ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 492 ވަނަ ޚާއްޞަ ޖަލްސާ

ތަޢާރަފް

މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދެވެ. ޖަލްސާގައި ކޮމިޝަނުގެ 5 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު، ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، މެންބަރު ޑޮކްޓަރު މުޙައްމަދު ޒާހިރު، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ އަދި ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް އެވެ.


މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.

   1. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ އިންތިޚާބީ ދާއިރާ ކަނޑައެޅުމާބެހޭ ރިޕޯޓު ފާސް ކުރެއްވުމާގުޅޭ.

ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނުނު) ގެ 24 ވަނަ މާއްދާއާއި 41 ވަނަ މާއްދާއާއި 6-56 ވަނަ މާއްދާގެ (ނ) ގެ ދަށުން ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ކޮންމެ ރަށު/ސިޓީއަކަށް އިންތިޚާބުކުރާ މެންބަރުންގެ ޢަދަދާއި، ކޮންމެ ރަށު/ސިޓީއެއްގައި ހިމެނޭ އިންތިޚާބީ ދާއިރާތަކާއި، އިންތިޚާބީ ދާއިރާތަގެ ސަރަޙައްދުތަކުގެ ތަފްޞީލު ހިމެނޭހެން އެކުލަވާލައި، ރަޖިސްޓްރޭޝަން ސެކްޝަނުން ހުށަހަޅާފައިވާ ވަގުތީ ރިޕޯޓު، ހުށަހަޅާފައިވާ ގޮތުގެމަތީން، އިންތިޚާބާ ގުޅިގެން ބޭއްވި 492 ވަނަ ޚާއްޞަ ޖަލްސާގައިވަނީ ފާސް ކުރައްވާފައެވެ.

 

   2. ސިޓީ ކައުންސިލް މެންބަރުންގެ ތެރެއިން އަންހެނުންނަށް ޚާއްޞަކުރެވޭ ގޮނޑިތައް ކަނޑައެޅުމާގުޅޭ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބީ ދާއިރާތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބީ ދާއިރާތަކާއި ގޮނޑިތައް ކަނޑައެޅުމުގައި ޢަމަލުކުރާނެ އުޞޫލުގެ 10 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026 ގައި، ސިޓީ ކައުންސިލްތަކުން އަންހެނުންނަށް ޚާއްޞަކުރެވޭ ދާއިރާތައް، ތިރީގައި ދަންނަވާފައިވާ ހަމަތަކުގެމަތީން، އިންތިޚާބާ ގުޅިގެން ބޭއްވި 492 ވަނަ ޚާއްޞަ ޖަލްސާގައިވަނީ ކަނޑައަޅުއްވާފައެވެ.

ހަމަތައް

1. މާލެސިޓީގެ އަންހެނުންނަށް ޚާއްޞަގޮނޑި ނިސްބަތްވާ ދާއިރާތައް ކަނޑައެޅުމުގައި ބަލާނީ، ޤާނޫނު ނަންބަރު2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 41 ވަނަ މާއްދާގައިވާ ގޮތުން، އެންމެ ފަހުން ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާގެ ސަރަޙައްދު ކަނޑައަޅާފައިވާ ގޮތަށް ކަމަށާއި، އެއަށްފަހު، އެގޮތުގެމަތީން މާލޭގެ އަވަށްތަކުގެ ތެރެއިން، އިންތިޚާބީ 1 (އެކެއް) ދާއިރާއަށް ވުރެ އިތުރުނުވާ ކޮންމެ އަވަށަކުން 1 (އެކެއް) ގޮނޑި ނަގައި، ބާކީހުރި ދާއިރާތަކުން އަލުން، އިތުރު 1 (އެކެއް) ގޮނޑި ނަގައިގެން.

