ޖަލްސާތައް

ކޮމިޝަނުގެ 900 ވަނަ ޢާންމު ޖަލްސާ

ތަޢާރަފް

މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދެވެ. ޖަލްސާގައި ކޮމިޝަނުގެ 5 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު، ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، މެންބަރު ޑޮކްޓަރު މުޙައްމަދު ޒާހިރު، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ، އަދި ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް އެވެ.

މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.

  1. އިލެކްޓޯރަލް މެނޭޖްމަންޓް ސެކްޝަނުގެ އޮފިސަރ، މުޙައްމަދު މާޢިޒް ވަޒީފާއިން ވަކިވުމަށްއެދި ހުށަހެޅުއްވި ފޯމާގުޅޭ.

އިލެކްޓޯރަލް މެނޭޖްމަންޓް ސެކްޝަނުގެ އޮފިސަރ (ޖީ.އެސް 3 / ދާއިމީ)  މުޙައްމަދު މާޢިޒް، ވަޒީފާއިން ވަކިވުމަށް އެދިފައިވާތީ، ކޮމިޝަނުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން، އެދިފައިވާ ތާރީޚްގައި މިމުވައްޒަފު ވަޒީފާއިން ވަކިކުރުމަށް، ކޮމިޝަނުގެ 900 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

އަދި، މި ނިންމެވުމާ ގުޅިގެން، އިލެކްޓޯރަލް މެނޭޖްމަންޓް ސެކްޝަނުން ހުސްވާ އޮފިސަރ (ޖީ.އެސް 3 / ދާއިމީ) ގެ މަޤާމަށް މުވައްޒަފަކު ހޯދުމަށް އިޢުލާން ކުރުމަށާއި، އެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަރވިއު ކުރުމަށްޓަކައި ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަނުގެ ނަންބަރު(MEMO)BB/2025/131: މެމޯއިން ހުށަހަޅާފައިވާ އިންޓަރވިއު ޕެނަލް އަދި ބަދަލު ޕެނަލިސްޓުންވެސް އެ ސެކްޝަނުން ހުށަހަޅާފައިވާގޮތަށް ކޮމިޝަނުގެ 900 ވަނަ ޢާންމު ޖަލްސާގައިވަނީ ފާސް ކުރައްވާފައެވެ.

 
 
2. ވަޒީފާއިން ވަކިކުރުމަށްޓަކައި، ކޮމިޝަނަށް ހުށަހަޅާ ހުށަހެޅުންތަކާގުޅޭ

އިލެކްޝަންސް ކޮމިޝަނުން މިހާރު ޢަމަލުކުރަމުންދާ އުޞޫލަށް ބަދަލުގެނެސް، ކޮމިޝަނުގެ ވަޒީފާއިން މުވައްޒަފު ވަކިކުރުމާމެދު ކޮމިޝަނުން ގޮތެއް ނިންމެވުމުގެ ކުރިން، EXIT އިންޓަރވިއު ކުރިއަށް ގެންގޮސް، EXIT އިންޓަރވިއުއިން ފާހަގަވާ ކަންކަން ހިމެނޭހެން، ހުރިހާ ލިޔެކިޔުންތަކާއެކު، ކޮމިޝަނުގެ ޖަލްސާއަށް ހުށަހެޅުމަށްވެސް، ކޮމިޝަނުގެ 900 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 
3. އެޑްމިނިސްޓްރޭޝަން އެންޑް ސަޕޯޓް ސަރވިސް ސެކްޝަނުގެ އޮފިސަރ، މުޙައްމަދު ރާއިފް އިބްރާހީމް ޢީސާ ވަޒީފާއިން ވަކިކޮށްދިނުމާގުޅޭ.

އެޑްމިނިސްޓްރޭޝަން އެންޑް ސަޕޯޓް ސަރވިސް ސެކްޝަނުގެ އޮފިސަރ (ޖީ.އެސް 3 / ދާއިމީ) މުޙައްމަދު ރާއިފް އިބްރާހީމް ޢީސާ، ކޮމިޝަނުގެ ވަޒީފާއިން ވަކިވުމަށް އެދި ކޮމިޝަނަށް 1 މަސްދުވަހުގެ ނޯޓިސްއެއް ދީފައިވާތީ، ޤާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން މިމުވައްޒަފު އެދިފައިވާ ތާރީޚްކަމުގައިވާ 2025 ޑިސެންބަރު 29 އިން ފެށިގެން، މި މުވައްޒަފު ކޮމިޝަނުގެ ވަޒީފާއިން ވަކިކުރުމަށް، ކޮމިޝަނުގެ 900 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

