ޖަލްސާތައް

ކޮމިޝަނުގެ 918 ވަނަ ޢާންމު ޖަލްސާ

 

ތަޢާރަފް

މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދެވެ. ޖަލްސާގައި ކޮމިޝަނުގެ 5 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު، ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ، ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް އަދި ކޮމިޝަނުގެ މެންބަރު އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲ އެވެ.

 

މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.

  1. ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގެ މަސައްކަތްތަކަށް ނަގައިފައިވާ މުވައްޒަފުންގެ ތެރެއިން، ވަޒީފާއިން ވަކިވުމަށް އެދިފައިވާ މުވައްޒަފުން އިދާރީގޮތުން ވަޒީފާއިން ވަކިކޮށްފައިވާ ވަކިކުރުން އެގޮތުގެމަތީން އެންޑޯޛްކުރުމާ ގުޅޭ.

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގެ މަސައްކަތްތަކަށް ނަގާފައިވާ މުވައްޒަފުންގެ ތެރެއިން، ކޮމިޝަނުގެ ވަޒީފާއިން ވަކިވުމަށް ހުށަހަޅާ މުވައްޒަފުންނާއި އަދި ވަކިގޮތެއް ނާންގާ ކޮމިޝަނުގެ މަސައްކަތަށް ނުނިކުންނަ މުވައްޒަފުން އިދާރީގޮތުން ވަކިކުރުމަށްފަހު، އެކަން އެންޑޯޛްކުރުމަށް ކޮމިޝަނަށް ހުށަހެޅުމަށް ކޮމިޝަނުގެ 888 ވަނަ ޢާންމު ޖަލްސާގައި ނިންމަވިފައިވާ ނިންމެވުމާ ގުޅިގެން، ތިރީގައި މި ދަންނަވާ މުވައްޒަފުން ކޮމިޝަނުގެ ވަޒީފާއިން ވަކިވުމަށްއެދިފައިވާތީ، އެދިފައިވާ ގޮތުގެމަތީން، ކޮމިޝަނުގެ ވަޒީފާއިން ވަކިކުރުމަށް އިދާރީގޮތުން ނިންމަވައިފައިވާ ނިންމުން އެގޮތުގެމަތީން، އެންޑޯޛްކުރުމަށް، ކޮމިޝަނުގެ 918 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވައިފައެވެ.

· ފާޠިމަތު އަފާ، އޮފިސަރ - އިލެކްޓޯރަލް މެނޭޖްމަންޓް ސެކްޝަން

· އަޖުފާން އަޙްމަދު، އޮފިސަރ - ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަން

· ރިފާ ޢަލީ ޝަރީފް، އޮފިސަރ - އިލެކްޓޯރަލް މެނޭޖްމަންޓް ސެކްޝަން

· މުޙައްމަދު ޔޫން އަޙްމަދު ނިޔާޒު، ސީނިއަރ އޮފިސަރ - ރަޖިސްޓްރޭޝަން ސެކްޝަން

· އަޙްމަދު ރަނާން ރަމީޒު، އޮފިސަރ - ސިސްޓަމްސް އެޑްމިނިސްޓްރޭޝަން ސެކްޝަން.

 

  2. ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުގެ އޮފިސަރ ފާޠިމަތު އަނާން ވަޒީފާއިން ވަކިވުމަށްއެދި ހުށަހަޅާފައިވާ ފޯމާގުޅޭ.

ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުގެ އޮފިސަރ ފާޠިމަތު އަނާން (ޖީ.އެސް 3/ ދާއިމީ) ވަޒީފާއިން ވަކިވުމަށްއެދި ހުށަހަޅައިފައިވާ ފޯމާ ގުޅިގެން، އެދިފައިވާ ގޮތުގެމަތީން އެ މުވައްޒަފު ކޮމިޝަނުގެ ވަޒީފާއިން ވަކިކޮށް، ހުސްވާ ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުގެ އޮފިސަރ (ޖީ.އެސް 3/ ދާއިމީ) ގެ މަޤާމަށް އިޢުލާންކުރުމަށް، ކޮމިޝަނުގެ 918 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވައިފައެވެ.