2. އައްޑޫސިޓީ އަންހެނުންނަށް ޚާއްޞަ ގޮނޑި ނިސްބަތްވާ ދެ ދާއިރާ ކަނޑައެޅުމުގައި ބަލާނީ، 2020 ވަނަ އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އައްޑުސިޓީގެ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫގެ ސަރަޙައްދު ބަހާފައިވާ ގޮތުގެމަތިން، އައްޑޫގެ 10 (ދިހައެއް) ދާއިރާ، 2 (ދޭއް) ބަޔަކަށް ބަހައި، ހިތަދޫގެ 6 (ހައެއް) ދާއިރާއިން 2 (ދޭއް) ގޮނޑި ނަގައި، ބާކީ 4 (ހަތަރެއް) ދާއިރާގެ ތެރެއިން، 2 (ދޭއް) ގޮނޑި ނަގައިގެން.

3. ތިނަދޫސިޓީގައި އަންހެނުންނަށް ޚާއްޞަގޮނޑި ނިސްބަތްވާ ދާއިރާތައް ކަނޑައެޅުމުގައި ބަލާނީ، 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ 2 (ދޭއް) ދާއިރާ އަސްލަކަށްބަލައި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކޮންމެ ދާއިރާ އަކުން، 3 (ތިނެއް) ދާއިރާ ހިމެނޭ ގޮތަށް ތިނަދޫގެ 6 (ހައެއް) ދާއިރާ، 2 (ދޭއް) ބަޔަކަށް ބަހާލައި، ކޮންމެ ބަޔަކުން 1 (އެކެއް) ގޮނޑި ނަގައިގެން.

4. ކުޅުދުއްފުށިސިޓީގައި އަންހެނުންގެ ޚާއްޞަގޮނޑި ނިސްބަތްވާ ދާއިރާތައް ކަނޑައެޅުމުގައި ބަލާނީ، އެންމެފަހުން ބޭއްވުނު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 ގައި ސަރަޙައްދު ބަހާފައިވާ ގޮތުގެމަތިން، ކުޅުދުއްފުށީގެ 6 (ހައެއް) ދާއިރާ، 2 (ދޭއް) ބަޔަށް ބަހާލައިގެން، އެއަށްފަހު، ކޮންމެ ބަޔަކުން 1 (އެކެއް) ދާއިރާ ނަގައިގެން.

5. ފުވައްމުލަކުސިޓީގައި އަންހެނުންގެ ޚާއްޞަގޮނޑި ނިސްބަތްވާ ދާއިރާ ކަނޑައެޅުމުގައި ބަލާނީ، ޤާނޫނު ނަންބަރު2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 41 ވަނަ މާއްދާގައިވާ ގޮތުން،  ފުވައްމުލަކުގެ 8 (އަށެއް) އަވަށަކީ، ވަކި ރަށްތަކެއްގެ ގޮތުގައި އަދަބުވެސް ބަލައިފައިވާތީވެ، ހަމައެގޮތުގެމަތީން، ފުވައްމުލަކުގެ 8 (އަށެއް) ރަށަކީ، ވަކިވަކި ދާއިރާތަކުގެ ގޮތުގައި ބަލައި، އެރަށްތައް ތަރުތީބު ކުރެވިފައިވާގޮތުގެ މަތިން، 3 (ތިނެއް) ބަޔަކަށް ބައިކުރެވިގެން ކަމަށާއި، މިގޮތުން، އަވަށްތައް ތަރުތީބުކުރާނީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި، ދާއިރާތައް ބެހުމަށް އަވަށްތައް ތަރުތީބުކޮށްފައިވާ ގޮތުގެމަތީން، ކޮންމެ ބަޔަކުން 1 (އެކެއް) ގޮނޑި ނަގައިގެން.

6. އިސްވެ ދެންނެވުނު ހަމަތަކާ އެއްގޮތްވާ ގޮތުގެމަތީން، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026 ގައި، ސިޓީ ކައުންސިލްތަކުން އަންހެނުންނަށް ޚާއްޞަކުރެވޭ ދާއިރާތައް ކަނޑައެޅުމަށްޓަކައި، ގޮނޑިތަކަށް ނަގާނީ، އެކަމަށް ޚާއްޞަ ކުރެވިފައިވާ އެޕްލިކޭޝަން މެދުވެރިކޮށް ރެންޑަމް ޖެނެރޭޓް ކުރެވިގެން.

