ކޮމިޝަނުގެ 913 ވަނަ ޢާންމު ޖަލްސާ
ތަޢާރަފް
މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދެވެ. ޖަލްސާގައި ކޮމިޝަނުގެ 3 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް އަދި ކޮމިޝަނުގެ މެންބަރު ރިފްޢަތު ޢަބްދުﷲ އެވެ.
ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު އަދި ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ ހުންނެވީ ރަސްމީ ދަތުރުފުޅެއްގައެވެ.
މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.
1. ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގެ މަސައްކަތްތަކަށް މުވައްޒަފުން ނެގުމާ ގުޅޭ.
ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ބޭއްވުމަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް މި ކޮމިޝަނުން ކޮށްފައިވާ ނަންބަރު(IUL)38-BB/38/2025/260 އިޢުލާނާއި ގުޅިގެން، އެސިސްޓެންޓް ލޮޖިސްޓިކް އޮފިސަރ (ޖީ.އެސް 3 – ޓާކްސް ފޯސް) މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބެލުމަށްފަހު، ކުރެވުނު އިންޓަރވިއު އަދި އިމްތިޙާނުގެ ނަތީޖާއާށް ބިނާކޮށް އެންމެ މަތިން މާރކްސް ލިބިފައިވާ ގ.ގޯޅިތެރޭގެ، އަޙްމަދު އަލޫކް ޢަބްދުލްޙަކީމް، އެސިސްޓެންޓް ލޮޖިސްޓިކް އޮފިސަރ (ޖީ.އެސް 3 – ޓާކްސް ފޯސް) މަޤާމަށް ހަމަޖެއްސުމަށް، ކޮމިޝަނުގެ 913 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވައިފައެވެ.
2. ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގެ މަސައްކަތްތަކަށް ނަގާފައިވާ މުވައްޒަފުންގެ ތެރެއިން، ކޮމިޝަނުގެ ވަޒީފާއިން ވަކިވުމަށް ހުށަހަޅާ މުވައްޒަފު ވަޒީފާއިން ވަކިކުރުމާގުޅޭ.
ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގެ މަސައްކަތްތަކަށް ނަގާފައިވާ މުވައްޒަފުންގެ ތެރެއިން، ކޮމިޝަނުގެ ވަޒީފާއިން ވަކިވުމަށް ހުށަހަޅާ މުވައްޒަފުންނާއި އަދި ވަކިގޮތެއް ނާންގާ ކޮމިޝަނުގެ މަސައްކަތަށް ނުނިކުންނަ މުވައްޒަފުން އިދާރީގޮތުން ވަކިކުރުމަށްފަހު، އެކަން އެންޑޯޒްކުރުމަށް ކޮމިޝަނަށް ހުށަހެޅުމަށް ކޮމިޝަނުގެ 888 ވަނަ ޢާންމު ޖަލްސާގައި ނިންމަވާފައިވާ ނިންމެވުމާ ގުޅިގެން، ޕްރޮކިއުމަންޓް ސެކްޝަންގެ ސީނިއަރ އޮފިސަރ، އާމިނަތު މާޝާ މިދުޙަތު، 2026 ފެބުރުވަރީ 22 ވަނަ ދުވަހުން ފެށިގެން ކޮމިޝަނުގެ ވަޒީފާއިން ވަކިކުރުމަށް އިދާރީގޮތުން ނިންމާފައިވާ ނިންމުން، އެގޮތުގެމަތީން، އެންޑޯޒްކުރުމަށް، ކޮމިޝަނުގެ 913 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވައިފައެވެ.
3. 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގެ މަސައްކަތަށް ބޭނުންވާ މުވައްޒަފުން ނެގުމާޅޭ.
ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ބޭއްވުމަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް މި ކޮމިޝަނުން ކޮށްފައިވާ ނަންބަރު(IUL)38-BB/38/2025/123، ނަންބަރު(IUL)38-BB/38/2025/125 އިޢުލާނާ ގުޅިގެން، ސީނިއަރ އޮފިސަރ (އެމް.އެސް 1 – ޓާކްސް ފޯސް) މަޤާމާއި، އޮފިސަރ (ޖީ.އެސް 3 – ޓާކްސް ފޯސް) ގެ މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބެލުމަށްފަހު، ކުރެވުނު އިންޓަރވިއު އަދި އިމްތިޙާނުގެ ނަތީޖާއާށް ބިނާކޮށް އެންމެ މަތިން މާރކްސް ލިބިފައިވާ ތިރީގައި ދަންނަވާފައިއެވާ ފަރާތްތައް ސީނިއަރ އޮފިސަރ (އެމް.އެސް 1 – ޓާކްސް ފޯސް) މަޤާމާއި، އޮފިސަރ (ޖީ.އެސް 3 – ޓާކްސް ފޯސް) ގެ މަޤާމަށް ހަމަޖެއްސުމަށް، ކޮމިޝަނުގެ 913 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވައިފައެވެ.
ސީނިއަރ އޮފިސަރ، (އެމް.އެސް 1 – ޓާސްކް ފޯސް)
- މައިސާން ޢަބްދުލްޙަމީދު، މއ.ވިޔަނި، މާލެ – އެޑްމިނިސްޓްރޭޝަން އެންޑް ސަޕޯޓް ސަރވިސް ސެކްޝަން
އޮފިސަރ، (ޖީ.އެސް 3 – ޓާސްކް ފޯސް)
- - ޢަލްޔާ މުޙައްމަދު ތައުފީޤް، މ.އުދަގިރި، މާލެ - އެޑްމިނިސްޓްރޭޝަން އެންޑް ސަޕޯޓް ސަރވިސް ސެކްޝަން
- - ނިހާ މުޙައްމަދު، ވިލަރެސް، ފ.ދަރަނބޫދޫ – ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަން
- - އާމިނަތު ޢައިނާ ވަސީމް، މ.ހާޑްރޮކް، މާލެ – ޕްރޮކިއުމަންޓް ސެކްޝަން
- - މުޙައްމަދު އާހިލް، ފިޔަޖަހާގެ، ބ.އޭދަފުށި - ޕްރޮކިއުމަންޓް ސެކްޝަން
- - ޢާއިޝަތު އަޖްލާ ޢަބްދުﷲ، ގ.އާބުހަވާ، މާލެ - ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަން
4. ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ އަހަރީ ރިޕޯޓާގުޅޭ.
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ހުށަހަޅާފައިވާ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި ފުރިހަމަކުރަންޖެހޭ އެންމެހައި ކަންކަން ފުރިހަމަކޮށްފައި ހުރިކަމަށް އިދާރީގޮތުން ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުން ފާހަގަ ކުރައްވާފައިވާތީ، އެ ޕާޓީން ހުށަހަޅާފައިވާ، 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ރަނގަޅު ކަމުގައި ބަލައިގަނެ، ހުށަހަޅާފައިވާ ގޮތުގެމަތީން އެންޑޯޛްކުރުމަށް، ކޮމިޝަނުގެ 913 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
5. މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސްގެ އަހަރީ ރިޕޯޓާގުޅޭ.
މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސްގެ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ދިރާސާ ކުރެއްވިގޮތާއި ރިޕޯޓުން ފާހަގަ ކުރެވޭ ކަންތައްތައް ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުން ހުށަހަޅާފައިވާ ގޮތަށް ރިޢާޔަތްކޮށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސްގެ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ރަނގަޅު ކަމުގައި ބަލައިގަނެ، ހުށަހަޅާފައިވާ ގޮތުގެމަތީން އެންޑޯޛްކުރުމަށް، ކޮމިޝަނުގެ 913 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
6. ސިޔާސީ ޕާޓީތަކުން ކޮމިޝަނަށް ހުށަހަޅަންޖެހޭ އަހަރީ ރިޕޯޓާގުޅޭ.
