ޖަލްސާތައް

ކޮމިޝަނުގެ 925 ވަނަ ޢާންމު ޖަލްސާ

 

ތަޢާރަފް

މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދުއެވެ. ޖަލްސާގައި ކޮމިޝަނުގެ 3 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ، އަދި ކޮމިޝަނުގެ މެންބަރު އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲ އެވެ.

ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް ހުންނެވީ ޗުއްޓީގައެވެ.

 

މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.

  1. އިންތިޚާބުގެ މަސައްކަތުގައި ބޭނުންކޮށް އަނބުރާ ސްޓޮކަށް ޙަވާލުކޮށްފައިވާ ތަކެތި ހަދިޔާ ކުރުމާގުޅޭ.

ފާއިތުވެދިޔަ އިންތިޚާބުގެ މަސައްކަތުގައި ވޯޓުލާ މަރުކަޒުތަކުގައި ބޭނުންކުރުމަށްފަހު، އަނބުރާ ސްޓޮކަށް ޙަވާލުކުރާ ތަކެތި ހަދިޔާ ކުރުމަކީ ކުރިންވެސް ކުރަމުން އަންނަ ކަމަކަށްވާތީއާއި، އިންތިޚާބުގެ ބޭނުމަށް ނެގުމަށްފަހު އެ ތަކެތި ދިގު މުއްދަތަކަށް ބަހައްޓައިފިކަމަށްވާނަމަ ހަލާކުވެގެން އުކާލަންޖެހޭނެ ތަކެތިކަމަށްވާތީ، މިހާ ގިނަ ޢަދަދަކަށް ތަކެތި ބޭނުންކުރަންޖެހޭނީ ބޮޑު އިންތިޚާބެއްގައިކަމަށްވާއިރު، އެފަދަ ބޮޑު އިންތިޚާބެއް ދެން އެންމެ އަވަހަށްވެސް އަންނާނީ 2028 ވަނަ އަހަރުކަމަށްވުމާއެކު، އިންތިޚާބުގެ މަސައްކަތްތަކުގައި އެހީތެރިވެދޭ އަދި އިންތިޚާބުގެ މަސައްކަތްތަކުގައި އިލެކްޝަންސް ކޮމިޝަނާއެކު މަސައްކަތްކުރާ، އަދި މި ތަކެތީގެ ބޭނުން ޖެހިފައިތިބި ފަރާތްތަކަށް ހަދިޔާ ކުރުމަށް، ކޮމިޝަނުގެ 925 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

އަދި މި ތަކެތި ޙަވާލުކުރުމުގައި އިދާރީގޮތުން ފަސޭހަ ގޮތަކަށް ކުރުމަށްވެސް، ކޮމިޝަނުގެ 925 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

#

ހަދިޔާކުރާ ތަކެތި

ހަދިޔާކުރާ ތަކެތީގެ ޢަދަދު

1

ހައިލައިޓް މާކަރު (ފިޔާތޮށިކުލަ)

1,260

2

ހައިލައިޓް މާކަރު (ނޫކުލަ)

1,260

3

ޕާމަނަންޓް މާކަރު

514

 

 

 

 

#

ހަދިޔާކުރާ ތަކެތި

ހަދިޔާކުރާ ތަކެތީގެ ޢަދަދު

4

ގަލަން (ނޫކުލަ)

4,576

5

ފަތިގަނޑު

2,242

6

ކަތުރު

538

7

ކަޓަރު (ބޮޑު)

498

8

ބަންނަ ރަބަރު ޕެކެޓް

1,450

 

 

 

 

 

 

  1. ޓާސްކްފޯސް މުވައްޒަފުން ވަޒީފާއިން ވަކި ކުރުމާގުޅޭ.

