ޖަލްސާތައް

ކޮމިޝަނުގެ 819 ވަނަ ޢާންމު ޖަލްސާ

 

ތަޢާރަފް

މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤް އެވެ. މިޖަލްސާގައި ކޮމިޝަނުގެ 3 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤް، ކޮމިޝަނުގެ މެންބަރު ޑރ.މުޙައްމަދު ޒާހިރު، ކޮމިޝަނުގެ މެންބަރު މުޙައްމަދު ޢާޞިފް އެވެ. 

ކޮމިޝަނުގެ ނައިބު ރައީސް އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމް އަދި އަދި ކޮމިޝަނުގެ މެންބަރު ޢަލީ ނަޝާޠު ހުންނެވީ ޗުއްޓީގައެވެ.

 

މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.

 

1. ދިވެހިރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ މާލީ ކަންތައްތައް ބަލަހައްޓާނެގޮތުގެ ގަވާއިދުގެ ތިންވަނަ ޑްރާފްޓާ ގުޅޭ.

ދިވެހިރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ މާލީ ކަންތައްތައް ބަލަހައްޓާނެގޮތުގެ ގަވައިދުގެ ފުރަތަމަ ޑްރާފްޓާއި ދެވަނަ ޑްރާފްޓް ފައިނަލް ކުރުމަށްފަހު، އޮޑިޓަރ ޖެނެރަލްގެ އޮފީހުން ގެޒެޓް ކުރުމަށް ފޮނުވުމުން، ބައެއް ކަންކަން އިޞްލާޙުކޮށް، އޮޑިޓަރ ޖެނެރަލް އޮފީހުން ގެންނަވާފައިވާ އިޞްލާޙުތަކާއެކު، ހުށަހަޅާފައިވާ އެ ގަވައިދުގެ ތިންވަނަ ޑްރާފްޓް، އިންޓަރނަލް އޮޑިޓަރ ހުށަހަޅާފައިވާގޮތަށް ކޮމިޝަނުގެ 819 ވަނަ ޢާންމު ޖަލްސާގައި ވަނީ ފާސް ކުރައްވާފައެވެ.

 

2. އިންޓަރނަލް އޮޑިޓް ސެކްޝަނުގެ 2024 ވަނަ އަހަރުގެ އަހަރީ އޮޑިޓް ޕްލޭން.

އިންޓަރނަލް އޮޑިޓް ސެކްޝަނުގެ 2024 ވަނަ އަހަރުގެ އަހރީ އޮޑިޓް ޕްލޭނަށް ކޮމިޝަނުގެ 818 ވަނަ ޢާންމު ޖަލްސާގައި، ކޮމިޝަނުން ކުރައްވާފައިވާ ކޮމެންޓްތަކާ އެއްގޮތަށް އިޞްލާޙު ކުރުމަށްފަހު އިންޓަރނަލް އޮޑިޓް ސެކްޝަނުން ހުށަހަޅާފައިވާތީ، އެގޮތުގެމަތިން، އިންޓަރނަލް އޮޑިޓް ސެކްޝަނުގެ 2024 ވަނަ އަހަރުގެ އަހަރީ އޮޑިޓް ޕްލޭން، ކޮމިޝަނުގެ 819 ވަނަ ޢާންމު ޖަލްސާގައި ވަނީ ފާސް ކުރައްވާފައެވެ.

 

3. އަތޮޅު ކޮންޕްލެއިންޓްސް ބިއުރޯތަކުގެ މަސައްކަތްތަކާ ގުޅޭ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 އާ ގުޅިގެން އަތޮޅު ކޮންޕްލެއިންޓްސް ބިއުރޯތަކުގެ މަސައްކަތްތަކަށް ނަގަން ބޭނުންވާ ކްރައިޓީރިއާ ހަމަވާ މީހުން ނުލިބުމާއި، މިކަމުގެ ސަބަބުން އަތޮޅު ކޮންޕްލެއިންޓްސް ބިއުރޯތަކުގެ މަސައްކަތްތައް އެންމެ އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުގެންދެވެނީ އާއި، ރައްޔިތުންގެ މަޖިލީހުގެ ގަވައިދަށް ގެނެސްފައިވާ އިޞްލާޙުގައި އަތޮޅު ކޮމްޕްލެއިންޓްސް ބިއުރޯއަކީ އަތޮޅު ފޯކަލް ޕޮއިންޓުންކަމަށް ކަނޑައަޅާފައިވާތީ، އިންތިޚާބު ބޭއްވުމަށް ކަނޑައެޅިފައިވާ ތާރީޚުގެ ކުރިއަށް އޮންނަ 10 ދުވަހުގެ މުއްދަތުގައި، މާލެ ފިޔަވައި އެހެން އަތޮޅުތަކުގައި ކޮމްޕްލެއިންޓްސް އޮފިސަރުގެ ޒިންމާ ޚާއްޞަކޮށް އުފުލާނީ އަތޮޅު ފޯކަލް ޕޮއިންޓުކަމަށާއި، ރަސްމީކޮށް އިތުރު މަސްއޫލިއްޔަތެއް މަތިކުރާތީ، ފޯކަލް ޕޮއިންޓަށް މަހުންމަހަށް ދޭ އުޖޫރަ ފިޔަވައި، އިތުރު އުޖޫރައެއްގެ ގޮތުގައި މަސައްކަތްކުރާ ކޮންމެ ދުވަހަކަށް -/200 (ދުއިސައްތަ ރުފިޔާ) ދިނުމަށް، ކޮމިޝަނުގެ 819 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

