ކޮމިޝަނުގެ 920 ވަނަ ޢާންމު ޖަލްސާ
ތަޢާރަފް
މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދުއެވެ. ޖަލްސާގައި ކޮމިޝަނުގެ 4 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ، ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް އަދި ކޮމިޝަނުގެ މެންބަރު އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲ އެވެ.
މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.
1. ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގެ މަސައްކަތްތަކަށް ނަގައިފައިވާ މުވައްޒަފުންގެ ތެރެއިން، ވަޒީފާއިން ވަކިވުމަށް އެދިފައިވާ މުވައްޒަފުން އިދާރީގޮތުން ވަޒީފާއިން ވަކިކޮށްފައިވާ ވަކިކުރުން އެގޮތުގެމަތީން އެންޑޯޛްކުރުމާ ގުޅޭ.
ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގެ މަސައްކަތްތަކަށް ނަގައިފައިވާ މުވައްޒަފުންގެ ތެރެއިން، ކޮމިޝަނުގެ ވަޒީފާއިން ވަކިވުމަށް ހުށަހަޅާ މުވައްޒަފުންނާއި އަދި ވަކިގޮތެއް ނާންގާ ކޮމިޝަނުގެ މަސައްކަތަށް ނުނިކުންނަ މުވައްޒަފުން އިދާރީގޮތުން ވަކިކުރުމަށްފަހު، އެކަން އެންޑޯޛްކުރުމަށް ކޮމިޝަނަށް ހުށަހެޅުމަށް ކޮމިޝަނުގެ 888 ވަނަ ޢާންމު ޖަލްސާގައި ނިންމަވައިފައިވާ ނިންމެވުމާ ގުޅިގެން، ޕްރޮކިއުމަންޓް ސެކްޝަންގެ އޮފިސަރ، ޢަލީ ޔަޒާން ޟަމީރު 2026 އެޕްރީލް 26 ވަނަ ދުވަހުން ފެށިގެން ވަޒީފާއިން ވަކިވުމަށްއެދި ހުށަހަޅާފައިވަތީ، އެގޮތުގެމަތީން އިދާރީގޮތުން ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވާ ނިންމުން އެންޑޯޛްކުރުމަށް، ކޮމިޝަނުގެ 920 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
2. ދަ ޑިމޮކްރެޓްސްގެ އަހަރީ ރިޕޯޓާ ގުޅޭ.
ދަ ޑިމޮކްރެޓްސްގެ އަހަރީ ރިޕޯޓު، އެ ޕާޓީއިން ހުށަހަޅައިފައިވާ ގޮތުގެމަތީން އެންޑޯޛްކޮށް، ސިޔާސީ ޕާޓީގެ ޤާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ޙާލަތު މެދުވެރިވެ ކޮމިޝަނުން ދަ ޑިމޮކްރެޓްސް އުވާލުމަށް ކޮމިޝަނުން ނިންމަވައިފައިވާތީއާއި، ޖޫރިމަނާކުރުމަކީ ކޮމިޝަނަށް ލިބިދޭ އިޚްތިޔާރެއް ކަމަށާއި، ޕާޓީ އުވާލުމަކީ އުޞޫލެއްގެ ގޮތުން ޕާޓީއަކަށް އެޅޭނެ އެންމެ ބޮޑު ފިޔަވަޅުކަމުން، ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގައި ކޮމިޝަނަށް ހުށަހަޅަންޖެހޭ ނިމިދިޔަ އަހަރުގެ އަހަރީ ރިޕޯޓު ދަ ޑިމޮކްރެޓްސް ހުށަހަޅައިފައިނުވިނަމަވެސް، މިކަމުގައި ޕާޓީއަށް ފިޔަވަޅު އެޅުމުގެ ބޭނުމެއް ނެތްކަމުގައި، ކޮމިޝަނުގެ 920 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.