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގެ މަސައްކަތްތަކަށް ނަގާފައިވާ މުވައްޒަފުންގެ ތެރެއިން، ކޮމިޝަނުގެ ވަޒީފާއިން ވަކިވުމަށް ހުށަހަޅާ މުވައްޒަފުންނާއި އަދި ވަކިގޮތެއް ނާންގާ ކޮމިޝަނުގެ މަސައްކަތަށް ނުނިކުންނަ މުވައްޒަފުން އިދާރީގޮތުން ވަކިކުރުމަށްފަހު، އެކަން އެންޑޯޒްކުރުމަށް ކޮމިޝަނަށް ހުށަހެޅުމަށް ކޮމިޝަނުގެ 888 ވަނަ ޢާންމު ޖަލްސާގައި ނިންމަވާފައިވާ ނިންމެވުމާ ގުޅިގެން، އިލެކްޓޯރަލް މެނޭޖްމަންޓް ސެކްޝަނުގެ ސީނިއަރ އޮފިސަރ، (އެމް.އެސް1) އަދި އޮފިސަރ ޝާދިހް ޢުބައިދުﷲ މުޙައްމަދު 2026 މޭ 31 އިން ފެށިގެން ކޮމިޝަނުގެ ވަޒީފާއިން ވަކިކުރުމަށް އިދާރީގޮތުން ނިންމާފައިވާ ނިންމުން އެގޮތުގެމަތީން، ކޮމިޝަނުގެ 925 ވަނަ ޢާންމު ޖަލްސާގައިވަނީ އެންޑޯސް ކުރައްވާފައެވެ.

2.     ދ.މީދޫ ކައުންސިލް ރައީސް މަޤާމުގެ އިތުރުބުރުގެ ވޯޓުނެގުން – ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026 ގެ އޮފިޝަލުންގެ ލިސްޓު ފާސްކުރުމާގުޅޭ.

ދ.މީދޫ ކައުންސިލް ރައީސް މަޤާމުގެ އިތުރު ބުރުގެ ވޯޓުނެގުން، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026 ގައި ދ.މީދޫގަ އާއި، މާލޭގެ ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވާ އޮފިޝަލުންގެ ލިސްޓު ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަނުން ހުށަހަޅާފައިވާ ގޮތުގެމަތިން، ކޮމިޝަނުގެ 925 ވަނަ ޢާންމު ޖަލްސާގައި ވަނީ ފާސް ކުރައްވާފައެވެ.

އަދި ލިސްޓަށް އެއްވެސް ބަދަލެއް އަންނަކަމުގައިވާނަމަ، އެ ބަދަލެއް އިދާރީގޮތުން ގެނައުމަށްފަހު މެންބަރުންނާ ޙިއްޞާ ކުރުމަށާއި، ބަދަލު އަންނަ ލިސްޓުގައި މެންބަރުން ސޮއި ކުރެއްވުމުން އެންޑޯސްވީކަމުގައިވެސް، ކޮމިޝަނުގެ 925 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

 

  ދ.މީދޫ M1.1 ވޯޓުފޮށި

#

މަޤާމް

ނަން

ދާއިމީ އެޑްރެސް

1

ވޯޓުލާ މަރުކަޒުގެ ވެރިޔާ

އިބްރާހީމް ޝާހީން

ޕްލޭޝް، ބ.ފެހެންދޫ

2

ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔާ – 1

މުޙައްމަދު ޒައުޝަން

ގްރީންވީލް، ކ.މާލެ

3

ރަޖިސްޓްރީ ބަލަހައްޓާ އޮފިޝަލް – 1

ޢަބްދުﷲ ނާޝިފް

ތާސިސް، ކ.މާލެ

4

އިނގިލީގައި ފާހަގަ ޖަހާ އޮފިޝަލް – 1

އާމިނަތު ދިމްނާ

ލަންކާ މެދުބައި، ކ.މާލެ

5

ކިއު ނަންބަރު ދޫކުރާ އޮފިޝަލް – 1

ފާޠިމަތު ޝުހުރަތު

އުލަގަލާ، ކ.މާލެ

6

ކިއު ނަންބަރު ދޫކުރާ އޮފިޝަލް - 2

ފާޠިމަތު ރަޝީދާ

ޗަންޕާވިލާ، ހއ.ދިއްދޫ

7

ވޯޓުފޮށި ބަލަހައްޓާ އޮފިޝަލް - 1

ޢާޞިމާ އިބްރާހީމްމަނިކު

އާރްޒޫ، ތ.ގުރައިދޫ

8

ސަރަހައްދު ބަލަހައްޓާ އޮފިޝަލް - 1

މުޙައްމަދު ނަފްޙާން އިލްޔާސް

ސުރައްޔާގެ، ޅ.ނައިފަރު

 

  ދ.މީދޫ M1.2 ވޯޓުފޮށި

#

މަޤާމް

ނަން

ދާއިމީ އެޑްރެސް

1

ވޯޓުލާ މަރުކަޒުގެ ވެރިޔާ

ވިޝާހު ސަޢީދު

ފުނަމާޕެލަސް، ގދ.ވާދޫ

2

ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔާ – 1

ޢާއިޝަތު ޝައްފާފް

ފިލިމާގެ، ކ.މާލެ

3

ރަޖިސްޓްރީ ބަލަހައްޓާ އޮފިޝަލް – 1

މަރްޔަމް ޝަހިޔާ

ފިން، ކ.މާލެ

4

އިނގިލީގައި ފާހަގަ ޖަހާ އޮފިޝަލް – 1

އާމިނަތު ޝަމްރާ

އާފަތިސް، ތ.ކިނބިދޫ

5

ކިއު ނަންބަރު ދޫކުރާ އޮފިޝަލް – 1

ހިދާޔަތު މުޙައްމަދު

މާއޮޅު، ބ.ތުޅާދޫ

6

ކިއު ނަންބަރު ދޫކުރާ އޮފިޝަލް - 2

ރާފިޔަތު

ހަސްތީ، އއ.މަތިވެރި

7

ވޯޓުފޮށި ބަލަހައްޓާ އޮފިޝަލް - 1

އިބްރާހީމް ރަމީޒު

ވައްތިޔަރަގެ، ކ.މާލެ

8

ސަރަހައްދު ބަލަހައްޓާ އޮފިޝަލް - 1

ޙުސައިން ޖިނާދު

އުޑުވިލާގެ، ރ.މަޑުއްވަރި

 

  ކ.މާލެ MT.1 ވޯޓުފޮށި

#

މަޤާމް

ނަން

ދާއިމީ އެޑްރެސް

1

ވޯޓުލާ މަރުކަޒުގެ ވެރިޔާ

މުޙައްމަދު އިސްމާޢީލް

ފެބުރުއަރީގެ، ގއ.ކޮލަމާފުށި

2

ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔާ – 1

މުޙައްމަދު ޝަފީޢު

ވައިޖެހޭގެ، ހއ.އިހަވަންދޫ

3

ރަޖިސްޓްރީ ބަލަހައްޓާ އޮފިޝަލް – 1

ޢާއިޝަތު ރާޝިދާ

ރަތްބަގީޗާގެ، އދ.މަހިބަދޫ

4

އިނގިލީގައި ފާހަގަ ޖަހާ އޮފިޝަލް – 1

ފާޠިމަތު ނިއުޝާ ފާޞީ

ގުލަބަކާގެ، ގދ.ގައްދޫ

5

ކިއު ނަންބަރު ދޫކުރާ އޮފިޝަލް – 1

ޝާހް އިސްމާޢީލް

އަލިޝާ، ފ.ނިލަންދޫ

6

ކިއު ނަންބަރު ދޫކުރާ އޮފިޝަލް - 2

ޔާސްމީނު ސަޢީދު

ވާރޭވިލާ، ގދ.ރަތަފަންދޫ

7

ވޯޓުފޮށި ބަލަހައްޓާ އޮފިޝަލް - 1

ސުފައިރާ އުޘްމާން

ދޫގަސް، ގދ.ފިޔޯރީ

8

ސަރަހައްދު ބަލަހައްޓާ އޮފިޝަލް - 1

އަޙްމަދު ރިފްޢަތު

ސީވޭވްސް، ށ.ކޮމަންޑޫ

 

   3. ކޮމިޝަނުގެ މުވައްޒަފުންނަށް ލުއި ދިނުމާގުޅޭ.