4. ޓާސްކްފޯސް މުވައްޒަފު، ސިވިކް އެޑިއުކޭޝަން އެންޑް ޓްރެއިނިންގ ސެކްޝަނުގެ އޮފިސަރ ޝާބިން ޢާޠިފް ވަޒީފާއިން ވަކިވުމަށްއެދިފައިވާތީ އެކަމާގުޅޭ.

ގަވައިދު ނަންބަރު R-2/2019 އިލެކްޝަންސް ކޮމިޝަނުގެ ގަވައިދަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ގަވައިދުގެ 10.4 ގައި ކޮމިޝަނުގައި ވަގުތީގޮތުން 6 (ހައެއް) މަސްދުވަހަށްވުރެ ކުރު މުއްދަތަކަށް ކޮންޓްރެކްޓް އުޞޫލުން މަސައްކަތްކުރާ މުވައްޒަފަކު ވަޒީފާއިން ވަކިވާން ބޭނުންވެއްޖެނަމަ، މަދުވެގެން 7 (ހަތެއް) ދުވަހުގެ ނޯޓިހެއް ކޮމިޝަނަށް ދޭންވާނޭ ކަމަށް ބަޔާންކޮށްފައިވާތީއާއި، ސިވިކް އެޑިއުކޭޝަން އެންޑް ޓްރޭނިންގ ސެކްޝަނުގެ އޮފިސަރ (ޓާސްކްފޯސް) ޝާބިން ޢާޠިފަށް ދާއިމީ ވަޒީފާއެއް ހަމަޖެހުމާއި ގުޅިގެން، 7 ދުވަހުގެ ނޯޓިސް މުއްދަތުގެ ކުރިން ވަޒީފާއިން ވަކިވުމަށްއެދިފައިވާތީ، އެގޮތުގެމަތިން އެ މުއްދަތަށް އެ މުވައްޒަފުގެ މުސާރައާއި ޢިނާޔަތްތަކަށް ވާ ވާ ފައިސާ ޢަދަދު ކޮމިޝަނަށް ދެއްކުމަށްފަހު، 2024 މާރިޗު 5 ވަނަ ދުވަހުން ފެށިގެން އެ މުވައްޒަފު އެދިފައިވާ ގޮތަށް ވަޒީފާއިން ވަކިކުރުމަށް، ކޮމިޝަނުގެ 819 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

5. އއ.މާޅޮހު ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބުކުރުމަށް 2024 ފެބުރުވަރީ 24 ވާ ހޮނިހިރު ދުވަހު ބޭއްވުނު ބޭއްވި ބައ-އިލެކްޝަނާ ގުޅިގެން، "އިންތިޚާބު އޮންނަ ދުވަހު އޮފީހުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދިނުމަށް ހަމަޖެހިފައިވާ އެލަވަންސް" އާ ގުޅޭ.

2024 ފެބުރުވަރީ 24 ވީ ހޮނިހިރު ދުވަހު އއ.މާޅޮހު ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބޭއްވި ބައި-އިލެކްޝަނާ ގުޅިގެން، ވޯޓުލީ ދުވަހު އިންތިޚާބުގެ މަސައްކަތް ކުރުމަށް އޮފީހަށް ނިކުމެފައިވާ މުވައްޒަފުންނަށް "ބައި-އިލެކްޝަނުގެ ވޯޓުނެގުން އޮންނަ ދުވަހު އިންތިޚާބުގެ މަސައްކަތަށް ނުކުންނަ މުވައްޒަފުންނަށް އޮފިޝަލް އެލަވަންސް ދިނުމުގެ އުސޫލު" އާ އެއްގޮތަށް މަސައްކަތްކޮށްފައިވާ ތިރީގައި މި ދަންނަވާ 29 މުވައްޒަފުންނަށް އެލަވަންސް ދިނުމަށް، ކޮމިޝަނުގެ 819 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

