ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 470 ވަނަ ޚާއްޞަ ޖަލްސާ

ތަޢާރަފް

މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ނައިބު ރައީސް އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމް އެވެ. ޖަލްސާގައި ކޮމިޝަނުގެ 5 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤް، ނައިބު ރައީސް އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމް، ކޮމިޝަނުގެ މެންބަރ ޑޮކްޓަރު މުޙައްމަދު ޒާހިރު، ކޮމިޝަނުގެ މެންބަރު މުޙައްމަދު ޢާޞިފް އަދި ކޮމިޝަނުގެ މެންބަރު ޢަލީ ނަޝާޠު އެވެ.

 

ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤް ޖަލްސާގައި ބައިވެިރވެ ވަޑައިގެންނެވީ އިންޑިއާގައި ހުންނަވައިގެން، ފޯން ކޯލް މެދުވެރިކުރައްވައެވެ. ކޮމިޝަނުގެ މެންބަރު މުޙައްމަދު ޢާޞިފް ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވީ އައްޑޫ ސިޓީގައި ހުންނަވައިގެން، ފޯން ކޯލް މެދުވެރިކުރައްވައެވެ.

 

މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.

 

1. 2024 މާރިޗު 17 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު، 2024 އޭޕްރީލް 21 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ކޮމިޝަނުން ނިންމެވުން.

ޤާނޫނު ނަންބަރު: 3/2024 (އިންތިޚާބުތަކާ ޢާންމު ޤާނޫނަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ރައީސުލްޖުމްހޫރިއްޔާ މިއަދު (2024 ފެބުރުވަރީ 29) ތަސްދީޤު ކުރެއްވުމާ ގުޅިގެން، އިސްވެ ދެންނެވުނު ޤާނޫނުގެ 43 ވަނަ މާއްދާ "ވޯޓުނަގާ ވަގުތު" ގެ (ށ) ގައި، އެހެން ޤާނޫނެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، ރަމަޟާން މަހުގެ ދުވަހެއްގައި އިންތިޚާބެއް ބާއްވައިގެން ނުވާނެކަމަށާއި، އަދި އިންތިޚާބު ބާއްވަންޖެހޭ ތާރީޚު ރަމަޟާން މަހުގެ ދުވަހަކާ ދިމާވާ ޙާލަތެއްގައި، އެ އިންތިޚާބެއް ބާއްވަންވާނީ ރަމަޟާން މަސްނިމި 10 ދުވަސް ފަހުންކަމުގައި ބަޔާންކޮށްފައިވާތީ، އެގޮތުގެމަތީން، 2024 މާރިޗު މަހުގެ 17 ވާ އާދީއްތަ ދުވަހު ބޭއްވުމަށް މިހާރު އިޢުލާނު ކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024، 2024 އެޕްރީލް 21 ވާ އާދީއްތަ ދުވަހު ބޭއްވުމަށް، އިންތިޚާބާ ގުޅިގެން ބޭއްވެވި 470 ވަނަ ޚާއްޞަ ޖަލްސާގައި ވަނީ ނިންމަވާފައެވެ.

މި ނިންމެވުމާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 މިހާރު ބާއްވަނީ ރަމަޟާން މަހުގެ ދުވަހެއްގައި ކަމަށްނުވާތީ، ވޯޓުނެގުން 2024 އެޕްރީލް 21 ވާ އާދީއްތަ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށް ކަނޑައަޅައި، ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހުގެ ވޯޓުނަގާ ނިމޭތާ 30 މިނިޓުގެ ހުސް ވަގުތުކޮޅަކަށްފަހުގައި ކަމަށް ކަނޑައަޅައި، މިގަޑިތަކަށް އިތުރު ބަދަލުތަކެއް ނުގޭންނާނޭ ކަމަށް، އިންތިޚާބާ ގުޅިގެން ބޭއްވެވި 470 ވަނަ ޚާއްޞަ ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

2. ޤާނޫނު ނަންބަރު: 3/2024 (އިންތިޚާބުތަކާ ޢާންމު ޤާނޫނަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ރައީސުލްޖުމްހޫރިއްޔާ މިއަދު (2024 ފެބުރުވަރީ 29) ތަސްދީޤު ކުރެއްވުމާ ގުޅިގެން، ސެކްޝަންތަކުން ތަންފީޛުކުރެއްވުމަށް ކޮމިޝަނުން ނިންމަވާފައިވާ ކަންކަން.

