ޖަލްސާތައް

ކޮމިޝަނުގެ 909 ވަނަ ޢާންމު ޖަލްސާ

ތަޢާރަފް

މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދެވެ. ޖަލްސާގައި ކޮމިޝަނުގެ 3 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، ކޮމިޝަނުގެ މެންބަރު ޑޮކްޓަރު މުޙައްމަދު ޒާހިރު، އަދި ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް އެވެ.

ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު އަދި ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ ހުންނެވީ ރަސްމީ ދަތުރުފުޅެއްގައެވެ.

މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.

1. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ މަސައްކަތްތަކަށް ނަގާފައިވާ މުވައްޒަފުންގެ ތެރެއިން، ވަޒީފާއިން ވަކިވުމަށް އެދިފައިވާ ތިރީގައި މިދަންނަވާ މުވައްޒަފުންނާ ގުޅޭ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ މަސައްކަތަށް ނަގާފައިވާ މުވައްޒަފުންގެ ތެރެއިން، ކޮމިޝަނުގެ ވަޒީފާއިން ވަކިވުމަށް ހުށަހަޅާ މުވައްޒަފުންނާއި އަދި ވަކިގޮތެއް ނާންގާ ކޮމިޝަނުގެ މަސައްކަތަށް ނުނިކުންނަ މުވައްޒަފުން އިދާރީގޮތުން ވަކިކުރުމަށްފަހު، އެކަން އެންޑޯޒްކުރުމަށް ކޮމިޝަނަށް ހުށަހެޅުމަށް ކޮމިޝަނުގެ 888 ވަނަ ޢާންމު ޖަލްސާގައި ނިންމަވާފައިވާ ނިންމެވުމާ ގުޅިގެން، ސިވިކް އެޑިއުކޭޝަން އެންޑް ޓްރެއިނިންގ ސެކްޝަނުގެ އޮފިސަރ، މިސްކާ ސާދާތު ޙަސަން އަދި ސިވިކް އެޑިއުކޭޝަން އެންޑް ޓްރެއިނިންގ ސެކްޝަނުގެ ސީނިއަރ އޮފިސަރ، ޢާއިޝަތު ވަޙީދާ ކޮމިޝަނުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން، ވަޒީފާއިން ވަކިކުރުމަށް އިދާރީގޮތުން ނިންމާފައިވާ ނިންމުން، އެގޮތުގެމަތީން އެންޑޯޒްކުރުމަށް، ކޮމިޝަނުގެ 909 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

އަދި، ކޮމިޝަނުގެ މުވައްޒަފުން ވަޒީފާއިން ވަކިވާއިރު، އިންތިޚާބަށް ނަގާފައިވާ މުވައްޒަފުން ކަމުގައިވީނަމަވެސް، EXIT އިންޓަރވިއު ފުރިހަމަކުރުމަށްފަހު، އެކަމުގެ މަޢުލޫމާތު ކޮމިޝަނާ ޙިއްޞާކޮށް، މައްސަލަ ހުރި ދާއިރާތަކުން އެކަން އިޞްލާޙުކުރުމަށް އިދާރީގޮތުން މަސައްކަތްތައް ތަރުތީބުކުރުމަށްވެސް، ކޮމިޝަނުގެ 909 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

  2. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ މަސައްކަތަށް ބޭނުންވާ މުވައްޒަފުން ނެގުމާ ގުޅޭ

· ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯގެ މެނޭޖަރ

·  އޮފިސަރ

· އެސިސްޓެންޓް ލޮޖިސްޓިކް އޮފިސަރ

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް މި ކޮމިޝަނުން ކޮށްފައިވާ ނަންބަރު:(IUL)38-BB/38/2026/42،(IUL)38-BB/38/2025/123އަދި (IUL)38-BB/38/2025/260 އިޢުލާނާ ގުޅިގެން، ކޮމިޝަނަށް އެޕްލިކޭޝަން ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ޝަރުޠުހަމަވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބެލުމަށްފަހު، ކުރެވުނު އިންޓަރވިއު އަދި އިމްތިޙާނުގެ ނަތީޖާއަށް ބިނާކޮށް އެންމެ މަތިން މާރކްސް ލިބިފައިވާ ފަރާތްތައް، ގަވާއިދާއި އުޞޫލާ އެއްގޮތްވާ ގޮތުގެމަތީން ވަޒީފާއަށް ނެގުމުގެ ކުރިން ބަލަންޖެހޭ ކަންކަމަށް ބެލުމަށްފަހު، ވ.ބީކަން، މާލެ، ލިފްޒާ އިބްރާހީމްދީދީ، ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯ މެނޭޖަރ (އެމް.އެސް3) ގެ މަޤާމަށް، މ.މެލޯޑިއަން، މާލެ، ޢާއިޝަތު ނައުހާ ނަދީމް، އޮފިސަރ (ޖީ.އެސް3)ގެ މަޤާމަށް އަދި ބަގީޒާގެ، ދ.މީދޫ، ޢާރިމް ނަޞީރު، އެސިސްޓެންޓް ލޮޖިސްޓިކްސް އޮފިސަރ (ޖީ.އެސް3)ގެ މަޤާމަށް ހަމަޖެއްސުމަށް، ކޮމިޝަނުގެ 909 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

3. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ މަސައްކަތަށް ބޭނުންވާ މުވައްޒަފުން ނެގުމާ ގުޅޭ.