#

މަޤާމް

ނަން

އެލަވަންސް

1

ޑިރެކްޓަރ

މުޙައްމަދު އަނީލް

1,000.00

2

ޑިރެކްޓަރ

ޢާއިޝަތު ޝައްފާފް

1,000.00

3

ޑިރެކްޓަރ

ޢަބްދުﷲ އުނައިސް

1,000.00

4

ޑިރެކްޓަރ

ޢާއިޝަތު ސުމައިނާ

1,000.00

5

ޑެޕިއުޓީ ޑިރެކްޓަރ

އާމިނަތު އަޒީފާ

1,000.00

6

ޑެޕިއުޓީ ޑިރެކްޓަރ

ޚުޒައިމާ ތައުފީޤް

1,000.00

7

އެސިސްޓެންޓް ޑިރެކްޓަރ

ސީނާ ރަޝީދު

1,000.00

8

އެސިސްޓެންޓް ޑިރެކްޓަރ

ޢަބްދުލްޙަސީބު އިސްމާޢީލް

1,000.00

9

އެސިސްޓެންޓް ޑިރެކްޓަރ

ފާޠިމަތު ޝަބާ ބާޤިރު

1,000.00

10

އެސިސްޓެންޓް ޑިރެކްޓަރ

ފާޠިމަތު ސައުޝަން މޫސާ

1,000.00

11

ކޮމިއުނިކޭޝަން އެގްޒެކެޓިވް

މަރްޔަމް ޝާހިޔާ

1,000.00

12

ސިސްޓަމް އެޑްމިނިސްޓްރޭޓަރ

ޙުސައިން އަޛްހާން

1,000.00

13

އެސިސްޓެންޓް ޑިރެކްޓަރ

ޢަލީ ޢަބްދުއްރަޙްމާން

1,000.00

14

އެސިސްޓެންޓް ޑިރެކްޓަރ

އާމިނަތު ޝަމްރާ

1,000.00

15

ފާޠިމަތު ޒުހުދާ

ޓްރެއިނަރ

1,000.00

16

ސީނިއަރ އޮފިސަރ

ޢާއިޝަތު ޔުމްނާ ރަޝީދު

1,000.00

17

ސީނިއަރ އޮފިސަރ

މުޙައްމަދު ވިޝާހް ހަނީފް

1,000.00

18

ގްރެފިކް ޑިޒައިނަރ

ޚަދީޖަތު ނީލާ މުޙައްމަދު

1,000.00

19

ސީނިއަރ އޮފިސަރ

ފާޠިމަތު އަފްނާން ޢަބްދުލްޙަމީދު

1,000.00

20

އޮފިސަރ

ފަދުވާ މުޙައްމަދު

1,000.00

21

އޮފިސަރ

އާމިނަތު އަމާނީ

1,000.00

22

އޮފިސަރ

އިބްރާހީމް ޝާހީން

1,000.00

23

އޮފިސަރ

މުޙައްމަދު މާޢިޒް

1,000.00

24

އޮފިސަރ

އަޙްމަދު ރަޝީދު

1,000.00

25

އޮފިސަރ

ރާފިޔަތު

1,000.00

26

އޮފިސަރ

މުޙައްމަދު ރާއިފް އިބްރާހީމް ޢީސާ

1,000.00

27

އޮފިސަރ

ސައިފާ ޢަބްދުލްޣަނީ

1,000.00

28

މެއިންޓެނަންސް އޮފިސަރ

އަޙްމަދު ޝާހިދު

1,000.00

29

މަސައްކަތު އާމިނަތު ޢަލީ

މަސައްކަތު

1,000.00

 

6. ބައި-އިލެކްޝަންތަކުގެ ވޯޓުނެގުން އޮންނަ ދުވަހު އިންތިޚާބުގެ މަސައްކަތަށް ނިކުންނަ މުވައްޒަފުންނަށް އެލަވަންސް ދިނުމުގެ އުސޫލާ ގުޅޭ.

ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަނުން ހުށަހަޅާފައިވާ،"ބައި-އިލެކްޝަންތަކުގެ ވޯޓުނެގުން އޮންނަ ދުވަހު އިންތިޚާބުގެ މަސައްކަތަށް ނިކުންނަ މުވައްޒަފުންނަށް އެލަވަންސް ދިނުމުގެ އުޞޫލު" އަންނަނިވިގޮތަށް ސެކްރެޓަރީ ޖެނެރަލް މުރާޖަޢާ ކުރައްވަން ނިންމަވާފައިވާތީ، އެގޮތުގެމަތީން އުޞޫލު އިޞްލާޙުކުރެއްވުމަށްފަހު، "ބައި-އިލެކްޝަންތަކުގެ ވޯޓުނެގުން އޮންނަ ދުވަހު އިންތިޚާބުގެ މަސައްކަތަށް ނިކުންނަ މުވައްޒަފުންނަށް އެލަވަންސް ދިނުމުގެ އުޞޫލު" ގެ ފުރަތަމަ އިސްދާރު ފާސްކުރައްވަން، ކޮމިޝަނުގެ 819 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

އުޞޫލުގެ "އެލެވެންސް ދެވޭނެ މުވައްޒިފުން" 2 ވަނަ މާއްދާ ގެ (ހ) އަދި (ށ)

(ހ) އެލެވަންސް ދެވޭނީ މަދުވެގެން 5 ދާއިރާގެ ބައި-އިލެކްޝަން އޮންނަ އިންތިޚާބުގައެވެ.

