ކޮމިޝަނުގެ 914 ވަނަ ޢާންމު ޖަލްސާ
ތަޢާރަފް
މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދެވެ. ޖަލްސާގައި ކޮމިޝަނުގެ 5 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު، ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ އަދި ކޮމިޝަނުގެ މެންބަރު އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲ އެވެ.
މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.
1. ޓާސްކް ފޯސް މުވައްޒަފުން ވަޒީފާއިން ވަކިކުރުމާގުޅޭ.
ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގެ މަސައްކަތްތަކަށް ނަގާފައިވާ މުވައްޒަފުންގެ ތެރެއިން، ކޮމިޝަނުގެ ވަޒީފާއިން ވަކިވުމަށް ހުށަހަޅާ މުވައްޒަފުންނާއި އަދި ވަކިގޮތެއް ނާންގާ ކޮމިޝަނުގެ މަސައްކަތަށް ނުނިކުންނަ މުވައްޒަފުން އިދާރީގޮތުން ވަކިކުރުމަށްފަހު، އެކަން އެންޑޯޒްކުރުމަށް ކޮމިޝަނަށް ހުށަހެޅުމަށް ކޮމިޝަނުގެ 888 ވަނަ ޢާންމު ޖަލްސާގައި ނިންމަވާފައިވާ ނިންމެވުމާ ގުޅިގެން، ސިވިކް އެޑިއުކޭޝަން އެންޑް ޓްރެއިނިންގ ސެކްޝަން ގެ އޮފިސަރ (ޖީ.އެސް 3) އިސްމާޢީލް ފަދުވާން އަޙްމަދު، ޕްރޮކިއުމަންޓް ސެކްޝަންގެ ސީނިއަރ އޮފިސަރ (އެމް.އެސް 1) ސައްމާޙު އަޙްމަދު މުޖުޠަބާ، އިލެކްޓޯރަލް މެނޭޖްމަންޓް ސެކްޝަންގެ އޮފިސަރ (ޖީ.އެސް 3) މުޙައްމަދު ހޫދު މާހިރު، ރަޖިސްޓްރޭޝަން ސެކްޝަންގެ ސީނިއަރ އޮފިސަރ (އެމް.އެސް 1) ޝިއުނާ އިބްރާހީމް، ޕަބްލިކް ރިލޭޝަންސް ސެކްޝަންގެ އޮފިސަރ (ޖީ.އެސް 3) ލޫޠު މުޙައްމަދު އަދި އިލެކްޓޯރަލް މެނޭޖްމަންޓް ސެކްޝަންގެ އޮފިސަރ (ޖީ.އެސް 3) އާޔަން އަޙްމަދު މޫސާ ކޮމިޝަނުގެ ވަޒީފާއިން ވަކިކުރުމަށް އިދާރީގޮތުން ނިންމާފައިވާ ނިންމުން، އެގޮތުގެމަތީން، އެންޑޯޒްކުރުމަށް، ކޮމިޝަނުގެ 914 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވައިފައެވެ.
2. އިންޓަރނަލް އޮޑިޓް ސަބް ކޮމިޓީގެ މެންބަރު އަދި މުޤައްރިރުގެ މަޤާމު ހަމަޖެއްސުމާގުޅޭ.
ހުސްވެފައިވާ އިންޓަރނަލް އޮޑިޓް ސަބް ކޮމިޓީގެ މެންބަރުކަމުގެ މަޤާމަށް، ކޮމިޝަނުގެ މެންބަރު އަލްއުސްތާޛް ޢަބްދުﷲ ރިފްޢަތު ހަމަޖައްސައި، ކޮމިޓީގެ މުޤައްރިރުގެ މަޤާމަށް، ކޮމިޓީގެ މެންބަރު، ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް ހަމަޖެއްސުމަށް، ކޮމިޝަނުގެ 914 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވައިފައެވެ.
މި ދެންނެވުނު ނިންމެވުމާ ގުޅިގެން، އިންޓަރނަލް އޮޑިޓް ސަބް ކޮމިޓީގެ މެންބަރުން ތިރީގައި ބަޔާންކޮށްފައިވާނެއެވެ.
· ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް – މުޤައްރިރު
· ކޮމިޝަނުގެ މެންބަރު އަލްއުސްތާޛް ޢަބްދުﷲ ރިފްޢަތު – ޢާންމު މެންބަރު
· އެސިސްޓެންޓް ޑިރެކްޓަރ – ފާޠިމަތު ސައުޝާން މޫސާ
3. 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގެ މަސައްކަތަށް ބޭނުންވާ މުވައްޒަފުން ނެގުމާޅޭ.
ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގެ މަސައްކަތްތަކަށް ބޭނުންވާ މުވައްޒަފުންގެ ތެރެއިން، ސީނިއަރ އޮފިސަރގެ މަޤާމަށް މުވައްޒަފުން ހޯދުމަށް މި ކޮމިޝަނުން ކޮށްފައިވާ ނަންބަރު: (IUL)38-BB/38/2025/125އިޢުލާނާއި، އޮފިސަރގެ މަޤާމަށް މުވައްޒަފުން ހޯދުމަށް މި ކޮމިޝަނުން ކޮށްފައިވާ ނަންބަރު: (IUL)38-BB/38/2025/123އިޢުލާނާ ގުޅިގެން، ކޮމިޝަނަށް އެޕްލިކޭޝަން ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ޝަރުޠުހަމަވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބެލުމަށްފަހު، ކުރެވުނު އިންޓަރވިއު އަދި އިމްތިޙާނުގެ ނަތީޖާއަށް ބިނާކޮށް އެންމެ މަތިން މާރކްސް ލިބިފައިވާ ފަރާތްތައް، ގަވާއިދާއި އުޞޫލާ އެއްގޮތްވާ ގޮތުގެމަތީން ވަޒީފާއަށް ނެގުމުގެ ކުރިން ބަލަންޖެހޭ ކަންކަމަށް ބެލުމަށްފަހު، ސީނިއަރ އޮފިސަރ ގެ މަޤާމަށް މ.ޢަރީޖް، މާލެ، ޒާއިން ނިޘާމް އަދި އޮފިސަރ ގެ މަޤާމަށް ދޫރެސްވިލާ، ނ.މިލަދޫ އަޙްމަދު ރަނާން ރަމީޒު، ކަންމަތީގެ، ގއ.މާމެންދޫ މުޙައްމަދު އީމާން އަންވަރު، ވ.ލަކީވިލެޖް، މާލެ އަޙްމަދު ޔާނިޝް އަދި މއ.ރިހިރާޅު، މާލެ އާމިނަތު ޢިލްމާ ޠަލްޙަތު ހަމަޖެއްސުމަށް، ކޮމިޝަނުގެ 914 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވައިފައެވެ.
4. 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގެ މަސައްކަތަށް ބޭނުންވާ މުވައްޒަފުން ނެގުމާގުޅޭ.
ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގެ މަސައްކަތްތަކަށް ބޭނުންވާ މުވައްޒަފުންގެ ތެރެއިން، އޮފިސަރގެ މަޤާމަށް މުވައްޒަފުން ހޯދުމަށް މި ކޮމިޝަނުން ކޮށްފައިވާ ނަންބަރު: (IUL)38-BB/38/2025/123އިޢުލާނާ ގުޅިގެން، ކޮމިޝަނަށް އެޕްލިކޭޝަން ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ޝަރުޠުހަމަވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބެލުމަށްފަހު، ކުރެވުނު އިންޓަރވިއު އަދި އިމްތިޙާނުގެ ނަތީޖާއަށް ބިނާކޮށް އެންމެ މަތިން މާރކްސް ލިބިފައިވާ ފަރާތްތައް، ގަވާއިދާއި އުޞޫލާ އެއްގޮތްވާ ގޮތުގެމަތީން ވަޒީފާއަށް ނެގުމުގެ ކުރިން ބަލަންޖެހޭ ކަންކަމަށް ބެލުމަށްފަހު، އޮފިސަރ ގެ މަޤާމަށް އިހުރާމުގެ، ރ.އަލިފުށި ޙަސަން ޒިމާމް ޢާޒިމް، މ.ފްލެމިންގޯ، މާލެ، އާޔާ އަޙްމަދު ރިޟްވާން އަދި މުސްތަރީގެ، ތ.މަޑިފުށި ލުބާ އިސްމާޢީލް ހަމަޖެއްސުމަށް، ކޮމިޝަނުގެ 914 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވައިފައެވެ.