 

ދާއިރާތައް ބަހާފައިވާ ގޮތާއި، އަންހެނުންނަށް ޚާއްޞަގޮނޑި ނިސްބަތްވާ ދާއިރާ

އިސްވެ ދެންނެވުނު ހަމަތަކުގެ މަތީން، ސިޓީތަކުގައި އަންހެނުންނަށް ޚާއްޞަގޮނޑި ނިސްބަތްވާ ދާއިރާތައް ކަނޑައެޅުމުގައި ދާއިރާތައް ކްލަސްޓަރ ކުރެވިފައިވާ ގޮތާއި، އަންހެނުންނަށް ޚާއްޞަގޮނޑި ނިސްބަތްވާ ދާއިރާތަކަކީ،

 

1. މާލެސިޓީގެ ކްލަސްޓަރތަކާއި، އެ ކްލަސްޓަރތަކުން އަންހެނުންނަށް ޚާއްޞަގޮނޑި ނިސްބަތްވާ ދާއިރާތައް.

ކްލަސްޓަރ 1

  •   ހުޅުމާލެ ދެކުނު ދާއިރާ (T01)
  •   ހުޅުމާލެ މެދު ދާއިރާ (T16)
  •   ހުޅުމާލެ އުތުރު ދާއިރާ (T17)

މަތީގައި ބަޔާންކޮށްފައިވާ ކްލަސްޓަރ 1 އިން، އަންހެނުންނަށް ޚާއްޞަގޮނޑި ނިސްބަތްވާ ދާއިރާގެ ގޮތުގައި، އެޕްލިކޭޝަނުން ރެންޑަމްކޮށް ޖެނެރޭޓްވި ދާއިރާ: ހުޅުމާލެ އުތުރު ދާއިރާ (T17)

ކްލަސްޓަރ 2

  •   މެދު ހެންވޭރު ދާއިރާ (T02)
  •   ހެންވޭރު ދެކުނު ދާއިރާ (T03)
  •   ހެންވޭރު އުތުރު ދާއިރާ (T04)
  •   ހެންވޭރު ހުޅަނގު ދާއިރާ (T14)

މަތީގައި ބަޔާންކޮށްފައިވާ ކްލަސްޓަރ 2 އިން، އަންހެނުންނަށް ޚާއްޞަގޮނޑި ނިސްބަތްވާ ދާއިރާގެ ގޮތުގައި، އެޕްލިކޭޝަނުން ރެންޑަމްކޮށް ޖެނެރޭޓްވި ދާއިރާ: ހެންވޭރު އުތުރު ދާއިރާ (T04)

ކްލަސްޓަރ 3

  •   ގަލޮޅު އުތުރު ދާއިރާ (T05)
  •   ގަލޮޅު ދެކުނު ދާއިރާ (T06)

މަތީގައި ބަޔާންކޮށްފައިވާ ކްލަސްޓަރ 3 އިން، އަންހެނުންނަށް ޚާއްޞަގޮނޑި ނިސްބަތްވާ ދާއިރާގެ ގޮތުގައި، އެޕްލިކޭޝަނުން ރެންޑަމްކޮށް ޖެނެރޭޓްވި ދާއިރާ: ގަލޮޅު އުތުރު ދާއިރާ (T05)

ކްލަސްޓަރ 4

  •   މައްޗަންގޮޅި އުތުރު ދާއިރާ (T07)
  •   މައްޗަންގޮޅި ދެކުނު ދާއިރާ (T08)
  •   މައްޗަންގޮޅި މެދު ދާއިރާ (T15)

މަތީގައި ބަޔާންކޮށްފައިވާ ކްލަސްޓަރ 4 އިން، އަންހެނުންނަށް ޚާއްޞަގޮނޑި ނިސްބަތްވާ ދާއިރާގެ ގޮތުގައި، އެޕްލިކޭޝަނުން ރެންޑަމްކޮށް ޖެނެރޭޓްވި ދާއިރާ: މައްޗަންގޮޅި މެދު ދާއިރާ (T15)

ކްލަސްޓަރ 5

  •   މާފަންނު އުތުރު ދާއިރާ (T09)
  •   މާފަންނު ހުޅަނގު ދާއިރާ (T10)
  •   މާފަންނު މެދު ދާއިރާ (T11)
  •   މާފަންނު ދެކުނު ދާއިރާ (T12)