ސިޔާސީ ޕާޓީތަކުން ކޮމިޝަނަށް ހުށަހަޅަންޖެހޭ އަހަރީ ރިޕޯޓު ކޮމިޝަނަށް ހުށަހެޅުމަށްޓަކައި އެ މުއްދަތުގެ ހަމަވުމުގެކުރީންވެސް ހަނދުމަކޮށްދިނުމުގެ ގޮތުން ޕާޓީތަކަށް އެންގުމަށާއި، އަދި މިވަގުތާ ހަމައަށްވެސް ބައެއް ސިޔާސީ ޕާޓީތަކުން އަހަރީ ރިޕޯޓު ކޮމިޝަނަށް ހުށަހަޅާފައިނުވާތީވެ، ސިޔާސީ ޕާޓީތަކުގެ އަހަރީ ރިޕޯޓަކީ، ސިޔާސީ ޕާޓީތަކުން ކޮންމެހެން ހުށަހަޅަންޖެހޭ ރިޕޯޓެއްކަމުގައިވާތީ، އެގޮތުގެމަތީން ރިޕޯޓު ހުށަހެޅުމަށްޓަކައި ކަނޑައެޅިފައިވާ މުއްދަތު ފަހަނައެޅިކަމުގައިވީނަމަވެސް، އަހަރީ ރިޕޯޓު ކޮމިޝަނަށް ހުށަހެޅުމަށް ހަނދުމަކޮށްދީ ޕާޓީތަކަށް އެންގުމަށް، ކޮމިޝަނުގެ 913 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
އަދި، ކުރިއަށްއޮތް ތަނުގައި ސިޔާސީ ޕާޓީތަކުން ހުށަހަޅާ ރިޕޯޓުތައް އިތުރަށް ފުރިހަމަކުރުމަށްޓަކައި މިހާރު ޢަމަލު ކުރަމުންދާ ފޯމެޓަށް ބަދަލެއް ގެނައުމަށް ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުން ސެކްރެޓަރީ ޖެނެރަލްގެ ލަފަޔާއެކު އިދާރީގޮތުން ކުރެވިދާނެކަންކަން ކޮމިޝަނުގެ މަޝްވަރާއަށް ގެނައުމަށްވެސް، ކޮމިޝަނުގެ 913 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
7. ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 އޮބްޒާވްކުރުމަށް ރާއްޖެއިން ބޭރުން ވަޑައިގަންނަވާ ބޭފުޅުންނާގުޅޭ.
ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 އޮބްޒާވްކުރުމަށް ކޮމިޝަނުގެ ރަސްމީ ދަޢުވަތަށް އަންނަ ބައިނަލްއަޤްވާމީ އޮބްޒާވަރުންގެ އޮބްޒަވޭޝަން ޕޮއިންޓުތައް ކޮމިޝަނަރސް ބިއުރޯ އިން ކަނޑައަޅައި ހުށަހަޅާފައިވާ ތިރީގައި މިދަންނަވާ ގޮތަށް، ކޮމިޝަނުގެ 913 ވަނަ ޢާންމު ޖަލްސާގައި ވަނީ ފާސް ކުރައްވާފައެވެ.
