އިންތިޚާބާ ގުޅިގެން ބާއްވާ 500 ވަނަ ޚާއްޞަ ޖަލްސާ
ތަޢާރަފް
މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދެވެ. ޖަލްސާގައި ކޮމިޝަނުގެ 5 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު، ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ، ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް އަދި ކޮމިޝަނުގެ މެންބަރު އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲ އެވެ.
މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.
1. ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ބާއްވާނެ ތާރީޚެއް ކަނޑައެޅުމާގުޅޭ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ސިނާނުގެ މައްޗަށް، އައްޑު އަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު2024-S2C-CIV-243: ޤަޟިއްޔާއިން ސާބިތުވި ދަރަނި އެ ޙުކުމާ އެއްގޮތަށް ދައްކާފައި ނުވުމުގެ ސަބަބުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޙާލަތު މެދުވެރިވެ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން މުޙައްމަދު ސިނާން ވަކިވެއްޖެކަމުގައި ކަނޑައަޅައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު2025/SC-C/01: (12 އެޕްރީލް 2026) ޤަޟިއްޔާއިން ޙުކުމްކޮށްފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ނަންބަރު57-D/38/2026/10: (12 އެޕްރީލް 2026) ސިޓީން މި ކޮމިޝަނަށް އަންގަވައިފައިވާތީ، ހުސްވެފައިވާ މަޤާމަށް މެންބަރަކު އިންތިޚާބު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން، 2026 ޖޫން 6 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް، އިންތިޚާބާ ގުޅިގެން ބޭއްވި 500 ވަނަ ޚާއްޞަ ޖަލްސާގައިވަނީ ނިންމަވައިފައެވެ.
އަދި، މި ބައި-އިލެކްޝަންގެ ޤާނޫނީ މުއްދަތުތަކާއި ތާރީޚްތައް ހިމަނައި، ޕްލޭނިންގ، ޕޮލިސީ އެންޑް ރިސަރޗް ސެކްޝަނުން ތައްޔާރުކޮށްފައިވާ ކަލަންޑަރު އެގޮތުގެމަތީން ފާސްކޮށް، އިންތިޚާބުގެ އެންމެހައި ކަންކަން މި ކަލަންޑަރުގައިވާ މުއްދަތުތަކާއި ތާރީޚްތަކާ އެއްގޮތްވާ ގޮތުގެމަތީން ކުރިއަށް ގެންދިއުމަށް، އިންތިޚާބާ ގުޅިގެން ބޭއްވި 500 ވަނަ ޚާއްޞަ ޖަލްސާގައިވަނީ ނިންމަވާފައެވެ.
2. ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ޝަކުވާ ނިޒާމު ޤާއިމު ކުރުމާގުޅޭ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ސިނާނުގެ މައްޗަށް، އައްޑު އަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު2024-S2C-CIV-243: ޤަޟިއްޔާއިން ސާބިތުވި ދަރަނި އެ ޙުކުމާ އެއްގޮތަށް ދައްކާފައި ނުވުމުގެ ސަބަބުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޙާލަތު މެދުވެރިވެ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން މުޙައްމަދު ސިނާން ވަކިވެއްޖެކަމުގައި ކަނޑައަޅައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު2025/SC-C/01: (12 އެޕްރީލް 2026) ޤަޟިއްޔާއިން ޙުކުމްކޮށްފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ނަންބަރު57-D/38/2026/10: (12 އެޕްރީލް 2026) ސިޓީން މި ކޮމިޝަނަށް އަންގަވައިފައިވާތީ، ހުސްވެފައިވާ މަޤާމަށް މެންބަރަކު އިންތިޚާބު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ބޭއްވުމަށް ކޮމިޝަނުން ނިންމެވުމާ ގުޅިގެން، ޤާނޫނު ނަންބަރު:2008/11 (އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނު) ގެ 62 ވަނަ މާއްދާގައިވާ ގޮތުގެމަތިން ޝަކުވާގެ ނިޒާމު ޤާއިމުކުރުމަށާއި، މިގޮތުން، މި ބައި-އިލެކްޝަނަށް ހުށަހެޅޭ ޝަކުވާތައް ބެލުމަށްޓަކައި ތިރީގައި މިދަންނަވާ ގޮތުގެމަތިން ޝަކުވާ ބަލާ ކޮމިޓީ އެކުލަވާލުމަށް، އިންތިޚާބާ ގުޅިގެން ބޭއްވި 500 ވަނަ ޚާއްޞަ ޖަލްސާގައިވަނީ ނިންމަވާފައެވެ.
ޝަކުވާ ބަލާ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން:
1) ޑިރެކްޓަރ، ޢާލިޔާ ޙަނީފް - ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަން
2) ޑެޕިއުޓީ ޑިރެކްޓަރ، ސިނާޔާ ޒަކަރިއްޔާ - ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަން
3) އެސިސްޓެންޓް ޑިރެކްޓަރ، ފާޠިމަތު ޝަބާ ބާޤިރު - ކޮމިޝަނަރސް ބިއުރޯ
3. އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ބޭއްވުމަށް ލަފާކުރާ ބަޖެޓާގުޅޭ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ސިނާނުގެ މައްޗަށް، އައްޑު އަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު2024-S2C-CIV-243: ޤަޟިއްޔާއިން ސާބިތުވި ދަރަނި އެ ޙުކުމާ އެއްގޮތަށް ދައްކާފައި ނުވުމުގެ ސަބަބުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޙާލަތު މެދުވެރިވެ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން މުޙައްމަދު ސިނާން ވަކިވެއްޖެކަމުގައި ކަނޑައަޅައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު2025/SC-C/01: (12 އެޕްރީލް 2026) ޤަޟިއްޔާއިން ޙުކުމްކޮށްފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ނަންބަރު57-D/38/2026/10: (12 އެޕްރީލް 2026) ސިޓީން މި ކޮމިޝަނަށް އަންގަވައިފައިވާތީ، ހުސްވެފައިވާ މަޤާމަށް މެންބަރަކު އިންތިޚާބު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ބޭއްވުމަށް ކޮމިޝަނުން ނިންމެވުމާ ގުޅިގެން، މި ބައި-އިލެކްޝަން ބޭއްވުމަށް ބޭނުންވާ ބަޖެޓްގެ ގޮތުގައި -/853,935.49ރ. ފާސްކޮށް، މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއަށް ހުށަހެޅުމަށް، އިންތިޚާބާ ގުޅިގެން ބޭއްވި 500 ވަނަ ޚާއްޞަ ޖަލްސާގައިވަނީ ނިންމަވާފައެވެ.