މަތީގައި ބަޔާންކޮށްފައިވާ ކްލަސްޓަރ 5 އިން، އަންހެނުންނަށް ޚާއްޞަގޮނޑި ނިސްބަތްވާ ދާއިރާގެ ގޮތުގައި، އެޕްލިކޭޝަނުން ރެންޑަމްކޮށް ޖެނެރޭޓްވި ދާއިރާ: މާފަންނު މެދު ދާއިރާ (T11)

ކްލަސްޓަރ 6

  •   ހުޅުމާލެ ދެކުނު ދާއިރާ (T01)
  •   ހުޅުމާލެ މެދު ދާއިރާ (T16)
  •   މެދު ހެންވޭރު ދާއިރާ (T02)
  •   ހެންވޭރު ދެކުނު ދާއިރާ (T03)
  •   ހެންވޭރު ހުޅަނގު ދާއިރާ (T14)
  •   މައްޗަންގޮޅި އުތުރު ދާއިރާ (T07)
  •   މައްޗަންގޮޅި ދެކުނު ދާއިރާ (T08)
  •   މާފަންނު އުތުރު ދާއިރާ (T09)
  •   މާފަންނު ހުޅަނގު ދާއިރާ (T10)
  •   މާފަންނު ދެކުނު ދާއިރާ (T12)
  •   ގަލޮޅު ދެކުނު ދާއިރާ (T06)

މަތީގައި ބަޔާންކޮށްފައިވާ ކްލަސްޓަރ 6 އިން، އަންހެނުންނަށް ޚާއްޞަގޮނޑި ނިސްބަތްވާ ދާއިރާގެ ގޮތުގައި، އެޕްލިކޭޝަނުން ރެންޑަމްކޮށް ޖެނެރޭޓްވި ދާއިރާ: ހެންވޭރު ދެކުނު ދާއިރާ (T03)

 

2. އައްޑޫސިޓީގެ ކްލަސްޓަރތަކާއި، އެ ކްލަސްޓަރތަކުން އަންހެނުންނަށް ޚާއްޞަގޮނޑި ނިސްބަތްވާ ދާއިރާތައް.

ކްލަސްޓަރ 1

  •   ހިތަދޫ މޫލެކެޑެ ދާއިރާ (S1)
  •   ހިތަދޫ ކޮރޮވައު ދާއިރާ (S2)
  •   ހިތަދޫ ބޭރުމަތި ދާއިރާ (S3)
  •   ހިތަދޫ މެދެވައު ދާއިރާ (S4)
  •   ހިތަދޫ ރަސްގެދަރަ ދާއިރާ (S5)
  •   ހިތަދޫ މާމެންދޫ ދާއިރާ (S6)

މަތީގައި ބަޔާންކޮށްފައިވާ ކްލަސްޓަރ 1 އިން، އަންހެނުންނަށް ޚާއްޞަގޮނޑި ނިސްބަތްވާ ދާއިރާގެ ގޮތުގައި، އެޕްލިކޭޝަނުން ރެންޑަމްކޮށް ޖެނެރޭޓްވި ދާއިރާ: ހިތަދޫ މާމެންދޫ ދާއިރާ (S6) އަދި ހިތަދޫ ބޭރުމަތި ދާއިރާ (S3)

ކްލަސްޓަރ 2

  •   މަރަދޫ ދާއިރާ (S7)
  •   މަރަދޫފޭދޫ ދާއިރާ (S8)
  •   ފޭދޫ މަގުއްދޫ ދާއިރާ (S9)
  •   ފޭދޫ މާދެލަ ދާއިރާ (S10)

މަތީގައި ބަޔާންކޮށްފައިވާ ކްލަސްޓަރ 2 އިން، އަންހެނުންނަށް ޚާއްޞަގޮނޑި ނިސްބަތްވާ ދާއިރާގެ ގޮތުގައި، އެޕްލިކޭޝަނުން ރެންޑަމްކޮށް ޖެނެރޭޓްވި ދާއިރާ: މަރަދޫ ދާއިރާ (S7) އަދި ފޭދޫ މަގުއްދޫ ދާއިރާ (S9)

 

3. ތިނަދޫސިޓީގެ ކްލަސްޓަރތަކާއި، އެ ކްލަސްޓަރތަކުން އަންހެނުންނަށް ޚާއްޞަގޮނޑި ނިސްބަތްވާ ދާއިރާތައް.