އިސްވެ ދެންނެވުނު ނިންމެވުމާ ގުޅިގެން، މި މަޤާމުގެ އިންޓަރވިއު ޕެނަލްގެ ގޮތުގައި ކޮމިޝަނުން 2026 އެޕްރީލް 20 ވާ ހޯމަ ދުވަހުގެ ނުރަސްމީ ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާ ގޮތުގެމަތީން، 2026 އެޕްރީލް 22 ވަނަ ދުވަހު ކޮމިޝަނަށް ހުށަހަޅައިފައިވާ އިންޓަރވިއު ޕެނަލް އެގޮތުގެމަތީން ފާސްކޮށް، އަދި އިންޓަރވިއު ޕެނަލްގައި ހިމެނޭ މުވައްޒަފުންގެ ތެރެއިން އެއްވެސް މުވައްޒަފަކަށް އެއްވެސް ސަބަބަކާ ހުރެ އިންޓަރވިއުގައި ބައިވެރިނުވެވޭނަމަ، ބަދަލު ޕެނަލިސްޓުންގެ ގޮތުގައި ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަނުގެ ނަންބަރު:(MEMO)BB/2026/98 މެމޯގައި ބަޔާންކޮށްފައިވާ މުވައްޒަފުން އެގޮތުގެމަތީން އެންޑޯޛްކުރުމަށްވެސް، ކޮމިޝަނުގެ 918 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވައިފައެވެ.

 

  3. ކޮމިޝަނުގެ އިދާރީ އޮނިގަނޑަށް އިތުރުކޮށްފައިވާ ދާއިމީ މަޤާމުތައް، 3 އަހަރު ދުވަހުގެ ކޮންސަލްޓަންސީ ސަރވިސެއްގެ ގޮތުގައި ހޯދުމާ ގުޅޭ.

އިލެކްޝަންސް ކޮމިޝަނުގެ އިދާއީ އޮނިގަނޑަށް އިތުރުކުރުމަށް ކޮމިޝަނުގެ 902 ވަނަ ޢާންމު ޖަލްސާއިން ނިންމަވައިފައިވާ ތިރީގައި ދަންނަވައިފައިވާ 4 މަޤާމާ ގުޅޭގޮތުން މާލީ ވުޒާރާގެ ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ހުއްދައަށް އެދުމުން، ހުއްދަ ދިނުމަށްފަހު، އިޢުލާންކުރުމުގެ ކުރީން މި 4 މަޤާމަށް އިޢުލާންކުރުން މަޑުޖައްސާލުމަށާއި، އަދި ދާއިމީ މަޤާމުތަކުގެ ބަދަލުގައި މި 4 މަޤާމުވެސް، 3 އަހަރު ދުވަހުގެ ކޮންސަލްޓެންސީ ސަރވިސެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް މާލީ ވުޒާރާއިން އަނގަބަހުން ސެކްރެޓަރީ ޖެނެރަލްއަށް އަންގަވައިފައިވާތީ، އަނގަބަނހުން އަންގަވައިފައިވާ އެންގުން ލިޔުމުން ހޯދުމަށާއި، އަދި އެ ލިޔުމާއެކު، އެ 4 މަޤާމު ކޮންސަލްޓެންސީ ސަރވިސްގެ ގޮތުގައި މި ކޮމިޝަނަށް ޚިދުމަތް ހޯދުމާ ގުޅޭގޮތުން ޓާރމްސް އޮފް ރިފަރެންސް (ToR) ހިމެނޭހެން ކަރުދާހެއް ތައްޔާރުކޮށް ކޮމިޝަނަށް ހުށަހެޅުމަށް، ކޮމިޝަނުގެ 918 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވައިފައެވެ.

