އިންތިޚާބާ ގުޅިގެން ބާއްވާ 502 ވަނަ ޚާއްޞަ ޖަލްސާ
ތަޢާރަފް
މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދެވެ. ޖަލްސާގައި ކޮމިޝަނުގެ 5 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު، ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ، ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް އަދި ކޮމިޝަނުގެ މެންބަރު އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲ އެވެ.
މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.
1. 2026 އެޕްރީލް 18 ވީ ހޮނިހިރު (މިއަދު) ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ އިތުރު ބުރުގެ ވަގުތީ ނަތީޖާ އެންޑޯސްކުރުމާގުޅޭ.
2026 އެޕްރީލް 18 ވީ ހޮނިހިރު (މިއަދު) ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ އިތުރު ބުރުގެ ވަގުތީ ނަތީޖާ، ތިރީގައި މިދަންނަވާ ގޮތުގެމަތީން އެންޑޯސް ކުރުމަށް، އިންތިޚާބާ ގުޅިގެން ބޭއްވި 502 ވަނަ ޚާއްޞަ ޖަލްސާގައިވަނީ ނިންމަވައިފައިއެވެ.
ބ. ދޮންފަން ކައުންސިލްގެ އަންހެނުންނަށް ޚާއްޞަކޮށްފައިވާ ގޮނޑި
ޓޭބަލް އެއްކަރުދާސްކުރެވިފައި.
ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ މެންބަރު (އަންހެނުންނަށް ޚާއްޞަކޮށްފައިވާ ގޮނޑި)
ޓޭބަލް އެއްކަރުދާސްކުރެވިފައި.
ހއ. ކެލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް
ޓޭބަލް އެއްކަރުދާސްކުރެވިފައި.
ހދ. ނޭކުރެންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު
ޓޭބަލް އެއްކަރުދާސްކުރެވިފައި.
ލ. މާވަށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު
ޓޭބަލް އެއްކަރުދާސްކުރެވިފައި.
2. 2026 އެޕްރީލް 18 ވީ ހޮނިހިރު (މިއަދު) ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ އިތުރު ބުރުގެ ރަސްމީ ނަތީޖާ އެންޑޯސްކުރުމާގުޅޭ.
2026 އެޕްރީލް 18 ވީ ހޮނިހިރު (މިއަދު) ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ އިތުރު ބުރު ބޭއްވި ގޮނޑިތަކުގެ ރަސްމީ ނަތީޖާގައި ކޮމިޝަނުގެ މެންބަރުން ސޮއިކުރެއްވުމާއެކު ފާސްވީކަމުގައި ބަލައި، އެގޮތުގެމަތީން 2026 އެޕްރީލް 18 ވާ ހޮނިހިރު ދުވަހުގެ ރޭ (މިރޭ) ރަސްމީ ނަތީޖާ ޢާންމުކޮށް އަންގާ އިޢުލާންކުރުމަށް، އިންތިޚާބާ ގުޅިގެން ބޭއްވި 502 ވަނަ ޚާއްޞަ ޖަލްސާގައިވަނީ ނިންމަވައިފައިއެވެ.
އިތުރު ބުރު ބޭއްވި ލޯކަލް ކައުންސިލްތަކުގެ ގޮނޑިތައް
1. ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ މެންބަރު (އަންހެނުންނަށް ޚާއްޞަކޮށްފައިވާ ގޮނޑި)
2. ބ. ދޮންފަން ކައުންސިލްގެ އަންހެނުންނަށް ޚާއްޞަކޮށްފައިވާ ގޮނޑި
އިތުރު ބުރު ބޭއްވި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ގޮނޑިތައް
3. ހއ. ކެލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް
4. ހދ. ނޭކުރެންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު
5. ލ. މާވަށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު











