ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 507 ވަނަ ޚާއްޞަ ޖަލްސާ

 

ތަޢާރަފް

މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދުއެވެ. ޖަލްސާގައި ކޮމިޝަނުގެ 3 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ، ކޮމިޝަނުގެ މެންބަރު އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲ އެވެ.

ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް ހުންނެވީ ޗުއްޓީގައެވެ.

މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.

  1. ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓާއި ގުޅިގެން އަހްޝަން ނަޢީމް، ޕެންޒީމާގެ، މ.ވޭވަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާގުޅޭ.

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓާއި ގުޅިގެން އަހްޝަން ނަޢީމް، ޕެންޒީމާގެ، މ.ވޭވަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާއި ގުޅިގެން، އެ ކޯޓުގެ ނަންބަރު:2026/SC-A/19 ޤަޟިއްޔާއިން މައްސަލަ ބެއްލެވުމަށްފަހު މައްސަލައިގައި ފާހަގަ ކުރައްވާފައިވާ ކަންކަމުގެ ތެރޭގައި، މ.ވޭވަށުގައި ބެހެއްޓުނު K2.1 ވޯޓުފޮށީގެ ވޯޓުކަރުދާސް މަރުކަޒުގައި ގުނަމުންދިޔައިރު ޝައްކު ކުރެވޭ 2 ކަރުދާހެއްގެ ޞައްޙަކަމާމެދު ކަނޑައަޅާފައިވާ ގޮތާއިމެދު ސުވާލު އުފެދޭތީ، ކޮމްޕްލެއިންޓްސް ބިއުރޯއަށް ޝަކުވާ ހުށަހެޅުމަށްފަހު، ކޮމްޕްލެއިންޓްސް ބިއުރޯގެ ނިންމުމާއި ގުޅިގެން ވޯޓުކަރުދާސްތައް އަލުން ގުނިއިރު އެއައި ބަދަލުތަކާއެކު އިލެކްޝަންސް ކޮމިޝަނުން ޢާންމުކޮށްފައިވާ ރަސްމީ ނަތީޖާއާއި ގުޅިގެން ހުށަހަޅާފައިވާ މައްސަލައާއި ގުޅިގެން، 3 ވޯޓުކަރުދާހެއް ޞައްޙަކަމަށް ނިންމަވާފައިވާ ނިންމެވުން ބާޠިލުކަމަށް ކަނޑައަޅާފައިވަނީ ޤާނޫނާއި ޚިލާފަށްކަމަށްވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު:2026/HC-I-SH/1 ޤަޟިއްޔާ އިން ކުރައްވާފައިވާ ޙުކުމް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުންވަނީ ބާޠިލު ކުރައްފާއިވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމުގެ ކުރިން އިލެކްޝަންސް ކޮމިޝަނުން ޢާންމުކޮށްފައިވާ މ.ވޭވަށުގައި ބެހެއްޓުނު K2.1 ވޯޓުފޮށީގެ ދާއިމީ ނަތީޖާއަކީ ޞައްޙަ ނަތީޖާއެއްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ނިންމަވައި، ކުރައްވާފައެވެ.

އެގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު:2026/HC-I-SH/1 ޤަޟިއްޔާ އިން ކުރައްވާފައިވާ ޙުކުމުގެ ކުރިން އިލެކްޝަންސް ކޮމިޝަނުން ޢާންމުކޮށްފައިވާ މ.ވޭވަށުގައި ބެހެއްޓުނު K2.1 ވޯޓުފޮށީގެ ދާއިމީ ނަތީޖާ އަންނަނިވި ގޮތުގެމަތިން، އިންތިޚާބާ ގުޅިގެން ބޭއްވި 507 ވަނަ ޚާއްޞަ ޖަލްސާގައިވަނީ ފާސް ކުރައްވާފައެވެ.