· އެސިސްޓެންޓް ލޮޖިސްޓިކް އޮފިސަރ

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ބޭއްވުމަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް މި ކޮމިޝަނުން ކޮށްފައިވާ ނަންބަރު:(IUL)38-BB/38/2025/260 އިޢުލާނާ ގުޅިގެން ކޮމިޝަނަށް އެޕްލިކޭޝަން ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ޝަރުޠުހަމަވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބެލުމަށްފަހު، ކުރެވުނު އިންޓަރވިއު އަދި އިމްތިޙާނުގެ ނަތީޖާއަށް ބިނާކޮށް އެންމެ މަތިން މާރކްސް ލިބިފައިވާ ފަރާތްތައް، ގަވާއިދާއި އުޞޫލާ އެއްގޮތްވާ ގޮތުގެމަތީން ވަޒީފާއަށް ނެގުމުގެ ކުރިން ބަލަންޖެހޭ ކަންކަމަށް ބެލުމަށްފަހު، ބުލާސަމްގެ، ބ.ދަރަވަންދޫ، ސާޝަން ޙުސައިން ނަޞީރު، އެސިސްޓަންޓް ލޮޖިސްޓިކްސް އޮފިސަރ (ޖީ.އެސް 3) ގެ މަޤާމަށް ހަމަޖެއްސުމަށް، ކޮމިޝަނުގެ 909 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

4. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ މަސައްކަތަށް ބޭނުންވާ މުވައްޒަފުން ނެގުމާ ގުޅޭ.

· ސީނިއަރ އޮފިސަރ

· އޮފިސަރ

· އެސިސްޓެންޓް ލޮޖިސްޓިކް އޮފިސަރ

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ބޭއްވުމަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް މި ކޮމިޝަނުން ކޮށްފައިވާ ނަންބަރު:(IUL)38-BB/38/2025/125،(IUL)38-BB/38/2025/123އަދި (IUL)38-BB/38/2025/260އިޢުލާނާ ގުޅިގެން، ކޮމިޝަނަށް އެޕްލިކޭޝަން ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ޝަރުޠުހަމަވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބެލުމަށްފަހު، ކުރެވުނު އިންޓަރވިއު އަދި އިމްތިޙާނުގެ ނަތީޖާއަށް ބިނާކޮށް އެންމެ މަތިން މާރކްސް ލިބިފައިވާ ފަރާތްތައް، ގަވާއިދާއި އުޞޫލާ އެއްގޮތްވާ ގޮތުގެމަތީން ވަޒީފާއަށް ނެގުމުގެ ކުރިން ބަލަންޖެހޭ ކަންކަމަށް ބެލުމަށްފަހު، ނޫވިލު، ހއ. އުތީމު، ޔޫން އަޙްމަދު ނިޔާޒު، ސީނިއަރ އޮފިސަރ (އެމް.އެސް3) ގެ މަޤާމަށް، ވ.ލޯބަން، މާލެ، މުޙައްމަދު ރަޔާން ޝާމިލް، ސީނިއަރ އޮފިސަރ (އެމް.އެސް3) ގެ މަޤާމަށް، ނިޝާން، ކ. ތުލުސްދޫ، އާމިނަތު އިމާލާ ޢިމްރާން، އޮފިސަރ (ޖީ.އެސް3) ގެ މަޤާމަށް، އިރަމާގެ، ނ.ވެލިދޫ، މުޙައްމަދު އިޒްޔާން ރަމީޒު އޮފިސަރ (ޖީ.އެސް3) ގެ މަޤާމަށް، ފްލެޓްނަންބަރު 127-2-06، ކ.ހުޅުމާލެ، އިސްމާޢީލް މާޒިން މުމްތާޒް އޮފިސަރ (ޖީ.އެސް3)ގެ މަޤާމަށް ފްލެޓް ނަންބަރު:156-2-03 ހުޅުމާލެ، އެސިސްޓެންޓް ލޮޖިސްޓިކްސް އޮފިސަރ (ޖީ.އެސް3) ގެ މަޤާމަށް އަދި މ.ކަނޑުނޫގެ، މާލެ، ޙަސަން އިންޝާލް ބިން މުޙައްމަދު އެސިސްޓެންޓް ލޮޖިސްޓިކްސް އޮފިސަރ (ޖީ.އެސް3)ގެ މަޤާމަށް ހަމަޖެއްސުމަށް، ކޮމިޝަނުގެ 909 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

5.  2026 މާރިޗު 23 އިން 26 އަށް އަރުމޭނިއާގެ ޔެރެވެންގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭ-ވެބްގެ 14 ވަނަ އެގްޒެކެޓިވް ބޯޑް މީޓިންގ ގައި ބައިވެރިވުމަށްއެދި ސެންޓްރަލް އިލެކްޓޯރަލް ކޮމިޝަން (ސީއީސީ) އޮފް ދި ރިޕަބްލިކް އޮފް އަރުމޭނިއާ އެންޑް ދި ސެކްރެޓޭރިއެޓް އޮފް ދި އެސޯސިއޭޝަން އޮފް ދި ވަރލްޑް އިލެކްޝަން ބޮޑީސް (އޭ-ވެބް) އިން މި ކޮމިޝަނަށް ފޮނުއްވާފައިވާ ދަޢުވަތާ ގުޅޭ.