5. 2026 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގެ އާމްދަނީ އިން ސިޔާސީ ޕާޓީތަކަށް ކަނޑައަޅާފައިވާ ފައިސާއާގުޅޭ.
ފައިނޭންސް ސެކްޝަނުން ހުށަހަޅާފައިވާ ގޮތުގެމަތީން 2026 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގެ އާމްދަނީ އިން ސިޔާސީ ޕާޓީތަކަށް ކަނޑައަޅާފައިވާ 35,124,332/-ރ. (ތިރީސްފަސް މިލިއަން އެއްލައްކަ ސައުވީސްހާސް ތިންސަތޭކަ ބައްތިރީސް ރުފިޔާ)، ބަޖެޓް ފާސްކުރި ދުވަހުގެ ނިޔަލަށް 10,000 މެންބަރުން ހަމަވާ 4 ސިޔާސީ ޕާޓީއަކަށް ދިނުމަށް، ކޮމިޝަނުގެ 914 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
|
# |
ޕާޓީގެ ނަން |
ޖޫރިމަނާ ފައިސާ އުނިކުރުމަށްފަހު ދޫކުރާ ފައިސާގެ ޖުމުލަ |
|
1 |
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) |
10,995,801.20 |
|
2 |
ޖުމްހޫރީ ޕާޓީ (ޖޭ.ޕީ) |
3,099,789.29 |
|
3 |
މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމް.ޑީ.އޭ) |
2,432,517.14 |
|
4 |
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީ.އެން.ސީ) |
18,596,224.37 |
6. މި ކޮމިޝަނުގެ 2025 ވަނަ އަހަރުގެ މާލީ ބަޔާނާގުޅޭ.
ފައިނޭންސް ސެކްޝަނުން ހުށަހަޅާފައިވާ މި ކޮމިޝަނުގެ 2025 ވަނަ އަހަރުގެ މާލީ ބަޔާން، ހުށަހަޅާފައިވާ ގޮތުގެމަތީން އެންޑޯޒްކުރުމަށް، ކޮމިޝަނުގެ 914 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވައިފައެވެ.
އަދި، މި ކޮމިޝަނުގެ 2025 ވަނަ އަހަރުގެ މާލީ ބަޔާން ކޮމިޝަނުގެ ވެބްސައިޓުގައި ޢާންމުކުރުމަށްވެސް، ކޮމިޝަނުގެ 914 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވައިފައެވެ.
7. ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ އަހަރީ ރިޕޯޓާގުޅޭ.
ޕީޕަލްސް ނޭޝަނަލް ކޮންގްރެސުން ހުށަހަޅާފައިވާ އެ ޕާޓީގެ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި ފުރިހަމަކުރަންޖެހޭ އެންމެހައި ކަންކަން ފުރިހަމަކޮށްފައި ހުރިކަމަށް އިދާރީގޮތުން ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުން ފާހަގަކޮށްފައިވާތީވެ، އެ ޕާޓީން ހުށަހަޅާފައިވާ، 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ރަނގަޅު ކަމުގައި ބަލައިގަނެ، ހުށަހަޅާފައިވާ ގޮތުގެމަތީން އެންޑޯޒްކުރުމަށް، ކޮމިޝަނުގެ 914 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވައިފައެވެ.
އަދި، ޕީޕަލްސް ނޭޝަނަލް ކޮންގްރެސުން އެ ޕާޓީގެ ޤައުމީ ބައްދަލުވުން ބާއްވާފައިނުވާތީވެ، އެކަމުގެ ތަފްޞީލްތައް ކޮމިޝަނަށް ހުށަހެޅުމަށްވެސް، ކޮމިޝަނުގެ 914 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވައިފައެވެ.
8. ޕީޕަލްސް ނޭޝަނަލް ފްރަންޓްގެ އަހަރީ ރިޕޯޓާގުޅޭ.