(ށ) އެލެވަންސް ދެވޭނީ ހަމައެކަނި އިންތިޚާބުގެ ވޯޓުނެގުން އޮންނަ ދުވަހު އިންތިޚާބުގެ މަސައްކަތަށް ސެކްޝަނަކުން ގިނަވެގެން 3 މުވައްޒަފުނަށެވެ.

 

7. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ އޮފިޝަލުންގެ އުޖޫރައާ ގުޅޭ

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 އާ ގުޅިގެން، ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވާ އޮފިޝަލުންގެ އުޖޫރައާ ގުޅޭގޮތުން ކޮމިޝަނުގެ ނުރަސްމީ ޖަލްސާއެއްގައި މަޝްވަރާ ކުރުމަށްފަހު ކޮމިޝަނުގެ ޢާންމު ޖަލްސާއެއްގައި މިކަމާމެދު ގޮތެއް ނިންމެވުމަށް، ކޮމިޝަނުގެ 819 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

8. މިލަންދޫ ދާއިރާއަށް އަމިއްލަގޮތުން ކުރިމަތިލައްވާފައިވާ ކެންޑިޑޭޓެއް ކަމުގައިވާ، މުޙައްމަދު ނަބީލް، ޒޭވަށު/ ށ،ފީވައް، ނަން އަނބުރާ ގެންދެވުމަށްއެދި މިކޮމިޝަނަށް ފޮނުއްވާފައިވާ ސިޓީއާ ގުޅޭ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި، މިލަންދޫ ދާއިރާއަށް އަމިއްލަގޮތުން ކުރިމަތިލާފައިވާ ކެންޑިޑޭޓު، ކެންޑިޑޭޓު ނަންބަރު 2، މުޙައްމަދު ނަބީލް، ޒޭވަރު، ށ.ފީވަށް (A265223) ނަން އަނބުރާ ނަގަން އެދޭކަމަށާއި އަދި އެއީ ގަވައިދުގައިވާ ގޮތުގެމަތިން ކުރެވޭނެ ކަމަކަށް ނުވާނަމަ، ވޯޓު ކަރުދާހުން އޭނާގެ ނަން އުނިކޮށްދިނުމަށް އެދިފައިވީނަމަވެސް، 2024 ފެބުރުވަރީ 16 ގައި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގެ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް އިޢުލާނު ކޮށްފައިވާތީ އާއި، އިންތިޚާބުތަކާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުން ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް އިޢުލާނުކުރުމުގެ ކުރިން އެ މީހެއްގެ ނަން އަނބުރާ ގެންދިއުމުގެ އިޚްތިޔާރު ކޮމިޝަނަށް ލިބިގެންވާކަމަށް ބަޔާންކޮށްފައިވާ އޮންނާތީއާއި، އެ ތާރީޚްގެ ފަހުން ނަން އަނބުރާ ގެންދިއުމުގެ ޤާނޫނީ ހައިސިއްޔަތެއް މިހާރު ކޮމިޝަނަށް ނެތަތީވެ، އެދިފައިވާ ގޮތުގެމަތިން ޢަމަލުކުރެވެން ނެތްކަމަށް މިލަންދޫ ދާއިރާއަށް އަމިއްލަގޮތުން ކުރިމަތިލާފައިވާ ކެންޑިޑޭޓު، ކެންޑިޑޭޓު ނަންބަރު 2، މުޙައްމަދު ނަބީލަށް ޖަވާބު ދިނުމަށް، ކޮމިޝަނުގެ 819 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

9. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި، ހިތަދޫ މެދު ދާއިރާއަށް ދަ ޑިމޮކްރެޓްސްގެ ފަރާތުން ކުރިމަތިލުމަށް ފޯމު ހުށަހެޅުއްވުމަށްފަހު، މިހާރު ނަން އަނބުރައި ގެންދަވާފައިވާ ކެންޑިޑޭޓެއް ކަމުގައިވާ، އަޙްމަދު ރަޝީދު، އަރާއިރު/ ސ.ހިތަދޫ، އިންތިޚާބުގެ ތާރީޚް ފަސްވުމާ ގުޅިގެން، އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތުދެއްވުމަށްއެދި މިކޮމިޝަނަށް ފޮނުއްވާފައިވާ ސިޓީއާ ގުޅޭ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ބޭއްވުމަށް ކުރިން އިޢުލާންކޮށްފައިވާ ތާރީޚް، މިހާރު ބަދަލުވެފައިވާތީ، އިންތިޚާބުގައި ވާދަ ކުރުމުގެ ފުރުޞަތު ދިނުމަށްއެދި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ހިތަދޫ މެދު ދާއިރާއަށް ދަ ޑިމޮކްރެޓްސްގެ ފަރާތުން ކުރިމަތިލުމަށް ފޯމު ހުށަހެޅުމަށްފަހު ނަން އަނބުރާ ގެންދިއުމަށް އޮންނަ މުއްދަތުގެ ތެރޭގައި ނަން އަނބުރާ ގެންގޮސްފައިވާ ފަރާތެއް ކަމުގައިވާ، ސ.ހިތަދޫ، އަރާއިރު، އަޙްމަދު ރަޝީދު (A027666)، އެދިފައިވާ ގޮތުގެމަތިން އެކަން ކުރުމުގެ ޤާނޫނީ ޙައިޞިއްޔަތެއް ކޮމިޝަނުގެ ނެތަތީވެ، އެގޮތުގެމަތިން މިފަރާތަށް ޖަވާބު ދެއްވުމަށް، ކޮމިޝަނުގެ 819 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

10. ޢަދާލަތު ޕާޓީގެ އަހަރީ ރިޕޯޓާގުޅޭ.

ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުން ހުށަހަޅާފައިވާ، ޢަދާލަތު ޕާޓީގެ އަހަރީ ރިޕޯޓު، ކޮމިޝަނުގެ 819 ވަނަ ޢާންމު ޖަލްސާގައި ވަނީ ޙިއްޞާ ކޮށްފައެވެ.

 

11. ޢާއިޝަތު އަފްނާން އަލީ ސުޕްރީމް ކޯޓުގައި ކޮމިޝަނުގެ މައްޗަށް ކޮށްފައިވާ ދަޢުވާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓާ ގުޅޭ.

ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުން ހުށަހަޅާފައިވާ، ޢާއިޝަތު އަފްނާން ޢަލީ، ސުޕްރީމް ކޯޓުގައި ކޮމިޝަނުގެ މައްޗަށް ކޮށްފައިވާ ދަޢުވާ، (ޤަޟިއްޔާ ނަންބަރު:2024/SC-E/02) ގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ކޮމިޝަނުގެ 819 ވަނަ ޢާންމު ޖަލްސާގައި ވަނީ ޙިއްޞާ ކޮށްފައެވެ.

 

12. ސިޔާސީ ޕާޓީތަކުގެ ޤައުމީ ބައްދަލުވުން ބާއްވާފައިވާ ގޮތުގެ ތަފްޞީލާ ގުޅޭ.

ސިޔާސީ ޕާޓީތަކުގެ ޤައުމީ ބައްދަލުވުން ބާއްވާފައިވާ ގޮތުގެ ތަފްޞީލު ކޮމިޝަނުގެ 819 ވަނަ ޢާންމު ޖަލްސާގައި ވަނީ ޙިއްޞާ ކޮށްފައެވެ.

ޤާނޫނުގައިވާ ގޮތުގެމަތީން ޤައުމީ ބައްދަލުވުން ބާއްވަންޖެހޭ މުއްދަތު 2023 ޑިސެންބަރު 27 ގައި ހަމަވިއިރު، މޯލްޑިވްސް ތަރޑް-ވޭ ޑިމޮކްރެޓްސްގެ ޤައުމީ ބައްދަލުވުން ބާއްވާފައިނުވާތީ، ކޮމިޝަނަށް ލިބިދޭ އިޚްތިޔާރުގެ ދަށުން ޤައުމީ ބައްދަލުވުން ބޭއްވުމަށް އިތުރު މުއްދަތެއް އެ ޕާޓީއަށް ދިނުމުގެ ގޮތުން 2024 އޭޕްރީލް 19 ގެ ނިޔަލަށް އެ ޕާޓީއަށް މުއްދަތު ދިނުމަށް، ކޮމިޝަނުގެ 819 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

13. މިއަހަރުގެ މާރިޗު 17 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު، ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) އަށް 5 ވަން އިޞްލާޙު ގެނައުމުގެ ޤާނޫނުގެ 43 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން، މިއަހަރުގެ އެޕްރީލް 21 ވާ އާދީއްތަ ދުވަހު ބޭއްވުމަށް މިކޮމިޝަނުން ނިންމަވާފައިވާތީ، އިންތިޚާބުގެ ކަލަންޑަރު ފާސްކުރެއްވުމާ ގުޅޭ.