 

މ.ވޭވަށް ކައުންސިލްގެ ރައީސް

ކ.ނަންބަރު

ފުރިހަމަ ނަން

ދާއިމީ އެޑްރެސް

ޙައިޘިއްޔަތު

ލިބުނު ވޯޓު

އިންސައްތަ

1

މަމްދޫޙް ވަޙީދު

މ.ވޭވަށް، ފިނިހިޔާގެ

އެމް.ޑީ.ޕީ

131

53.91%

2

ޝަޒީމް ޙަސަން

މ.ވޭވަށް، އާރޝް

ކޮންގްރެސް ޕާޓީ

112

46.09%

ޞައްޙަ ވޯޓު

243

 

ބާޠިލު ވޯޓު

4

 

ޖުމުލަ ވޯޓު

247

 

ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ޢަދަދު

256

 

ވޯޓުލީ މީހުންގެ ޢަދަދު

247

 

ވޯޓުލީ މީހުންގެ އިންސައްތަ

96.48%

 

 

   މ.ވޭވަށް ކައުންސިލްގެ އަންހެނުންނަށް ޚާއްޞަ ގޮނޑި

ކ.ނަންބަރު

ފުރިހަމަ ނަން

ދާއިމީ އެޑްރެސް

ޙައިޘިއްޔަތު

ލިބުނު ވޯޓު

އިންސައްތަ

3

ޝަރޫނާ މުޙައްމަދު

މ.ވޭވަށް، ކޯނަރ

އެމް.ޑީ.ޕީ

108

44.63%

4

ފާޠިމަތު ސުޢާދާ

މ.ވޭވަށް، ބުލްބުލާގެ

ކޮންގްރެސް ޕާޓީ

134

55.37%

ޞައްޙަ ވޯޓު

242

 

ބާޠިލު ވޯޓު

5

 

ޖުމުލަ ވޯޓު

247

 

ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ޢަދަދު

256

 

ވޯޓުލީ މީހުންގެ ޢަދަދު

247

 

ވޯޓުލީ މީހުންގެ އިންސައްތަ

96.48%

 

 

  މ.ވޭވަށް ކައުންސިލްގެ މެންބަރު

ކ.ނަންބަރު

ފުރިހަމަ ނަން

ދާއިމީ އެޑްރެސް

ޙައިޘިއްޔަތު

ލިބުނު ވޯޓު

އިންސައްތަ

5

މުޙައްމަދު ނަޒީޙް

މ.ވޭވަށް، ސީޑްރީމް

ކޮންގްރެސް ޕާޓީ

119

49.58%

6

އަޙުޝަން ނަޢީމް

މ.ވޭވަށް، ޕެންޒީމާގެ

އެމް.ޑީ.ޕީ

121

50.42%

ޞައްޙަ ވޯޓު

240

 

ބާޠިލު ވޯޓު

7

 

ޖުމުލަ ވޯޓު

247

 

ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ޢަދަދު

256

 

ވޯޓުލީ މީހުންގެ ޢަދަދު

247

 

ވޯޓުލީ މީހުންގެ އިންސައްތަ

96.48%

 

 

މި ނަތީޖާއާއި ގުޅިގެން މ.ވޭވަށް ކައުންސިލްގެ ރައީސް އަދި މ.ވޭވަށް ކައުންސިލްގެ އަންހެން މެންބަރުގެ ނަތީޖާއަށް ބަދަލެއް އައިސްފައިނުވާކަމާއި، ނަމަވެސް މ.ވޭވަށް ކައުންސިލްގެ ޢާންމު މެންބަރުގެ ނަތީޖާއަށް ބަދަލު އައިސްފައިވާތީ، ނަތީޖާ އިޢުލާނުކޮށް، ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށާއި ރަސްމީކޮށް ދަންނަވަންޖެހޭ ފަރާތްތަކުގައި ސިޓީއަކުން ދެންނެވުމަށްވެސް އިންތިޚާބާ ގުޅިގެން ބޭއްވި 507 ވަނަ ޚާއްޞަ ޖަލްސާގައިވަނީ ނިންމަވާފައެވެ.

Date
Location
ތިންވަނަ ފަންގިފިލާގެ، މެންބަރުންގެ މީޓިންގ ރޫމް
Time
Number
507

ޖަލްސާއާއި ގުޅުންހުރި ލިޔުންތައް

ޖަލްސާގެ ނިންމުންތައްޖަލްސާގެ ހާޟިރީ

ޖަލްސާގެ ހާޟިރީ

ކޮމިޝަންގެ މެންބަރުން

  • ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު
  • ޙަސަން ޒަކަރިއްޔާ
  • އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲ

އިސް މުވައްޒަފުން

  • ޢަބްދުﷲ އުނައިސް
  • ޝަހުލާ އިސްމާޢީލް
  • އަލްއުސްތާޛާ ޢާލިޔާ ޙަނީފް

އެންމެ ފަހުގެ އިތުރު ޖަލްސާތައް

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 508 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 925 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 506 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 924 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 923 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 505 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 504 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 922 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 921 ވަނަ ޢާންމު ޖަލްސާ