ކްލަސްޓަރ 1

  •   ތިނަދޫ ހުޅަނގު އުތުރު ދާއިރާ (Q1-1)
  •   ތިނަދޫ އުތުރު ދާއިރާ (Q1-2)
  •   ތިނަދޫ އިރު އުތުރު ދާއިރާ (Q1-3)

މަތީގައި ބަޔާންކޮށްފައިވާ ކްލަސްޓަރ 1 އިން، އަންހެނުންނަށް ޚާއްޞަގޮނޑި ނިސްބަތްވާ ދާއިރާގެ ގޮތުގައި، އެޕްލިކޭޝަނުން ރެންޑަމްކޮށް ޖެނެރޭޓްވި ދާއިރާ: ތިނަދޫ އިރު އުތުރު ދާއިރާ (Q1-3)

ކްލަސްޓަރ 2

  •   ތިނަދޫ ހުޅަނގު ދެކުނު ދާއިރާ (Q1-4)
  •   ތިނަދޫ ދެކުނު ދާއިރާ (Q1-5)
  •   ތިނަދޫ އިރު ދެކުނު ދާއިރާ (Q1-6)

މަތީގައި ބަޔާންކޮށްފައިވާ ކްލަސްޓަރ 2 އިން، އަންހެނުންނަށް ޚާއްޞަގޮނޑި ނިސްބަތްވާ ދާއިރާގެ ގޮތުގައި، އެޕްލިކޭޝަނުން ރެންޑަމްކޮށް ޖެނެރޭޓްވި ދާއިރާ: ތިނަދޫ ހުޅަނގު ދެކުނު ދާއިރާ (Q1-4)

 

4. ކުޅުދުއްފުށިސިޓީގެ ކްލަސްޓަރތަކާއި، އެ ކްލަސްޓަރތަކުން އަންހެނުންނަށް ޚާއްޞަގޮނޑި ނިސްބަތްވާ ދާއިރާތައް.

ކްލަސްޓަރ 1

  •   ކުޅުދުއްފުށި އުތުރު ދާއިރާ (B9-1)
  •   ކުޅުދުއްފުށި ހުޅަނގު އުތުރު ދާއިރާ (B9-2)
  •   ކުޅުދުއްފުށި މެދު އުތުރު ދާއިރާ (B9-3)

މަތީގައި ބަޔާންކޮށްފައިވާ ކްލަސްޓަރ 2 އިން، އަންހެނުންނަށް ޚާއްޞަގޮނޑި ނިސްބަތްވާ ދާއިރާގެ ގޮތުގައި، އެޕްލިކޭޝަނުން ރެންޑަމްކޮށް ޖެނެރޭޓްވި ދާއިރާ: ކުޅުދުއްފުށި މެދު އުތުރު ދާއިރާ (B9-3)

ކްލަސްޓަރ 2

  •   ކުޅުދުއްފުށި މެދު ދެކުނު ދާއިރާ (B9-4)
  •   ކުޅުދުއްފުށި ހުޅަނގު ދެކުނު ދާއިރާ (B9-5)
  •   ކުޅުދުއްފުށި އިރު ދެކުނު ދާއިރާ (B9-6)

މަތީގައި ބަޔާންކޮށްފައިވާ ކްލަސްޓަރ 2 އިން، އަންހެނުންނަށް ޚާއްޞަގޮނޑި ނިސްބަތްވާ ދާއިރާގެ ގޮތުގައި، އެޕްލިކޭޝަނުން ރެންޑަމްކޮށް ޖެނެރޭޓްވި ދާއިރާ: ކުޅުދުއްފުށި އިރު ދެކުނު ދައިރާ (B9-6)

 

5. ފުވައްމުލަކުސިޓީގެ ކްލަސްޓަރތަކާއި، އެ ކްލަސްޓަރތަކުން އަންހެނުންނަށް ޚާއްޞަގޮނޑި ނިސްބަތްވާ ދާއިރާތައް.