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގެ މަސައްކަތްތަކަށްފަހު، ކޮމިޝަނުގެ މުވައްޒަފުންނަށް ލުޔެއް ދިނުމުގެގޮތުން ހުކުރު ދުވަހާއި ހޮނިހިރު ދުވަސް ނުހިމެނޭގޮތަށް، މަސައްކަތް ކުރެވޭނެގޮތަށް ވާރކް ފްރޮމް ހޯމް ހަފްތާގެ ގޮތުގައި ކޮމިޝަނުގެ 919 ވަނަ ޢާންމު ޖަލްސާއިން ނިންމަވާފައިވާ ތާރީޚް، 2026 ޖޫން 28 އިން ޖުލައި 2 އަށް ނިންމަވާފައިވާ ނިންމެވުން ބަދަލުކޮށް، 2026 ޖުލައި 19 އިން 23 އަށް ވާރކް ފްރޮމް ހޯމް ހަފްތާގެ ގޮތުގައި ކަނޑައެޅުމަށް، ކޮމިޝަނުގެ 925 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

ނަމަވެސް މި މުއްދަތުގައި އިލެކްޝަންސް ކޮމިޝަން ހުޅުވާފައި ބަހައްޓަންޖެހޭތީ، ނުކުންނަންޖެހޭ މުވައްޒަފުންނަށް ވިދިގެން އަންނަ ހަފްތާގައި ވާރކް ފްރޮމް ހޯމް ގެ ގޮތުގައި އެ ފަރާތްތަކަށް އެ ފުރުޞަތު ދިނުމަށްވެސް ކޮމިޝަނުގެ 925 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

   4. ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީ.އެން.ސީ) ގެ މާލީ ބަޔާން ޙިއްޞާ ކުރުގުޅޭ.

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީ.އެން.ސީ)  ގެ މާލީ ބަޔާން، ކޮމިޝަނުގެ 925 ވަނަ ޢާންމު ޖަލްސާގައި ވަނީ ޙިއްޞާ ކުރައްވާފައެވެ.

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީ.އެން.ސީ) ގެ މާލީ ބަޔާނަކީ އެ ޕާޓީގެ މާލީ މުޢާމަލާތްތައް ތެދުވެރިކަމާއި ޙަޤީޤަތާއި އެއްގޮތަށް ދައްކުވައިދޭ އަދި "އިންޓަރނޭޝަނަލް ފައިނޭންޝިއަލް ރިޕޯޓިންގ ސްޓޭންޑަރޑްސް" އާއި އެއްގޮތަށް ތައްޔާރުކޮށްފައިވާ މާލީ ބަޔާނެއްކަން އެޕާޓީގެ މާލީ ބަޔާން އޮޑިޓް ކޮށްފައިވާ ފަރާތުން ބަޔާން ކޮށްފައިވާތީއާއި، މާލިއްޔަތުގެ ގަވާއިދާއި ޚިލާފަށް އެއްވެސް މުޢާމަލާތެއް ހިންގާފައިވާކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިނުވާކަމަށް މި ކޮމިޝަނުގެ އިންޓަރނަލް އޮޑިޓް އަދި ލީގަލް ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުން ކޮމިޝަނަށް ހުށަހަޅާފައިވާތީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީ.އެން.ސީ) އިން ހުށަހަޅާފައިވާ އެ ޕާޓީގެ މާލީ ބަޔާން ރަނގަޅުކަމަށް، ކޮމިޝަނުގެ 925 ވަނަ ޢާންމު ޖަލްސާގައި ވަނީ އެންޑޯސް ކުރައްވާފައެވެ.