2026 މާރިޗު 23 އިން 26 އަށް އަރުމޭނިއާގެ ޔެރެވެންގައި ބޭއްވުމަށް ހަމަޖެހިފައިވާ އެސޯސިއޭޝަން އޮފް ދި ވަރލްޑް އިލެކްޝަން ބޮޑީސް (އޭ-ވެބް) ގެ 14 ވަނަ އެގްޒެކެޓިވް ބޯޑް މީޓިންގ ގައި ބައިވެރިވުމަށްއެދި ސެންޓްރަލް އިލެކްޓޯރަލް ކޮމިޝަން (ސީއީސީ) އޮފް ދި ރިޕަބްލިކް އޮފް އަރުމޭނިއާ އެންޑް ދި ސެކްރެޓޭރިއެޓް އޮފް ދި އެސޯސިއޭޝަން އޮފް ދި ވަރލްޑް އިލެކްޝަން ބޮޑީސް (އޭ-ވެބް) އިން މި ކޮމިޝަނަށް ދަޢުވަތު ދެއްވާފައިވީނަމަވެސް، މި މުއްދަތަކީ، 2026 އެޕްރީލް 04 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ، ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ މަސައްކަތްތައް އެންމެ ބާރަށް ކުރިއަށްދާނޭ މުއްދަތުކަމުން، 2026 މާރިޗު 23 އިން 26 ގައި، އޭ-ވެބްގެ 14 ވަނަ އެގްޒެކެޓިވް ބޯޑް މީޓިންގގައި، މި ކޮމިޝަނަށް ބައިވެރިވެވެން ނެތްކަމަށް ނިންމައި، އެގޮތުގެމަތީން، އެސޯސިއޭޝަން އޮފް ދި ވަރލްޑް އިލެކްޝަން ބޮޑީސް (އޭ-ވެބް) އަށް ލިޔުމުން ފޮނުވުމަށް، ކޮމިޝަނުގެ 909 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

6. 2026 މާރިޗު 23 އިން 26 އަށް އަރުމޭނިއާގެ ޔެރެވެންގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭ-ވެބްގެ 14 ވަނަ އެގްޒެކެޓިވް ބޯޑް މީޓިންގގައި މަޝްވަރާ ކުރެއްވުމަށް މި ކޮމިޝަނުން އެޖެންޑާ ކުރައްވަން ބޭނުންފުޅުވާނަމަ ހުށަހެޅުއްވުމާ ގުޅޭގޮތުން، އޭ-ބެވް އިން ފޮނުއްވާފައިވާ ސިޓީއާގުޅޭ.

2026 މާރިޗު 23 އިން 26 އަށް އަރުމޭނިއާގެ ޔެރެވެންގައި ބޭއްވުމަށް ހަމަޖެހިފައިވާ ދި ސެކްރެޓޭރިއެޓް އޮފް ދި އެސޯސިއޭޝަން އޮފް ދި ވަރލްޑް އިލެކްޝަން ބޮޑީސް (އޭ-ވެބް) ގެ 14 ވަނަ އެގްޒެކެޓިވް ބޯޑް މީޓިންގގައި މަޝްވަރާ ކުރުމަށް މިކޮމިޝަނުން ހުށަހަޅަން ބޭނުންވާ ކަމެއް ނެތްކަމުގައި، ކޮމިޝަނުގެ 909 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

Date
Location
ތިންވަނަ ފަންގިފިލާގެ، މެންބަރުންގެ މީޓިންގ ރޫމް
Time
Number
909

ޖަލްސާއާއި ގުޅުންހުރި ލިޔުންތައް

ޖަލްސާގެ ނިންމުންތައްޖަލްސާގެ ހާޟިރީ

ޖަލްސާގެ ހާޟިރީ

ކޮމިޝަންގެ މެންބަރުން

  • ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު
  • ޑޮކްޓަރ މުޙައްމަދު ޒާހިރު
  • ޢަބްދުލްޙަސީބު އިސްމާޢީލް

އިސް މުވައްޒަފުން

  • ޢަބްދުﷲ އުނައިސް
  • ޝަހުލާ އިސްމާޢީލް
  • މުޙައްމަދު އަނީލް
  • އާއިޝަތު ޝައްފާފް
  • އާމިނަތު އަޒީފާ
  • އަލްއުސްތާޛާ ޢާލިޔާ ޙަނީފް
  • ފާޠިމަތު ޝަބާ ބާޤިރު

އެންމެ ފަހުގެ އިތުރު ޖަލްސާތައް

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 495 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 908 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 907 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 906 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 905 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 904 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 903 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 494 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 902 ވަނަ ޢާންމު ޖަލްސާ