މަޤާމުގެ ނަން

ދާއިރާ

ޑިރެކްޓަރ ޖެނެރަލް، އެޑްވޮކަސީ

އެޑްވޮކަސީ އެންޑް ޓްރެއިނިންގ ދާއިރާ

ސީނިއަރ ސިސސްޓަމްސް އެޑްމިނިސްޓްރޭޓަރ

ސިސްޓަމްސް އިންޖިނިއަރިންގ ދާއިރާ

ޕްރިންސިޕަލް ސޮފްޓްވެއަރ އިންޖިނިއަރ

ސޮފްޓްވެއަރ އެންޑް އެޕްލިކޭޝަން ދާއިރާ

ކައުންސެލް ޖެނެރަލް

ޤާނޫނީ ދާއިރާ

 

   4. ޢަދާލަތު ޕާޓީގެ ދުސްތޫރަށް ގެނެވުނު އިޞްލާޙާ ގުޅޭ.

ޢަދާލަތު ޕާޓީގެ ދުސްތޫރަށް ގެނެވުނު އިޞްލާޙުތައް ހުރީ ޤާނޫނުތަކާއި ގަވައިދުތަކާ އެއްގޮތަށް ކަމުގައި ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުން ކޮމިޝަނަށް ލަފާދެއްވައިފައިވާތީ، ޢަދާލަތު ޕާޓީގެ ދުސްތޫރަށް ގެނެވުނު އިޞްލާޙުތައް ހުށަހަޅައިފައިވާ ގޮތުގެމަތީން އެންޑޯޛްކުރުމަށް، ކޮމިޝަނުގެ 918 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވައިފައެވެ.

 

  5. 3,000 މެންބަރުން ހަމަކުރުމަށް ދަ ޑިމޮކްރެޓްސް އަދި މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީއަށް ދީފައިވާ މުއްދަތު ހަމަވުމާގުޅޭ.

2025 ޑިސެންބަރު 31 ވަނަ ދުވަހުގެ ނިޔަލަށް ސިޔާސީ ޕާޓީތަކުގައި މެންބަރުން ތިބި ޢަދަދުތައް ޗެކްކުރި އިރު ދަ ޑިމޮކްރެޓްސް އަދި މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީގައި 3000 (ތިންހާސް) މެންބަރުން ހަމަނުވާތީ، ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 28 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން އެ ޕާޓީތަކަށް 3000 (ތިންހާސް) މެންބަރުން ހަމަކުރުމަށް 2026 ޖަނަވަރީ 11 އިން ފެށިގެން 3 (ތިނެއް) މަސް ދުވަހުގެ ނޯޓިސް ފޮނުވި، ދެންނެވިފައިވާ ނޯޓިސްގެ މުއްދަތު 2026 އެޕްރީލް 11 ވަނަ ނުވަހުގެ ނިޔަލަށް ހަމަވި އިރު މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީގައި މެންބަރު ތިބި ޢަދަދަކީ 1486 (އެއްހާސް ހަތަރު ސަތޭކަ އައްޑިހަ ހައެއް) އަދި، ދަ ޑިމޮކްރެޓްސް ގައި މެންބަރު ތިބި ޢަދަދަކީ 2716 (ދެހާސް ހަތްސަތޭކަ ސޯޅަ) ކަމުގައިވާތީ، ޤާނޫނު ނަންބަރު:2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 30 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި "މި ޤާނޫނުގެ 28 ވަނަ މާއްދާގެ (ނ) ނުވަތަ 8 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ މުއްދަތު ސިޔާސީ ޕާޓީއަކަށް ދިނުމަށްފަހުވެސް ޕާޓީއެއްގައި މެންބަރުން ތިބެންޖެހޭ އެންމެ މަދު ޢަދަދަށް ޕާޓީއަކަށް މެންބަރުން ހަމަވެފައި ނެތްނަމަ، ކޮމިޝަނުން އެ ސިޔާސީ ޕާޓީއެއް އުވާލަންވާނެ" ކަމަށް ބަޔާންކޮށްފައިވާތީ، އެގޮތުގެމަތީން، ސިޔާސީ ޕާޓީގެ ޤާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ޙާލަތު މެދުވެރިވެ ކޮމިޝަނުން ދަ ޑިމޮކްރެޓްސް އަދި މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ އުވާލުމަށް ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުން ކޮމިޝަނަށް ލަފާދެއްވައިފައިވާތީވެ، އެގޮތުގެމަތީން، މި ޕާޓީތައް އުވާލުމަށް ޤާނޫނީގޮތުން ފުރިހަމަކުރާންޖެހޭ ހުރިހާ އިޖުރާޢަތު ފުރިހަމަކުރުމަށް، ކޮމިޝަނުގެ 918 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވައިފައެވެ.