މީގެއިތުރުން، މިހާތަނަށް ސިޔާސީ ޕާޓީތަކުން މާލީ ބަޔާން އަދި އަހަރީ ރިޕޯޓު ހުށަހަޅާފައިހުރި ތަރުތީބު އެނގޭގޮތަށް އެ ޕާޓީއެއްގެ މަޢުލޫމާތު ކޮމިޝަނުގެ ވެބްސައިޓަށް އެ ޕާޓީއެއްގެ މާލީ ބަޔާން އަދި އަހަރީ ރިޕޯޓު ލުމަށާއި، މާލީ ބަޔާން އަދި އޮޑިޓް ރިޕޯޓު ހުށަހެޅުމަށް އޮންނަ މުއްދަތުގައި މާލީ ބަޔާން އަދި އޮޑިޓް ރިޕޯޓު ހުށަހެޅި ސިޔާސީ ޕާޓީތަކާއި މުއްދަތު ހަމަވިއިރު މާލީ ބަޔާން އަދި އޮޑިޓް ރިޕޯޓު ހުށަނާޅާ ފަރާތްތައްވެސް އެނގޭގޮތަށް އެ މަޢުލޫމާތު ޢާންމު ކުރުމަށްވެސް ކޮމިޝަނުގެ 925 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

ސިޔާސީ ޕާޓީތަކުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާ މާލީ ބަޔާނަކީ އޮޑިޓަރ ޖެނެރަލަށްވެސް ހުށަހަޅަންޖެހޭ އެއްޗަކަށްވާތީ،   ކުރިއަށް އޮތްތަނުގައި ކޮމިޝަނަށް މި މަޢުލޫމާތު ހުށަހަޅާއިރު، މާލީ ބަޔާން އޮޑިޓަރ ޖެނެރަލަށް ހުށަހަޅާފައިވަނީ ކޮންކޮން ޕާޓީތަކަކުންކަން މަޢުލޫމާތު ސާފުކުރުމަށްފަހު ކޮމިޝަނަށް ހުށަހެޅުމަށްވެސް ކޮމިޝަނުގެ 925 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

   5. އޭ-ވެބްގެ ވައިސް ޗެއަރޕަރސަން ގެ މަޤާމާގުޅޭ.

އޭ-ވެބްގެ ވައިސް ޗެއަރޕަރސަން ގެ މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން އެޕްލައިކުރުމަށް ހުޅުވާލައި، އޭ-ވެބުން ފޮނުވާފައިވާ އީ-މެއިލްއާއި ގުޅިގެން، އޭ-ވެބްގެ ވައިސް ޗެއަރޕަރސަން ގެ މަޤާމަށް ހޮވިއްޖެކަމަށްވާނަމަ އޮންނަ އުޞޫލުގެ ތެރެއިން ވިދިގެން އަންނަ އަހަރު ޗެއަރ ޕާރސަން އަކަށްވެސް ވާނީ އިލެކްޝަންސް ކޮމިޝަން ކަމަށްވާތީ، ކޮމިޝަނުގެ މިވަގުތުގެ ޙާލަތަށް ބަލާއިރު އޭ-ވެބްގެ ވައިސް ޗެއަރޕަރސަން ގެ މަޤާމްފަދަ ބޮޑު މަސްއޫލިއްޔަތެއް އަދާކުރެވޭވަރުގެ ރިސޯސް އިލެކްޝަންސް ކޮމިޝަނުގައި ނެތުމާއެކު، އަދި 2028 ވަނަ އަހަރަކީ ރިޔާސީ އިންތިޚާބު އޮންނާނެ އަހަރުކަމަށްވެސްވާތީ، އޭ-ވެބްގެ ވައިސް ޗެއަރޕަރސަންއަށް ވެވެންނެތްކަމުގައި ދަންނަވައި އެ ފަރާތަށް ސިޓީއެއް ފޮނުވުމަށް، ކޮމިޝަނުގެ 925 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

  6. އޭ-ވެބްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމާގުޅޭ.