މި ނިންމެވުމާއި ގުޅިގެން، އެޑްމިނިސްޓްރޭޝަން އެންޑް ސަޕޯޓް ސަރވިސް ސެކްޝަނުން ހުސްވާ އޮފިސަރ (ޖީ.އެސް 3 / ދާއިމީ)  ގެ މަޤާމަށް މުވައްޒަފަކު ހޯދުމަށް އިޢުލާން ކުރުމަށާއި، މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަރވިއު ކުރުމަށްޓަކައި ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަނުގެ ނަންބަރު(MEMO)BB/2025/135: މެމޯގައި ބަޔާންކޮށްފައިވާ އިންޓަރވިއު ޕެނަލް އަދި ބަދަލު ޕެނަލިސްޓުންވެސް އެ ސެކްޝަނުން ހުށަހަޅާފައިވާގޮތަށް ކޮމިޝަނުގެ 900 ވަނަ ޢާންމު ޖަލްސާގައިވަނީ ފާސް ކުރައްވާފައެވެ.

 
 4.
ރައްޔިތުންގެ މަޖިލީހުން ފާސް ކުރައްވާފައިވާ 2026 ވަނަ އަހަރުގެ ބަޖެޓާގުޅޭ.

ރައްޔިތުންގެ މަޖިލީހުން 2025 ނޮވެންބަރު 25 ވަނަ ދުވަހު ފާސްކުރައްވާފައިވާ، މި ކޮމިޝަނުގެ 2026 ވަނަ އަހަރުގެ ބަޖެޓުގައި އެއްވެސް ނިއު ޕޮލިސީ އިނީޝިއޭޓިވްއެއް ލިބިފައިނުވާކަމާއި، ކޮމިޝަނުގެ ބަޖެޓުގެ ގޮތުގައި ފާސްކުރައްވާފައިވަނީ ޖުމުލަ 163,029,070/-ރ. (ސަތޭކަ ފަސްދޮޅަސް ތިންމިލިއަން އޮނަތިރީސްހާސް ހަތްދިހަ ރުފިޔާ) ކަމުގައި، ކޮމިޝަނުގެ 900 ވަނަ ޢާންމު ޖަލްސާގައިވަނީ ޙިއްޞާ ކުރައްވާފައެވެ.

ފާސްކުރައްވާފައިވާ ބަޖެޓުގެ ޚުލާޞާ

ބަޖެޓު

ކޮމިޝަނުން މާލީ ވުޒާރާއަށް ހުށަހެޅި

މާލީ ވުޒާރާއިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި

ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި

އިދާރީ

33,500,000ރ.

32,815,814ރ.

32,815,814ރ.

ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026

92,088,924ރ.

92,088,924ރ.

92,088,924ރ.

ބައި-އިލެކްޝަންތަކުގެ ބަޖެޓު - 2026

3,000,000ރ.

3,000,000ރ.

3,000,000ރ.

ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޫކުރާ ފައިސާ

-

35,124,332ރ.

35,124,332ރ.

 
5.
2026 ވަނަ އަހަރުގެ ބަޖެޓް ފާސް ކުރި ދުވަހުގެ (2025 ނޮވެންބަރު 25) ނިޔަލަށް ސިޔާސީ ޕާޓީތަކުގައި މެންބަރުން ތިބި ޢަދަދާގުޅޭ.

2026 ވަނަ އަހަރުގެ ބަޖެޓު ފާސްކުރި ދުވަހުގެ (2025 ނޮވެންބަރު 25) ނިޔަލަށް، ސިޔާސީ ޕާޓީތަކުގައި މެންބަރުން ތިބި ޢަދަދުތައް ކޮމިޝަނުގެ 900 ވަނަ ޢާންމު ޖަލްސާގައި ކޮމިޝަނާ ޙިއްޞާކޮށް، 2026 ވަނަ އަހަރުގެ ބަޖެޓު ފާސްކުރި ދުވަހުގެ (2025 ނޮވެންބަރު 25) ނިޔަލަށް، 10,000 މެންބަރުން ހަމަވާ ޕާޓީތަކަކީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، ޖުމްހޫރީ ޕާޓީ، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައެންސް، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ކަމުގައި، ކޮމިޝަނުގެ 900 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

