ޖަލްސާތައް

ކޮމިޝަނުގެ 901 ވަނަ ޢާންމު ޖަލްސާ

ތަޢާރަފް

މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދެވެ. ޖަލްސާގައި ކޮމިޝަނުގެ 5 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު، ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، މެންބަރު ޑޮކްޓަރު މުޙައްމަދު ޒާހިރު، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ، އަދި ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް އެވެ.

މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.

   1. އަލަށް ތަސްދީޤުކުރެވޭ ޤާނޫނުތައް ކޮމިޝަނާ ޙިއްޞާ ކުރުމާގުޅޭ.

އަލަށް ތަސްދީޤުކުރެވޭ ޤާނޫނުތައް ކޮމިޝަނާ ޙިއްޞާކުރުމަށް ހުށަހަޅާއިރު، އެ ޤާނޫނަކީ، ކޮމިޝަނުގެ މަސައްކަތްތަކާ ގުޅުންހުރި ޤާނޫނެއްކަމުގައިވާނަމަ، އެ ޤާނޫނެއްގެ އެނަލިސިސްއެއް ހެދުމަށާއި، މިގޮތުން، އެ ޤާނޫނަށް އައިސްފައިވާ އިޞްލާޙުތަކާއި، އެ ޤާނޫނެއްގެ ދަށުން ހެދިފައިހުރި ގަވާއިދުތަކަށް އަތުވެދާނެ ބަދަލުތަކާއި، ކޮމިޝަނުގެ މަސައްކަތްތަކާ ގުޅޭގޮތުން ކުރަންޖެހޭ ކަންކަން ފާހަގަކޮށް، ކޮމިޝަނަށް ހުށަހެޅުމަށް، ކޮމިޝަނުގެ 901 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

އިސްވެ ދެންނެވުނު ނިންމެވުމާ ގުޅިގެން، ޤާނޫނު ނަންބަރު:2025/21 (ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ) އަށް 7 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު، ޤާނޫނު ނަންބަރު:2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) އަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު އަދި، ޤާނޫނު ނަންބަރު:2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް 17 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ އެނަލިސިސް ހެދުމަށްފަހު އަލުން ކޮމިޝަނަށް ހުށަހެޅުމަށް، ކޮމިޝަނުގެ 901 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

  2. ބްރޯޑްކާސްޓަރުންނާއި، މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި، ނޫސްވެރިންގެ ސުލޫކީ މިންގަނޑުގެ ޑްރާފްޓަށް ޚިޔާލު ހުށަހެޅުމާގުޅޭ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން ޑްރާފްޓް ކުރައްވާފައިވާ، "ބްރޯޑްކާސްޓަރުންނާއި، މީޑީއާގައި މަސައްކަތްކުރާ ފަރާތްތަކާއި، ނޫސްވެރިންގެ ސުލޫކީ މިންގަނޑު" އަށް މި ކޮމިޝަނުގެ ޚިޔާލު ހޯއްދެވުމަށް އެ ކޮމިޝަނުގެ ނަންބަރު 503-AS/CIR/2025/1003 ސިޓީން ހުށަހަޅުއްވާފައިވާ ސުލޫކީ މިންގަނޑާ ގުޅޭގޮތުން އިތުރަށް މަޝްވާރާ ކުރުމަށްޓަކައި ކޮމިޝަނަށް އަލުން ހުށަހެޅުމަށާއި، މިގޮތުން ބްރޯޑްކާސްޓަރުންނާއި، މީޑީއާގައި މަސައްކަތްކުރާ ފަރާތްތަކާއި، ނޫސްވެރިންގެ ސުލޫކީ މިންގަނޑާ ގުޅޭގޮތުން ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނަށް ފާހަގަ ކުރެވޭ ކަންތައްތަކާއެކު ކޮމިޝަނަށް ހުށަހެޅުމަށްވެސް، ކޮމިޝަނުގެ 901 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

   3. ކެމްޕެއިން ޙަރަކާތްތައް މޮނީޓަރ ކުރުމަށް މި ކޮމިޝަނުގައި ޤާއިމުކުރާ ނިޒާމުގެ ތަންފީޛީ ޕްލޭނާގުޅޭ.

