އިންތިޚާބާ ގުޅިގެން ބާއްވާ 506 ވަނަ ޚާއްޞަ ޖަލްސާ
ތަޢާރަފް
މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދުއެވެ. ޖަލްސާގައި ކޮމިޝަނުގެ 4 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ، ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް އަދި ކޮމިޝަނުގެ މެންބަރު އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲ އެވެ.
މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.
1. 2026 ޖޫން 6 ވީ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދާއިރާގެ ބައި-އިލެކްޝަންގެ ވަގުތީ ނަތީޖާ އަދި ރަސްމީ ނަތީޖާ އެންޑޯސް ކުރެއްވުމާގުޅޭ.
2026 ޖޫން 6 ވީ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދާއިރާގެ ބައި-އިލެކްޝަންގެ ވަގުތީ ނަތީޖާ ތިރީގައިވާ ގޮތުގެމަތިން، އިންތިޚާބާ ގުޅިގެން ބޭއްވި 506 ވަނަ ޚާއްޞަ ޖަލްސާގައިވަނީ ފާސް ކުރައްވާފައެވެ.
ދާއިރާ: ހިތަދޫ އުތުރު ދާއިރާ
|
ކ.ނަންބަރު |
ނަން |
އެޑްރެސް |
ޙައިޘިއްޔަތު |
ލިބުނު ވޯޓު |
|
1 |
އަޙްމަދު ސަޢީދު |
ބަލީލް / ސ.ހިތަދޫ |
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް |
1,313 |
|
2 |
ޢަބްދުﷲ ޞާދިޤު |
ކައުސަރު / ސ.ހިތަދޫ |
ކޮންގްރެސް ޕާޓީ |
1,375 |
|
ޞައްޙަ ވޯޓު |
2,688 |
|||
|
ބާޠިލު ވޯޓު |
42 |
|||
|
ޖުމުލަ ވޯޓު |
2,730 |
|||
|
ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ޢަދަދު |
4,121 |
|||
|
ވޯޓުލީ މީހުންގެ ޢަދަދު |
2,730 |
|||
|
ވޯޓުލީ މީހުންގެ އިންސައްތަ |
66.25% |
|||
އަދި، 2026 ޖޫން 6 ވީ ހޮނިހިރު ދުވަހު ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދާއިރާގެ ބައި-އިލެކްޝަންގެ ރަސްމީ ނަތީޖާގައި ކޮމިޝަން މެންބަރުން ސޮއި ކުރެއްވުމުން އެންޑޯސްވީކަމަށް، އިންތިޚާބާ ގުޅިގެން ބޭއްވި 506 ވަނަ ޚާއްޞަ ޖަލްސާގައިވަނީ ނިންމަވާފައެވެ.