އަދި އެހެންމެ، 3000 (ތިންހާސް) މެންބަރުން ހަމަކުރުމަށް 2026 ޖަނަވަރީ 11 އިން ފެށިގެން 3 (ތިނެއް) މަސް ދުވަހުގެ ނޯޓިސް ފޮނުވި ދެންނެވިފައިވާ ނޯޓިސްގެ މުއްދަތު 2026 އެޕްރީލް 11 ވަނަ ނުވަހުގެ ނިޔަލަށް ހަމަވިއިރު ޤާނޫނުގައި ބަޔާންކުރާ 3000 (ތިންހާސް) މެންބަރުން ހަމަވެފައިނުވާތީވެ، ސިޔާސީ ޕާޓީގެ ޤާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ޙާލަތު މެދުވެރިވެ ކޮމިޝަނުން ދަ ޑިމޮކްރެޓްސް އަދި މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ އުވާލުމަށް ނިންމަވައިފައިވާތީއާއި، ޖޫރިމަނާކުރުމަކީ ކޮމިޝަނަށް ލިބިދޭ އިޚްތިޔާރެއް ކަމަށާއި، ޕާޓީ އުވާލުމަކީވެސް އުޞޫލެއްގެ ގޮތުން ޕާޓީއަށް އެޅޭނެ އެންމެ ބޮޑު ފިޔަވަޅުކަމުން، ނިމިދިޔަ އަހަރުތަކުގައި ކަންހިނގައިފައިވާ ގޮތަށް ބަލާއިރު އުވާލުމަށް ނިންމަވައިފައިވާ ޕާޓީތައް ޖޫރިމަނާކޮށްގެން އެ ޖޫރިމަނާ ފައިސާތައް ދައުލަތަށް ނުލިބިގެން އެތަކެއް އޮޑިޓް މައްސަލަތަކެއް ފެންމަތިވެފައިވާތީ، ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ކޮމިޝަނަށް ހުށަހަޅަންޖެހޭ ނިމިދިޔަ އަހަރުގެ އަހަރީ ރިޕޯޓު ދަ ޑިމޮކްރެޓްސް އަދި މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ ކޮމިޝަނަށް ހުށަހަޅައިފައިނުވިނަމަވެސް، މިކަމުގައި މި ދެ ޕާޓީ ޖޫރިމަނާނުކުރުމަށް، ކޮމިޝަނުގެ 918 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވައިފައެވެ.

 

   6. 2026 މޭ 18 އިން 23 އަށް މޮސްކޯ ގައި ބޭއްވުމަށް ހަމަޖެހިފައިވާ "ޔޫތް އެންޑް އިލެކްޝަންސް" ޓްރެއިނިންގ އާ ގުޅޭ.