ތަންފީޛުކުރެއްވުމަށް ކޮމިޝަނުން ނިންމަވާފައިވާ ކަންކަން

2.1.ޤާނޫނު ނަންބަރު: 3/2024 (އިންތިޚާބުތަކާ ޢާންމު ޤާނޫނަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ރައީސުލްޖުމްހޫރިއްޔާ މިއަދު (2024 ފެބުރުވަރީ 29) ތަސްދީޤު ކުރެއްވުމާ ގުޅިގެން، އިސްވެ ދެންނެވުނު ޤާނޫނުގެ 43 ވަނަ މާއްދާ "ވޯޓުނަގާ ވަގުތު" ގެ (ށ) ގައި، އެހެން ޤާނޫނެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، ރަމަޟާން މަހުގެ ދުވަހެއްގައި އިންތިޚާބެއް ބާއްވައިގެން ނުވާނެކަމަށާއި، އަދި އިންތިޚާބު ބާއްވަންޖެހޭ ތާރީޚު ރަމަޟާން މަހުގެ ދުވަހަކާ ދިމާވާ ޙާލަތެއްގައި، އެ އިންތިޚާބެއް ބާއްވަންވާނީ ރަމަޟާން މަސްނިމި 10 ދުވަސް ފަހުންކަމުގައި ބަޔާންކޮށްފައިވާތީ، އެގޮތުގެމަތީން، 2024 މާރިޗު މަހުގެ 17 ވާ އާދީއްތަ ދުވަހު ބޭއްވުމަށް މިހާރު އިޢުލާނު ކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024، 2024 އެޕްރީލް 21 ވާ އާދީއްތަ ދުވަހު ބޭއްވުމަށާއި، އިންތިޚާބު މިބޭއްވެނީ ރަމަޟާން މަހުގެ ދުވަހެއްގައި ކަމަށްނުވާތީ، ވޯޓުނެގުން 2024 އެޕްރީލް 21 ވާ އާދީއްތަ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށް ކަނޑައަޅައި، ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހުގެ ވޯޓުނަގާ ނިމޭތާ 30 މިނިޓުގެ ހުސް ވަގުތުކޮޅަކަށްފަހުގައި ކަމަށް ކަނޑައަޅައި، މިގަޑިތަކަށް އިތުރު ބަދަލުތަކެއް ނުގޭންނާނޭ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު، 2024 އެޕްރީލް 21 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ކޮމިޝަނުން ނިންމަވާފައިވާތީ، މިތާރީޚަކީ ރަމަޟާން މަހުގެ ދުވަހެއް ކަމަށް ނުވާތީ، ވޯޓުނެގުން 2024 އެޕްރީލް 21 ވާ އާދީއްތަ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށް ކަނޑައަޅައި، ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހުގެ ވޯޓުނަގާ ނިމޭތާ 30 މިނިޓުގެ ހުސް ވަގުތުކޮޅަކަށްފަހު ގައި ކަމަށް ކޮމިޝަނުން ކަނޑައަޅުއްވާފައިވާތީ، އެގޮތުގެމަތިން އިސްވެ ދެންނެވުނު ނިންމެވުންތައް މިރެއިން މިރެއަށް (2024 ފެބުރުވަރީ 29) ގައި ޢާންމުކޮށް އަންގާ އިޢުލާންކުރުން.