|
# |
ކޮމިޝަންތައް |
ގުރޫޕް |
އޮބްޒަވޭޝަން ޕޮއިންޓުތައް |
|
1 |
އަޒަރުބައިޖާންގެ އިލެކްޝަންސް ކޮމިޝަން |
ގުރޫޕް A |
މާލެ ސިޓީ · މާލެ، ހުޅުމާލެ، ވިލިމާލެ، ޖަލު |
|
2 |
ޖޯޖިއާގެ އިލެކްޝަންސް ކޮމިޝަން |
||
|
3 |
ސްރީލަންކާގެ އިލެކްޝަންސް ކޮމިޝަން |
ގުރޫޕް B |
ކުޅުދުއްފުށި ސިޓީ |
|
4 |
އިންޑިއާގެ އިލެކްޝަންސް ކޮމިޝަން |
||
|
5 |
ފިލިޕީންސްގެ އިލެކްޝަންސް ކޮމިޝަން |
ގުރޫޕް C |
ލ. ފޮނަދޫ އަދި ލ.ގަން |
|
6 |
ކިރިގިސްތާންގެ އިލެކްޝަންސް ކޮމިޝަން |
||
|
7 |
ފޯރަމް އޮފް އިލެކްޝަންސް މެނޭޖްމަންޓް ބޮޑީސް އޮފް ސައުތު އޭޝިއާ، ބޫޓާންގެ އިލެކްޝަންސް ކޮމިޝަން |
ގުރޫޕް D |
އައްޑޫ ސިޓީއާއި އައްޑު އަތޮޅުގެ ބައެއް އަވަށު/ރަށްތައް · ހިތަދޫ، މަރަދޫ، މަރަދޫ ފޭދޫ އަދި ފޭދޫ |
|
8 |
ޕާކިސްތާންގެ އިލެކްޝަންސް ކޮމިޝަން |
||
|
9 |
މޮންގޯލިއާގެ އިލެކްޝަންސް ކޮމިޝަން |
ގުރޫޕް E |
ފުވައްމުލައް ސިޓީ |
|
10 |
އުޛްބަކިސްތާންގެ އިލެކްޝަންސް ކޮމިޝަން |
އަދި، ބައިނަލްއަޤްވާމީ އޮބްޒާވަރުންގެ ކަންކަން ހަމަޖެއްސުމަށް ބޭނުންވާ ލިއޭޒަން އޮފިސަރުން ކޮމިޝަނުގެ އެތެރެއިން ލިބުން ދަތިވެފައިވާތީއާއި މިއަދާ ހަމައަށްވެސް ބޭނުންވާ ޢަދަދަށް ލިއޭޒަން އޮފިސަރުން ލިބިފައިނުވާތީވެ، ބައިނަލްއަޤްވާމީ އޮބްޒާވަރުން ދަތުރުކުރުމަށް ހަމަޖެހިފައިވާ އޮބްޒަވޭޝަން ޕޮއިންޓުތައް ނިސްބަތްވާ ރަށު/ސިޓީ ކައުންސިލްތަކާއި ފޯކަލް ޕޮއިންޓުންނާ ވާހަކަ ދައްކައިގެން ދަތުރުކުރާ މުއްދަތަށް އެ ރަށު/ސިޓީތަކުން ލިއޭޒަން އޮފިސަރުން ހޯދުމަށާއި، އަދި މާލޭގައި ހަރަކާތްތެރިވާ ދުވަސްތަކަށް ކޮމިޝަނުގެ އެތެރެއިން ލިއޭޒަން އޮފިސަރުން ހޯދުމަށް އަދިވެސް މަސައްކަތްކުރުމަށް، ކޮމިޝަނުގެ 913 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
8. ކަޒަކްސްތާންގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ ޤައުމުގެ ރިޕަބްލިކަން ރިފަރެންޑަމް އޮބްޒާވްކުރުމަށް ކުރާ ދަތުރާގުޅޭ.
2026 މާރިޗު 15 ވަނަ ދުވަހު ކަޒަކްސްތާންގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ ޤައުމުގެ ރިޕަބްލިކަން ރިފަރެންޑަމް އޮބްޒާވްކުރުމަށްއެދި، ކަޒަކްސްތާންގެ ސެންޓަރަލް ރިފަރެންޑަމް ކޮމިޝަނުން، މި ކޮމިޝަނަށް ފޮނުވާފައިވާ ދަޢުވަތާ ގުޅިގެން ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު އަދި ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް ވަޑައިގެނެވުމަށް، ކޮމިޝަނުގެ 913 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.









