، ކޮމިޝަނުގެ 897 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
މީގެ އިތުރުން، ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގައި، މިކޮމިޝަނުން ރަޖިސްޓަރީކޮށްފައިވާ 1414 ނަންބަރުގެ އަހަރީ ފީގެ މަޢުލޫމާތު، އެ އޮތޯރިޓީއިން ބިލްތަކެއްގެ ގޮތުގައި މިކޮމިޝަނަށް ފޮނުވާފައިނުވުމުގެ ސަބަބުން، އެކަމުގެ މައުލޫމާތު މިކޮމިޝަނުގެ ސަމާލުކަމަށްވެސް އައިސްފައިނުވާތީ، 2012 ވަނަ އަހަރުން ފެށިގެން 2025 ވަނަ އަހަރުގެ ނިޔަލަށް އަހަރީ ފީގެ ގޮތުގައި އަރާފައިވާ ޖުމްލަ 672,000/- (ހަލައްކަ ހަތްދިހަ ދެ ހާސް ރުފިޔާ)، 05 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަކަށް ބަހާލައިގެން، އެ އޮތޯރިޓީ އަށް ދެއްކުމަށް، ކޮމިޝަނުގެ 886 ވަނަ ޢާންމު ޖަލްސާގައި ނިންމަވާފައިވީނަމަވެސް، މި އަހަރުގެ ބަޖެޓުން އެ ފައިސާ ދެއްކޭނެ ޖާގައޮތުމާއެކު، 1414 ނަންބަރުގެ އަހަރީ ފީގެ ގޮތުގައި އަރާފައިވާ ޖުމްލަ 672,000/- (ހަލައްކަ ހަތްދިހަ ދެ ހާސް ރުފިޔާ)، އޮތޯރިޓީއަށް މިއަހަރުގެ ބަޖެޓުން ދައްކާ ނިންމުމަށާއި، ބަޖެޓާގުޅިގެން ހަދާފައިވާ ފޯކާސްޓުން ބަޖެޓު ބާކީވެދާނެ ކަމަށް ލަފާކުރެވޭތީވެ، ކޮމިޝަނުން ހިންގާ ޕްރޮޖެކްޓްތަކާ ގުޅިގެން، މިގޮތުން، ސިވިކް އެޑިއުކޭޝަން ޕްރޮގްރާމުތަކާއި، ޑިމޮކްރެޓިކް ވެށި ހިމާޔަތްކުރުމުގެ ޕްރޮގްރާމާއި، ކެމްޕެއިންގ މޮނީޓަރިންގ މެކޭނިޒަމާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރަން ފެށުމަށާއި، އަދި މިއަންނަ އަހަރު ކުރުމަށް ތާވަލުކޮށްފައިވާ އިސްވެ ދެންނެވުނު ކަންކަމުގެ ތެރެއިން، މިއަހަރު ކުރެވެންހުރި ކަންކަން، މިއަހަރުގެ ބަޖެޓުން ކުރުމަށް އިދާރީގޮތުން އިންތިޒާމުތައް ހަމަޖެއްސުމަށް، ކޮމިޝަނުގެ 897 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
4. މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (MLSDP) އަދި ދަ ޑިމޮކްރެޓްސް (Democrats) އަށް މިހާރު ދިމާވެފައިވާ ޙާލަތާގުޅޭ.
މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (MLSDP) އަދި ދަ ޑިމޮކްރެޓްސް (Democrats) އަށް މިހާރު ދިމާވެފައިވާ ޙާލަތާ ގުޅިގެން، ސިޔާސީ ޕާޓީތަކުގެ ބެލެނެވެރި ފަރާތުގެ ޙައިޞިއްޔަތުން، އަދި އެއްވެސް ޤާނޫނަކާ ޚިލާފުނުވާނޭހެން، މިކަމުގައި ކޮމިޝަނަށް ކުރިއަށްދެވޭނެ ގޮތުގެ މަގެއް، ޤާނޫނީ ލަފައަކާއެކު، ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުން ދިރާސާކުރުމަށްފަހު، ކޮމިޝަނަށް ހުށަހެޅުމަށް، ކޮމިޝަނުގެ 897 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.