އިންތިޚާބުތަކާއި ޢާންމު ޚިޔާލު ހޯދުމުގެ ވޯޓުތަކާ ގުޅިގެން، ސިޔާސީ ޕާޓީތަކުންނާއި ކެންޑިޑޭޓުންނާއި ޖަމްޢިއްޔާ ޖަމާޢަތްތަކުންނާއި، ޢާންމުފަރުދުން އެކި ވަޞީލަތްތައް ބޭނުންކޮށްގެން ހިންގާ ކެމްޕެއިން ޙަރަކާތްތައް މޮނީޓަރކުރުމާއި، ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ވެށި ހަރުދަނާ ކުރުމުގެގޮތުން އިންތިޚާބުތަކާއި ޢާންމު ޚިޔާލު ހޯދުމުގެ ވޯޓުތަކާގުޅިގެން އަދި އެނޫންވެސް އިޖްތިމާޢީ، ފަރުދީ ކަންކަމާ ގުޅޭގޮތުން ފަތުރާ ދޮގު މަޢުލޫމާތުތައް ދެނެގަނެ، އެކަންކަމާ ގުޅިގެން ޞައްޙަ މަޢުލޫމާތު ފޯރުކޮށްދިނުމަށްޓަކައި، ކެމްޕެއިން ޙަރަކާތްތައް މޮނިޓަރ ކުރުމަށް ޕަބްލިކް ރިލޭޝަންސް ސެކްޝަނުން ތައްޔާރު ކޮށްފައިވާ، ކެމްޕެއިން ޙަރަކާތްތައް މޮނީޓަރ ކުރުމަށް މި ކޮމިޝަނުގައި ޤާއިމުކުރާ ނިޒާމުގެ ތަންފީޛީ ޕްލޭން ޖުމުލަ ގޮތެއްގައި ރަނގަޅުކަމާއި، ޕްލޭނާ އެއްގޮތަށް އެސް.އޯ.ޕީތަކާއި، ގައިޑްލައިންތަކާއި، މުވައްޒަފުން ތަމްރީން ކުރުމުގެ މަސައްކަތްތައް ފެށުމަށާއި، މިހާރު ހުރި ރިސޯސްތަކުގެ ބޭނުންކޮށްގެން، މި މަސައްކަތް ފެށުމަށާއި، އަދި ތަޖުރިބާގެ އަލީގައި އިމްޕްރޫވްކުރާ މޮޑެލްއެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށްވެސް، ކޮމިޝަނުގެ 901 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

ހަމަ އެއާއެކު މި ޕްލޭންގައި ހިމެނިފައިވާ މަސައްކަތްތައް ކަމާގުޅުންހުރި ސެކްޝަންތަކާ ގުޅިގެން ކުއަށްގެންދިއުމަށާއި، މީގެއިތުރުން، މިކަމުގައި އެއްކުރެވޭ މަޢުލޫމާތުގެ އަލީގައި މި ޕްލޭންގައިވާ ކޮމިޓީތަކުން އެނަލިސިސްއެއް ހަދައި ކޮމިޝަނަށް ރިޕޯޓެއް ގެންނަންޖެހޭ ޙާލަތުގައި ކޮމިޝަނުން ނިންމައިގެން ތަޢާރަފް ކުރުމަށްޓަކައި މިހާރު ހުރި އިންފްރާ ސްޓްރަކްޗަރ އާއި ސޮފްޓްވެއަރއަށް ބަލާއިރު އިތުރަށް ބޭނުންވާ ސޮފްޓްވެއަރއެއް ހޯދައި އެއަށް ދައްކަންޖެހޭ އިންސްޓޯލްމަންޓަށް ބަލައި، 300,000/-ރ. (ތިންލައްކަ ރުފިޔާ) ގެ ބަޖެޓަކުން މިއަހަރު ވީހާވެސް އަވަހަކަށް ކުރިއަށް ގެންދިއުމަށް، ކޮމިޝަނުގެ 901 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