ޢަދަދުތައް

ޕާޓީ

މެންބަރުންގެ ޢަދަދު

ޕާޓީ

މެންބަރުންގެ ޢަދަދު

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ

45,453

މޯލްޑިވްސް ނެޝަނަލް ޕާޓީ

5,561

ޢަދާލަތު ޕާޓީ

8,699

ދަ ޑިމޮކްރެޓްސް

3,213

ޖުމްހޫރީ ޕާޓީ

13,033

ޕީޕަލްސް ނޭޝަނަލް ޕާޓީ

3,097

މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައެންސް

10,363

މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ

1,832

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް

66,690

އިސްވެ ދެންނެވުނު ނިންމެވުމާ ގުޅިގެން، ކޮންމެ އަހަރަކުވެސް ކުރިއަށް އޮންނަ އަހަރަކަށް ބަޖެޓު ފާސްކުރާ ދުވަހު، ސިޔާސީ ޕާޓީތަކުގައި މެންބަރުން ތިބި ޢަދަދުތައް ފައިނަލްކުރާނެ ގޮތުގެ އެސް.އޯ.ޕީއެއް ތައްޔާރުކޮށް، ވީއެންމެ އަވަހަކަށް ކޮމިޝަނަށް ހުށަހެޅުމަށާއި، އެގޮތުން އެސް.އޯ.ޕީގައި އަންނަނިވި ކަންކަން ހިމެނުމަށްވެސް ކޮމިޝަނުގެ 900 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

· ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ޚަރަދުކުރާ ފައިސާ ކަނޑައެޅުމަށްޓަކައި ކޮންމެ މީލާދީ އަހަރެއްގެ ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުގެ 15:00 ށް އެ ޕާޓީއެއްގެ ދަފްތަރުގައި ޕްރޮސެސްވެފައި ތިބޭ ހުރިހާ މެންބަރުންނަކީ ފައިސާ ބެހުމަށްޓަކައި ބަލާ ޢަދަދުކަމުގައި ކަނޑައެޅުން.

· ސިޔާސީ ޕާޓީގެ މެންބަރަކަށްވުމަށް ޤާނޫނުގައި ބަޔާންކޮށްފައިވާ 30 ދުވަހުގެ މުއްދަތެއް ދިނުމަށާއި، އަދި 30 ދުވަހުގެ ފަހުން ޕާޓީއަށް ނުވައްދައިފިނަމަ، އޮޓޯއިން އެއީ ޕާޓީގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓަރީވާނެކަމުގައި ކަނޑައެޅުން.

· ސިޔާސީ ޕާޓީން ވަކިވުމަށް މެންބަރަކު އެދިއްޖެނަމަ، ސިސްޓަމުން އޮޓޯއިން ވަކިވެވޭނެހެން ޕޯޓަލްއަށް ގެންނަންޖެހޭ ބަދަލު ގެނައުން.

· ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، މިކޮމިޝަނުގައި ދަފްތަރުކުރަންޖެހޭ މަޤާމުތަކުގައި ތިއްބަވާ މެންބަރުން (އިންތިޚާބުކުރެވޭ ނުވަތަ އައްޔަންކުރެވޭ މަޤާމުތަކުގައި ތިއްބަވާ އިސް ބޭފުޅުން) ޕާޓީން ވަކިކުރުމަށް ހުށަހަޅާއިރު، ސިޔާސީ ޕާޓީން ވަގުތުން ވަކިނުވާގޮތަށް ސިސްޓަމް ޑިޒައިންކޮށް، އެފަދަ ފަރާތްތަކަށް މެސެޖެއް ލިބޭގޮތަށް އަދި ކޮމިޝަނަށް އެކަން އެނގޭނެ ފަދައިން، ޕޯޓަލްއަށް ގެންނަންޖެހޭ ބަދަލު ގެނައުން.

· ކޮންމެ ވަގުތެއްގައި ސިސްޓަމުން ރިޕޯޓެއް ނެގިކަމުގައިވީނަމަވެސް އެ ރިޕޯޓެއް ނަގާ ގަޑިއަކީ އެ ރިޕޯޓެއް ނަގާ ވަގުތުގެ ލައިވް ޑޭޓް ހިމެނޭހެން ސިސްޓަމް ޑިޒައިން ކުރުން.

އިސްވެ ދެންނެވި ކަންކަން ސިޔާސީ ޕާޓީތަކާ ޙިއްޞާކޮށް، މިކަމުގެ މަޢުލޫމާތު މީސްމީޑީއާގައި ޢާންމުކުރުމަށާއި، އަދި މި ދެންނެވުނު އެސް.އޯ.ޕީ ވީހާވެސް އަވަހަކަށް ތައްޔާރުކޮށް ކޮމިޝަނުން ފާސްކުރުމާއެކު، މިގޮތުގެމަތިން ސިސްޓަމް ބަދަލުކޮށް، 2026 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 01 ވަނަ ދުވަހުން ފެށިގެން މިކަންކަމަށް ޢަމަލުކުރުމަށް، ކޮމިޝަނުގެ 900 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

