ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 469 ވަނަ ޚާއްޞަ ޖަލްސާ

ތަޢާރަފް

މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ނައިބު ރައީސް އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމް އެވެ. ޖަލްސާގައި ކޮމިޝަނުގެ 4 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ނައިބު ރައީސް އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމް، ކޮމިޝަނުގެ މެންބަރ ޑޮކްޓަރު މުޙައްމަދު ޒާހިރު، ކޮމިޝަނުގެ މެންބަރު މުޙައްމަދު ޢާޞިފް އަދި ކޮމިޝަނުގެ މެންބަރު ޢަލީ ނަޝާޠު އެވެ.

އަދި ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤް ހުންނެވީ ޗުއްޓީގައެވެ. 

 

މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.

 

1. އއ.މާޅޮހު ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބޭއްވި ބައި-އިލެކްޝަންގެ ވަގުތީ ނަތީޖާ އަދި ރަސްމީ ނަތީޖާ އެންޑޯސް ކުރެއްވުން.

2024 ޖަނަވަރީ 24 ވީ ހޮނިހިރު ދުވަހު އއ.މާޅޮހު ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބޭއްވި ބައި-އިލެކްޝަންގެ ވަގުތީ ނަތީޖާ ތިރީގައިވާ ގޮތުގެމަތިން ފާސްކުރައްވަން، އިންތިޚާބާ ގުޅިގެން ބޭއްވި 469 ވަނަ ޚާއްޞަ ޖަލްސާގައިވަނީ ނިންމަވާފައެވެ. 

ދާއިރާ: އއ.މާޅޮހުގެ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން

ކނަންބަރު

ނަން

އެޑްރެސް

ޙައިޘިއްޔަތު

ލިބުނު ވޯޓު

1

އާމިނަތު މާޔާ

މާހާ، އއ.މާޅޮސް

ކޮންގްރެސް ޕާޓީ

267

2

އަޒީނާ އާދަމް

އަޒީނާ އާދަމް

އެމް.ޑީ.ޕީ

164

ޞައްޙަ ވޯޓު

431

ބާޠިލު ވޯޓު

15

ޖުމުލަ ވޯޓު

446

ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ޢަދަދު

558

ވޯޓުލީ މީހުންގެ ޢަދަދު

446

ވޯޓުލީ މީހުންގެ އިންސައްތަ

79.93%

އަދި، ކޮމިޝަނުގެ މެންބަރުން ސޮއިކުރެއްވުމާއެކު، 2024 ޖަނަވަރީ 24 ވީ ހޮނިހިރު ދުވަހު އއ.މާޅޮހު ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބޭއްވި ބައި-އިލެކްޝަންގެ ރަސްމީ ނަތީޖާ ފާސްވީކަމަށް، އިންތިޚާބާ ގުޅިގެން ބޭއްވި 469 ވަނަ ޚާއްޞަ ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

2. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގެ ޓާސްކްފޯސް މަޤާމުތަކަށް މުވައްޒަފުންނެގުން.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގެ ޓާސްކްފޯސް މަޤާމުތަކަށް މުވައްޒަފުން ހޯދުމަށް މި ކޮމިޝަނުން ކޮށްފައިވާ އިޢުލާނާ ގުޅިގެން އެ މަޤާމުތަކަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކަށް އިންޓަވިއު ކުރުމަށްފަހު އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކުގެ މާކްސް ތަރުތީބުން، ވަޒީފާއަށް ނެގުމުގެ ކުރިން ބަލަންޖެހޭ ކަންކަމަށް ބެލުމަށްފަހު، ތިރީގައިވާ ބަޔާންކޮށްފައިވާ މަޤާމުތަކަށް މިދަންނަވާ ފަރާތްތައް، 2024 ފެބްރުވަރީ 25 އިން ފެށިގެން ވަޒީފާ ހަމަޖެއްސުމަށް، އިންތިޚާބާ ގުޅިގެން ބޭއްވި 469 ވަނަ ޚާއްޞަ ޖަލްސާގައިވަނީ ނިންމަވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ޓާސްކްފޯސް – ސީނިއަރ އޮފިސަރ (އެމް.އެސް 1 - ވަގުތީ)

#

ނަން

ދާއިމީ އެޑްރެސް

އައިޑީ ކާޑު ނަންބަރު

ސެކްޝަން

1

ޙަންނަތު އަޙްމަދު

ސަނަދަލީގެ، ޏ.ފުވައްމުލައް

A276231

އިލެކްޓޯރަލް މެނޭޖްމަންޓް ސެކްޝަން

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ޓާސްކްފޯސް  – އޮފިސަރ (ޖީ.އެސް 3 - ވަގުތީ)