ޕީޕަލްސް ނޭޝަނަލް ފްރަންޓުން ހުށަހަޅާފައިވާ އެ ޕާޓީގެ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި ފުރިހަމަކުރަންޖެހޭ އެންމެހައި ކަންކަން ފުރިހަމަކޮށްފައި ހުރިކަމަށް އިދާރީގޮތުން ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުން ފާހަގަކޮށްފައިވާތީވެ، އެ ޕާޓީން ހުށަހަޅާފައިވާ، 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ރަނގަޅު ކަމުގައި ބަލައިގަނެ، ހުށަހަޅާފައިވާ ގޮތުގެމަތީން އެންޑޯޒްކުރުމަށް، ކޮމިޝަނުގެ 914 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވައިފައެވެ.
9. ޢަދާލަތު ޕާޓީގެ އަހަރީ ރިޕޯޓާގުޅޭ.
ޢަދާލަތު ޕާޓީން ހުށަހަޅާފައިވާ އެ ޕާޓީގެ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި ފުރިހަމަކުރަންޖެހޭ އެންމެހައި ކަންކަން ފުރިހަމަކޮށްފައި ހުރިކަމަށް އިދާރީގޮތުން ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުން ފާހަގަކޮށްފައިވާތީވެ، އެ ޕާޓީން ހުށަހަޅާފައިވާ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ރަނގަޅު ކަމުގައި ބަލައިގަނެ، ހުށަހަޅާފައިވާ ގޮތުގެމަތީން އެންޑޯޒްކުރުމަށް، ކޮމިޝަނުގެ 914 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވައިފައެވެ.
10. ޖުމްހޫރީ ޕާޓީގެ އަހަރީ ރިޕޯޓާގުޅޭ.
ޖުމްހޫރީ ޕާޓީން ހުށަހަޅާފައިވާ އެ ޕާޓީގެ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި ފުރިހަމަކުރަންޖެހޭ އެންމެހައި ކަންކަން ފުރިހަމަކޮށްފައި ހުރިކަމަށް އިދާރީގޮތުން ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުން ފާހަގަކޮށްފައިވާތީވެ، އެ ޕާޓީން ހުށަހަޅާފައިވާ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ރަނގަޅު ކަމުގައި ބަލައިގަނެ، ހުށަހަޅާފައިވާ ގޮތުގެމަތީން އެންޑޯޒްކުރުމަށް، ކޮމިޝަނުގެ 914 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވައިފައެވެ.
11. ސިޔާސީ ޕާޓީތަކުން ހުށަހަޅަންޖެހޭ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓާގުޅޭ.
ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 6 ވަނަ މާއްދާގެ (ކ) ގައިވާ ގޮތުގެމަތިން ފޮނުވަންޖެހޭ އަހަރީ ރިޕޯޓު، (ޖަދުވަލު 3 ގައިވާ ފޯމެޓަށް) ކޮންމެ އަހަރަކު އެއްފަހަރު ކޮމިޝަނަށް ފޮނުވަންވާނެކަމާއި، ފާއިތުވި އަހަރުގެ ރިޕޯޓު ފޮނުވާނީ ޖެހިގެންއަންނަ އަހަރުގެ މާރިޗު މަހުގެ 1 ގެ ކުރިންކަމަށް ގަވާއިދު ނަންބަރު 2019/R-110 (ސިޔާސީ ޕާޓީގެ ގަވާއިދު)ގެ 4 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާތީ، އެގޮތުގެމަތީން، ސިޔާސީ ޕާޓީތަކުން ފާއިތުވި އަހަރުގެ އަހަރީ ރިޕޯޓު ކޮމިޝަނަށް ފޮނުވާފައިވާ ގޮތުގެ ތަފްޞީލްތައް، ކޮމިޝަނުގެ 914 ވަނަ ޢާންމު ޖަލްސާގައި ކޮމިޝަނާ ވަނީ ޙިއްޞާ ކުރައްވާފައެވެ.