ކްލަސްޓަރ 1

  •   ދަނޑިމަގު ދާއިރާ (R1)
  •   ދިގުވާޑު ދާއިރާ (R2)
  •   ހޯދަނޑު ދާއިރާ (R3)

މަތީގައި ބަޔާންކޮށްފައިވާ ކްލަސްޓަރ 1 އިން، އަންހެނުންނަށް ޚާއްޞަގޮނޑި ނިސްބަތްވާ ދާއިރާގެ ގޮތުގައި، އެޕްލިކޭޝަނުން ރެންޑަމްކޮށް ޖެނެރޭޓްވި ދާއިރާ: ދަނޑިމަގު ދާއިރާ (R1)

ކްލަސްޓަރ 2

  •   މާދަނޑުދާއިރާ (R4)
  •   މިސްކިތްމަގު ދާއިރާ (R5)
  •   މާލެގަން ދާއިރާ (R7)

މަތީގައި ބަޔާންކޮށްފައިވާ ކްލަސްޓަރ 2 އިން، އަންހެނުންނަށް ޚާއްޞަގޮނޑި ނިސްބަތްވާ ދާއިރާގެ ގޮތުގައި، އެޕްލިކޭޝަނުން ރެންޑަމްކޮށް ޖެނެރޭޓްވި ދާއިރާ: މާލެގަން ދާއިރާ (R7)

ކްލަސްޓަރ 3

  •   ފުނާޑުދާއިރާ (R6)
  •   ދޫޑިގަން ދާއިރާ (R8)

މަތީގައި ބަޔާންކޮށްފައިވާ ކްލަސްޓަރ 2 އިން، އަންހެނުންނަށް ޚާއްޞަގޮނޑި ނިސްބަތްވާ ދާއިރާގެ ގޮތުގައި، އެޕްލިކޭޝަނުން ރެންޑަމްކޮށް ޖެނެރޭޓްވި ދާއިރާ: ދޫޑިގަން ދާއިރާ (R8)

އިސްވެ ދެންނެވުނު ނިންމެވުން، ސިޔާސީ ޕާޓީތަކާ ޙިއްޞާކޮށް، މިމަޢުލޫމާތު ޢާންމު ރައްޔިތުންނަށް އެނގޭނެހެން ވީހާވެސް ބޮޑަކަށް ޢާންމު ކުރުމަށްވެސް، އިންތިޚާބާ ގުޅިގެން ބޭއްވި 492 ވަނަ ޚާއްޞަ ޖަލްސާގައިވަނީ ނިންމަވާފައެވެ.

Date
Location
ތިންވަނަ ފަންގިފިލާގެ، މެންބަރުންގެ މީޓިންގ ރޫމް
Time
Number
492

ޖަލްސާއާއި ގުޅުންހުރި ލިޔުންތައް

ޖަލްސާގެ ނިންމުންތައްޖަލްސާގެ ހާޟިރީ

ޖަލްސާގެ ހާޟިރީ

ކޮމިޝަންގެ މެންބަރުން

  • މުޙައްމަދު ޒާހިދު
  • ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު
  • ޑޮކްޓަރ މުޙައްމަދު ޒާހިރު
  • ޙަސަން ޒަކަރިއްޔާ
  • ޢަބްދުލްޙަސީބު އިސްމާޢީލް

އިސް މުވައްޒަފުން

  • ޢަބްދުﷲ އުނައިސް
  • ޝަހުލާ އިސްމާޢީލް
  • މުޙައްމަދު އަނީލް
  • އާއިޝަތު ޝައްފާފް
  • އާމިނަތު އަޒީފާ
  • އަލްއުސްތާޛާ ޢާލިޔާ ޙަނީފް
  • ފާޠިމަތު ޝަބާ ބާޤިރު

އެންމެ ފަހުގެ އިތުރު ޖަލްސާތައް

ޖަލްސާތައް

ކޮމިޝަނުގެ 901 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 900 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 491 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 490 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 898 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 897 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 896 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 895 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 894 ވަނަ ޢާންމު ޖަލްސާ