2.2.ސީނިއަރ މެނޭޖްމަންޓް ޓީމާއި، ކަމާގުޅުންހުރި ސެކްޝަންތައް ހިމެނޭހެން މަޝްވަރާކުރުމަށްފަހު، އިންތިޚާބުގެ ކަލަންޑަރެއް އެކުލަވާލުމަށާއި، ކަލަންޑަރުގައި 2024 އެޕްރީލް 21 ވާ އާދީއްތަ ދުވަހަށް 18 އަހަރު ފުރިހަމަވާ މީހުންނަށް ވޯޓުލުމުގެ ފުރުޞަތު ދިނުމުގެ ގޮތުން ލިސްޓު ޢާންމުކުރުމާއި، ރީ-ރަޖިސްޓްރޭޝަނަށް 3 ދުވަހުގެ މުއްދަތެއް ދިނުމަށާއި، އިސްވެ ދެންނެވުނު ގޮތުގެމަތިން ކަލަންޑަރު ތައްޔާރުކޮށް މާދަމާ (2024 މާރިޗު 01) ގައި ކޮމިޝަނަށް ހުށަހެޅުމަށާއި، ކޮމިޝަނުގެ މެންބަރުން ސޮއިކުރެއްވުމާއި އެކު ކަލަންޑަރު ފާސްވީކަމުގައި ބައްލަވާ، ކޮމިޝަނުގެ މެންބަރުން ސޮއިކުރައްވާ ކަލަންޑަރުގައިވާ ގޮތުގެމަތިން 2024 އެޕްރީލް 21 ވާ އާދީއްތަ ދުވަހުގެ ކަންކަން ކުރިއަށްދޭތޯ ކަށަވަރު ކުރުން.

2.3.އިންތިޚާބުގެ ބޭނުމަށް އިތުރަށް ހޯދަންޖެހޭ ބަޖެޓު ހޯދުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަދި މިނިސްޓްރީ އޮފް ފިނޭންސްގައި ދެންނެވުމަށާއި، މިގޮތުން ބަޖެޓަށް އިތުރަށް ބޭނުންވާ ފައިސާގެ ހިސާބުތައް ތިރީގައި ދަންނަވާފައިވާ ކަންކަން ހިމެނޭހެން ސެކްރެޓަރީ ޖެނެރަލްގެ އިރުޝާދާއެކު ތައްޔާރު ކުރުން.

· މުވައްޒަފުންގެ ރަމަޟާން މަހުގެ އެލަވަންސް.

· މުވައްޒަފުންނަށް ދޭންޖެހޭ މުސާރައާއި ޢިނާޔަތްތައް.

· ޓެންޓު ޖެހުމުގެ ކަންކަން އަދިއިހަށް ހޯލްޑްކޮށްފައި ބޭއްވުން.

· އިންތިޚާބުގެ ބޭނުމަށް އިތުރަށް ހޯދަންޖެހޭ ވަޞީލަތްތަކާއި ތަކެއްޗާއި ޚިދުމަތް.

2.4.އިންތިޚާބުގެ ތާރީޚް ފަސްވުމާއި ގުޅިގެން، ރިސޯޓުތަކާއި ސިނާޢީ މަސައްކަތްކުރާ ތަންތަނާއި، ރާއްޖެއިން ބޭރުގައި ވޯޓުފޮށިތައް ފޮށިބެހެއްޓުމަށްޓަކައި އަލުން ހުޅުވާލުން.

2.5 2024 އެޕްރީލް 21 ވާ އާދީއްތަ ދުވަހާ ހަމައަށް 18 އަހަރު ފުރޭމީހުން ހިމެނޭހެން ވޯޓުދިނުމުގެ ހައްޤުލިބިފައިވާ މީހުންގެ ލިސްޓެއް ޢާންމު ކުރުމަށާއި، އެ ލިސްޓު ޢާންމުކުރާއިރު މިހާރުވެސް ޢަމަލު ކުރަމުންދާގޮތަށް ދިވެހިރައްޔިތަކަށް އަންގައިދޭ ކާޑުގެ ނަންބަރު އެކުގައި ނުހިމަނައި، އައި.ޑީކާޑު ނަންބަރުގެ އެންފަހު 3 އަކުރު ހިމެނުމަށްފަހު، ލިސްޓު ޢާންމު ކުރުމަށާއި، ރީ-ރަޖިސްޓްރޭޝަން މުއްދަތުގެ ގޮތުގައި 3 ދުވަސް ދިނުމަށާއި، މިގޮތަށް ހުޅުވާލާއިރު ރާއްޖެއިން ބޭރުގައި ދިރިއުޅޭ ފަރާތްތަކަށާއި ރިސޯޓުތަކާއި، ސިނާއީ މަސައްކަތްކުރާ ތަންތަނަށްވެސް ފުރުޞަތު ހުޅުވާލުން.