އަހަރީ ރިޕޯޓު ފޮނުވާފައިވާ ޕާޓީތައް
1. ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ
2. ޖުމްހޫރީ ޕާޓީ
3. ޢަދާލަތު ޕާޓީ
4. ޕީޕަލްސް ނޭޝަނަލް ކޮންގްރެސް
5. މޯލްޑިވްސް ޑިވަލޮޕްމެންޓް އެލައަންސް
6. ޕީޕަލްސް ނޭޝަނަލް ފްރަންޓް
މީގެއިތުރުން، ސިޔާސީ ޕާޓީތަކުން ފާއިތުވި އަހަރުގެ އަހަރީ ރިޕޯޓު ކޮމިޝަނަށް ފޮނުވާފައިވާ ގޮތާގުޅޭގޮތުން ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުން ތައްޔާރުކޮށްފައިވާ އެނަލިސިސް، ކޮމިޝަނުގެ ނުރަސްމީ ޖަލްސާގައި މަޝްވަރާކޮށްފައިވާ ގޮތުގެމަތީން އިޞްލާޙުކޮށް ގުޅުންހުރި ސެކްޝަންތަކުގެ ލިޔެކިޔުންތަކުން އަދާހަމަކުރުމަށާއި، އަދި، ކޮމިޝަނުގެ ރަސްމީ ޖަލްސާއަށްވެސް ހުށަހަޅާފައިވާ ލިޔެކިޔުންތައް ކޮމިޝަނުގެ ނުރަސްމީ ޖަލްސާގައި މަޝްވަރާކޮށްފައިވާ ގޮތުގެމަތީން އިޞްލާޙުކޮށް، ސިޔާސީ ޕާޓީތަކުގެ އަހަރީ ރިޕޯޓުތައް މިކޮމިޝަނުގެ ވެބްސައިޓުން ފެންނާނެހެން ޢާންމުކުރުމަށްވެސް، ކޮމިޝަނުގެ 914 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވައިފައެވެ.
އަދި، ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 6 ވަނަ މާއްދާގެ (ކ) ގައިވާ ގޮތުގެމަތީންނާއި، ގަވާއިދު ނަންބަރު 2019/R-110 (ސިޔާސީ ޕާޓީގެ ގަވާއިދު)ގެ 4 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން، ނިމިދިޔަ އަހަރުގެ އަހަރުގެ އަހަރީ ރިޕޯޓު 2026 މާރިޗު މަހުގެ 1 ގެ ކުރިން މި ކޮމިޝަނަށް ހުށަހަޅާފައިނުވާ މޯލްޑިވްސް ނޭޝަނަލް ޕާޓީ، ދަ ޑިމޮކްރެޓްސް އަދި މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީއަށް އަހަރީ ރިޕޯޓު ކޮމިޝަނަށް ހުށަހެޅުމަށްޓަކައި އެކަމަށް ހަނދުމަކޮށްދީ ސިޓީތަކެއް ފޮނުވާފައިވާތީ، ޕާޓީތަކުން އެ ސިޓީތަކަށް އިޖާބަދިނުމުން ގޮތެއް ނިންމުމަށްޓަކައި ކޮމިޝަނަށް ހުށަހެޅުމަށް، ކޮމިޝަނުގެ 914 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވައިފައެވެ.
12. އިލެކްޝަންސް ކޮމިޝަން އޮފް އިންޑިއާ އިން މި ކޮމިޝަނަށް ފޮނުއްވާފައިވާ ދަޢުވަތާގުޅޭ.
2026 އެޕްރީލް ގައި އިންޑިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަރނޭޝަނަލް އިލެކްޝަން ވިޒިޓަރސް ޕްރޮގްރާމްގައި، ކޮމިޝަނުގެ ފަރާތުން ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަންގެ ޑިރެކްޓަރ އަލްއުސްތާޛާ ޢާލިޔާ ޙަނީފް އަދި އިލެކްޓޯރަލް މެނޭޖްމަންޓް ސެކްޝަންގެ ސީނިއަރ އޮފިސަރ ވިޝާޙް ޙަނީފް ބައިވެރިވުމަށް، ކޮމިޝަނުގެ 914 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވައިފައެވެ.