   4. ކޮމިޝަނަރސް ބިއުރޯގެ ސީނިއަރ އޮފިސަރ ޓާސްކްފޯސް، ފާޠިމަތު ލައިސާޢު ޝިޔާމް ވަޒީފާއިން ވަކިކޮށް ދިނުމާގުޅޭ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ މަސައްކަތްތަކަށް ނަގާފައިވާ މުވައްޒަފުންގެ ތެރެއިން، ކޮމިޝަނަރސް ބިއުރޯގެ ސީނިއަރ އޮފިސަރ ޓާސްކްފޯސް، ފާޠިމަތު ލައިސާޢު ޝިޔާމް އިންޓަރން ޝިޕަކަށް ފުރުމަށް ހަމަޖެހިފައިވާތީ، 2025 ޑިސެންބަރު 05 ވަނަ ދުވަހުން ފެށިގެން މި ކޮމިޝަނުގެ ވަޒީފާއިން ވަކިކޮށްދިނުމަށްއެދި 2025 ޑިސެންބަރު 18 ވަނަ ދުވަހު ކޮމިޝަނަށް ހުށަހަޅާފައިވާތީ، އެގޮތުގެމަތީން، މިމުވައްޒަފު ވަޒީފާއިން ވަކިކުރުމަށް އިދާރީގޮތުން ނިންމާފައިވާ ނިންމުން، ކޮމިޝަނުގެ 901 ވަނަ ޢާންމު ޖަލްސާގައިވަނީ އެންޑޯޒް ކުރައްވާފައެވެ.


5.
ވަކިމުއްދަތަކަށް ކޮމިޝަނުން ޖަވާބުދާރީވާންޖެހޭ ލިޔެކިއުންތަކާމެދު ޢަމަލުކުރަންވީގޮތާގުޅޭ.

ކޮމިޝަނުން ވަކި މުއްދަތަކަށް ނުވަތަ ވަކި ދުވަހަކަށް އެއްވެސް އިދާރާއަކުން ނުވަތަ އެއްވެސް ތަނަކުން ލިޔުމެއް އަތުވެއްޖެކަމަށްވާނަމަ އެކަން މެންބަރުންނާ ކަނޑައެޅިފައިވާ ނިޒާމުގެ ތެރެއިން ސެކްރެޓަރީ ޖެނެރަލް ޙިއްޞާކުރުމަށާއި އަދި އެ އޮންނަ މުއްދަތުގެ ތެރޭގައި ޖަވާބު ދިނުމަށްޓަކައި، ކޮމިޝަނުގެ އިދާރާއިން އެކަމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް، ކޮމިޝަނުގެ 901 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.


6.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ބޭއްވުމަށް ބޭނުންވާ މުވައްޒަފުންގެ ތެރެއިން އެސިސްޓެންޓް މާސްޓަރ ޓްރެއިނަރ (އެމް.އެސް3) ގެ މަޤާމަށް މުވައްޒަފަކު ނެގުމާގުޅޭ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ބޭއްވުމަށް ބޭނުންވާ މުވައްޒަފުންގެ ތެރެއިން އެސިސްޓެންޓް މާސްޓަރ ޓްރެއިނަރ (އެމް.އެސް3) ގެ މަޤާމަށް މުވައްޒަފަކު ހޯދުމަށް ކޮމިޝަނުން ކޮށްފައިވާ ނަންބަރު (IUL)38-BB/38/2025/132 އިޢުލާނާ ގުޅިގެން އެޕްލިކޭޝަން ފޯމު ހުށަހަޅާފައިވަނީ އެންމެ ފަރާތަކުންކަމާއި، މިފަރާތުގެ ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބެލުމަށްފަހު، ކުރެވުނު އިންޓަރވިއު އަދި އިމްތިޙާނުގެ ނަތީޖާއަށް ބަލައި އެސިސްޓެންޓް މާސްޓަރ ޓްރެއިނަރގެ (އެމް.އެސް 3) ގެ މަޤާމަށް ހއ.އިހަވަންދޫ، ވައިޖެހޭގެ، މުހައްމަދު ޝަފީއު ހަމަޖެއްސުމަށް، ކޮމިޝަނުގެ 901 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.