#

ނަން

ދާއިމީ އެޑްރެސް

އައިޑީ ކާޑު ނަންބަރު

ސެކްޝަން

1

މުޙައްމަދު ޢަމްރު ޢާމިރު

ފެހިފަރުދާގެ، ސ.މަރަދޫފޭދޫ

A158228

ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަން

2

ޔޫސުފް ޙަސަން އާދަމް

މ.ބަހާރުވިލާ، މާލެ

A342835

އިލެކްޓޯރަލް މެނޭޖްމަންޓް ސެކްޝަން

3

ޙާދީޖާ ޠާމިޙާ

ނޫމުރަކަ، ނ. ކެނދިކުޅުދޫ

A327926

އިލެކްޓޯރަލް މެނޭޖްމަންޓް ސެކްޝަން

4

އާދަމް ޒަމީލް

މ.މާވެޔޮވިލާ، މާލެ

A081120

ޕަބްލިކް ރިލޭޝަންސް ސެކްޝަން

5

ލަމްޢަތު ޢަލީ

ފްލެމިންގޯ، މާލެ

A149693

ޕްރޮކިއުމަންޓު ސެކްޝަން

6

ޢަބްދުﷲ ނަވީން

މިލާނޯ، ލ.ގަން

A352700

ޕްލޭނިންގ، ޕޮލިސީ އެންޑް ރިސާޗް ސެކްޝަން

7

މަރްޔަމް ސައެލާ

ސާތީ، ކ.ދިއްފުށި

A301960

ޕްލޭނިންގ، ޕޮލިސީ އެންޑް ރިސާޗް ސެކްޝަން

 

3. ޓާސްކްފޯސް މުވައްޒަފު، ފައިނޭންސް ސެކްޝަންގެ  އޮފިސަރ މަރްޔަމް ފައިނާ ޝިޔާމް، ކޮމިޝަނުގެ ވަޒީފާއިން ވަކިކޮށްދިނުމަށް އެދިފައިވާތީ، އެދިފައިވާގޮތުގެމަތީން ވަޒީފާއިން ވަކިކުރުން.

ޓާސްކްފޯސް މުވައްޒަފު، ފައިނޭންސް ސެކްޝަންގެ އޮފިސަރ މަރްޔަމް ފައިނާ ޝިޔާމް، ކޮމިޝަނުގެ ވަޒީފާއިން ވަކިކޮށްދިނުމަށް އެދި ވަޒީފާއިން ވަކިވުމަށްއެދޭ ފޯމު ކޮމިޝަނަށް ހުށަހަޅުއްވާފައިވާތީ، އެގޮތުގެމަތީން 2024 ފެބުރުވަރީ 29 ވާ ބުރާސްފަތި ދުވަހުން ފެށިގެން ކޮމިޝަނުގެ ވަޒީފާއިން މިމުވައްޒަފު ވަކިކުރެއްވުމަށާއި، އަދި ވަޒީފާއިން ވަކިކުރެއްވުމުގައި ޢަމަލުކުރުމަށް ކޮމިޝަނުން ކަނޑައެޅިފައިވާ އިޖުރާޢަތުތައް ފުރިހަމަކުރެއްވުމަށްވެސް، އިންތިޚާބާ ގުޅިގެން ބޭއްވި 469 ވަނަ ޚާއްޞަ ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

4. އިންތިޚާބުތަކުގައި އޮފިޝަލުން ތަމްރީންކުރުމަށްޓަކައި، ކޮމިޝަނަށް ހޯދާ ޓްރެއިނަރުންނާގުޅޭ

އިންތިޚާބުތަކުގައި އޮފިޝަލުން ތަމްރީންކުރުމަށްޓަކައި، ކޮމިޝަނަށް ޓްރެއިނަރުން ހޯދާއިރު، ތިރީގައި މި ދަންނަވާފައިވާ ގޮތުގެމަތިން ޢަމަލުކުރުމަށް، އިންތިޚާބާ ގުޅިގެން ބޭއްވި 469 ވަނަ ޚާއްޞަ ޖަލްސާގައި ވަނީ ނިންމަވާފައެވެ.

1. ޓްރެއިނަރަކަށްވުމަށް އެދި ހުށަހަޅާ ފޯމާއެކު، ކޮންމެހެން ހުށަހަޅަންޖެހޭ ލިޔުމެއްގެ ގޮތުގައި، ކުށުގެ ރިކޯޑު ފޯމު ކޮމިޝަނަށް ހުށަހެޅުން.