  6. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގައި ރާއްޖެއިން ބޭރުގައި ވޯޓުފޮށި ބެހެއްޓުމާއި، ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތަކާ ގުޅޭ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގައި، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ވޯޓުލުމުގެ ފުރުޞަތު ފަހިކުރުމުގެ ގޮތުން، އެހެން އިންތިޚާބުތަކުގައިވެސް ޢަމަލުކުރާ އުޞޫލުން، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުންގެ ޢަދަދުތައް ހޯދުމަށް ޚާޜިޖީ ވުޒާރާގައި އެދުމުން، އެ ވުޒާރާއިން މިކޮމިޝަނަށް ފޮނުވާފައިވާ އެ ވުޒާރާގެ ނަންބަރު25-A3/38/2025/06: (09 ނޮވެންބަރު 2025) ސިޓީއަށް ރިޢާޔަތްކޮށް، ބޭރު ޤައުމެއްގައި ދިރިއުޅޭ ދިވެހި ރައްޔިތުންގެ ޢަދަދު 1,000 (އެއްހާސް) އަށްވުރެ މަތިވާ ޤައުމުތަކުގައި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގައި ވޯޓުފޮށި ބެހެއްޓުމަށާއި، މިގޮތުން ޚާރިޖީ ވުޒާރާގެ ނަންބަރު25-A3/38/2025/06: (09 ނޮވެންބަރު 2025) ސިޓީއަށް ޙަވާލާދީ، ސްރީލަންކާ އަދި މެލޭޝިއާގައި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގައި ވޯޓުފޮށި ބެހެއްޓުމަށް އިޢުލާންކުރުމަށް، ކޮމިޝަނުގެ 900 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

އިސްވެ ދެންނެވުނު ނިންމެވުމާ ގުޅިގެން، ސްރީލަންކާ އަދި މެލޭޝިއާގައި ވޯޓުފޮށި ބެހެއްޓުމަށް އިޢުލާންކުރިކަމުގައިވީނަމަވެސް، މި ދެ ޤައުމުގައިވެސް، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގައި ވޯޓުފޮށި ބެހެއްޓޭނީ އެ ޤައުމެއްގައި 2,000 (ދެހާސް) މީހުން ވޯޓުލުމަށް ރަޖީސްޓަރީކޮށް، އަދި މަދުވެގެން ކޮންމެވެސް 1 (އެކެއް) ދާއިރާއަކުން 40 (ސާޅީސް) މީހުން ރަޖިސްޓަރީ ކޮށްފައިވާނަމަކަމުގައިވެސް، ކޮމިޝަނުގެ 900 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

މީގެ އިތުރުން، އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނުގައި، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިރައްޔިތުންނަށް ވޯޓުލުމުގެ ފުރުޞަތު ފަހިކުރުމުގެ ގޮތުން ހަމަޖައްސަންޖެހޭ އިންތިޒާމުތަކާ ގުޅޭގޮތުން އޮންނަ މާއްދާ އިޞްލާޙުކުރުމަށްޓަކައި، އެ ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތަކާއެކު، ކޮމިޝަނަށް ހުށަހެޅުމަށްވެސް، ކޮމިޝަނުގެ 900 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

Date
Location
ތިންވަނަ ފަންގިފިލާގެ، މެންބަރުންގެ މީޓިންގ ރޫމް
Time
Number
900

ޖަލްސާއާއި ގުޅުންހުރި ލިޔުންތައް

ޖަލްސާގެ ނިންމުންތައްޖަލްސާގެ ހާޟިރީ

ޖަލްސާގެ ހާޟިރީ

ކޮމިޝަންގެ މެންބަރުން

  • މުޙައްމަދު ޒާހިދު
  • ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު
  • ޑޮކްޓަރ މުޙައްމަދު ޒާހިރު
  • ޙަސަން ޒަކަރިއްޔާ
  • ޢަބްދުލްޙަސީބު އިސްމާޢީލް

އިސް މުވައްޒަފުން

  • ޢަބްދުﷲ އުނައިސް
  • ޝަހުލާ އިސްމާޢީލް
  • މުޙައްމަދު އަނީލް
  • އާއިޝަތު ޝައްފާފް
  • އާމިނަތު އަޒީފާ
  • އަލްއުސްތާޛާ ޢާލިޔާ ޙަނީފް
  • ފާޠިމަތު ޝަބާ ބާޤިރު

އެންމެ ފަހުގެ އިތުރު ޖަލްސާތައް

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 491 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 490 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 898 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 897 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 896 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 895 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 894 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 893 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 892 ވަނަ ޢާންމު ޖަލްސާ