7.
"އިންޓަރނޭޝަނަލް ކޮންފަރަންސް އޮން ޑިމޮކްރަސީ އެންޑް އިލެކްޝަން މެނޭޖްމަންޓް އޮފް ހެޑްސް އޮފް އިލެކްޝަން މެނޭޖްމަންޓް ބޮޑީސް" ގައި ބައިވެރިވުމަށް ކޮމިޝަނަށް ފޮނުވާފައިވާ ދަޢުވަތާގުޅޭ.

ޚާރިޖީ ވުޒާރާގެ ނަންބަރު25-G4/38/2025/8: (8 ޑިސެންބަރު 2025) ސިޓީގައި ވިދާޅުވެފައިވާ، ދުނިޔޭގެ އެކި ޤައުމުތަކުގެ އިންތިޚާބުތައް ހިންގާ މުއައްސަސާތައް އެއްކޮށް، އެ މުއައްސަސާތަކުގެ ތަޖުރިބާތައް ޙިއްޞާކޮށް، ދިމާވާ ގޮންޖެހުންތަކާއި އެ ގޮންޖެހުންތަކުން އަރައިގަތުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމުގެ މަޤްޞަދުގައި 2026 ޖަނަވަރީ 21 އިން 23 އަށް އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ބޭއްވުމަށް ހަމަޖެހިފައިވާ "އިންޓަރނޭޝަނަލް ކޮންފަރަންސް އޮން ޑިމޮކްރަސީ އެންޑް އިލެކްޝަން މެނޭޖްމަންޓް އޮފް ހެޑްސް އޮފް އިލެކްޝަން މެނޭޖްމަންޓް ބޮޑީސް" ގައި ބައިވެރިވެވުމަށް މި ކޮމިޝަނަށް ފޮނުވާފައިވާ ދަޢުވަތާ ގުޅިގެން، އެ ބައްދަލުވުމުގައި މި ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު އަދި ޑިރެކްޓަރ ޝަހުލާ އިސްމާޢީލް، ބައިވެރިވެ ވަޑައިގެންނެވުމަށް، ކޮމިޝަނުގެ 901 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

Date
Location
ތިންވަނަ ފަންގިފިލާގެ، މެންބަރުންގެ މީޓިންގ ރޫމް
Time
Number
901

ޖަލްސާއާއި ގުޅުންހުރި ލިޔުންތައް

ޖަލްސާގެ ނިންމުންތައްޖަލްސާގެ ހާޟިރީ

ޖަލްސާގެ ހާޟިރީ

ކޮމިޝަންގެ މެންބަރުން

  • މުޙައްމަދު ޒާހިދު
  • ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު
  • ޑޮކްޓަރ މުޙައްމަދު ޒާހިރު
  • ޙަސަން ޒަކަރިއްޔާ
  • ޢަބްދުލްޙަސީބު އިސްމާޢީލް

އިސް މުވައްޒަފުން

  • ޢަބްދުﷲ އުނައިސް
  • ޝަހުލާ އިސްމާޢީލް
  • މުޙައްމަދު އަނީލް
  • އާއިޝަތު ޝައްފާފް
  • އާމިނަތު އަޒީފާ
  • އަލްއުސްތާޛާ ޢާލިޔާ ޙަނީފް
  • ފާޠިމަތު ޝަބާ ބާޤިރު

އެންމެ ފަހުގެ އިތުރު ޖަލްސާތައް

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 492 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 900 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 491 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 490 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 898 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 897 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 896 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 895 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 894 ވަނަ ޢާންމު ޖަލްސާ