2. ޢާންމު އިޖުތިމާޢީ މިންގަނޑުތަކާ ޚިލާފުވެފައިވާ ފަރާތްތަކާއި، ޚާއްޞަކޮށް ކުޑަކުއްޖަކާމެދު ބަދުއަޚްލާޤީ މައްސަލަތަކަށް ތުހުމަތުކުރެވޭ ފަރާތްތަކާއި ޖިންސީ ގޯނާގެ މައްސަލަތައް ތުހުމަތުކުރެވޭ ފަރާތްތައް ޓްރެއިނަރުންގެ ގޮތުގައި ނުނެގުމަށް ޚާއްޞަ ސަމާލުކަމެއް ދިނުން.

3. އިސްވެ ދެންނެވުނު ކަންކަން، އިންތިޚާބުތަކުގައި އޮފިޝަލުން ތަމްރީން ކުރުމަށްޓަކައި ، ކޮމިޝަނަށް ޓްރެއިނަރުން ހޯދުމަށް ޢާންމުކުރާ އިޢުލާނުގައި ބަޔާންކުރުން.

 

5. ވަގުތީ މުވައްޒަފުންނާއި، އިންތިޚާބުތަކުގެ ބޭނުމަށް ނަގާ ޓާސްކްފޯސް މުވައްޒަފުން މަޤާމުތަކަށް ނެގުމަށްއެދި، ކޮމިޝަނަށް ހުށަހަޅާ ޙާލަތްތަކާއި، މަޤާމަކުން ވަކިވުމަށް ނުވަތަ ވަކިކުރުމަށް ކޮމިޝަނަށް ހުށަހަޅާއިރު ޢަމަލުކުރަންވީ ކަންކަމާއި ގުޅޭ.

މީގެ ފަހުން ވަގުތީ މުވައްޒަފުންނާއި، އިންތިޚާބުތަކުގެ ބޭނުމަށް ނަގާ ޓާސްކްފޯސް މުވައްޒަފުން މަޤާމުތަކަށް ނެގުމަށްއެދި، ކޮމިޝަނަށް ހުށަހަޅާ ޙާލަތްތަކާއި، މަޤާމަކުން ވަކިވުމަށް ނުވަތަ ވަކިކުރުމަށް ކޮމިޝަނަށް ހުށަހަޅާ މައްސަލަތަކުގައި، އެ މަޤާމެއް ނުވަތަ މުވައްޒަފެއް ނިސްބަތްވާ ސެކްޝަނެއް ގައި ތިބި މުވައްޒަފުންގެ ޢަދަދުތަކާއި، އެ ސެކްޝަނަކަށް އިތުރަށް ބޭނުންވާ މުވައްޒަފުންގެ ޢަދަދުތައް އެނގޭނެހެން ކޮމިޝަނަށް ހުށަހެޅުމަށް، އިންތިޚާބާ ގުޅިގެން ބޭއްވި 469 ވަނަ ޚާއްޞަ ޖަލްސާގައި ވަނީ ނިންމަވާފައެވެ.

--

Date
Location
ތިންވަނަ ފަންގިފިލާގެ، މެންބަރުންގެ މީޓިންގ ރޫމް
Time
Number
469

ޖަލްސާއާއި ގުޅުންހުރި ލިޔުންތައް

ޖަލްސާގެ ނިންމުންތައްޖަލްސާގެ ހާޟިރީ

ޖަލްސާގެ ހާޟިރީ

ކޮމިޝަންގެ މެންބަރުން

  • އަލްއުސްތާޛް އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމް
  • ޑޮކްޓަރ މުޙައްމަދު ޒާހިރު
  • މުޙައްމަދު ޢާޞިފް
  • ޢަލީ ނަޝާޠު

އިސް މުވައްޒަފުން

  • ޙަސަން ޒަކަރިއްޔާ
  • މުޙައްމަދު އަނީލް
  • އާއިޝަތު ޝައްފާފް
  • ޢަބްދުﷲ އުނައިސް
  • އަލްއުސްތާޛާ ޢާއިޝަތު ސުމައިނާ
  • ފާޠިމަތު ޝަބާ ބާޤިރު

އެންމެ ފަހުގެ އިތުރު ޖަލްސާތައް

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 475 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 828 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 827 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 826 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 473 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 825 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 474 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 824 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 822 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 472 ވަނަ ޚާއްޞަ ޖަލްސާ