އިންތިޚާބާ ގުޅިގެން ބާއްވާ 471 ވަނަ ޚާއްޞަ ޖަލްސާ
ތަޢާރަފް
މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤް އެވެ. ޖަލްސާގައި ކޮމިޝަނުގެ 4 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤް، ކޮމިޝަނުގެ ނައިބު ރައީސް ޢަލީ ނަޝާޠު، ކޮމިޝަނުގެ މެންބަރ ޑޮކްޓަރު މުޙައްމަދު ޒާހިރު އަދި ކޮމިޝަނުގެ މެންބަރު މުޙައްމަދު ޢާޞިފް އެވެ.
މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.
1. ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަނުގެ އޮފިސަރ (ޓާސްކްފޯސް) މަލްދާ މުޙައްމަދު އެދިފައިވާ ގޮތުގެމަތިން، ވަޒީފާއިން ވަކިކުރުމާއި ގުޅޭ
ގަވައިދު ނަންބަރު R-2/2019 އިލެކްޝަންސް ކޮމިޝަނުގެ ގަވައިދަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ގަވައިދުގެ 10.4 ގައި ކޮމިޝަނުގައި ވަގުތީގޮތުން 6 (ހައެއް) މަސްދުވަހަށްވުރެ ކުރު މުއްދަތަކަށް ކޮންޓްރެކްޓް އުޞޫލުން މަސައްކަތްކުރާ މުވައްޒަފަކު ވަޒީފާއިން ވަކިވާން ބޭނުންވެއްޖެނަމަ، މަދުވެގެން 7 (ހަތެއް) ދުވަހުގެ ނޯޓިހެއް ކޮމިޝަނަށް ދޭންވާނޭ ކަމަށް ބަޔާންކޮށްފައިވާތީއާއި، ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަނުގެ އޮފިސަރ (ޓާސްކްފޯސް) މަލްދާ މުޙައްމަދު ކުއްލި ގޮތަކަށް ރަށަށް ބަދަލުވާން ޖެހުމާއި ގުޅިގެން، 7 ދުވަހުގެ ނޯޓިސް މުއްދަތުގެ ކުރިން ވަޒީފާއިން ވަކިވުމަށްއެދިފައިވާތީ، އެގޮތުގެމަތިން އެ މުއްދަތަށް އެ މުވައްޒަފުގެ މުސާރައާއި ޢިނާޔަތްތަކަށް ވާ ފައިސާ ޢަދަދު ކޮމިޝަނަށް ދެއްކުމަށްފަހު، 7 ދުވަހުގެ ނޯޓިސް ހަމަވާ ދުވަހު އެ މުވައްޒަފު ވަޒީފާއިން ވަކިކުރުމަށް، އިންތިޚާބާ ގުޅިގެން ބޭއްވި 471 ވަނަ ޚާއްޞަ ޖަލްސާގައިވަނީ ނިންމަވާފައެވެ.
2. އޮބްޒާވްކުރެއްވުމާއި މޮނީޓަރކުރެއްވުމަށް އިތުރު ފުރުޞަތެއް ހުޅުވާލުމާ ގުޅޭ.
2024 އޭޕްރީލް 21 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅިގެން، އިންތިޚާބު އޮބްޒާވްކުރެއްވުމާއި މޮނީޓަރކުރެއްވުމަށް އިތުރު ފުރުޞަތެއް ހުޅުވާލުމަށް، އިންތިޚާބާ ގުޅިގެން ބޭއްވި 471 ވަނަ ޚާއްޞަ ޖަލްސާގައިވަނީ ނިންމަވާފައެވެ.
ވީމާ، އޮބްޒާވްކުރެއްވުމާއި މޮނީޓަރކުރެއްވުމަށް 3 ދުވަހުގެ މުއްދަތެއް ދޭކަމުގައި ވަނީނަމަ، 2024 މާރިޗު 17 ވާ އާދިއްތަ ދުވަހު އިޢުލާން ކުރަންވާނެ ކަމާއި، 2024 މާރިޗު 19 އިން 21 އަށް އިތުރު ފުރުޞަތެއް ހުޅުވާލުމާއި އަދި އިންޓަނޭޝަނަލް އޮބްޒާވަރުންނަށް ފުރުޞަތު އޮތްކަން އެންގުމަށް، އިންތިޚާބާ ގުޅިގެން ބޭއްވި 471 ވަނަ ޚާއްޞަ ޖަލްސާގައިވަނީ ނިންމަވާފައެވެ.