އޭ-ވެބްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން އެޕްލައިކުރުމަށް ހުޅުވާލައި، އޭ-ވެބުން ފޮނުވާފައިވާ އީ-މެއިލްއާއި ގުޅިގެން، މި މަޤާމަށް އެޕްލައި ކުރުމުގެ މުއްދަތު 2026 އޮގަސްޓް 14 ވަނަ ދުވަހާއި ހަމައަށް އޮތުމާއެކު ކޮމިޝަނުގެ 5 މެންބަރުން ހަމަވުމުން މެންބަރުންގެ މެދުގައި މަޝްވަރާ ކުރައްވައި ގޮތެއް ނިންމެވުމަށްޓަކައި ކޮމިޝަނުގެ އިތުރު ބައްދަލުވުމަށްކަށް މި އައިޓަމް އެޖެންޑާ ކުރުމަށް އޯޕަންކޮށް ބޭއްވުމަށް، ކޮމިޝަނުގެ 925 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

އަދި މި މަޤާމަށް ކުރިމަތިލެވެނީ ކޮންބަޔަކަށްކަން ސާފުކޮށް އޭގެ ތަފްޞީލުތައް ކޮމިޝަނުގެ މެންބަރުންނާ ޙިއްޞާކުރުމަށްވެސް ކޮމިޝަނުގެ 925 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

  7. ކޮމިޝަނުގެ ޖަލްސާތައް ބާއްވާ ގަޑިތަކަށް ބަދަލު ގެނައުމާގުޅޭ.

އިލެކްޝަންސް ކޮމިޝަނުގެ ރަސްމީގަޑި 8:00 އިން 14:00 އަށް ބަދަލުކުރުމާއި ގުޅިގެން، މަސައްކަތު ގަޑި ކުރުވުމާއި، ޖަލްސާތަކުގައި މުހިއްމު އައިޓަމްތައް މަޝްވަރާ ކުރުމުގައި ޖަލްސާތައް ދިގުދެމިގެންދާތީއާއި، ރަސްމީ ގަޑީގެ ފަހަށްވެސް ޖަލްސާ ނުނިމިދާ ދުވަސްތައްވެސް އަންނާތީ، އިލެކްޝަންސް ކޮމިޝަނުގެ އަންނަނިވި ޖަލްސާތައް ބާއްވާ ގަޑިތަކަށް ބަދަލު ގެނައުމަށް، ކޮމިޝަނުގެ 925 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

·       ކޮމިޝަނުގެ ނުރަސްމީ ޖަލްސާ ހޯމަ ދުވަހުގެ 10:30 އަށް

·       ކޮމިޝަނުގެ ރަސްމީ ޖަލްސާ ބުދަ ދުވަހުގެ 9:30 އަށް

 

Date
Location
ތިންވަނަ ފަންގިފިލާގެ، މެންބަރުންގެ މީޓިންގ ރޫމް
Time
Number
925

ޖަލްސާއާއި ގުޅުންހުރި ލިޔުންތައް

ޖަލްސާގެ ނިންމުންތައްޖަލްސާގެ ހާޟިރީ

ޖަލްސާގެ ހާޟިރީ

ކޮމިޝަންގެ މެންބަރުން

  • ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު
  • ޙަސަން ޒަކަރިއްޔާ
  • އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲ

އިސް މުވައްޒަފުން

  • ޢަބްދުﷲ އުނައިސް
  • ޝަހުލާ އިސްމާޢީލް
  • އާއިޝަތު ޝައްފާފް
  • އާމިނަތު އަޒީފާ
  • އަލްއުސްތާޛާ ޢާލިޔާ ޙަނީފް
  • ސީނާ ރަޝީދު

އެންމެ ފަހުގެ އިތުރު ޖަލްސާތައް

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 508 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 507 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 506 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 924 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 923 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 505 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 504 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 922 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 921 ވަނަ ޢާންމު ޖަލްސާ