މިއަހަރުގެ މާރިޗު 17 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު، ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) އަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ 43 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން، މިއަހަރުގެ އެޕްރީލް 21 ވާ އާދީއްތަ ދުވަހު ބޭއްވުމަށް މިކޮމިޝަނުން ނިންމަވާފައިވާތީ، އިންތިޚާބުގެ ކަލަންޑަރު ގައި ވޯޓަރސް ލިސްޓުގެ ހުރިހާ މަސައްކަތެއް ރޯދަމަހުގެ ފަހު 10 އެއްގެ ކުރިއަށް ނިންމުމަށާއި، މިހާރު ޝެޑިއުލް އޮތްގޮތުން ވޯޓު ކަރުދާހުގެ މަސައްކަތް ރޯދަމަހުގެ ފަހު 10 ގެ ތެރޭގައި ކުރުމަށާއި، މާލެއާއި އަތޮޅުތެރޭގައި އޮފިޝަލް ޓްރެއިނިންގ އޮންލައިން ރިފްރެޝަރ ޕްރޮގްރާމް 2024 އޭޕްރީލް 12 އިން 16 ގެ ނިޔަލަށް ހިންގުމާއި، ޓްރެއިނިންގގެ ކަންކަން ސެކްރެޓަރީ ޖެނެރަލްގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދެވުމަށާއި، ރީ-ރަޖިސްޓްރޭޝަނަށް ދެވެންއޮންނަ ދިގު މުއްދަތެއް ދިނުމުގެގޮތުން 2024 މާރިޗު 10 އިން 16 އަށް ހުޅުވާލުމަށާއި، މި ބަދަލާއެކު ޕްލޭނިންގ، ޕޮލިސީ އެންޑް ރިސަރޗް ސެކްޝަނުން ހުށަހަޅާފައިވާގޮތަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ކަލަންޑަރު ކޮމިޝަނުގެ 819 ވަނަ ޢާންމު ޖަލްސާގައިވަނީ ފާސް ކުރައްވާފައެވެ.

އަދި މިކަން ވީހާވެސް ބޮޑަށް ޢާންމު ކުރުމަށާއި، ސިޔާސީ ޕާޓީތަކަށްވެސް މި މަޢުލޫމާތު ޙިއްޞާކުރުމަށް، ކޮމިޝަނުގެ 819 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

14. 2024 މާރިޗު މަހުގެ 17 ވާ އާދީއްތަ ދުވަހު ބޭއްވުމަށް މިހާރު އިޢުލާންކޮށްފައިވާ ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނާއި، މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން އަދި، 2024 މާރިޗު 30 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް މިހާރު އިޢުލާނު ކޮށްފައިވާ މުލަކު އަތޮޅު މަޑުއްވަރީ ކައުންސިލްގެ ރައީސް އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 އާއެކު، 2024 އެޕްރީލް 21 ވާ އާދީއްތަ ދުވަހު ބޭއްވުމަށް، އިންތިޚާބާ ގުޅިގެން ބޭއްވެވި 470 ވަނަ ޚާއްޞަ ޖަލްސާގައި ކޮމިޝަނުން ނިންމަވާފާއިވާތީ، އެ ނިންމެވުން މުރަޖަޢާކުރެއްވުމާގުޅޭ.

ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) އަށް 5 ވަން އިޞްލާޙު ގެނައުމުގެ ޤާނޫނުގެ 43 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން، 2024 މާރިޗު މަހުގެ 17 ވާ އާދީއްތަ ދުވަހު ބޭއްވުމަށް މިހާރު އިޢުލާންކޮށްފައިވާ ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނާއި، މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން އަދި، 2024 މާރިޗު 30 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް މިހާރު އިޢުލާނު ކޮށްފައިވާ މުލަކު އަތޮޅު މަޑުއްވަރީ ކައުންސިލްގެ ރައީސް އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 އާއެކު، 2024 އެޕްރީލް 21 ވާ އާދީއްތަ ދުވަހު ބޭއްވުމަށް، އިންތިޚާބާ ގުޅިގެން ބޭއްވެވި 470 ވަނަ ޚާއްޞަ ޖަލްސާގައި ކޮމިޝަނުން ނިންމަވާފައިވާތީ، އެ ނިންމެވުން މުރާޖަޢާކޮށް އިސްވެ ބުނެވިދިޔަ ބައި-އިލެކްޝަންތައް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށްފަހު، 2024 މޭ 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް، ކޮމިޝަނުގެ 819 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

15. މިއަހަރުގެ މާރިޗު 17 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު، ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) އަށް 5 ވަން އިޞްލާޙު ގެނައުމުގެ ޤާނޫނުގެ 43 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން، މިއަހަރުގެ އެޕްރީލް 21 ވާ އާދީއްތަ ދުވަހު ބޭއްވުމަށް މިކޮމިޝަނުން ނިންމަވާފައިވާތީ، އިންތިޚާބު އޮބްޒާވްކުރެއްވުމާއި މޮނީޓަރކުރެއްވުމަށް ބައިނަލްއަޤްވާމީ އޮބްޒާވަރުންނާއި މޮނީޓަރުންނަށް ފުރުޞަތު ހުޅުވާލުމާ ގުޅޭ.

