ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 468 ވަނަ ޚާއްޞަ ޖަލްސާ

ތަޢާރަފް

މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤް އެވެ. ޖަލްސާގައި ކޮމިޝަނުގެ 5 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤް، ނައިބު ރައީސް އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމް، ކޮމިޝަނުގެ މެންބަރ ޑޮކްޓަރު މުޙައްމަދު ޒާހިރު، ކޮމިޝަނުގެ މެންބަރު މުޙައްމަދު ޢާޞިފް އަދި ކޮމިޝަނުގެ މެންބަރު ޢަލީ ނަޝާޠު އެވެ. 

މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.

 

1. 2024 ފެބުރުވަރީ 24 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައި-އިލެކްޝަނުގައި ޙަރަކާތްތެރިވާ އޮފިޝަލުންގެ ލިސްޓު ފާސްކުރުން.

2024 ފެބުރުވަރީ 24 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އއ.މާޅޮހު ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނުގައި ބަހައްޓާ ވޯޓުފޮށިތަކުގެ އޮފިޝަލުންގެ ގޮތުގައި ޙަރަކާތްތެރިވާ އޮފިޝަލުންގެ ލިސްޓު ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަނުން ހުށަހަޅާފައިވާގޮތަށް، އިންތިޚާބާ ގުޅިގެން ބޭއްވެވި 468 ވަނަ ޚާއްޞަ ޖަލްސާގައި ވަނީ ފާސް ކުރައްވާފައެވެ.

 

2. 2024 މާރިޗު 17 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުކަރުދާހުގައި ކެންޑިޑޭޓުންގެ ފޮޓޯ، ނިޝާން ނުވަތަ ލޯގޯ ޖެހުމާ ގުޅޭ.

2024 މާރިޗު 17 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރައްވާ 61 ކެންޑިޑޭޓުން ވޯޓުކަރުދާހުގައި ޖެހުމަށް ހުށަހަޅާފައިވާ ލޯގޯ ގެ ތެރެއިން، ދިއްދޫ ދާއިރާއަށް ވާދަކުރައްވާ ހއ.ދިއްދޫ، އާލިއާ، މުޙައްމަދު އަސްލަމް (A122601) ހުށަހަޅުއްވާފައިވާ ދިވެހި ޤައުމީ ދިދަ ފިޔަވައި އެހެން ލޯގޯތައް، އިންތިޚާބާ ގުޅިގެން ބޭއްވެވި 468 ވަނަ ޚާއްޞަ ޖަލްސާގައި ވަނީ ފާސް ކުރައްވާފައެވެ.

ނަމަވެސް އަމިއްލަގޮތުން ވާދަކުރައްވާ އެއްވެސް ކެންޑިޑޭޓެއްގެ ލޯގޯ ވޯޓުކަރުދާހުގައި ނުޖެހުމަށާއި، ވޯޓުކަރުދާހުގައި އެބޭފުޅެއްގެ ފޮޓޯ ޖަހުމަށްފަހު "އަމިއްލަ" މިހެން ޖެހުމަށާއި، ކެމްޕެއިން ކުރުމުގައި ލޯގޯ ބޭނުން ކުރެވިދާނެކަމަށްވެސް އިންތިޚާބާ ގުޅިގެން ބޭއްވެވި 468 ވަނަ ޚާއްޞަ ޖަލްސާގައި ވަނީ ނިންމަވާފައެވެ.

Date
Location
ދަރުބާރުގެ - މެންބަރުންގެ މީޓިންގ ރޫމް
Time
Number
468

ޖަލްސާއާއި ގުޅުންހުރި ލިޔުންތައް

ޖަލްސާގެ ނިންމުންތައްޖަލްސާގެ ހާޟިރީ

ޖަލްސާގެ ހާޟިރީ

ކޮމިޝަންގެ މެންބަރުން

  • ފުއާދު ތައުފީޤް
  • އަލްއުސްތާޛް އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމް
  • ޑޮކްޓަރ މުޙައްމަދު ޒާހިރު
  • މުޙައްމަދު ޢާޞިފް
  • ޢަލީ ނަޝާޠު

އިސް މުވައްޒަފުން

  • ޙަސަން ޒަކަރިއްޔާ
  • މުޙައްމަދު އަނީލް
  • އާއިޝަތު ޝައްފާފް
  • ޢަބްދުﷲ އުނައިސް
  • އަލްއުސްތާޛާ ޢާއިޝަތު ސުމައިނާ
  • ފާޠިމަތު ޝަބާ ބާޤިރު
  • އާމިނަތު އަޒީފާ

އެންމެ ފަހުގެ އިތުރު ޖަލްސާތައް

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 475 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 828 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 827 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 826 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 473 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 825 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 474 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 824 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 822 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 472 ވަނަ ޚާއްޞަ ޖަލްސާ