(ހ.) 2026 މޭ 18 އިން 23 އަށް މޮސްކޯ ގައި ބޭއްވުމަށް ހަމަޖެހިފައިވާ "ޔޫތް އެންޑް އިލެކްޝަންސް" ޓްރެއިނިންގ ގައި ބައިވެރިވުމަށްއެދި ސެންޓްރަލް އިލެކްޝަން ކޮމިޝަން އޮފް ދަ ރަޝިއަން ފެޑަރޭޝަން އިން މި ކޮމިޝަނަށް ފޮނުވައިފައިވާ ދަޢުވަތާ ގުޅިގެން، ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަންގެ ޑެޕިއުޓީ ޑިރެކްޓަރ އަލްއުސްތާޛާ ސިނާޔާ ޒަކަރިއްޔާ އަދި ކޮމިޝަނަރސް ބިއުރޯގެ އެސިސްޓެންޓް ޑިރެކްޓަރ ފާޠިމަތު ޝަބާ ބާޤިރު "ޔޫތް އެންޑް އިލެކްޝަންސް" ޓްރެއިނިންގ ގައި ބައިވެރިވުމަށް، ކޮމިޝަނުގެ 918 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވައިފައެވެ.

(ށ.) ކުރިއަށް އޮތް މަހެއްހާ ދުވަސް ތެރޭގައި، ބައިނަލްއަޤްވާމީ ދަތުރުތަކާއި ކޯސްތަކާއި ތަމްރީން ޕްރޮގްރާމްތަކާއި ސިމްޕޯސިއަމްތަކާއި ތަޖުރިބާ ހޯދުމަށް ކުރާ އެކި ދަތުރުތަކާ ގުޅިގެން، ކޮމިޝަނުގެ މެންބަރުންނާއި މުވައްޒަފުންނަށް ދަތުރުތައް ދިނުމުގައި ޢަމަލުކުރާނޭ ގޮތުގެ އުޞޫލެއް ތައްޔާރުކޮށް ސެކްރެޓަރީ ޖެނެރަލް އެ އުޞޫލު ކޮމިޝަނަށް ހުށަހެޅުމަށް، ކޮމިޝަނުގެ 918 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވައިފައެވެ.

 

  7. 2026 ޖޫން 17 އިން 18 އަށް ޖޯޖިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ، އިލެކްޝަން މެނޭޖްމަންޓް ބޮޑީސް (EMBs) ގެ 13 ވަނަ އަހަރީ ބައްދަލުވުމުގައި ބައިވެރިވުމާގުޅޭ.

2026 ޖޫން 17 އިން 18 އަށް ޖޯޖިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ، އިލެކްޝަން މެނޭޖްމަންޓް ބޮޑީސް(EMBs) ގެ 13 ވަނަ އަހަރީ ބައްދަލުވުމުގައި ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު އަދި ހިއުމަން ރިސޯސް އެންޑް ފައިންނޭސް ޑިވިޜަންގެ ޑިރެކްޓަރ ޢާއިޝަތު ޝައްފާފް ބައިވެރިވުމަށް، ކޮމިޝަނުގެ 918 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވައިފައެވެ.

Date
Location
ތިންވަނަ ފަންގިފިލާގެ، މެންބަރުންގެ މީޓިންގ ރޫމް
Time
Number
918

ޖަލްސާއާއި ގުޅުންހުރި ލިޔުންތައް

ޖަލްސާގެ ނިންމުންތައްޖަލްސާގެ ހާޟިރީ

ޖަލްސާގެ ހާޟިރީ

ކޮމިޝަންގެ މެންބަރުން

  • މުޙައްމަދު ޒާހިދު
  • ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު
  • ޙަސަން ޒަކަރިއްޔާ
  • ޢަބްދުލްޙަސީބު އިސްމާޢީލް
  • އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲ

އިސް މުވައްޒަފުން

  • ޢަބްދުﷲ އުނައިސް
  • ޝަހުލާ އިސްމާޢީލް
  • މުޙައްމަދު އަނީލް
  • އާއިޝަތު ޝައްފާފް
  • އާމިނަތު އަޒީފާ
  • އަލްއުސްތާޛާ ޢާލިޔާ ޙަނީފް
  • ފާޠިމަތު ޝަބާ ބާޤިރު

އެންމެ ފަހުގެ އިތުރު ޖަލްސާތައް

ޖަލްސާތައް

ކޮމިޝަނުގެ 921 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 920 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 919 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 503 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 502 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 501 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 500 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 499 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 498 ވަނަ ޚާއްޞަ ޖަލްސާ