މިއަހަރުގެ މާރިޗު 17 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު، ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) އަށް 5 ވަން އިޞްލާޙު ގެނައުމުގެ ޤާނޫނުގެ 43 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން، މިއަހަރުގެ އެޕްރީލް 21 ވާ އާދީއްތަ ދުވަހު ބޭއްވުމަށް މިކޮމިޝަނުން ނިންމަވާފައިވާތީ، އިންތިޚާބު އޮބްޒާވްކުރެއްވުމާއި މޮނީޓަރކުރެއްވުމަށް ބައިނަލްއަޤްވާމީ އޮބްޒާވަރުންނާއި މޮނީޓަރުންނަށް ޢާންމުކޮށް ފުރުޞަތު ހުޅުވާލުމުގެ ބަދަލުގައި، ތިރީގައި މިދަންނަވާ ޤައުމުތަކުގެ އިންތިޚާބީ އިދާރާއަށާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކަށް ފުރުޞަތު ދިނުމަށް، ކޮމިޝަނުގެ 819 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

- އުޒްބަކިސްތާންގެ އިލެކްޝަންސް ކޮމިޝަން

- ރަޝިޔާގެ އިލެކްޝަންސް ކޮމިޝަން

- ތައިލެންޑްގެ އިލެކްޝަންސް ކޮމިޝަން

- ބަލްގޭރިއާގެ އިލެކްޝަންސް ކޮމިޝަން

- އައިސީޕީއެސް

 

16. 2024 މާރިޗު 04 ގައި، ކޮމިޝަނުގެ ނައިބު ރައީސް އަލްއުސްތާޛް އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމް ރިޓަޔަރ ކުރެވޭ މުވައްޒަފުންގެ ޢިނާޔަތާ ގުޅޭގޮތުން ކޮމިޝަނަށް ފޮނުއްވާފައިވާ ސިޓީއާގުޅޭ.

2024 މާރިޗު 04 ގައި، ކޮމިޝަނުގެ ނައިބު ރައީސް އަލްއުސްތާޛް އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމް، އިލެކްޝަންސް ކޮމިޝަނުގެ ގަވައިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ރިޓަޔަރ ކުރެވޭ މުވައްޒަފުންގެ ޢިނާޔަތް ހަމަޖައްސަވައިދެއްވުމަށް އެދިވަޑައިގަންނަވާފައިވާތީ، ގަވައިދުގެ ބަޔާންކޮށްފައިވާ ގޮތުގެމަތިން އަލްއުސްތާޛް އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމަށް ރިޓަޔަރ ކުރެވޭ މުވައްޒަފުންގެ ޢިނާޔަތް ދިނުމަށާއި، އަދި މިކަމާ ގުޅުންހުރި އެންމެހާ ތަފްޞީލްތައް ކޮމިޝަނަށް ހުށަހެޅުއްވުމަށް، ކޮމިޝަނުގެ 819 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

17. ޤާނޫނު ނަންބަރު: 3/2024 (އިންތިޚާބުތަކާ ޢާންމު ޤާނޫނަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެ 37 ވަނަ މާއްދާއާ ގުޅިގެން، މަރުކަޒުތަކަށް ވޯޓުކަރުދާސް ފޮނުވުމާއި ގުޅޭ.

ޤާނޫނު ނަންބަރު: 3/2024 (އިންތިޚާބުތަކާ ޢާންމު ޤާނޫނަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެ 37 ވަނަ މާއްދާ "ވޯޓުލާ މަރުކަޒުތަކުގައި ތިބޭ މީހުންނަށް ފޮނުވަންޖެހޭ ތަކެތި" ގެ (ހ) ގެ (1) ގައިވާ ގޮތުން ވޯޓުނަގާ މަރުކަޒަކަށް ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ މީހުންގެ ޢަދަދު 100 އަށް ވުރެ މަދު ނަމަ ރަޖިސްޓަރީވެފައިވާ ޢަދަދުގެ އިތުރަށް 4 ވޯޓު ކަރުދާސް، އަދި 100 އަށްވުރެ ގިނަ ނަމަ ރަޖިސްޓަރީވެފައިވާ ޢަދަދުގެ އިތުރަށް 8 ވޯޓު ކަރުދާސް ފޮނުވަންވާނޭ ކަމަށް ބަޔާންކޮށްފައިވާތީ، މިގޮތުގެމަތީން ވޯޓުނަގާ މަރުކަޒަކަށް ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ މީހުންގެ ޢަދަދު 100 އަށް ވުރެ މަދު ނަމަ ރަޖިސްޓަރީވެފައިވާ ޢަދަދުގެ އިތުރަށް 4 ވޯޓު ކަރުދާސް ފޮނުވޭނެހެން އަދި 100 އަށްވުރެ ގިނަ ނަމަ ރަޖިސްޓަރީވެފައިވާ ޢަދަދުގެ އިތުރަށް 8 ވޯޓު ކަރުދާސް ފޮނުވޭނެހެން އިދާރީ އިންތިޒާމުތައް ހަމަޖެއްސުމަށާއި، މިގޮތުން ވޯޓުނަގާ މަރުކަޒުތަކަށް ވޯޓު ކަރުދާސް ފޮނުވުމުގައި މިހާރުވެސް ކޮމިޝަނުން ޢަމަލުކުރަމުންދާ އުޞޫލުން ޢަމަލުކުރުމަށާއި، އެހެންނަމަވެސް، މައްސަލައެއް ދިމާވާ ޙާލަތެއްގައި، ޤާނޫނަށް އައިސްފައިވާ އިޞްލާޙާ އެއްގޮތަށް އިސްވެ ދެންނެވުނު ގޮތުގެމަތިން ކަރުދާސް ފޮނުވޭނެހެން ސެންޓްރަލް ޕޮއިންޓެއްގައި (ކޮމިޝަނުގައި) ކަރުދާސް ބެހެއްޓުމަށާއި އަދި ފޮނުވާންޖެހިއްޖެ ޙާލަތެއްގައި އެ މަރުކަޒަކަށް ކަރުދާސް ފޮނުވުމަށް، ކޮމިޝަނުގެ 819 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

18. ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 28 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ ގޮތުގެ މަތީން، ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ރަޖިސްޓަރީ ބަލައި ކަށަވަރުކުރުމާއި ގުޅޭ

ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 28 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ ގޮތުގެ މަތީން، ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ރަޖިސްޓަރީ ބަލައި ކަށަވަރުކުރާއިރު، އެއްވެސް ޕާޓީއެއްގައި 3,000 (ތިންހާސް) މެންބަރުން ހަމަނުވާ ކަމަށް ކޮމިޝަނަށް ފާހަގަކުރެވިއްޖެނަމަ، އެ ޕާޓީގައި 3,000 (ތިންހާސް) މެންބަރުން ހަމަކުރުމަށް 3 (ތިނެއް) މަސްދުވަހުގެ މުޙުލަތެއް ކޮމިޝަނުން ދޭންވާނޭ ކަމަށް ބަޔާންކޮށްފައިވާތީ، ސިޔާސީ ޕާޓީގެ ޤާނޫނުގައި ވާގޮތުގެ މަތިން، މޯލްޑިވްސް ރިފޯމް މޫވްމަންޓްގައި ތިބި މެންބަރުންގެ ޢަދަދު ކަށަވަރު ކުރިއިރު، އެ ޕާޓީގެ ރަޖިސްޓަރީ ވެފައިވާ މެންބަރުންގެ އަދަދަކީ، 2304 (ދެހާސް ތިންސަތޭކަ ހަތަރެއް) ކަމަށްވާތީ، ޕާޓީ ދެމިއޮތުމަށް ޤާނޫނު ލާޒިމްކުރާ 3,000 (ތިންހާސް) މެންބަރުން ހަމަކުރުމަށް ޤާނޫނުގައިވާ ގޮތުގެމަތިން، މޯލްޑިވްސް ރިފޯމް މޫވްމަންޓަށް 07 މާރިޗު 2024 ފެށިގެން 3 (ތިނެއް) މަސްދުވަހުގެ މުއްދަތެއް ދިނުމަށް، ކޮމިޝަނުގެ 819 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ. 

Date
Location
ތިންވަނަ ފަންގިފިލާގެ، މެންބަރުންގެ މީޓިންގ ރޫމް
Time
Number
819

ޖަލްސާއާއި ގުޅުންހުރި ލިޔުންތައް

ޖަލްސާގެ ނިންމުންތައްޖަލްސާގެ ހާޟިރީ

ޖަލްސާގެ ހާޟިރީ

ކޮމިޝަންގެ މެންބަރުން

  • ފުއާދު ތައުފީޤް
  • ޑޮކްޓަރ މުޙައްމަދު ޒާހިރު
  • މުޙައްމަދު ޢާޞިފް

އިސް މުވައްޒަފުން

  • ޙަސަން ޒަކަރިއްޔާ
  • ޝަހުލާ އިސްމާޢިލް
  • މުޙައްމަދު އަނީލް
  • އާއިޝަތު ޝައްފާފް
  • ޢަބްދުﷲ އުނައިސް
  • އަލްއުސްތާޛާ ޢާއިޝަތު ސުމައިނާ
  • ފާޠިމަތު ޝަބާ ބާޤިރު
  • ޝަހުލާ ރުޝްދީ

އެންމެ ފަހުގެ އިތުރު ޖަލްސާތައް

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 475 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 828 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 827 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 826 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 473 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 825 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 474 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 824 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 822 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 472 ވަނަ ޚާއްޞަ ޖަލްސާ