2.6.ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 އާ ގުޅޭ އިންތިޒާމުތައް ޤާނޫނުގައި ކަނޑައެޅިފައިވާ ވަގުތުގައި ކުރުމަށްޓަކައި، އިސްވެ ދެންނެވުނު ޤާނޫނުގެ 4 ވަނަ މާއްދާ "ހިންގައި ބެލެހެއްޓުން"، މި މާއްދާގެ (ށ) ގައިވާ ޢިބާރާތް "އަންނަނިވި ކަންކަން ހިންގައި ބެލެހެއްޓުމުގައި އިލެކްޝަންސް ކޮމިޝަނުން ދައުލަތުގެ މުއައްސަސާތަކާއި އިދާރާތަކުގެ އެހީތެރިކަމަށް އެދިއްޖެނަމަ، ޤާނޫނުގައި ކަނޑައެޅިފައިވާ ވަގުތުގައި އެކަމެއް ކުރުމަށްޓަކައި ބޭނުންވާނެ އެއްބާރުލުމާއި އެހީތެރިކަން އެފަރާތަކުން އިލެކްޝަންސް ކޮމިޝަނަށް ފޯރުކޮށްދޭންވާނެއެވެ."، ލިޔެކިޔުންތަކުގައި ބަޔާންކުރުމަށްފަހު، ސަރުކާރާއި އޮފީސްތަކާއި ދަޢުވަތުގެ މުއައްސަސާތަކާއި އެނޫންވެސް އެހެން ފަރާތްތަކާ މުޢާމަލާތުކުރުން.

2.7.ޤާނޫނު ނަންބަރު: 3/2024 (އިންތިޚާބުތަކާ ޢާންމު ޤާނޫނަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެ 37 ވަނަ މާއްދާ "ވޯޓުލާ މަރުކަޒުތަކުގައި ތިބޭ މީހުންނަށް ފޮނުވަންޖެހޭ ތަކެތި" ގެ (ހ) ގެ (1) ގައިވާ ގޮތުން ވޯޓުނަގާ މަރުކަޒަކަށް ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ މީހުންގެ ޢަދަދު 100 އަށް ވުރެ މަދު ނަމަ ރަޖިސްޓަރީވެފައިވާ ޢަދަދުގެ އިތުރަށް 4 ވޯޓު ކަރުދާސް، އަދި 100 އަށްވުރެ ގިނަ ނަމަ ރަޖިސްޓަރީވެފައިވާ ޢަދަދުގެ އިތުރަށް 8 ވޯޓު ކަރުދާސް ފޮނުވުން.

2.8.ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގެ ވޯޓުކަރުދާސް ޗާޕުކުރަން ފޮނުވާއިރު ވޯޓުކަރުދާހުގައި ޖަހާ ތާރީޚް، 2024 އެޕްރީލް 21 ވާ އާދީއްތަ ދުވަހަށް ބަދަލުކުރުމަށްފަހު ފޮނުވުން.

 

3. 2024 މާރިޗު މަހުގެ 17 ވާ އާދީއްތަ ދުވަހު ބޭއްވުމަށް މިހާރު އިޢުލާންކޮށްފައިވާ ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނާއި، މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން އަދި، 2024 މާރިޗު 30 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް މިހާރު އިޢުލާނު ކޮށްފައިވާ މުލަކު އަތޮޅު މަޑުއްވަރީ ކައުންސިލްގެ ރައީސް އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 އާއެކު، 2024 އެޕްރީލް 21 ވާ އާދީއްތަ ދުވަހު ބޭއްވުމަށް، ކޮމިޝަނުން ނިންމެވުން.

