އިންތިޚާބާ ގުޅިގެން ބާއްވާ 499 ވަނަ ޚާއްޞަ ޖަލްސާ
ތަޢާރަފް
މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދެވެ. ޖަލްސާގައި ކޮމިޝަނުގެ 5 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު، ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ، ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް އަދި ކޮމިޝަނުގެ މެންބަރު އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲ އެވެ.
މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.
1. 2026 އެޕްރީލް 04 ވީ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގެ ރަސްމީ ނަތީޖާ ކޮމިޝަނުން އެންޑޯސްކުރުމާގުޅޭ.
2026 އެޕްރީލް 04 ވީ ހޮނިހިރު ދުވަހު ބޭއްވި، ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގެ ރަސްމީ ނަތީޖާގައި، ކޮމިޝަނުގެ މެންބަރުން ސޮއިކުރެއްވުމާއެކު އެންޑޯޛްވީކަމުގައި ބަލައި، އެގޮތުގެމަތީން، 2026 އެޕްރީލް 11 (މިއަދު) އިޢުލާންކުރުމަށް، އިންތިޚާބާ ގުޅިގެން ބޭއްވި 499 ވަނަ ޚާއްޞަ ޖަލްސާގައިވަނީ ނިންމަވާފައެވެ.
2. 2026 އެޕްރީލް 04 ވީ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އާ ގުޅިގެން، އިންތިޚާބުގެ ދެވަނަ ބުރަށްދާ ދާއިރާތަކާ ގުޅޭ
2026 އެޕްރީލް 04 ވީ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގައި އިންތިޚާބުކުރަންޖެހޭ މެންބަރުންގެ ޢަދަދަށް ވުރެ ގިނަ ކެންޑިޑޭޓުންނަށް ލިބިފައިވާ ވޯޓު އެއްވަރުވެފައިވާތީ، ޤާނޫނު ނަންބަރު:10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 22 ވަނަ މާއްދާގެ (ހ) އަދި ގަވާއިދު ނަންބަރު:2025/R-118 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ އިންތިޚާބު 2026 ގެ ގަވާއިދު) ގެ 50 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތީން މި އިންތިޚާބުގެ އިތުރު ބުރެއް، ތިރީގައި މި ދަންނަވާ މަޤާމުތަކަށް، 2026 އެޕްރީލް 18 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް، އިންތިޚާބާ ގުޅިގެން ބޭއްވި 499 ވަނަ ޚާއްޞަ ޖަލްސާގައިވަނީ ނިންމަވާފައެވެ.
އިތުރުބުރު ބާއްވާ މަޤާމުތަކުގެ ތަފްޞީލު
|
ލޯކަލް ކައުންސިލް |
||
|
ބ. ދޮންފަން ކައުންސިލްގެ އަންހެނުންނަށް ޚާއްޞަކޮށްފައިވާ ގޮނޑި |
||
|
|
ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ކެންޑިޑޭޓް، ޢާއިޝަތު މުނާ، ބ. ދޮންފަން / މީނާޒް |
ކެންޑިޑޭޓް ނަންބަރު 3 |
|
|
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް، އާމިނަތު ރަފާހް، ބ. ދޮންފަން / ރިލެކްސް |
ކެންޑިޑޭޓް ނަންބަރު 4 |
|
ލޯކަލް ކައުންސިލް |
||
|
ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ މެންބަރު (އަންހެނުންނަށް ޚާއްޞަކޮށްފައިވާ ގޮނޑި) |
||
|
|
ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ކެންޑިޑޭޓް، ޢާއިޝަތު ޢަބްދުލްޤާދިރު، ޏ. ފުވައްމުލައް / ދަޑިމަގު. ޕްލާޒާ |
ކެންޑިޑޭޓް ނަންބަރު 3 |
|
އަމިއްލަގޮތުން ކުރިމަތިލި ކެންޑިޑޭޓް، ޝީޒާ އިބްރާހީމް، ޏ. ފުވައްމުލައް / ދަޑިމަގު. އޯކިޑުމާގެ |
ކެންޑިޑޭޓް ނަންބަރު 4 |
|
|
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ |
||
|
ހއ. ކެލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް |
||
|
|
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް، މަހުދިއްޔާ އާދަމް، ހއ. ކެލާ / ރަންވެލި |
ކެންޑިޑޭޓް ނަންބަރު 1 |
|
|
ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ކެންޑިޑޭޓް، ޙައްވާ ފަޒުނާ، ހއ. ކެލާ / ކަނި |
ކެންޑިޑޭޓް ނަންބަރު 2 |
|
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ |
||
|
ހދ. ނޭކުރެންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު |
||
|
|
ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ކެންޑިޑޭޓް، ފާޠިމަތު ރިއުޒާ، ހދ. ނޭކުރެންދޫ / ސިލްވަރ |
ކެންޑިޑޭޓް ނަންބަރު 2 |
|
އަމިއްލަގޮތުން ކުރިމަތިލި ކެންޑިޑޭޓް، ފާޠިމަތު ނިޝާދާ، ހދ. ނޭކުރެންދޫ / ނިރު |
ކެންޑިޑޭޓް ނަންބަރު 3 |
|
|
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ |
||
|
ލ. މާވަށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު |
||
|
|
ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ކެންޑިޑޭޓް، ފާޠިމަތު ޝާފިޔާ، ލ. މާވަށް / އިތާ |
ކެންޑިޑޭޓް ނަންބަރު 6 |
|
|
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް، މަރްޔަމް މާޢިޝާ، ލ. މާވަށް / ވެޔޮހިޔާ |
ކެންޑިޑޭޓް ނަންބަރު 7 |

