ޤާނޫނު ނަންބަރު: 3/2024 (އިންތިޚާބުތަކާ ޢާންމު ޤާނޫނަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ރައީސުލްޖުމްހޫރިއްޔާ މިއަދު (2024 ފެބުރުވަރީ 29) ތަސްދީޤު ކުރެއްވުމާ ގުޅިގެން، އިސްވެ ދެންނެވުނު ޤާނޫނުގެ 43 ވަނަ މާއްދާ "ވޯޓުނަގާ ވަގުތު" ގެ (ށ) ގައި، އެހެން ޤާނޫނެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، ރަމަޟާން މަހުގެ ދުވަހެއްގައި އިންތިޚާބެއް ބާއްވައިގެން ނުވާނެކަމަށާއި، އަދި އިންތިޚާބު ބާއްވަންޖެހޭ ތާރީޚު ރަމަޟާން މަހުގެ ދުވަހަކާ ދިމާވާ ޙާލަތެއްގައި، އެ އިންތިޚާބެއް ބާއްވަންވާނީ ރަމަޟާން މަސް ނިމި 10 ދުވަސް ފަހުންކަމުގައި ބަޔާންކޮށްފައިވާތީ، އެގޮތުގެމަތީން، 2024 މާރިޗު މަހުގެ 17 ވާ އާދީއްތަ ދުވަހު ބޭއްވުމަށް މިހާރު އިޢުލާންކޮށްފައިވާ ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނާއި، މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން އަދި، 2024 މާރިޗު 30 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް މިހާރު އިޢުލާނު ކޮށްފައިވާ މުލަކު އަތޮޅު މަޑުއްވަރީ ކައުންސިލްގެ ރައީސް އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 އާއެކު، 2024 އެޕްރީލް 21 ވާ އާދީއްތަ ދުވަހު ބޭއްވުމަށް، އިންތިޚާބާ ގުޅިގެން ބޭއްވެވި 470 ވަނަ ޚާއްޞަ ޖަލްސާގައި ވަނީ ނިންމަވާފައެވެ. 

މި ނިންމެވުމާ ގުޅިގެން، މި ބައި-އިލެކްޝަންރައް މި ބޭއްވެނީ ރަމަޟާންމަހެއްގެ ދުވަހެއްކަމުގައިނުވާތީވެ، ވޯޓުނެގުން 2024 އެޕްރީލްް 21 ވާ އާދީއްތަ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށް ކަނޑައަޅައި، ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހުގެ ވޯޓުނަގާ ނިމޭތާ 30 މިނިޓުގެ ހުސް ވަގުތުކޮޅަކަށްފަހުގައި ކަމަށް ކަނޑައަޅައި، މިގަޑިތަކަށް އިތުރު ބަދަލުތަކެއް ނުގޭންނާނޭ ކަމަށް، އިންތިޚާބާ ގުޅިގެން ބޭއްވެވި 470 ވަނަ ޚާއްޞަ ޖަލްސާގައި ވަނީ ނިންމަވާފައެވެ.

--

Date
Location
ދަރުބާރުގެ - މެންބަރުންގެ މީޓިންގ ރޫމް
Time
Number
470

ޖަލްސާއާއި ގުޅުންހުރި ލިޔުންތައް

ޖަލްސާގެ ނިންމުންތައް

ޖަލްސާގެ ހާޟިރީ

ކޮމިޝަންގެ މެންބަރުން

  • ފުއާދު ތައުފީޤް
  • އަލްއުސްތާޛް އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމް
  • ޑޮކްޓަރ މުޙައްމަދު ޒާހިރު
  • މުޙައްމަދު ޢާޞިފް
  • ޢަލީ ނަޝާޠު

އިސް މުވައްޒަފުން

  • Hassan Zakariyya

އެންމެ ފަހުގެ އިތުރު ޖަލްސާތައް

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 475 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 828 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 827 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 826 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 473 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 825 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 474 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 824 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 822 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 472 ވަނަ ޚާއްޞަ ޖަލްސާ